މިދިޔަ ހޮނިހިރު ދުވަހު ބޯމައްޗަށް ސީލިންގް ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ކުއްޖާގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް އާއިލާއިން ބުނެފިއެވެ.
ގދ. ގައްދޫ ބުލްބުލާގެ އިރުމަތީ ބައި، 17 އަހަރުގެ މުހައްމަދު ފިރުޝާންގެ ބޯމަށްޗަށް ސީލިންގެއް ވެއްޓިފައިވަނީ އޭނާގެ ރަހުމަތްތެރިންނާއި އެކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އެ އަތޮޅު ލޮނަދޫހުއްޓާއަށް ދަތުރު ގޮސްހުއްޓައި އެތަނުގައި ހުރި އިމާރާތެއްގެ ތެރޭ ސަކަރާތް ޖަހަން އުޅުމުގެ ތެރޭގައެވެ.
ދުވަސްވެފައި ހުރި މި އިމާރާތުގައި ހުރި ސީލިންގް ވެއްޓުނު ވަގުތު އޭގެ ދަށުގައިވީ ފިރުޝާން އާއި އޭނާގެ ރަހުމަތްތެރިއެކެވެ. އެ ރަހުމަތްތެރިޔާ އޭގެ ދަށުން ސަލާމަތްވިއިރު، ފިރުޝާން އޭގެ ދަށުން ސަލާމަތްވީ އުނދަގުލުންނެވެ. ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނީވެސް ފިރުޝާނަށެވެ.
އާއިލާގެ ފަރާތުން ފިރުޝާންގެ ދައްތަ ޝަހީދާ މުހައްމަދު "ވަގުތު" އަށް ބުނީ، ފިރުޝާނަކީ އަބަދުވެސް ރައްޓެހިންނާއި އެއްކޮށް މަޖާކޮށް ސަކަރާތް ޖަހާ އެންމެންނާވެސް ގުޅޭ މީހެއް ކަމަށެވެ. އެހެންނަމަވެސް ކުއްލި ގޮތަކަށް ދިމާވި މި ހާދިސާގެ ސަބަބުން މުޅި އާއިލާއަށް ވަނީ ހިތާމަވެރިކަން ލިބިފައެވެ.
ފިރުޝާންއަކީ އެ އާއިލާގެ އެންމެ ބޮޑު ފިރިހެން ކުއްޖާއެވެ. މަންމަގެ ހަރަދާއި ދެ ކޮއްކޮގެ ހަރަދު ފިރުޝާން ކުރަމުން އަންނަ މަސްވެރިކަން ކޮށްގެންނެވެ.
މި ހާދިސާގައި ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ދިނުމަށް ފިރުޝާން މާލެ ގެނެސްފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.
ފިރުޝާންގެ ދައްތަ ބުނީ، މާލެއަށް ގެނެސް ފިރުޝާންއަށް ފަރުވާ ދެމުން ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ. ފިރުޝާން އަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގައްދޫ ސިއްހީ މަރުކަޒުންނެވެ. އޭގެ ފަހުން ތިނަދޫ ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައެވެ.
ތިނަދޫ ހޮސްޕިޓަލުން ފިރުޝާންގެ ފައިގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް އެ އޮޕަރޭޝަނުން އޭނާގެ ހާލު އިތުރަށް ގޯސްވި ކަމަށް ފިރުޝާންގެ ދައްތަ ބުންޏެވެ.
"ތިނަދޫއިން އިން ކުރި އޮޕަރޭޝަންގެ ސަބަބުން ފައި ދުޅަވެފައި އިނީ ބޮލްޓް މާ ބާރު ވެގެން، ދެ ކަށިގަނޑު ދޭތެރޭ މައި ނާރު ތާށިވެފައި. ނާރު ހިމަވެފައި ހުރީ. ދެން މިހާރު އޮޕަރޭޝަންކޮށް އެކަންކަން ރަނގަޅުވެއްޖެ ކަމަށް ޑޮކްޓަރު ބުނީ" ޝަހީދާ ބުންޏެވެ.
ފިރުޝާން އަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު، ބޮލަށާއި އެތެރެހައްޓަށް އެކި ކަހަލަ އަނިޔާތައް ވަނީ ލިބިފައެވެ. އެގޮތުން ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭއެޅި، ފައިގެ އެކި ތަންތަނުން ބިންދައިގެން ވަނީ ގޮސްފައެވެ. މީގެ އިތުރުން ހުންކަށި ފަޅައިގެން ގޮސް ބަނޑަށްވެސް ވަނީ ލޭ އެޅިފައެވެ.
އެކެއް އަނެކާއަށް އެހީތެރިވަމާ ❤️☝️🤲 pic.twitter.com/rShnW4uF7p
— احمد نسيم (@ammads07) February 8, 2021
"މާބޮޑު އިމްޕްރޫވްމެންޓެއް ނުފެންނަ ކަމަށް ޑޮކްޓަރުން ބުނަނީ." ޝަހީދާ ބުންޏެވެ.
ޝަހީދާ ބުނީ، ކުރިއަށްވެސް ފިރުޝާންގެ އެކިއެކި އޮޕަރޭޝަންތައް ކުރަން ޖެހޭ ކަމަށް ޑޮކްޓަރު ލަފާ ދެއްވާ ކަމަށާއި އެހެން ކަމުން އާއިލާ އެދެނީ ހެޔޮއެދޭ ފަރާތްތަކުން ފިރުޝާންއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުން ކަމަށެވެ.
ގެޓް ވެލް ސޫން ބްރަދާ.ގިނަ ދުވަސްވަންދެން އަޅާނުލާ ދޫކޮއްލާފަ ހުން މިފަދަ ތަންތަނަށް ވަދެނޫޅުން އެއީ އެންމެ ބުއްދިވެރި ގޮތް.
އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން