މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ބިރު ދެއްކި ވަޅިއާ ބެހޭ މައުލޫމާތު ހޯދައި ދިން ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމައި ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނުން ފޮޓޯއެއް އާންމުކޮށްފިއެވެ.

މަރު ކޮމިޝަނުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވަޅިއަކީ އޮގަސްޓް 7، 2014 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި މ. ޝައިނިން ސްޓާ އަހުމަދު ރިލްވާން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ 21 ވަނަ ފްލެޓު ކައިރިން ގަދަކަމުން ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓުނު ވަޅިއެވެ.

މި ވަޅިއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހެއް ނަމަ، އެ މައުލޫމާތު ކޮމިޝަނަށް ހިއްސާ ކުރުމަށް މަރު ކޮމިޝަނުން އެދެއެވެ.

ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭވަރުގެ ސައްހަ މައުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މަރު ކޮމިޝަންގެ ބަޔާނުގައިވެއެވެ.

"މިމައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ކޮމިޝަނުން އަރުވަމެވެ،" ބަޔާނުގައިވެއެވެ.

މަރު ކޮމިޝަނުން ވިދާޅުވީ މައުލޫމާތު ދޭން ބޭނުންވާ މީހުން ކޮމިޝަނަށް ހާޒިރުވެ، ނުވަތަ ކޮމިޝަންގެ ނަންބަރު 7390841 ފޯނަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ. އަދި ހަމަ މި ނަންބަރަށް ވައިބަ، ވަޓްސްއެޕް، ޓެލެގްރާމް، ސިގްނަލް މެދުވެރިކޮށް ވެސް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން --

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުނުތާ ހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ކުރީގެ ސަރުކާރުގައި އެކަށީގެންވާ ގޮތެއްގައި މި މައްސަލަ ފުލުހުންގެ ތެރެއިން ތަހުގީގުކޮށްފައެއް ނުވެއެވެ. އެހެންވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި އެއް ވައުދަކީ ރިލްވާން ގެއްލުނު މައްސަލައަށް އިންސާފު ހޯދައި ދިނުމެވެ.

އެގޮތުން ބޭރުގެ އިންވެސްޓިގޭޓަރަކާ އެކުގައި މަރު ކޮމިޝަން މެދުވެރިކޮށް ރިލްވާން ގެއްލުނު މައްސަލަ ތަހުގީގު ކުރިއެވެ.

މަރު ކޮމިޝަން އުފެއްދުމުގެ ކުރިން ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފައެވެ.

ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. އާލިފް ރައޫފަކީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރި އަޒްލިފް ރައޫފްގެ ކޮއްކޮއެވެ. އޮގަސްޓު 8، 2014 ގައި ރިލުވާން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު އާލިފަކީ ރިލުވާން ހިފަހައްޓައި ގަދަކަމުން އެރުވި ރަތް ކާރުގެ ވެރިޔާއެވެ.

ރިޔާސީ ކޮޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ރިލްވާން ވަގަށް ނެގުމަށް ފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ އޭނާ މަރާލައިފައެވެ. އެކަމަކު އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ދައުވާއެއް ނުކުރެއެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގާ ގުޅޭ ރިޕޯޓެއް ވެސް ރައީސަށް އަރުވާފައިވެއެވެ. މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިވާ ތަހްގީގުން ނޫސްވެރިޔާ ރިލްވާން މަރާލާފައިވާކަން އެނގިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ. މިމައްސަލައިގެ ރިޕޯޓް ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށްވެސް ފޮނުވިއެވެ.

ނަމަވެސް ތަހްގީގަށް ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވުމުން ޕީޖީ އޮފީހުންވަނީ އެކަންކަން ފުރިހަމަ ކުރުމަށްފަހު ދައުވާކުރުމަށް މައްސަލަ އަބުރާ ކޮމިޝަނަށް ފޮނުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ކ̸̦̫͆̾̽̅̋ͅޮ̴̱̄̓̊͂͑͜މ̴͎͠ެ̷̡̰͆ނ̵̤͓̾̓̇ް̷̨̛̛̘̻̞͕̱͋̽̇̇ޓ̵̫̈́͋̒͌̐͗ު̴̢̻͙͑̇

    ބަޔަކަށް ލާރި ގަނޑެއް ދޭން ޖެހުނީ ތަ އަނެއްކާ

    32
    3
  2. ރައްޔިތުމީހުން

    ގާތް މީހަކަށް ލާރިކޮޅެއް ދެނީ ދޯ...

    35
    3
  3. ވިސްނާ

    ތިޔައީ މައްސަލަ ބަލަން އުޅޭ ބައެއްނޫން. ކޮންމެވެސް އެއްޗެކޭ ކިޔާގެން ރައްޔިތުންނަށް އަނެއްކަވެސް މަންޒަރު އޮޅުވާލަން އުޅޭކަމަށް ފެންނަނި! ތިޔަކަމުގެ އެއްމެ ރަނގަޅު މައުލޫމަތު އިނގޭކަމަށް ބެލެވޭ އަދީބް އެހުރީ ތިޔަމީހުނައެކު ދެން އިތުރަށް ކޮން ވަޅިއެކޭ މި މީހުން މިކިޔަނި. ތިޔަކަމަށް އިތުބަރުކުރާނީ ތިޔަބައިމީހުންގެެ އަވާގައި ޖެހިފައި ތިބި މޮޔަބައެއް.

    44
    2
  4. މޫސާ

    މާ ލަސްވެއްޖެދޯ؟

    24
    1
  5. ކަނބާ

    އެކަން ފަޅާއަރާފާނެތީ ބިރުން ތެޅިގަތީއެއްނޫންބާއެވެ؟ ފަޅާއަރައިފިނަމަ ބޭޒާރުވާނީ....................

    24
    1
  6. ކޮމެންޓު

    ހޯމް މިނިސްޓަރު ކާރީ އަހާލީމަ ނިމުނީނު ފަސްލައްކަ އޭނައަށް ދީ

    27
  7. ވިސްނާލުމަށް އެދެމޭ

    ތިކަމުގަ އެއްމެފުރަތަމަ ތުހުމަތުކުރަމުންއައި އަދީބާ ސުވާލެއްކޮއްލިތަ..އޭނައެއީ މިހާ ރު ސަ ރުކާ ރުގެ ހެކިވެ ރިއެއް..އޭނަގެ ހެކިބަސް ހޯދުން މާ ރަގަޅުވާނެ.

    35
    1
  8. އަލީ

    އިންސާފުގެ ނަމުގައި އަނެއްކާވެސް އިންތިހާބެއް ބޯމަތި ވަމުންދާތީ މީހުން ވާވައްދައިގެން ކެމްޕޭނެއް ޖައްސާހެން ހީވާކަހަލަ. އެހެންޔާ!!!! ކޮންމެފަހަރުވެސް މިކަހަލަ ވަގުތަކާ ދިމާކޮއް އިންސާފުނުލިބިފަ ތިބި އާއިލާތައް މަތިން ހަނދާން ވަނީ... ނޫނޭވާ މޮޅުބައެއް ތީ... ދޮގެއް؟؟؟؟؟؟؟

    15
  9. Anonymous

    ލާދީނީ ހުސްނު ސުއޫދުގެ ވަޅިއެއް ތިއީ

    12
    1
  10. ގެނޭ

    ތި ވަޅިއަކީ މެކްސިކޯގެ އުފެއްދުމެއް

  11. ޚާލިދު

    ޙަޤީގަތަކީ ލޯކަލް ކައުންސިލްގެ އިންތިޚާބު ކެމްޕެއިންގެބައެއް މީކެމްޕެއިންގެ އެއްބައި ދެވަނަ މަރުހޫމް ޑރ އަފްރާޝީމް ތިންވަނަ ބްލޮގަރ މަރުހޫމް ޔާމީން ރަޝީދު އަދިކޮބާ އެންމެފަހުން މީގެތެރެއައް ކުރީސަރުކާރުވެސް ވައްދާނެ މީމިމީހުންނައް އެންމެ ފަސޭހައިން ދިވެހިންގެ ބޮލައް އެރެވޭނެގޮތް

  12. ޜޮބަޓް

    ތި ވަޅީގެ ހަޤީގަތް އެގޭނެ ހަމައެކަނި މީހަކީ ޔަމަން

    1
    2
  13. ދީދީ

    ޔާމީނު ކިޔާ މީހަކު ތީގެ ވަޅިއެއް ހިފައިގެން އުޅޭތަން ފެނުނު... ފަސްލައްކަ ދީ މަށަށް

    2
    1
  14. ދިރާސާ

    ހާދަ މުއްސަނދި ދައުލަތެކޭ ދޯ މީ... ތިވަރުން ކުއްވެރި ޔާވެސް އަނާނެ ދޯ

  15. ހީ ހީ ހަލާކު

    މީހަކު މަރާލާފަ ވަޅި ފޮރުވަންވީ،. ދައުލަތުން އަގު އިސްތިހާރު ކުރަން ދެން ...

  16. ދޫނި ރާއްޖެ

    ދެން ވަޅިޔެއް ތަނަކުން ފެނިއްޖެއްޔާ ފޮރު ވާނަން ... ދައުލަތުން ހެކީގެ އަގު އިސްތިހާރު ޖަހަން ދެން...... ސަޅި ކަމެއް މީ

  17. ސަޅި

    ތިހެން ހެދީމަ ހެކިވެރިން ދެން ހެކި ދޭނީ އަބަދުވެސް އަގަށް ބަލާފަ ދޯ؟؟؟

  18. ހުސެން

    އަނެއްކާ މަސްއޮޑި ގުރޫޕައް ލާރިކޮޅެއް ދޭންޖެހުނީ ކަންނޭނ ގެ މީވާފައްކާ ކަމެއް ގައުމު ގައި ހުރިހުރިހާ ފައިސާއެއް މިފަހަރު ފްރެންޑުންނަށާއި ގާތްތިމާގެ މޯހުނައް ބާހާ ހުސްކުރާނެތާ.....ކޮބާ ސްޕްރީމްކޯޓް..

  19. ނަބީލްޖަމީލް

    ވަޅި ގެންގުޅުނު މީހާއަށް އިނާމެއ ދޭންވެގެން ކުރާކަމެއްކަމަށް ވެސް ވެދާނެ