ދިވެހި ޒުވާނުން މިއަދު އެންމެ ބޭނުންވަނީ މަޖާކޮށްލެވޭ ގޮތަށް މިއުޒިކް ނައިޓް ކްލަބްތަކާއި ނާޗަރަންގީ ޖަގަހަތަކެއް އެޅުމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެޑްވައިޒަރު، ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ، މާލޭގައި މަޖާ ކޮށްލެވޭ މިއުޒިކް ފަދަ ހަރަކާތްތައް ހިންގާ މަރުކަޒުތަކެއް އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކަށް މިއަދު ތަޅުމުގައި މެންބަރުން ވާހަކަ ދައްކަވާފައިވަނިކޮށެވެ.

ޝަހީމް ވިދާޅުވީ ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް މިއަދު ބޭނުންވަނީ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކާއި ހިތް ފަސޭހަ ދިރިއުޅުމާއި ބޯހިޔާވަހިކަމާއި ހަރުދަނާ އާއިލާއެއް ބިނާކުރުމާއި އަބުރުވެރި ދިރިއުޅުމެއް ކަމަށެވެ. ސިޔާސީ ލީޑަރުން އަމާޒު ހިފަންވީ ޒުވާނުންގެ މުސްތުގަބުލ އުޖާލާކުރުމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ނިކަން ބައްލަވާށެވެ. ޑިގްރީއާއި މަސްޓަރ ހަދާފަ ވަޒީފާ އެއް ނެތިގެން އާއިލާއާއި މައިންނަފައިންނަށް ދޭން ޖެހޭ އެހީތެރިކަން ދެވެވޭނޭ ގޮތެއް ނުފެނި އެތައް ޒުވާނުން މަގުމަތިވެފައި އެބަތިބި. ވަޒީފާއަށްޓަކައި ސަލާން ޖަހަަން ޖެހޭ ޙާލަތު ނެތިކޮށް ޒުވާނުންގެ އަތުގައި ހިފަންޖެހޭ،" ޝަހީމް ލިޔުއްވާފައިވެއެވެ.

ޝަހީމް ވިދާޅުވީ އޭނާ އެދިވަޑައިގަންނަވަނީ ނާޗަރަންގީ ޖަގަހަތަކާއި ނައިޓް ކްލަބްތަކުގެ ޝިކާރައަކަށް ޒުވާނުން ވިޔަ ނުދީ ގައުމުގެ މުސްތަގުބަލަށްޓަކައި ޒުވާނުންގެ ޝަހްސިއްޔަތު ބިނާ ކުރުން ކަމަށެވެ. ސިޔާސީ ލީޑަރުންނަށް ޤައުމަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ހަސަން ލަތީފްގެ އިތުރުން ގަރާރަށް ބަހުސް ކުރެއްވި އެމްޑީޕީގެ ކޮންމެ މެންބަރަކު ވެސް ވަނީ މިއުޒިކްގެ ހަރަކާތްތައް ގިނަ ކުރުމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި މާލޭގައި އެފަދަ މަރުކަޒުތައް ގާއިމް ކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީގެ ގިނަ މެންބަރުން ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ރާއްޖޭގެ ބޮޑުބަޔަކީ ނާޗަރަންގީ ކުލެން ހޭކެޑޭ މީހުން އެކަމުގެ ހެއްކެއް ބިރަކާ ނުލާ މަޖާ ކުރުމާ ބިރު ފަހަނަ އަޅާ ދާ ވަހަކަ ވިއްކައިގެން ވެރިކަމަށް އައުން އެންމެ ބޮޑު ބަސް އެއްލާފަ ފޮނިކަޑާފަ އުޅޭ ދުރުސުލް އަޚްލާގުން ޖަރީ ވެފަ ތިބޭ މީހުންނަށް ވެސް ވަނީ އެވަރު ވަޒީފާ އާ ލަގްޒަރީ ފެންވަރުގެ ދިރިއުޅުމާ ބޮޑު މުސާރަޔަާ އާއިލާ ގައި ހުންނަ ފަތްބޯ މީހާ ގެ ރައްކާ ތެރި ކަމަށްޓަކައި ނުދައްކާ ހުންނަ ވާހަކަ ވަރަށްގިނަ ގިނަ މީހުން އިސްލާހައްޓަކައި ކުރާ މސައްކަތަކީ ފޮނި ބައިސާ ކެޑުން ދެން ކޮންމެ މީހަކުވެސް ހުއްޖަތެއް ދެއްކުމަށްޓަކައި މިކިޔަނީ ދެބައުޑް ނުވާށޭ ފިތުނަ ފަސާދަ ނުއުފައްދާށޭ ދީނުގައި އޮންނަ ގޮތައް ތިމަންނަ އިސްލާހަށް މަސައްކަތް ކުރާނަމޭ ވެރިންނަށް ކިޔަމަން ވާށޭ އަސްލުގަ ވަޒީފާ ގެއްލި ތިމާގެ ލޯބިވާ މީހުން ޖަލައްލާފާނެތީ އުޅޭ ގޮތް

  2. އަނިލް

    ޝަހީމު ދެން ކުރެވޭނެ ކަމެއްނެތް މި މީހުން ކުރަން އުޅޭކަންތަށް ކުރާނެ ސަރުކާރާއި،
    ބައިތު ހިފާއިގެން ތިބި އިލުމުވެރިން މިކަން ކުރަން ބަލާބަލަ އިމްރާނު، އިލިޔާސް މެން
    ފަދަ ދީނީ އިލުމުވެރިން މިކަމުގައި ބަހެއްބުނާ އަޑެއްނުއިވޭނު.

    4
    1
  3. ޥިސްނޭ

    ސަހީމު ތިހެން ހީކުރިޔަސް ގިނަޒުވާނުން ބޭނުން ވަނީ އެ. މާލޭގަ އޮތީ އެކަން

    2
    2
  4. އޭއާރު

    ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. މަނިކުފާނުގެ އިސްލާމިކް މިނިސްޓަރުކަމުގަ ކުދިންކޮޅަކު މިއުޒިކާއި ބެހޭގޮތުން އޮތްގޮތެއް އޮޅުންފިލުވަން އެދުމުން ޖެނަރަލް އިބްރާހިމް ދީދީ އެކުދިން ގޮވައިގެން މަނިކުފާނުއަރިހައް ވަޑައިގަތުމުން މަނިކުފާނު ދެއްވި ޖަވާބު ހަނދުމަފުޅު އެބަހުރިތޯއެވެ. ގައުމީސަލާމް ކުޅުމާއި ޝަރަފުގެހިނގާލުމުގައިކުޅޭ މިއުޒިކާއި ދެޖިންސް މަސްހުނިނުވާގޮތައް ކުޅޭމިއުޒިކް ހުއްދަވާނެކަމައް ވިދާޅުނުވަމުތޯއެވެ. އެކަމުގެ ސަބަބަބުން ބައެއްގެ ބޮލުގައި ހައްދުފަހަނައެޅުމުގެ ޓެގު އެޅުވި ވަޒީފާއިން ވަކިވެގެން ދާންނުޖެހޭތޯއެވެ.