ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން މީގެ ނުވަ އަހަރު ކުރިން ނިމުމަކަށް އައި އިރު އޭރު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ދެއްކި ނުކިޔަމަންތެރިކަމާއި "ބަޣާވާތުގެ" އަމަލުތަކަށް އިންސާފު ހޯދުމުގެ މަސައްކަތުގެ ފަހު ތުންފަން މަތީގައި ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބޯޑަށް މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހުން ކަނޑައެޅުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަން އިއުލާން ކުރައްވަމުން ރައީސް ނަޝީދު ހަނދާން އާ ކުރެއްވީ ފެބްރުއަރީ 7، 2012 ގައި އެމަނިކުފާނުގެ ވެރިކަން ނިމިގެން އައި ގޮތުގެ މައްޗަށެވެ.

"ދިވެހި ފުލުހުން ޖަޒުބާތުގައި ޖެހި ކަމަށް ވިދާޅުވެ ދިވެހި ފުލުހުން ނުކުމެ ރައްޔިތުންނަށް އަނިޔާ ކުރިތާ ނުވަ އަހަރު ވެގެން ދިޔަ ދުވަސް،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ އާ ގާނޫނެއް މަޖިލީހުން ފާސްކުރީ ވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ކަމަށެވެ. އަދި އެމްޑީޕީއަށް މަޖިލީހުގެ ފުރިހަމަ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދިނީ އެ ބަދަލު ރާއްޖެއަށް ގެނައުމަށް ރައްޔިތުން ބޭނުންވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ މި މަސައްކަތުގެ އެންމެ ފަހު ތުންފަތުގައި ތިބުމުގެ ވަގުތަށް އައިސް ތިބެވުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ފުލުހުންގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހުންނަކީ، ފުލުހުން ދެއްކި ނުކިޔަމަންތެރިކަމުގެ އަމަލުތައް ތަހުގީގުކޮށް އެ ފުލުހުންނަށް ފިޔަވަޅު އަޅާނެ މީހުން ކަމަށާއި އެ މަސައްކަތް މަޖިލީހުން ފުރިހަމައަށް ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ނަޝީދު އަބަދުވެސް ތުހުމަތު ކުރައްވަނީ އެއީ "ބަޣާވާތެއް" ކަމުގައެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ކޯނި ރިޕޯޓްގައިވަނީ އެމަނިކުފާނު އިސްތިއުފާ ދެއްވީ މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށް ކަމަށެވެ. އެ ކޮމިޝަންގައި ބޭރުގެ ބައެއް ފަރާތްތަކާއި ރައީސް ނަޝީދުގެ މަންދޫބެއް ވެސް ހިމެނިއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ހުސޭނުބޭ

    ކިތަންމެ ވަރަކަށް ތެޅުނަކަސް ފެބްރުއަރީ 7 އެއީ ބަޣާވާތަކަށް ނުވާނެ! އެ ވާނީ އަމިއްލައަށް އިސްތިޢުފާދިންކަމަށް! އެއީ ބަޣާވާތެއްކަމަށް ވަނީވިއްޔާ އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ވަޒީފާއިން އިސްތިޢުފާދިނަސް އެ ވާނީ ބަޣާވާތަށް! ކަލެޔާ ކަލޭގެ ޢާއިލާ ކައްދެއްވި ހިސާބުގައިވެސް ތިބީ ބާޣީން!

    77
    1
  2. އަނިލް

    ކަލޯ އަމިއްލައަށް ތިޔަ ބޭޒާރު ވީ އަމިއްލައަށް ފުލުހުންގެ ޤާނޫނަށް ބަދަލު ގެނައީ
    ބަދަލު ހިފަން ކަލޭގެ ޕާޓީ ކުދިން ކޮޅުވައްދާކަންނޫން މިޤައުމު މިއޮތީ. މާތް ރަސްކަލާނގެ
    އިރާދަކުރެއްވިއްޔާ ދެނެއް މިޤައުމުގެ ވެރިކަމަށް ނާދެވޭނެ ތި ޔައީ ވަރަށް ނުބައި، ނުލަފާ
    ސުންޕާ މީހެއް

    71
    • ސަފާ

      ލާހިކެއް ނޫން ދެން މި ގައުމުގަ ވެރިކަން ކުރަން. މިހާރު ތިވހުޅުވާ އަގަ ވެސް ކައުންސިލް އިންތިހާބާއެކު ބަންދުވާނެ!!!

