ރާއްޖޭގައި ދީނީ އިލްމުވެރިން ގޮވާ މޮޔަ އަޑު އެހުމަށް ތިބީ މަދު ބައެއް ކަމަށް ރައްޔިިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނު ގެންގުޅުއްވާ ފޭކް ޓްވީޓާ އެކައުންޓު މެދުވެރިކޮށް ވިދާޅުވެއްޖެއެވެ.

"އެލެކްސް" މި ނަމުގައި ރައީސް ނަޝީދުގެ ގެންގުޅުއްވާ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ދީނީ އިލްމުވެރިންގެ އަގު މިއަދު ދިވެހި މުޖުތަމައުގައި ވެއްޓިފައިވާ ކަމަށެވެ. އަދި ބައެއްގެ ބޮލުގައި "ލާދީނީ" އެ ޓެގު އެޅުވި ޒަމާން ވެސް ފާއިތުވެގެން ގޮސްފައިވާ ކަމަށް ނަޝީދުގެ އެލެކްސް އެކައުންޓުން ކޮށްފައިވާ ޓްވީޓުގައިވެއެވެ.

"މީ ވަރަށް ފުޅާ ފަލްސަފާ. ތިބޭފުޅުންނަށް ތިޔަ އިނގިފައިވާ ކުޑަ ކުޑަ ތިލަ މިންވަރުން އަމިއްލައަށް ދަންނަބޭކަލު ކިޔުއްވައިގެން ރަށު މީހުންނަށް އޮޅުވާލެވޭ ދުވަސް މަޒީވެއްޖެ. ލާދިނީ ޓެގެއްވެސް ނޭޅުވޭ. އަދި ތިޔަ ގޮވާ މޮޔަ އަޑުއަހާނެ މީހުންވެސް މަދު،" ނަޝީދުގެ އެލެކްސް އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވިއެވެ.

 

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި، އުފާވެރި މާހައުލެއްގައި ހީނ، ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅި ޤަރާރަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ ބަހުސްކޮށްފައެވެ.

މި ގަރާރަށް ބަހުސް ކުރައްވަމުން މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިއުޒިކާއި ލަވަ އާއި ވާހަކަ އާއި ތަމްސީލާ ނުލައި ގައުމެއްގެ ސަގާފަތެއް އަދި ތަރިކައެއް ނޯންނާނެ ކަމަށެވެ. އަދި މިއުޒިކްގެ އަޑު ޖެހުނީމަ އިސްލާމް ދީނަށް ލޯބި ޖެހޭ ގޮތް މެދުވެރިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ މިއުޒިކަކީ އިސްލާމް ދީނުގައި ހަރާމް އެއްޗެއް ކަމަކަށް މި ޒަމާނުގެ ދީނީ އިލްމުވެރިންނަށް ކަނޑައެއް ނޭޅޭނެ ކަމަށެވެ. އަދި އެފަދަ ކަންކަން ދައުލަތުން ހުއްޓުވަން ވެސް ޖެހޭނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ރާނީ

    އެލެކްސް އެ ވިދާޅުވީ 5 ޢިލްމުވެރިއެއްގެވާހަކައެވެ. ހުރިހާ ޢިލްމުވެރިންގެ ވާހަކައެއް ނޫނެވެ.
    @ އިލްޔާސް
    @ ޢިމްރާނޫ
    @ މައުމޫނޫ
    @ ޒައިދޫ
    @ ޢިޔާޒޫ

    28
    2
  2. އަޙްމަދް

    އެއްވެސް ޢިލްމެއް ލިބިފައިނުވާ ސީޔާސީ ޖާހީލުންގެ އަތްމައްޗައް ޤައުމު ބީވެގެން ދިޔުމުގެ
    ހިތި ނަތީޖާއަކީ މީއީއެވެ.
    ‎މިޒަމާނުގެ ސިޔާސީ މީހުންނަކީ އެބައިމީހުންގެ އަތުގައި އެއްވެސް ޢިލްމެއްނުވާ ޖާހިލުންތަކެވެ.
    ‎ހަމަކަށަވަރުންވަރުންވެސް މިބައިމީހުނަކީ އިސްލާޙްކުރުމުގެ ނަމުގައި ފަސާދަކުރާމީހިންނެވެ.
    މިބައިމީހުން ހިތްތަކަށް ހަމަޖެހުން ގެސްދިނުން ވާކަން ކަށަވަރީ ބަދަލަށް ބަދަލު ހިފުމާއި އެކިގޮތްގޮތުން އަނިޔާވެރިވުމެވެ.
    ‎ތިންކަމަކުން މިބައިމީހުނަކީ މަޝްހޫރުބައެކެވެ.
    ‎އެއީ ބަސްބުނުމުގައި ދޮގުހެދުމާއި
    ‎އަމާނަތަށް ހިޔާނާތްތެރިވުމާއި
    ‎ވަޢުދާއި ޚިލާފުވުމުގައެވެ.

