ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ވަގުތު ދެވިއްޖެ ކަމަށް ވިދާޅުވެ، ބަލި ފެތުރުނަސް މި އަހަރުގެ ރޯދަ މަހު މިސްކިތްތައް ބަންދު ނުކުރެވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އިއްޔެ ވިދާޅުވެއްޖެއެވެ.

ޝުޖާއު އެގޮތަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައި ވަނީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ބަލީގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

ޝުޖާއު ވިދާޅުވީ ބަލި ކޮންޓްރޯލް ކުރަން ސަރުކާރަށް އެއް އަހަރު ދެވިއްޖެ ކަމަށެވެ. އެއީ ބަލި ކޮންޓްރޯލް ކުރުމަށް ދެވޭނެ އެކަށީގެންވާާ ވަގުތެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ ކުރީ ރޯދަމަހުގައި މިސްކިތްތައް ބަންދު ކުރި ފަދައިން މިއަހަރުގެ ރަމަޟާން މަހު މިސްކިތްތައް ބަންދު ނުކުރެވޭނެ ކަމަށެވެ.

"ސަރުކާރަށް ކޮވިޑް ކޮންޓްރޯލް ކުރުމަށް ފުރުސަތު ދެވިއްޖެ. އެކަށީގެންވާ ވަގުތުވެސް ދެވިއްޖެ. ކުރިޔަށް އޮއި ބަރަކާތްތެރި ރަމަޟާން މަހަށް މިސްކިތްތައް ބަންދުކުރުމުގެ ވިސްނުން ގެންގުޅޭނަމަ އެކަން އަވަހަށް ދޫކޮށްލަވާ. އަޅުގަނޑުމެން ނަމާދު ކުރަން ބޭނުންވަނީ މިސްކިތްތަކުގައި. އެކަން ނުހުއްޓުވޭނެ" ޝުޖާއު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

މާލޭގައި ވޭދަނަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި މިސްކިތްތައް ބަންދު ނުކުރިނަމަވެސް، މީގެ ކުރިން މި ބަލި މަޑުކަމާއި ހެދި ގެނައި ފުރަބަންދާއެކު މިސްކިތްތައްވެސް ވަނީ ބަންދު ކޮށްފައެވެ.

މިފަހުން ފައްސިވާ މީހުންގެ އަދަދުތައް އިތުރުވަން ފެށުމާއި އެކު އެޅިފައިފައިވާ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ މި ދަނޑިވަޅުގައި މިސްކިތްތަކުގައި ބެހެއްޓިފައި ހުންނަ ހަތިމުތައް ބޭނުން ނުކުރުމަށް އަންގައިފައެވެ.

އެގޮތުން މިނިސްޓްރީން ވިދާޅުވީ، މިސްކިތަށް ދާ ފަރާތްތަކުން ދާން ވާނީ ގެއިން ވުޟޫ ކޮށްގެން ކަމަށާއި މުސައްލަ ގެންދާ ފަރާތްތަކުން ނަމާދު ކުރަން ޖެހޭނީ އެމީހެއްގެ މުސައްލަ މަތީގައި ކަމަށެވެ. އަދި މާސްކު އެޅުމާއި މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ. މީގެ އިތުރުން ނަމާދުކޮށް ނިންމުމަށްފަހު މިސްކިތުގައި މަޑު ނުކުރުމަށްވެސް އެދިފައިވެއެވެ.

ނަމަވެސް ކުރީ ފުރަބަންދުގައި މިސްކިތްތައް ބަންދުކުރި ފަދައިން މިހާލަތާއި ގުޅިގެން މިސްކިތްތައް ބަންދު ކުރުމާއި ގުޅޭ ގޮތުން އަދި މަޝްވަރާ ކުރަމުން ނުދާ ކަމަށް މިނިސްޓްްރީ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވގ

    މާތްކަލާކޯ މިސްކިއްތައްބަންދުކުރާކައްނޫޅެ މިސްކިއްހުޅުފާފަހުރީމަތަ މިސްކިތުން ނުފައިބާ ޕޕ މީހުންތިތިބޭނީ

    7
    2
  2. ލޮލީ ޖާބިރީ

    ކަލޯ ތީ މިސްކިތް ހުޅުވާފައި ހުންނަ އިރު ނަމާދު ކުރާ މީހެއްތަ؟

    7
    2
  3. Anonymous

    ލާދީނީ ސަރުކާރުން ބޭނުންވަނީ މިތާނގަ އިސްލާމްދީން ފޮހެލަން . މި މުރުތައްދު ބައިގަނޑު އަންނަ ކޮނމެ ފަހަރެއްގަ މިބާލާ އެބަޖެހޭ

    5
    5
  4. ކޮލި

    ކަލޭމެން ދެއިރު ދެދަޅަޔަށް މުޒާހިރާކުރުމުން ބަލި ކޮންޓޯލް ކުރެވޭނުން

  5. އޮޅުވާލި ވޯޓު

    ތީފުކެބޮދުވަރު މަޖިލިސްތެރެއިން އިސްލާންދީނައްފުރައްސާރަ އިސްލާމީ މަރުކަޒުން ނަމާދުނުކުރުމާ ގުރުއާން ނުކިޔެވުމައް ގޮވާލަމުން މިދަނީ މިގަުމުގެ ތިބިމުސްލިމުން ކޮންކުށެކޮއްގެންބާ ޔަހޫތީވިޔަސް ފުކެބޮޑުވަރު ތިމަންޒަރު ބަލާކައް އަބަދަކު ނުތިބޭނަން