      • سيزه

        انشاء اللہ

  3. ނަގޫނިކެނޑިއެ

    ބްރޯ ކަލޭ އަދިވެސް ވެއްޓޭނެ.ހެހެހެހެހެ

    63
  4. ރައްރިތުމީހާ

    މަޖުލިސް ކެންޕޭންތެރޭ ތިވާހަކައެއް ނުދެއްކޭ. މުޅިންވެސް އޮތީ އެޖެންޑާ 19 ގެ ވާހަކަ.

    54
  5. ހެހެހެ

    ފެބުރުއަރީ 8 ކޮބޭތަ އެކަމަށް އިންސާފު ހޯދާނީ ކޮންދުވަހަކުންބޭ

    62
  6. އެލެކްސް އެފްކޭ

    މިބޮޑު ކެނެ ރީ ބާޤީގެ ކިބައިން މިގައުމު ސަލާމަތް ކު ރައްވާންދޭ. އާމީން

    62
    1
  7. ބޯހަލާކު

    ކިހިނެއްތޯ މިބައިގަނޑަށް ރައްޔިތަކަށް ހެޔޮވެރިކަމެއް ކޮށްދެވޭނީ؟ 5އަހަރު ކީއްކުރަން 10އަހަރު ހޭދަކޮށްގެންވެސް މާޒީގެ ސޮފުހާތައް ކިޔާ ނުނިމޭ. ކުރިމަގު އުޖާލާ ކުރަން ބޭނުންނަމަ މާޒީ ފަހަތަށް ދޫކޮށްލަން ޖެހޭ! މާޒީން އަތްފޮޅާލައިގެން މެނުވީ ހެވެއް ނުލިބޭނެ. ދެންވެސް ބަޣާވާތޭ ފަޅޮލޭ ނުކިޔާ އެދިމާވި ކަންކަމުން ޢިބުރަތް ހާސިލުކޮށްބަލަ. ދޮންމީހުން ރުއްސަން ނޫޅެ އިސްލާމްދީނަށް ނަސްރު ދީބަލަ.

    60
  8. ބޮޑު ހުޅު

    ދިވެހިތަރީހުގަ ދުއް އެންމެ އަނިޔާވެރި ބޮޑުހުޅު ފެބްރުއަރީ 8 ކޮން ބަޢާވތެއް އެދުވަހަކީ މިގައުމަށް ފަހުގެ ތާރީހުގަ ދިން ޓެރަރިސްޓް ހަމަލާ ދިންދުވަސް އެދުވަސް ފާހަގަ ކުރެވޭނީ ގައުމުގާ ހުޅުޖަހާ ގައުމުރޯކޮށްލި ދުވަސް އެކަމުގެ ކޮމާންޑަރަކީ ނަސީދު އޯޑަރަށް އަދި މިކަންކަން ބަލާނެ ދުވަސް އަންނާނެ ހަނދަން ކުރާތި މިއަދު ފިލާ ހިޔަލުގާ ހުރެވިދާނެ އަދި 12އަހަރުގެ ޖަލުބހުކުން ވެސް

    56
  9. ވެރިން

    އިންތިހާބުކާ ރިވާ ވަ ރަކަށް މީނަގެ ފޮނުއެ ރުވުން އެބަ ގަދަ ވޭ ދޯ، ކަލޭ އެކަނި ބާއާވާތެކޭ ބުންޏަކަސް ބައާވަތަކަށް ނުވާނެ

    50
  10. މުނައްވަރު

    ބަދަލު ހިފުމަށް އިންތިހާބްވި ގޮޑިޔެއް ތާ ތީ

    48
  11. ކިނބޫ

    ކަލޭގެ މުޅި އުމުރު ތި ގިލަނުގައި ތެޅިފޮޅުން އެދެނީ.

    47
    1
  12. އެމަންޖެ

    ތިޔައީ މިގައުމުގެ އެންމެ އުހުގަ ހުރި ބަޣާވާއް.

    43
  13. އެ

    އެއްކަމެއް ވެސް ނުކުރެވޭނެ ކަލޭ ތިޔަހެން ކިޔަ ކިޔާ އިނަނަން ޖެހޭނީ
    މަރުބަލީގައި ވެސް ތިޔަހެން ކިޔާނަންދޯ ..ހާދަ އަސަރެއް ކުރެޔޭ... ތިޔަ ކަހަަލަ މީހެއް އުޅުނު އޭނާ އެއީ ޒިލޭބީ ގަރާނު ދުލުން ހަޑި ހިތުރު އެއްޗެތި ކިޔާނީ ކަލެ އެކޭ އޭނާ އެކޭ ތަފާތެއް ނެތް

    40
    1
  14. ޖިހާދު

    އިސްތިއުފާ ދިން ރައީސް ތިޔައުޅުވަނީ އަމިއްލަފުޅަށް އެމްޑީޕީގެ ސަންދޮކު ފިލާހކީ ހަން ނޫނީ ސަންދޮކު ގެ މޮ ހޮރުޖަ ހަން މޮ ހޮރު ތަޅަން

    45
    1
  15. ޚިޔާލު 3

    ވެ ރިކަން ވެއްޓުނީ ގާނޫނާއި ޚިލާފަށް ކު ރެއްވި ކަންތައްތަކެއްގެ ސަބަބުން ކަމަށްވާނަމަ އެކަން ހިގީ ވެ ރިކަމުގެ ބާ ރުންނާއި ފުލުހުންނާއި ސިފައިންވެސް ގާނޫނާއި ޚިލާފުވެގެންނޫންތޯއެވެ. ޗާޓުން ބޭ ރުވެފައިވާ ފަ ރާތެއް ޗާޓުގެ ތެ ރރެއަށް ގެނެވޭނީ ބަލައި ދާ ބަޔަކުވެސް ޗާޓުން ބޭ ރަށް ގޮސްގެނެވެ. ޖައްވުގަ ވާ އެއްޗެއް ޖައްވަން ނުގޮސް ގެނެވޭނެތޯއެވެ.

    42
    1
  16. ނާޝިޒް

    ކަލޯ ހޭބައްޔާ މިޤައުމުގަ ބަގާވާތެއް ނުކުރޭ ކަލޭ ތިބާރުގަ ކިތައްދުވަހު އުޅޭނެބާ...

    42
    1
  17. ބާޢީ

    މިގޮލާމިއުޅެނީ އަޅެ ކިހިނެތްވެގެންތަ؟ ނޫނީ އަނެއްކާ ކޮންކަހަލަ ގޭމެއް ޖައްސަންވެގެންތަ؟

    42
  18. އަޙްމަދު

    8 ފެބުރުއަރީއަށް ވެސް އިންސާފު ހޯދާ ދެއްވައްޗޭ!

    45
  19. މމސ

    ދެންވެސް މިޤައުމުގައި ބާޢާވާތެއް ކުރިއްޔާ ކުރާނީ ތިމީހާ ކަން ޔަޤީން

    43
    2
  20. މެކް

    ގައުމުގާ ބަގާވަތްރާވާ ހިންގާ ގައުމުގާ އެފިތުނައިގެ އޮންއިންދި މީހަކީ ތިސޮރު

    43
    1
  21. މޫސަ

    ރާއްޖޭގައި އެންމެފަހުން ބަޣާވާގެއް ކު ރިކަމަށް ތާ ރީޚުން އެނގެން އޮތީ 1988 ނޮވެމްބަ ރ 3 ގައި. އެކަމުގައި ކަލޭގެ އާއިލާ މީހުން ބައިވެ ރިވި