    54
  3. މާމީ

    ކޮސްބެ މާ މައްޗައް މިހާރު ތިދަނީ..

    47
  4. ޖާހިލު

    މޮޔަގޮވަނީ ކަލެޔާއި ކަލޭކަހަލަ މޮޔައިން. ﷲގެ ކުޅަދުން ވަންތަކަމުން އިސާހިތަކު ތިބައިމީހުންގެ ކިބައިން މިގައުމާއި މިގައުމުގެ ރައްޔިތުން ސަލާމަތް ކުރައްވާށި. އާމީން.

    44
  5. ޒަބީބު

    މަޖިލީހަށް ފާޑެއްގެ ޤަރާރެއް ހުށަހަޅައިގެން އެމްޑީޕީގެ ނަޝީދު ފެކްޝަނުން މިހިންގާ ހީލަތްތެރި ސިލްސިލާއާއި މެދު ސަމާލުވާންޖެހޭ! މިޤަރާރުގެ ހަޤީޤީ ބޭނުމަކީ ރައީސް ސޯލިހުގެ ސަރުކާރާއިމެދު ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދައި ނަފްރަތު އުފެއްދުން. އަދި ރައީސް ސޯލިހުގެ ސަރުކާރުން ދީނީ އިލްމުވެރިންނަށް ލިބިދޭ އިހްތިރާމާއި މަޤާމުގެ ސަބަބުން ސަރުކާރަށް ލިބޭ އެއްބާރުލުން ފަސާދަކޮށް ދެކޮޅުވެރިކަން އުފެއްދުން. އަދި އިލްމުވެރިން ދެއްވާ ނަސޭހަތާއި ދައްކަވާ ހެޔޮމަގާއި މެދު އާއްމުންގެ ހިއްތަކުގައި ޝައްކު އުފައްދައި ރުޅުވެރިކަން އާލާކުރުން. އަދި މިކަމުގެ ނަފްރަތު ރައީސް ސޯލިހުގެ ސަރުކާރަށް އަމާޒުކުރުވުން. ހަޤީޤަތުގައި މަޖިލީހަކީ ސަރުކާރެއް ނޫން. މަޖިލީހުގައި ތިބި ނަޝީދުގެ ސެކިއުލާރ ފިކުރުގެ ބައިވެރިން ހުށަހަޅާ ޤަރާރާއި ބިލްތަކަކީ ސަރުކާރުން ހުށަހަޅާ އެއްޗިއްސެއް ނޫން. އަދި އެފަދަ ސެކިއުލާރ ފިކުރުގެ ފަލްސަފާ އަށް ފެތޭ ޤާނޫނެއް ނަޝީދުގެ ފެކްޝަނުން ހުށަހަޅައިގެން ފާސްކުރިޔަސް އެ ޤާނޫން ރައީސް ސޯލިހުގެ ސަރުކާރުން ތަސްދީގު ކުރާނެކަމަށް ވެސް ޤަބޫލެއް ނުކުރެވޭ. މިކުޅިގަނޑު ހަޤީޤަތުގައި މިފެށީ ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުން ހާމަވެގެން ދިޔަ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކަށް ރައްޔިތުންގެ ހިރުގައި އުފެދުނު އިތުބާރާއި އުއްމީދު ފުނޑާލަން. ސަމާލުވޭ!

    11
    8
    • ޒަވިޔަނި

      ރައީސެކޭ ކިޔާފައި މައްޔިތެއްތަ ލައިގެން އުޅެނީ؟ މީހަކު މޮޔަނުވާނެތައަޅެ؟ ވާވަނަސް ޓީޗަރުން ބޮޑު. ތިހެން ދެ ފެކްޝަނޭ އެކައްޗެއް ނޫނޭކިޔާފަ ހައްދައިގެން 5 އަހަރުތެރޭގައި މުޅި މި އިސްލާމީ ޤައުމު ފުނޑާ ލާދީނިއްޔަތު މިތާ ފަތުރާނެ. ބަލަންތިބޭ. ތިހެންކިޔާ އެންމެން އެކަމުގެ ޒިންމާވެސް ނަގަންޖެހޭނެ. ރައީސަކީ ނަމެއްނޫޫޫޫން. ރައީސްގެ ފުރަތަމަ މަސްއޫލިއްޔަތަކީ ދީން ހިމާޔަތް ކުރުން. ނުވަންޏާ ފޭބީމަ ނިމުނީ.

      17
      1
  6. ގަމާރު

    އިލްޔާސް
    @ ޢިމްރާނޫ
    @ މައުމޫނޫ
    @ ޒައިދޫ
    @ ޢިޔާޒޫ
    ކޮބާމިތިބަ ބީތާއިންނޭ ޤައުމަށްވާގޮތް ފެނޭތަ

    25
  7. އަލީ

    ކަލޭގެ ދައްކާ ވާހަކަ އަޑު އިވުނީމަ ދަތް ހީލިކަރުވާ ވަރައް އިނގޭ..

