މިއުޒިކްގެ އަޑު ޖެހުނީމަ އިސްލާމް ދީނަށް ލޯބި ޖެހޭ ގޮތް މެދުވެރިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގައި ޒުވާނުން މަޖާ ކޮށްލެވޭ ގޮތަށް މުނުފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލައި އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރުން ވަނީ މިއުޒިކަކީ އިންސާނާ އުޖާލާކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިއުޒިކް ކުޅުމުގެ މަރުކަޒުތައް މާލެ އާއި ރާއްޖޭގެ ރަށްރަށުގައި ހިންގަން ތާއީދު ކުރެއްވިއެވެ.

މި ގަރާރަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މިއުޒިކާއި ލަވަ އާއި ވާހަކަ އާއި ތަމްސީލާ ނުލައި ގައުމެއްގެ ސަގާފަތެއް އަދި ތަރިކައެއް ނޯންނާނެ ކަމަށެވެ. އަދި އެ ގައުމެއްގައި ރޫހެއް ވެސް އެ ކަންކަމާ ނުލައި ނޯންނާނެ ކަމަށެވެ. އަދި މިއުޒިކަކީ އިސްލާމް ދީނުގައި ވެސް ހުއްދަ ކަމެއް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިއުޒިކްގެ ސަބަބުން ދީނަށް ލޯބި ޖެހޭ ގޮތް ވެސް މެދުވެރިވާ ކަމަށެވެ.

"މިއުޒިކްތަކުން އިސްލާމްދީން އަދި އިސްލާމީ ދައުލަތްތައް އެ މީހުންގެ ކަންފަތުގައި މިއުޒިކްގެ އަޑު ޖެހުނީމާ، އެމީހުން އިސްލާމީ ދައުލަތަށް އިތުރަށް ހިތް ކިޔާ ގޮތް ވެސް ވި،" އީވާ ވިދާޅުވިއެވެ.

ދުނިޔެއަށް މިހާތަނަށް އައިސްފައިވާ ގިނަ އިންގިލާބުތައް ވެސް އައިސްފައި ވަނީ ލަވަ އާއި މިއުޒިކުން ކަމަށް އީވާ ވިދާޅުވިއެވެ.

އެގޮތުން 15،00 ބީސީއިން ފެށިގެން މިއުޒިކު އިންސާނުން ގެންގުޅެނީ ދުނިޔެ ބަދަލު ކުރުމަށް ކަމުގައި ވިދާޅުވިއެވެ. ބައެއް ސިޔާސީ އިންގިލާބުތަކާއި އިންސާނީ ނަސްލުގެ ތަފާތު ކުރުން ހުއްޓުމަކަށް ގެނައި އިންގިލާބުތަކުން މިސާލު ނަންގަވައި އެ އިންގިލާބުތައް އައީ "ޕަންކް ރޮކް" ފަދަ މިއުޒިކް ހަރަކާތްތަކުން ކަމަށް އީވާ ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވެސް ވިދާޅުވީ މިއުޒަކީ ދިރުވައި ކުރިއަރުވަން ވަރަށް މުހިއްމު ހަރަކާތެއް ކަމަށެވެ. އަދި މިއުޒިކް ކުޅޭ ފަންނާނުންތައް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ވެސް މި ގަރާރު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތި ވެސް ވަނީ ދުނިޔެއަށް އައިސްފައިވާ ބައެއް އިންގިލާބުތަކާއި އެ ކަން ކުރުމަށް ހިތްވަރު ހޯދަން ވެގެން މީހުން އުފައްދާފައިވާ ބައެއް ލަވަތަކުގެ ވާހަކަ ފާހަގަކުރައްވައިފައެވެ. އަދި ރާއްޖޭގައި ވެސް އިންތިޚާބުތައް ކާމިޔާބު ކުރަން ސިޔާސީ ޕާޓީތަކުން ކެމްޕޭން ލަވަ ހަދާ ކަން ފާހަގަކުރައްވައި ވިދާޅުވީ މިއީ ރާއްޖޭގެ ކޮންމެ ސިޔާސީ ފިކުރަކުން ވެސް ތާއީދު ކުރާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

70 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ކީރިތިގުރުއާންތޯ މިއުޒިކަކައް އަންނަނީ ކަޑައެޅިގެން އިސްލާންދީނައް ކުރިމަލާމާތެ ތިއައީ އީވާ ގަވޫލުތިކުރަނި އެއްވެސް އަސާސެނެތް ޣައިރުދީނަކަން ތިހާމަކޮއްދިނީ

    265
    4
  2. ހޯހޯ

    ތިޔަހެން ކިޔާގެންވެސް މީހުން މަގުފުރެއްދޭތޯ ޝައިތޯނުންބަލާ ޤުރުއާން އަޑުއަހާ ވާހަކަ ދައްކަބަލަ އެންނެ ފަހަރަލުވެސް ބިރުވެތިވެބަލަ ނިކަން ކޮން މިއުޒިކެއް ނުކުޅެވިގެންތަ ރައްޔިތުން އުޅެނީ.