    38
  22. ދުންތަރި

    ތިޔަ އާއިލާއަކީ ބަޣީ އާއިލާއެއް ތިޔައީ ފަހުގެ ތާޜީޚުގަ އެންމެ ބޮޑު ބާޣީ މުޅިއާއިލާގެ ހުރިހާ މަސައްކަތަކީ ބަޣާވާތްކޮށްގެން ވެރިކަން ހޯދުން 2008 ވަނަ އަހަރު ބަޣާވާތްކޮށް ވެރިކަން ފޭރިގަނެގެން ވެރިކަމަށް އަތްގަދަކޮށްގެންހުއްޓާ ﷲ ގެ މިންވަރުފުޅުން މާގިނަ ދުވަހަކު ނުހުރެވުނު އަމިއްލަޔަށް ވެރިކަން ދޫކޮށްލާފަ ޖެހިގެން އައި ދުވަހު ބަޣާވާތްކޮށް މުޅި ޤައުމުގަ ހުޅުޖެހީ ސަރުކާރާ ރައްޔިތުންނަށް އިއާދަ ނުކުރެވޭފަދަ ބޮޑު ގެއްލުމެއް ދިނީ އެހެންވީމާ ބާޣީނާ ބަޣާވަތަކީ ކޮބައިކަން އެބަ އެބގޭނު ތިޔަ ބައިގަނޑު ހިންގި ބަޣާވާތްތަކުގެ މައްސަލަ އެންމެ ފުރަތަމަ ބަލަންޖެހޭނީ

    37
    1
  23. ނަޝީދު

    ޔާ ﷲ ގ ކެނެރީގޭ މުހައްމަދު ނަޝީދުގެ މައްޗައް ހިތުންނުފިލާވަރުގެ ބަލާ މުސީބާތެއް ފަކުރައްވާންދޭ...އޭނާގެ މައްޗައް އިސްލާމްދީނައް ނަސްރު ދެއްވާންދޭވެ...

    38
    1
  24. ފާއިޒު

    ތީނީ މިސްޓަރ ފެބްރުއަރީ 7. ހެދުނު މޮޔަ ހީވެ ބޯ ގޮވާފަ. ބޯގޯސް އަދިވެސް ވެރިކަން ކުރާހިތުން ފިތްކަނޑައިގެން ގޮސްފަ ތީނީ.
    ތިއީ ފެބުރުއަރީ ބޯގޯސް

    39
    2
  25. ޒިމްޒިމް

    ސާބަހޭ ރައީސް.. ބަދަލް ހިފްމަކީ ދިރުމެއްވާކަމެއް.. ބާޢީންތައް ޖަލަށްލާންޖެހޭނެ.. އަދި މަގުމަތީ ގަން ހިންގްވަންވާނެ.. ދެން ދުވަހަކުވެސް މިޖީލްގައި ބަޢާވާތެއް ނުކުރެވޭނެކަމާއި ކޮއްފިއްޔާ ކަންތައްވާނެގޮތް އެންމެންނަށްވެސް ދައްކާލަންވާނެ.. ތުރުކީއިން މިސާލްނަންގަވާ..

    1
    3
  26. ޙަސަން

    ހަރުބަހުގައިވެއެވެ. ނުދަންނަކަން ނުދަތުމަށްވުރެ ވަކި ޖާހިލަކު ނުވާނެއެވެ. މި ކެނެރީގޭ މުޙައްމަދު ނަޝީދަކީ އެކަހަލަ މީހެކެވެ. އަޅެފަހެ އަޖައިބެއް ނުވާނެހެއްޔެވެެ؟ ކޯނީގެ ރިޕޯރޓުން އެއީ ބަޣާވާތެއް ނޫންކަމަށް ނިންމުމުން ދެން އިތުރަށް އެވާހަކަ ފަށައިގެން ފުލުހުން ކުށްވެރިވާގޮތަށް އެވާހަކަ ދައްކާކަށް ނުޖެހެއެވެ. އެއީ ޤައުމުގައި އަލުން ފިތުނަ އުފެއްދުންނޫން ދެން ކޮން ކަމެއްހެއްޔެވެ. މީނާގެ އުނދަގޫތަކާހެދި މިޤައުމު މިހާރު ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށްވެސް މީހުންނަށް އުދަނގޫވެއްޖެއެވެ. އަނގަމަޑުންލައިގެން އިނދެވޭތޯ ބަލާށެވެ. ފެބުރުވަރީ 8 ވަނަ ދުވަހު މުޅިޤައުމުގެ ހަރުމުދާތަކުގައި ރޯކޮށް އެތައް ބަޔަކަށް އަނިޔާދީ ގެއްލުންދީ ބަޔަކު ހިންގި ޖަރީމާގެ ޒިންމާ އުފުލާނީކާކުތޯ ކަލޭ އަޅެ ބުނެބަލާށެވެ. ކަލެއާހެދި މިޤައުމުގެ ކަރާމަތާ ވަހުދަތާ ރީތި ސުލޫކާ އާދަކާދަތަކާ ރިވެތި ބަސްމަގާ ޤައުމުގެ ޘަޤާފަތް ގެއްލި ވެއްޔާ މޮޑެވިގެން ދިޔަކަން އަހަރެމެންނަށް ނޭނގެނީކީ ނޫނެވެ. މިޤައުމުގައި މައުމޫނާ ، ޔާމީނާ ، ވަޙީދާ ރައީސްކަންކުރީ އެކަމުގެ ޢިލްމާ ހިލްމާ ޤާބިލްކަން ލިބިގެންނެވެ. އަދި ކީއްހެއްޔެވެ. އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ކަލެއަށްވުރެ އެތައްތަނެއް ރަނގަޅެވެ. ކަލޭތީ ޤައުމެއްގެ ރައީސްކަންކުރަން ހަމަ ޒީރޯ އެވެ.