    19
  8. ވަސީމު

    ޒަބީބު މިގައުމުގައި ހިގަމުންދަނީ އެމްޑީޕީސަރުކާރެއް.،އިބުރާހިމް މުހައްމަދު ސާލިހް އާއި ނަޝީދު އެއީ އެކައްޗެއް.އެމްޑީޕީ ފެކްޝަންތަކަށް ބެހިފައެއްނެތް. ދެންތިބުނާ އިލްމްވެރިން އެއީ މަގާމާއި ފައިސާއަށްގޮސް ހުސްވެފައޮތް ބައިގަޑެއް. މި ހިގާކަންތަކަކީ މި ފަސްގަޑުން އިސްލާމްދީން ފޮހެލަން ދުރާލާރޭވިގެން ހިންގާ ކަންތައްގަޑެއް. މިކަމުގައި ތިބުނާ އިލްމްވެރިންނާއި،އިބުރާހިމް މުހައްމަދު ސާލިހް އާއި ނަޝީދު ފުރިހަމައަށް ބައިވެރިވޭ!

    10
    2
  9. ގައުމީ ލޯބި

    ﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރަސްސާރަކުރާ ނުބައި ނުލަފާ މުޖުރިމުންގެ ކިބައިންނާއި، ގައުމު ފަސާދަ ކުރަން ރާވާ ޖަރީމާވެރިންގެ ނުބައި ކަމުން އަޅަމެން ސަލާމްތް ކުރައްވާ ފާނދޭވެ.

    މި ރައަޖޭގެ ގާނޫނު ހެދުމުގެ ނަމުގައި މިބައިމީހުން ރާވާ ނުބައި ރޭވުންތަކުން އަޅަމެން މިންޖު ކުރައްވާފާނދޭވެ..!

    އަދި މީނާައާއި މީނާގެ ބައިވެރިންގެ ނުބައި ސިފަ މީސްތަކުންނަށް ހާމަކަން ބޮޑުގޮތެއްގައި ދައްކަވައިފާނދޭވެ..

    މިފަދަ ނުބައި މީހުންގެ އަތް މަތީން މިގަމުގެ ޤާނޫނު ހެދުމުގެ ބާރު ނިގުޅުއްވައިފާނދޭވެ..!

    އާމީން..!! އާމީން

    14
  10. ކޮވިޑް

    މިއީ ތިބުނާ ސޯލިހުވެސް ބައިވެރިވެގެން ހިންގާ ކަމެއް! ކޮންމެހެން ސޯލިހު މާސޯލިޙަކަށް ހަދަންއުޅޭނެކަމެއްނެތް! ބުރޯ ޒަބީބު

    12
  11. ގަޖާބޯ

    ކަލެއަށް އޮތީ ޖަހަންނަމައި ގެ އެންމެއަ ޑި!

  12. ސިނެކް

    ކައުންސިލްއިންތިހާބުން ތިކަންނިމިއްޖެކަންފެންނާނެ
    އަދާލަތުން ސަރުކާރާދުރަށްދާންވީވަ ގުތުމިއޮތީ ޖެހިފަ

    10
  13. ރިވެތި

    އިމުރާނޫ އައްނިއައް ހިމާޔަތްދީގެން ކަލޭތިކަނީ އަލިފާން

  14. ރަދީފް

    ކޮބާ އެޖެންޑާ19 ޖަހައިގެން ތިބެ މިބައިގަނޑަށް ވޯޓް ދިން މީހުންގެ ކަރުބުޑުގަ ހިތިރަހަ އެބަހުރިތަ؟ ކަލޭމެންނަށް ތިވަނީ ވާންޖެހޭ ގޮތަށް.އަހަރެން މިބައިގަނޑަށް ވޯޓް ދިނީ އެންމެ ފަހަރަކު.އެއީ 2008ގަ.ވޯޓް ފޯ ޗޭންޖް ކިޔައިގެން މަވެސް އޭރު އުޅުނިން.އޭގެ ފަހުން މިބައިގަނޑަށް އަހަރެން ދުވަހަކުވެސް ވޯޓެއް ނުދެން.ނުވެސް ދޭނަން.ވ.ވެދުން #ހިތްތިރިބަކަރި #ހިތްތިރިހިމާރު #ހިތްތިރިވަލްރަސް

  15. ޙުސެއިން

    ފަހުޒަމާނަށް އައިސް ހެޔޮލަފާ މީހުންގެ ބަސްތަށް އަހާނެ މީހުން މަދުވާނެ އަދި ފާސިދުންނާ މުނާފިޤުން ގެ ބަސްތަކަށް މީހުން އަވަހަށް ހެއްލި އެބަސްތަށް ޤަބޫލު ކުރާނެ....

  16. ޢާއިޝާ

    ޖާހިލިއްޔަ ޒަމާނުގައި އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ، ދީނަށް ގޮވާލުމުންވެސް އެޒަމާނުގެ ޖާހިލު ކާފަރުން ބުނީ ހަމަ އަންނި ތި ބުނާހެން.