    238
    4
  3. ބޯގޯސް

    ކަލޭ މެން އެ މްޑީޕީގަ ނާޗަރަންގީ ކުޅެން ގެންނުޅޭ ކަސްބީ އަންހެނުންތަކާ ފިރެހެނުންތައް ގޮވާގެން ނާޗަރަންގީ ކުޅެން ގެރި މޯދީ ކައިރިއައް ދބަލަ

    232
    4
  4. އަހުސަން

    މިޔުޒިކަކީ ސީދާ ޙަރާމް އެއްޗެއް..އެޔަތް ތާއީދު ކުރުމަކީ ﷲގެ ޙަޟްރަތުގައި އުރެދުން

    238
    6
  5. ޟމމ

    ހަރާމާއި ހަލާލުވަނީ ކަނޑައަޅުއްވާފަ. މާދަމާ ބުނާނެ ރާބުއީމަ ދީނަށް ލޯބިޖެހެއޭ.

    238
    3
  6. ހުސޭނުބޭ

    މި ނުލަފާ އަނހެނާއަކީ އިސްލާމްދީނަށް ފުރައްސާރަކުރާ އަންހެނެއް!
    މި އަންހެނާ އެބުނީ ތެދެއްކަމުގައި ވަނީވިއްޔާ ރައްޔިތުންގެ މަޖިލީހަށް ދެ ޕީހުގައި އައިސް ޖަލްސާކުރިޔަށްގެންދަން މާ ފަސޭހަވާނެ!

    160
    4
  7. Anonymous

    މިކަހަލަ މުރުތައްދުން ހޮވީމަ ވާ ގޮތް މިފެންނަނީ

    195
    3
  8. ނީނާނު

    ރައްވެހި ފަތިހަށް ވޯޓު ދީގެން ސަލާމަތެއް އެބަ އޮތްތޯ. މި ލާދީނީ މީހުންގެ ކިބައިން ބަދަލު ހިފެންއޮތީ އެމީހުންގެ މީހުން ސިޔާސީގޮތުން ބަލިކަށި ވެގެން. ކައިންސިލް އިންތިޚާބަކީ އެމްޑީޕީއަށް ފިލާވަޅެއް ދޭން ލިބޭ ރަނުގެ ފުރުސަތެއް

    178
    1
  9. ނނނ

    ހައްޕަޅި އޭ ކިޔާ

    109
  10. ބޯހަލާކްބޭ

    އެހެންވީމަ ނޫންތޯ ތިޔަ ހުންނެވެނީ މޫނު ބުރުގާ އެޅުއްވިފައި މިޔުޒުކް ޖަހާ މިޔުޒިކް އަޑް އަހާ ތިޔަހަދަނީ މަގްލީހުގަވެސް ބަހައްޓަންވީ މިޔުޒިކްޖަހާފައި އޮފީސްތަކުގަވެސް ބަހައްޓަންވީ މިޔުޒިކް ޖަހާފައި އޭރުން މިގައުމުގައެއް ނޫޅޭނެ އިސްލާމް ދީނާއި ޙިލާފައް އުޅޭނެ ބަޔެއް ލަދުންބޯހަލާކް

    121
  11. އަމައްޔާތް

    ވާހަކަ އާއި ތަމްސީލްގެ ވާހަކަ އައީ، އީވާގެ މަންމަ ކުރި އަދި މިހާރުވެސް ވާހަކަ ކިޔައި ފޭސްބުކަށް ލާތީ ދޯ! ވާހަކަ އާއި ތަމްސީލް ނުކުޅޭށޭ މީހަކު ނުބުނެ އެވެ. އެކަމަކު މިޔުޒިކަކީ ހުއްދައެއްޗެއް ނޫނެވެ. ކަލޭމެން ތީ ވަރަށް އިސްލާމަދީނަށް ލޯބިކުރާ ބައެއްކަން ފެންނަ ފެނުމުންނާއި، ޢަމަލުންނާއި، ބުނާ ބަސްތަކުން ހާމަކޮށްދެ އެވެ. މިޔުޒިކް އާއި މަޖާނެގުން މިހާރުވެސް މިއޮތީ ހައްދުން ނެއްޓިފައެވެ. ދެން އިތުރަށް ރައްޔިތުންގެ ފައިސާ އިސްރާފް ކުރަން ނޫޅޭށެވެ. ތިބުނާ ފަަދަ ތަންތަން ހަދައިގެން މިގައުމުގައި ފާހިޝް ޢަމަލު ތަކަށް މަގު ފުޅާވުން ނޫންކަމެއް ޙާޞިލެއް ނުވާނެއެވެ. ﷲގެ އިރާދަފުޅާއެކު ތިކަމެއް ނުވާނެއެވެ. އާމީން

    145
    3
  12. އަޒޫ

    ކިހާ ދެރަކަމެއް އީވާ .ރާއްޖޭގަ ޤުރުއާން އުނގެނޭ މަރުކަޒު ތަށް ގާއިމްކޮއްބަލަ މާރަގަޅުވާނެ .މުސްތަގުބަލުގަ އަހަރުމެން ގެ ދަރިންނައް އިސްލާމް ދީނާ ޤުރުއާނަށް ލޯބި ޖެއްސުމައް މަސައްކަތް ކުރިއްޔާ މާތާހިރުވާނެ ތިޔައްވުރެ

    155
    1
  13. ސަމީ

    ސުބްހާނަﷲ މި ފަދަ ބަޔަކް ހޮވާ ބަޔަކުވެސް ކިހިނެއް ސަލާމަތް ވަނީ، މި މީހުންގެ ހަގީގީ ކުލަ މި ފެންނަނީ، ހެޔޮނުވާނެ، ތިޔަކަހަލަ ބަސްތައް ބުނަން

    84
    1
  14. ސަލީމް

    ސައިތާނާ ޢައްވެސް ބުނަން ނުކެރޭ ފަދަ އެއްޗެހި އެބަބުނޭ މި ރީނދޫ ބާގާގެ އަހުލުވެރިން، ﷲ އައް ބިރުވެތިވޭ، ހެޔޮ ބަހެއް ނުބުނަންޔާ އަނގަ މައިތިރި ކޮއްގެން ބަސް ނުބުނެ ހުރޭ

    70
  15. ހަވަރު

    އީވާ އޮރިޔާމުން އެއްޗެއްނުލާ މަޖިލީހަށް އައިމަ އަދި ވަކިން ދީނަށް ލޯބިޖެހޭނެ

    73
  16. ސަޓަނި

    ހީވާގޮތުން އީވާއަށް އަދި ރަންގަޅަށް މިއުޒިކް އަޑުނީވޭކަމަށް ލަފާކުރެވެނީ! ރަންްގަޅަށް މިއުޒިކްގެ އަޑު އިވިއްޖެއްޔާ ހުންނާނީ ބުރުގާވެސް އަޅާގެންތާދޯ!!!!!

    69
  17. ސަނީ

    ކޮބާތަ މި ބައިމީހުން ހޮވަން ވޯޓް ދިން މީހުން ؟؟
    ލަދެއް ނުގަނޭ ؟؟ ޢެމީހުން އެދައްކަނީ ހަމަ ރަނގަޅުވާހަކަ ؟؟
    ރާކަނިމަސް ކެވިފަ ހުންނާނީ، ޗާޗް އަޅން ގޮވާލާ ހިސާބުން އަހަރުން ނުތިބޭނަން މަޑަކުން.. ހަނދާން ކުޜާަތި،

    53
    1
  18. ސަރީފް

    ޔާ ﷲ، މި އީވާ ކިއުނު އަންހެނާ ދުވަހަކުވެސް މެންބަރު ކަމައް އައުމައް އިރާދަ ނުކުރައްވަވާ ފާންވެ.. އާމީން

    89
    1
  19. އަލީސް

    އެމް.ޑީ.ޕީ މުޖޫގެ އަޑު ޖެހުނީމަ ނޫންތޯ ލޯބި ޖެހެނި. މިއީ ވަރަށް ވާހަކަ

    45
  20. Anonymous

    ޝައިޠާނަ ކަލެއަށް ދައްކާ ދަޅައަކަށް ނޫނީ ތިކަންނުވެ.

    120
    2
  21. ހަނީފް

    އާން، މީނާ މިޔުޒިކް އަޑުއަހައިގެން ދީނަށް ހިތްޖެހުނުވަރުން އެހުރީ ބުރުގާ ބާލައިގެން، އަޖައިބެއްފަހެ ނުވާނެތަ.

    53
  22. astaghfirullah


    Among my ummah there will certainly be people who permit zinaa, silk, alcohol and musical instruments…” (Narrated by al-Bukhaari ta’leeqan, no. 5590

    35
  23. Angela

    އިބްލިސް ފޭރާމެއްނެތި މިކަނބުލޭގެ ބޮލަށް އަބަދު ސަވާރުވެފަ އިންނަކަމަށްވަނީ އެހެންނާފަހެ ، ދުނިޔޭން މޮޔަވެފަ ހުރި މީހަކު ދައްކާ ޒާތުގެ ވާހަކަ މިދައްކަނީ

    47
  24. އައިމިނަ

    وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ [لقمان:6]

    މާނައީ: "އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކުވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އަބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ."

    ބާރު އޮތީތީ ކޮންމެ އެއްޗެއްވެސް ބުނެވިދާނެ. މަޙުޝަރު ދުވަހުން ޖަވާބުދާރީވާން ޖެހޭނެކަން ހަނދާންކުރާތި! ތިބުނާ ހިތްހަމަޖެހުމާއި އުފާވެރިކަން އެންމެ ފުރިހަމައަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނޭ އެންމެ މޮޅު ގޮތަކީ ﷲ ތަޢާލާ ހަނދުމަކުރުން.

    أَلا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ [الرعد:28]

    މާނައީ: "ދަންނާށެވެ. ހިއްތަކަށް ހަމަޖެހުންވަނީ ﷲ ހަނދުމަކުރުމުންނެވެ."

    ޔާ ﷲ! މިފަދަ މީހުންގެ ނުބައި ނުލަފާކަމުން ޒުވާންޖީލު ރައްކާތެރިކުރައްވާށި!

    75
    2
  25. ލާދީނީ ކަމަނާ

    މިނުރައްކާތެރި ލާދީނީންގެ ނުރައްކާތެރި ރޭވުންތަކުން އަޅަމެންގެ ދަރިން ސަލާމަތްކޮށް ރައްކާތެރި ކުރައްވާށި.

    52
  26. އަލީ

    ތިޔަ ކިޔާ ލޯތްބެއް ތިޔަ ބޭފުޅުންނަށް ޖެހުނީމަ ފެނިގެންދަނީ ގައި އޮރިޔާން ނިވާކުރަން އަޅާފަ ހުންނަ ހެދުންގަނޑު ބޭލި އޮރިޔާންވެގެން ދާތަން.. އެފަދަ ލޯބި ރަނގަޅީ އަހަރުމެނަށް ނުޖެހުނިއްޔާ..

    43
    1
  27. ބުޙާރީ

    Sahih Bukhari Hadith No. 5590. Narrated Abu 'Amir or Abu Malik Al-Ash'ari: that he heard the Prophet saying, From among my followers there will be some people who will consider illegal sexual intercourse, the wearing of silk, the drinking of alcoholic drinks and the use of musical instruments, as lawful.

    29
  28. ސޭހް

    މަ ތާއީދު ކާބަފައިންގެ ރީތި އުޅުމާ ސަގާފަތްގެއްލި އަފްގާންނިސްތާން ގެ އަވަށެއް ހެން މިތަން ފީލްވަނީ މި ފިކުރުގެ ސަބަބުން ނުކުންނަން ފަށާފަވާ ބިރުވެރިކަން އެއްދުވަހުން އަނެއްދުވަހަށް ދަނީ ފުޅާވަމުން މިކަން ހުއްޓުވަންޖެހޭ

    10
    37
  29. ސ

    ޒިނޭކުރެވުމުން އިސްލާމްދީން ދެކެ ލޯބިވެވޭ.

    7
    29
  30. Anonymous

    ލޯބި ޖެހުނުލެއް ބޮޑުކަމުންދޯ އައުރަ ނިވާނުކޮށް ތިޔަ އުޅެނީ. ދެން ބުނޭ އައުރަ ނިވާކުރަކަށް މިޒަމާނުގެ އިލްމުވެރިންނަކަށް ނުނިންމޭނޭ. ބަލަ 7 އުޑުމަތިން ބާއްވާލެއްވި ކީރިތި ޤުރްއާނުގެ ސާފު ސަރީހަ ބަހުން އައުރަ ނިވާކުރުމަށް އަންގަވާފަ އޮއްވާ އެ އާޔަތަށް އުރެދިގެން ހުރެ ތިމަންނަ މެން މިތިބީ އިސްލާމް ދީނަށް ލޯބި ޖެހިފައޭ ބުނީމަ ހަމަ ތިބިގެން އަތް ޖަހަން ވީ ތޯ. މިކަހަލަ މީހުންގެ މުސާރައަށް ތަޅާ ހުސްކުރަންށޯ އަހަރެމެން ޓެކްސް މި ދައްކަނީ.

    51
    1
  31. ރޯދަމުބާރަކް!

    ބޮޑު ވަރު ދެން..! މީ އިތުރުވި ބޮޅެއް..!! ފެށުނީ ކުރިސްމަސް މެސެޖުގެ ބަހުސުން..!!!

