ފިހާރައަކުން ވިޔަފާރިކޮށް ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހާއަކީ ފިހާރައަކަށް ވަދެ އެ ފިހާރައިން މުދާ ގެންގޮސް ސައްހަ ނޫން ޓްރާންސްފަ ސްލިޕެއް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ޝުކުރު އަދާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފް

    ބޮޑު ވަގެއް ދޯ.ހެހެހެހެ

  2. ޙުކުމް

    މިހާރު ގިނައީ ތިކަހަލަ މީހުން ފިހާރައިން ތަކެތި ނަގާފަ ފަހުން ލާރިދޭނަމޭ ކިޔާފަ ހުސް މަކަރު ހަދަނީ މި ކެވެނީ ޙަލާލު އެއްޗެއްތޯ ހަރާމް އެއްޗެއްތޯ ބަލާލުމެއްނެތް