މިއުޒިކަކީ ޙަރާމް އެއްޗެކޭ ބުނެވިގެން ނުވާނެ ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ތަޅަމުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ބަހުސް ކުރެއްވުމާއި ގުޅިގެން ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޒައިދު މިފަދައިން ވިދާޅުވީ، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި، އުފާވެރި މާހައުލެއްގައި ހީނ، ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅި ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން މިއުޒިކަކީ ހަރާމް އެއްޗެކޭ ބުނެވިގެން ނުވާނެ ކަމަށް ބުނެ، އެ ހުއްދަކޮށްގެން މަޖިލީހުގެ ތަޅަމުގައި ބަހުސްކުރެއްވި މެމްބަރުނަނަށް ރައްދު ދިނުމުގެ ގޮތުން ޒައީދު ވަނީ ދީން ރަނގަޅަށް ނޭނގި އެފަދަ ވާހަކަތައް ނުދެއްކެވުމަށް އިލްތިމާސް ކުރައްވައިފައެވެ.

ޒައީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރަކަސް އިސްލާމްދީން ރަނގަޅަަށް ނޭނގި ދީނުގެ ނަމުގައި ވާހަކަދެއްކެވުމަކީ އިސްލާމީ ވަހުދަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި ދީނުގައި ނުވާ ކަންތައްތަކެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ހަނު ހުރުމަކީ އެމީހެއްގެ ފަތަށްވެސް އެންމެ ލުއި ގޮތް ކަމަށް ޒައީދު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އިސްލާމްދީން ރަނގަޅަށް ނޭންގި، ދީނުގައި އޮންނާނީ މިހެންނޭ އެހެންނޭ ކިޔައިގެން އަޑު ގަދަ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ދީނޭ ކިޔައިގެން ތިމާއަށް ނޭނގޭ ވާހަކަ ނުދައްކަވާ ތިއްބެވުމަކީ އެންމެ ރަނގަޅު ގޮތް. އަދި ފަތަށްވެސް އެންމެ ލުއި ގޮތް،" ޒައީދު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަސަން ފުތާ

    ތިޔަ ބޭފުޅުން ތިއްބަވާ އަތް ޖައްސަވަން

    23
  2. ރަދީފް

    ޒައިދު ކަލޭ ވެސް ހުންނަނީ މިސަރުކާރަށް ވާގި ދީގެން.ހުކުރު ދުވަހު އިސްލާމީ މަރުކަޒުގެ މިމްބަރު ލިބެނިކޮށް ކަލެއަށް އޯކޭ.ވ.ވެދުން

    22
    1
  3. Anonymous

    ޒައިދޫ ހަމަ ތި އަނގައިން ބުނަނި މި ސަރުކާރުން ގޯސްކަމެއް ނުކުރާނޭ ހަމަ ތިގޮތަށް އެއްޗެއް ބުނާއިރާ އިބޫ ޔޫ ގެންގޮސް ޗިޕެއް ޖަހާލާއިރާ މިސަރުކާރު ވަރެއް ނެތިގެން މޮޅުވާހަކަ ދައްކަން ފަށާނެ

    20
    1
  4. ބަކުރުބެ

    އަޅުގަނޑު ހިތައްއަރާ ދީންކިޔަވައިގެން ރާއްޖޭގަ މިއުޅޭ ޝޭހުން ކީއްވެބާއޭ އެއްގަލަކައްނާރަނީ މިމީހުންގެ ތެރޭގަވެސް ޕާޓީތައްހަދައިގެން އެއްބަޔަކު އަނެއްބަޔަކާޖެހިފަ މި ތިބުނާ ޝޭހުންނަކީ މިމީހުންނަކީ ސޭކުން އަޅުގަޑުގަބޫލުކުރާގޮތްމީ