    33
    2
  32. Anonymous

    ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގައި އިސްލާމްދީނާ ޚިލާފު ވާހަކައެއް ނުދެއްކޭނެ ކަމަށް ޤާނޫނު އަސާސީގައި ސާފު ބަހުން އޮތް ހިނދު މިއުޒިކް ޖަގަހައިގެ މިވާހަކަ މިގޮތަށް ދެކެވުވުން ޝަރުޢީ އެއްވެސް އިދާރާ އަކުން އަދި ޤާނޫނު ތަންފީޒު ކުރާ އިދާރާއަކުން މިކަމަށް ފިއަވަޅު ނޭޅުމުގެ މާނައަކީ މި ވާހަކަ ތަކަކީ ތެދެއްކަން އަދި މިވާހަކަ ދެއްކި ބަޔަކާއި މެދު ފިއަވަޅު އަޅާނެ ދީނީ އަދި ޤާނޫނީ ހަމައެއްވެސް ނެތްކަން. ދެން ތަންދޮރު ވަކިނުވާ ބަޔަކު ފޮނުއަރުވާފަ ކޮމެންޓް ކުރިއަސް މީ އެކަން އޮތް ގޮތް ކަން ފެންނަން މިއޮތީ ؟ އެހެން ނޫންނަމަ މި މީހުން ހައްޔަރު ކުރީސް . ކިތައްމެ ފޮނު އެރުވިޔަސް މިކަމުގައި އީވާމެން ހައްޔަރު ކުރެވޭނެ ގޮތެއް ނެތް . ދީނީ ގޮތުންވެސް ޤާނޫނީ ގޮތުން ވެސް

    31
    5
  33. އަޙްމަދް

    މިޒަމާނުގެ ސިޔާސީ މީހުންނަކީ އެބައިމީހުންގެ އަތުގައި އެއްވެސް ޢިލްމެއްނުވާ ޖާހިލުންތަކެވެ.
    މިބައިމީހުނަކީ އިސްލާޙްކުރުމުގެ ނަމުގައި ފަސާދަކުރާމީހިންނެވެ.
    ތިންކަމަކުން މިބައިމީހުނަކީ މަޝްހޫރުބައެކެވެ.
    އެއީ ބަސްބުނުމުގައި ދޮގުހެދުމާއި
    އަމާނަތަށް ހިޔާނާތްތެރިވުމާއި
    ވަޢުދާއި ޚިލާފުވުމުގައެވެ.

    33
  34. އިސްލާޙު

    أَلا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ [الرعد:28]

    މާނައީ: "ދަންނާށެވެ. ހިއްތަކަށް ހަމަޖެހުންވަނީ ﷲ ހަނދުމަކުރުމުންނެވެ."

    ޔާ ﷲ! މިފަދަ މީހުންގެ ނުބައި ކަންތައްތަކުން މިޤައުމުގެ ޒުވާންޖީލު ރައްކާތެރިކުރައްވާށި! އާމީން....

    39
  35. ދަރަނި ދަންތުރަ

    މި އީވާ މިއީ ކޮންތާކުން ދީނީ ތައުލީމު ހާސިލްކުރި މީހެއްބާ ، ކެނެރީގޭ ނަސީދުކައިރިން ވިއްޔާ ވަރަށްމޮޅުވާނެ އިސްލާމްދީނަށް ފުރައްސާރަކުރަން އަދި ﷲ ނަހީކުރެއްވި ކަންކަމަށް އަރައިގަންނަން ރީނދޫގުރޫޕަކީ ލާދީނީ ބައިގަނޑެއް

    25
  36. ބޯޖަލީލު

    ތިޔަ ޖާހިލުންގެ އަސްލު ސޫރަ ތިޔަހަރި ފާޅުވަނީ ، ގުރުއާން ކިޔަވާއަޑު އިވުނީމަ ކަންފަތުންދިލަނަގާ ތަދުވޭ މިއުޒިކުއަޑުއިވުނީމަ ދީނަން ލޯބިޖެހެޔޯ އީވާ ބުނެދީބަލަ އެއީ ކޮންދީނަކަށްކަން ، ނަސޯރާ ދީނަންތޯ މިއީ ސައިތޯނާ އަށް ކާފަކިޔާ މަންޖެޔެއްތަ ؟

    27
  37. ބަޮޑުގޮހޮޑާ

    ޑުރަގު ބުއިމަކީވެސް ދީނަށް ލޯބިޖެހޭކަމެއް. ދާދިމިދާކަށްދުވަހު ޗާނދަނީމަގުގައި ހުރިމިސްކިތަކަށް އަރާ މެންދުރުނަމާދަށް ސަޖިދަޖެހި ދީނަށްލޯބިކުރާ ކުއްޖަކު އަސުރުނަމާދު ވަގުތުވިއިރުވެސް ސަޖިދައިން ނުތެދުވެގެން ފުލުހުން އައިސް ސަޖިދައިންނެގީ.