    3
    1
  27. Anonymous

    8 ފެބްރުއަރީގައި ހުޅުޖެހީ މަނިކުފާނު ދިން ހިތްވަރަށް އެކަން ފުރަތަމަ ބަލަންވީ

    4
    1
  28. ވިސްނާ

    އަނެއްބޮނޑި ނުބޮވެނީސް ތިޔައަނގަ މައިތިރިކޮއްބަލަ ތިޔަހެންއުޅެނިކޮއް އަނެްކާ ބޮނޑިޔެއްލިބިދާނެ ތިފަސްދޮޅަސް ފަހެއް އެއީ ބައެއްކަމައްނުބަލާ އެއީހަމަ ހުސް ޢަދަދެއް ކަމަކާޖެހުނީމާ އެއަދަދަކުން ކުރާނެ ފައިދާއެއްނޯންނާނެ މީވަރައްވާހަކަ

    2
    1
  29. Anonymous

    މިރާއްޖޭގައި ޙަޤީޤީ ބަޣާވާތެއްކުރީ 2012 ފެބްރުވަރީ 08 ވަނަ ދުވަހު އަންނި އިސްވެހުރެގެން. މުޅި ގައުމުގައި ހުޅުޖަހާ އެތަށް ބިލިއަން ރުފިޔާގެ ދަޢުލަތުގެ މުދާ އަންދާލާފައިވޭ. މިއަށްވުރެ ބޮޑު ގައްދާރުވުމެއް މި ފަހުގެ ތާރީޚްގައި ހިނގާފައިނުވޭ.

    4
    1
  30. ޙަބީބު...

    މޮޔަނުވޭ ކަލޯ އެއީބަ ގާވާތެއްނޫން އަމިއްލަޔައް އިސްތިޔުފާދީފަ ފިލީ މަނިކުފާނު

    4
    1
  31. ޗަކޮންބެ

    އިރު އިރުކޮޅާ މިއޮއް ގޮވާ އައުގުރާނައެއްތާ ދޯ! ބަގާވާތް ކުރިކަމަށް ބުނެ ނޯށުން ރޮމުން ލަގަބު ދެމުން ކަރުން ނާރުހިލިފައި ހުރިހާލުގައި މީނާ ނިސްބަތްކުރި އެންމެން ކިހިލި ޖަހައިގެން ހުރެ އަނެއްކާ ރޯނާވާންތަ މީއްޗަކު މިއުޅެނީ. އޭނ!

    4
    1
  32. ޒާ

    މިވެރިކަން ނިމުނީމާ ބޮޑުހުޚުގެ މޭސްތިރިޔާ ހައްޔަރުކުރެވޭނެ

  33. އިބޫ

    ދެން ކަލޭ އިނދެބަލަ ތުންފަތްމައްޗަށް އަރާ. ކޮހުންގެ ސަރުދާރު