ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޗައިނާ މީހުނާ ދިމާއަށް "ލޯ ކުދި މީހުން" ކިޔާފައި ނަސްލީ ގޮތުން ދިމާކުރާ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވާހަކަ ދެއްކެވުމުން މަޖިލީހުގެ ރިޔާސަތުން އޭނާ ހުއްޓުވައިފިއެވެ.

މެންބަރު ޝިޔާން މިފަދަ މޭރުކަމުން ވާހަކަ ދެއްކެވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު "ސަލްޓަން ޕާކް" އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދަނިކޮށް ނިޒާމީ ނުކުތާއެއް ނެންގެވުމުން ދެއްވި ފުރުސަތުގައެވެ.

އެ ފުރުސަތުގައި މެންބަރު ޝިޔާން ވިދާޅުވީ "ސަލްޓަން ޕާކް" ގައި ކުރީގެ ސަރުކާރުން ބެހައްޓާފައިވަނީ "ޕްލާސްޓިކް" ގަސް ކަމަށެވެ. އެކަމަކު ދިވެހި ރައްޔިތުން ބޭނުންވަނީ "ގުދުރަތީ" ގަސް ހުންނަ ބަގީޗާތައް ކަމަށެވެ. ދެން ވިދާޅުވީ އެ ތަނުގައި ބަހައްޓާފައި ހުރި "ޕްލާސްޓިކް" ގަސްތައް ބަލަން އަންނަނީ ޗައިނާގެ "ލޯ ކުދި މީހުން" ކަމަށެވެ.

އޭރު ރިޔާސަތުގައި އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަވާއިރު އެއްވެސް ގައުމެއްގެ މީހުނާ ނަސްލީ ގޮތުން ތަފާތުކޮށް ދިމާ ކުރާ މޭރުކުން އެއްވެސް މެންބަރަކު ވާހަކަ ދައްކަވައިގެން ނުވާނެ ކަމަށެވެ. އެ ގޮތަށް ވާހަކަ ނުދެއްކެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އެއަށް ފަހު ވެސް ޝިޔާންއަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވިއެވެ. އެކަމަކު އެ ގޮތަށް ފުރުސަތު ދެއްވިއިރު ޝިޔާން ފާހަގަކުރައްވަމުން ގެންދެވީ ނިޒާމީ މައްސަލައެއް ނޫން ކަން އެނގެއެވެ. ދެން ޝިޔާން ވާހަކަ ދެއްކެވިއިރު އެ ވާހަކަ ތަކުރާރެއް ނުކުރައްވައެވެ. އަދި އީވާ ދެއްކެވި ވާހަކައަށް ރައްދެއް ވެސް ނުދެއްވައެވެ.

ޗައިނާ މީހުންނަށް ނިސްބަތްކޮށް ޝިޔާން އޭރު ވާހަކަ ދެއްކެވީ، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގިނަ ގައުމުތަކާ ގުޅުން ހީނަވަރުވެގެން ދިޔައިރު އެންމެ ގާތް ގުޅުމެއް ބޭއްވީ ޗައިނާއާއެކު ކަމަށް ވާތީ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙުތޔުރރ

    ރޭސިސްޓް މީހުން މަޖިލިހުގައި. ދެން ކިހިނެއް ގާނޫނާއި ގަވާއިދު ހަދާނީ ؟

    14
    1
  2. ރޯދަމުބާރަކް!

    މިއުޒިކު އަޑެއް..!!!

  3. މޫސަ

    ކަލޭގެ ލޯ އައްޑޫ ބޮޑު ކާއްޓެއްވަރު ވޭތަ؟

    11
    1
  4. ދަރަނި ދަންތުރަ

    އިސްލާމްދީނަން ކިތަށްމެ ވަރަކަށް ފުރައްސާރަކުރިޔަސް އީވާ މެން އޯކޭދޯ

    8
    2
  5. ދަރަނި ދަންތުރަ

    ރީނދޫ އެމް ޑީ ޕީ ތަ ސަހަލުނުވާނެ

    10
    1
  6. ރަދީފް

    މިފަދަ ކޮހެއް މަޖްލިހަށް އެތެރަކުރަން ވޯޓްދިން ބައިގަނޑަށް ވެސް ވ.ވެދުން.ލަދު ކޮބާ؟

    11
    1
  7. ޒާ

    ތިމާމީހާގެ ގައިގެ ކުލަބަލާފައި ދެން އަނގަހުޅުވަބަލަ.

    5
    2
  8. ޖަރީމާރާއްޖެ

    އެޖެންޑާ 19 ކުރަތްޕެއް. ޗިޗި ޗިޗަންޑާ ނަޖިސް

    3
    1
  9. ސަހަރޯ މާފްކުރާށޭ

    ބަލަ ތޮއްޑުގެ ގެސްޓް ހައުސްތަކުގަ ތިޔަބުނާޒާތުގެމީހުން ނުތިބޭތޯ ބަލަ އަމިލަޔައް އުފަންވެގެން އަމިއްލަސިފަ ޖައްސައިގެން އުޅޭބަޔަކު ދުނިޔޭގައި އުޅޭތޯ މިކަހަލަގެ މީހުންނައް ވޯޓްލީބަޔަކައްވެސް ލައުނެއް މިދެނީ ކީއްތޯ ކުރާނީ އެމީހަކައްް ދައްވަން ހުރިކަމެއް ދައްކަވޭނެ ސަހަރޯ މިޔޮއް ގައުމެއް

    4
    1
  10. ރާބާ1

    ގިނަ ގައުމުތަކާ ގުޅުން ހީނަވަރުވެގެން ދިޔައިރު މީކޮންވާހަކައެއް ހާދަކޮށިވިސްނުމަކުން