    25
  38. ޙާކިމާ

    މިރާއްޖޭގެ ދުވަސް މިއޮތްދަނީ. އުތަމަ / އެމްޑީއެން ގެ ގޮތްތައް އެދަނީ ފަތުރަމުން. އަދި އަހަރެއް ވެއްޖެއްޔާ ނަސީބު. ހުރި ހިތާމައެއްގެ ބޮޑުކަމާއޭ؟؟؟؟؟!!!!!!!!

    22
  39. ޕޮފް

    އީވާ މެންނަކީ މުސްލިމް ގައުމެއްގަ ގާނުހަދަން ބައިތިއްބަން ހެޔޮވާ ވަރު ބައެއް ނޫން.
    އީވާ މެން ހަދާ ގާނޫނަކައް މަށެއް ތަބައެއް ނުވާނަން.

    25
  40. ހަސަދު

    ބިކިނީގައި މޫދަށް އެރުމުން "ލޯބިޖެހޭ" ގޮތްވޭ އެހެންނޫންތޯ!!!.

    23
  41. އުސުރޭ

    މިފަރަންޖީން ތަކަށް ކިޔޭނުކިޔޭ އެބައިނގޭތަ؟؟؟

    22
  42. ތެދުމަގު

    وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ [لقمان:6]

    މާނައީ: "އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކުވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އަބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ."

    32
  43. ޭއީވާއަށް

    ﷲ ތަޢާލާގެ ޢަޒާބަށް އިންތިޒާރުކުރަނީތަ؟

    25
  44. Anonymous

    ޤުރްއާން ދޮގު ނުކުރެވޭނެ.
    ޙަދީޘް ދޮގު ނުކުރެވޭނެ.
    ކަމަނާމެން ބޭނުންވާ ދީނަކަށް އުޅެން މިތަނުން އަވަސް ގޮތަކުށް ފެއްސިގެން ދޭ.
    ﷲގެ ޙުކުމްފުޅުތަކަށް ގޮންޖަހަން މިތާތިބޭނެ ކަމެއްނެތް.

    27
  45. އިޓްސް އަ ޖޯކް

    ތިޔަ ބުނާ މިންވަރަށް ލޯބިޖެހުންނަމަ ކަމަނާ މިއަދު މަޖިލިހުގަ ހުންނާނީ މޫނުބުރިގާ އަޅައިގެނެއް ނޫންތޯ.... ކުޑަ މިނުން ބުރުގާ އެއް.... ދެފުއް ދެގޮތް ވާހަކަ ނުދައްކާ...

    26
    1
  46. އީތޭން

    😠😠😠... އީވާ ޔާ އިންތިގެ ވާހަކަތަކާ ހުރެ އެމްޑީޕީން ވަކިވާން އިލެކްޝަން އަށް ހުށަހަޅައިފިން..

    20
  47. މަރު

    ކަމަނާ މުސްކުޅިވެ ގައިބާރުދެރަވެ މަރަށް ހާޒުރުކުރެވޭނެ! މިކަންކަން ހަދާނުންކައްސާލިޔަނުދޭތި.

    17
  48. ރާކަނި

    ބިކިނީގައި ބީޗްގައި ހިލޭ ފިރިހެނުންނާއެކު އުޅޭއިރު ގަދަ ނުވޭތޯ؟

    12
  49. ﷲގެ އަޅާ

    😈

  50. ރަން ރީނދޫ

    މިހާރުވެސް މިއުޅެނީ އެއް އާފާތުން އަރައި ނުގަނެވިގެން.ﷲގެ މަގަށް ރުޖޫޢަވާނީ ކިހާވަރެއް ވީމަތަ؟

    15
  51. Anonymous

    އީވާ އަދި އިންތި އިސްތިއުފާ. އިސްލާމްދީނާ ނުބެހޭތި. ހަ މިހާރުން މިހާރަށް އިސްތިއުފާ.

    23
  52. މުޑޭ

    އީވާވެސް އަދި އިންތިޔާ ހަސަން ލަތީފް ވެސް ރަގަޅައް އެގޭނެ އިސްލާމް ދީނުގެ ހުކުންތައް، އެމީހު ވެސްތިބީ އެފަދަ ކަންކަން ގެންނަން ފަސްޖެހިފައެވެ. އެކަމަކު އަންނީގެ ލަފާގެ މަތިން ބިރަކާނުލާ މަޖާކުރުމުގެ ބިލް މަޖްލީހައް ވައްދާ އެބިލައް ބަހުސް ކުރަން މަޖްބޫރު ކުރީމައެވެ.

    9
    1
  53. އެމަންޖެ

    އީވާ އަކީ އަންނިޔާ ޖެހިގެން ހުރި އިބިލީސް.

    15
  54. އަޙްމަދު

    ﷲ ގެ ހަޒުރަތަށް ނުދާނެ ގޮތެއް ނޯންނާނެ ތިކަހަލަ ކިތައްމެ މީހަކު ވަނީ ދުނިޔޭގަ އުޅެފަ ގޮއްސި އެ މީހުންވެސް ދުނިޔޭގަ އުޅުނު އިރު ބޮޑާވެގަނެ ﷲ އަށް އުރެދެމުން ދިޔަ ބޮޑާވެގަނެ މި ދުނިޔެއަކީ އެބައި މީހުންގެ ތަރިކަ އެއްކަމަށް ދެކުނު އެކަމް ވަގުތު ޖެހުނީމަ ހަމަ ދާން ޖެހުނީ
    އީވާއަށް ދޭން ބޭނުންވާ ނަސޭހަތަކީ މަރަކީ އިންސާނާއަށް ވަގުތު ޖެހުމުން ރަހުމު ކުރާ އެއްޗެއްނޫން ވީމާ ނަމާދުކޮށް ވީހާވެސް ހެޔޮ އަމަލު ކުރުމަށް ﷲ ބައްލަވާ ވޮޑިގެންވާ މަގުގަ ނިމިގެން ދާ އުޚުތަކަށް އީވާ ވުމަށް

  55. އެސިސްޓެންޓު

    ޔަގީން ޝައިތޯނާ ވެސް މިހާރު ހުންނާނީ ވާނުވާގަ.... މިމީހުން އެހާވެސް މޮޅޭ....

    11
  56. އިބުރާހީމް:

    އިސްލަމުން ނަށް ހުތުރުއަރުވަނީ މިމަންޖެ!

  57. އިންޤިލާބު

    "ދުނިޔެއަށް މިހާތަނަށް އައިސްފައިވާ ގިނަ އިންގިލާބުތައް ވެސް އައިސްފައި ވަނީ ލަވަ އާއި މިއުޒިކުން" އެގޮތުން އިންސާނުން ރާބޯން ފަށައި ފާޅުގައި ފާހިޝް އަމަލުކޮށް ހެއްދެއްވި ފަރާތަށް އުރެދެން ފެށި. ދުނިޔޭގައި އިންސާނުން ފުރަތަމަ ފަހަރަށް މިތިން ނުބައި އަމަލު ހިންގަންފެށި ގޮތުގެ ވާހަކަ އިސްލާމްދީނުގެ އިލްމު ވެރިންގެ ވަހަކައިންނާއި ޔަހޫދީ ދީނާއި ނަސާރާދީނުގެ ފޮތްތަކުގައި ލިޔެވެފައި ހުރި ވާހަަކަތަކާ އެއްގޮތްކަމެއްވޭ. އީވާ އަދި އިންތި ނިކަން މިކަންކަން ދިރާސާ ކޮށްލަަބަލަ. މުސްލިމް އިލްމުވެރިޔަކު ދައްކާވާހަކައަށް ރީނދޫ ހުންޖެހިފަ ތިބި ބައެއްމީހުން ޝައްކުކުރިއަށް ޔަހޫދީ އަދި ނަސޯރާ ދީނުގެ މީހުން ދައްކާވާހަކައާ އެމީހުންގެ "އިލްމް" އަށް ބޮޑަށް ބުރަވަހެއްނެ ވަރަށް ހީވޭ

  58. ސަމްކުޅިބޭ

    މިމަންޖެ މިޔުޒިކް އަޑުއަހާގެން ދީނަށްލޯބިޖެހިފައި ހުރިލެއް ބޮޑުކަމުން އެހުންނަނީ އައުރަ ނިވާނުކޮށް.

    7
    1
  59. މޯޑު

    ބިކިނީގަނޑުގަ ރިސޯޓުގެ ސްވިމިންގ ޕޫލަށް އެރި އޮތްވަގުތު އިސްލާމްވަންތަކަން ވަރަށްބޮޑަށް އިތުރު ވެގެންދިޔަ ދެއްތޯ؟

    9
    1
  60. ރާނީ

    ދެން މިހާވަރަކަށް އަންހެންކަށް ގޮތްކުޑަ ވެވޭނީ

    10
    1
  61. ސަމްސިއްޔާ

    މިމީހުން މަޖްލިހަށް ލައިގެން ދެން އަހަރުމެން ކިހިނެތް ގައުމެއް ރަނަގަޅުމަގަކުން ދާނީ

    7
    1
  62. ޙަސަނުގެ ދަރި ލަތީފް

    މިގޮއްޔެ ފެނުނީމަވެސް އެނގޭ އިސްލާމް ދީނަށް ހިތްޖެހިފަ ހުރިވަރު ތިޔަށްވުރެ ބޮޑަށް ހިތް ނުޖެހުނިއްޔާ ތޯއްޗެ ރަގަޅުވާނީ