    14
    1
    • ދިވެހިދަރިއެއް

      ކުރިން ތީ ޝޭހުންކަންގަބޫލުކުރިން މިހާރު ހީވަނީ ދީން އޮޅުވާލަންމަސަތްކަތްކުރާ ބައެއްކަމައް ތިޝޭހުންވެސް އުޅެނީ ވަކިވެގަނެ ޕާޓީތައްހަދައިގެން އެކަކު އަނެކަކާ މޫނުޖެހިފަ އެކަކުދޭ ދަރުހެއް ދެންއިން ޝޭހަކައްކަމަކުނުދޭ ދެންނޭންގެ މިމީހުންމިދައްކާވާހަކައެއް

  5. ފައްތާހު

    ހަރާމް ކަންކަން ކުރާ މަޖިލީސް އަކުން ހަލާލް އެއްޗެއް ނިކުމެދާކަމަށް ދެކި ގެންނޫންތަ ފިލާއޮވެ އޮވެފަ ކުއްލިޔަކަށް ނިކުމެ މާބާރަށް ހަޅޭއްލަވަނީ.. މިސަރުކާރު ފެށުނީއްސުރެ ކުރި ހަލާލު ކަމެއް ދައްކަބަލަ. ކޮބާ ހުރުމަތްތެރި ކުރެއްވި މުސްލިމުންގެ އަބުރު. އެގާނޫނު ކޮބާ؟ އެއީވެސް އިސްލާމީ ޝަރަިއަތްތަ؟

    15
  6. އޭއާރު

    ދީނުގެ ނަމުގަ ފިތުނައުފައްދައި ރޯދަމަހުދުވާލު މެންދުރު ކައްކައިގެން ކާމޭޒުމަތީ ކަމުންދާކަމައް ބުނި ބޭފުޅާ ދާދިމިދާކައްދުވަހު މަޝްހޫރުވަން ނެރުނު މަދަހައިގައި ބެކިންގައި ހުރީ މިއުޒިކު ނޫން ދެން ކޮން އެއްޗެއްތޯއެވެ. މިޒަމާނަކީ ދިވެހިންނައް މިއުޒިކުކުޅުން ހަރާމްވެ ގޭގޭގެ ސިޓިންގްރޫމްތަކުގައިވާ ޓީވީ އާއި އަތުގައި އޮންނަ ފޯނައް ހިންދުސްތާން ޑްރާމާއާއި މިއުޒިކް ހުއްދަ ޒަމާން. ވ.ވެދުން

  7. ށުވޭސ

    ޝެއިހު އަށް ޝުކުރިއްޔާ،، ތިޔަމެންބަރުންނަށް އެނ ގޭކަމެއްވެސް ނޯންނާނެ ، ނޭން ގޭ ކަމެއްވެސް ނޯން ނާނެ، އެބޭފުޅުން މާތްތިރި ކުރަންޏާ ޖެހޭނީ ދުލު ގައި ތަޅެއް ލާން ، މީސްތަކުންނަށް ހީފަ ސަކަރާތް ނުޖެހޭތީ ނަފްސާނީ ވަނިއްޔޯ ، ސާބަސް

  8. ސަނާހް

    ޒައިދުވެސް ނޭނގޭ ވާހަކަ ނުދައްކާ ސިޔާސީ

    11
  9. އަޙްމަދު

    މީހާރު އެފެންނަނީ ކަލޭމެން ބޭނުންވިގޮތް! ދެންތިކަމެއް ނުހުއްޓުވޭނެ! އެކަން އިތުރަށް ކުރެވޭނީ ކައުންސިލް ދީގެން! އޮބި އަޅައިގެންނަމަވެސް އެކަންކުރާނެ!

    15
  10. ޙހހ

    ތިބޭފުޅުންނޫންތޯ ތިގޮވަނީ މިސަރުކުރަނީ ރަނގަޅުކަނތަކޭ އެހެންވެގެނޭ ތިމަންނަމެން ތާއީދުކުރަނީ