    4
    1
  63. ޥާއީ

    ކަލޭމެން ކުޅޭ އެއްޗެއް ކުޅެ ތަޅާ އެއްޗެއް ތަޅާ ބަލަ ސަރުކާރުގެ ޚަރަދުގަ ތަނެއް ނުހެދިޔަކަސް މިހާރުވެސް އެއްޗެހި ބޮއިގެން ކުޅެ ނަގަނީނު
    ލިބޭ މުސާރަ އަދިވެސް ކުޑައީތަ ސަރުކާރުގެ ޚަރަދުގަ ތަންތަން ހަދައިގެން ވަޖިދުވާން ތިޔަ އުޅެނީ

  64. އުދަބާނި

    ތިކިޔާ އީވާ އަކީ އެގޮނޑީ ގައި އިނުމުގެ ޙައްޤެއް އޮތްމީހެއްކަމަށް ޤަބޫލެއް ނުކުރެވޭ. ފެންވަރު އޮޅުނީމާ ވާނެ ހައެތިވާންކައިރިވީ. އިބިލީހަށްވެސްވީގޮތަކީ އޭނަގެމޮޅުކަމުން ﷲގެ އަމުރުޅާ އެއްގޮތައް ޢަމަލު ނުކުރީއެއްނޫންތޯ؟

  65. ދެފުއްމިޔަ

    ތި އީވާއަކު ފެނުނީމަވެސް އެގޭނެ އެއީ އިސްލާމުންނާ ގުޅުމެއްނުހުންނާނެ މީހެއްކަން. ތީ ދިވެހިފަސްގަނޑުން ބޭރުކޮށް ބާކީ ކުރަންޖެހޭ ސުންޕާމީހެއް.ދީނަކީ ކޮންއެއްޗެއްކަންނެއިގޭ ރޯނު އެދުރެއް.

  66. ޢަފީ

    އެހެން ދީން ތަކަށް ތާއީދު ކުރާ މީހުން ވެސް ރާއްޖޭގަ އުޅޭހެން މިއުޒިކަށް ތާެއީދު ކުރާމީހުން ވެސް އުޅެދާނެ ،އެހެނޭ ކިޔާފަ އިސްލާމްދީނާ މިއުޒިކާ ގުޅުވަން މަސައްކަތް ކުރުމުގެ ހައްޤެއް އެމީހުންނަކަށް ނޯންނާނެ

  67. އެދުރުކަލޭގެ

    ސާބަހޭ! އީވާއަށް ވާގޮތް އޭނައެބުނީ! އެކި މީހުނަށް އެކި ގޮތްވާނީ. ދެންމިއުޅޭ އެހެންމީހުން މޮޔައިންތަކެއްހެން ކެކި އަރަން ޖެހޭތަ؟

  68. ޙުތޔުރރ

    ތިއީ ފަތްބޯންފެށީމަ ދީނަށް ލޯބިޖެހުން އިތުރުވެއޭ ޕާޓޭއަކު ބުނުންކަހަލަ ކަމެއް

  69. ސައްޔާހު

    މަގު ގެއްލިފައި ތިބި ޒުވާނުންގެ ވޯޓް ހޯދަން ވެގެން ގޮވާގޮވަލިއެއް. ޒުވާނުން ވާވައްދައިގެން މަސްތުގެ ތެރެއަށް ވެއްދުމުން މިވެރިންނަށް ވެރި ކަމުގައި ބަގުޑި ބައްދައިގެން ތިބެން ބޭނުންވާތީ. ދުވަހަ ކުވެސް ޒުވާނުންނަށް ތައުލީމު ދީ ތަމްރީނު ދީ އެ މީހުންނަށް ވަޒީފާއާއި ގެދޮރު ދޭ ވާހަ ކަ އެއް ނުދައް ކާނެ. މިއުޒި ކާއި ރަލާއި ފާހިޝް އަމަލުތަ ކުގައި ޒުވާނުން ޣަރަގު ކުރުވީމާ ހުރިހާ ތަރައްގީއަ ކާއި ތަހުޒީބެއް ހާސިލުވީ. ހުރިހާވެސް ބޭނުމަ ކީ ދީނާ ޒުވާނުން ދުރު ކޮށް މިވެރިން އަޅުވެތި ވެގެން އުޅޭ ހުޅަގުގެ ޔަހޫދީ ނަސާރާ ޖަމާއަތްތަ ކުގެ ރުހުން ހޯދުން. ބާރުތައް ލިބުނީމާވެސް ނޭގުނު ގައުމު ބިނާ ކުރާ ކަށް .

  70. ދެމިޔަކަން

    މިހާރުވެސް ބޮއިގެން ކަންނޭގެ އެހުރީ
    އިސްލާމްދީނަށް ލޯބިހުރިވަރުން!