އައްޑޫ ސިޓީގައިވެސް މިހާރު ފެންނަމުންދާ ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި އެހީވުމަށް ދަރުމަވެރިން (ވޮލެންޓިއަރުން) ހޯދުމަށް އިއުލާނުކޮށްފިއެވެ.
އެ ސިޓީގައި ހުންނަ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ> ދަރުމަވެރިންގެ ގޮތުގައި ހަރަކާތްތެރިވަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، މި މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެފަރާތެއްގެ ވަނަވަރު ހޮސްޕިޓަލަށް ހުށައެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ވަނަވަރުގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި އެހީވުމަށްޓަކަައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ބޭނުންވާ ކަމުގެ ސިޓީ އެއްވެސް ހުށައެޅުމަށް ބުނެެފައިވެއެވެ.
ދަރުމަވެރިންގެ ގޮތުގައި ނެނގޭ ފަރާތްތަކަށް އެލަވެންސްގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
އައްޑޫގައި ފެތުރެމުންދާ މި ނުރައްކާތެރި ބަލިމަޑުކަމުން އެރަށު ރައްޔިތުން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތުގައި އެއްބާރުލުން ދޭން ބޭނުންވާ ފަރާތަކުގެ ވަނަވަރާއި، ސިޓީ ހޮސްޕިޓަލުގެ އީމެއިލް [email protected] އަށް ފޮނުވާ އެއިދާރާއިން ވަނީ ބުނެފައެވެ.
އައްޑޫސިޓީން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ބަލީގެ އަލަމާތްތަކެއް ހުރެގެން ފްލޫ ކްލިކަށް ދެއްކި ދެމީހެކެވެ. އެމީހުން ފައްސިވެފައިވަނީ މި މަހުގެ 5 ވަނަ ދުވައެވެ. އޭގެ ފަހުން އިތުރު ކޮންމެ ދުވަހަކު ގޮތަކަށް އެމީހުންނާއި ކައިރިން ބައްދަލުވި މީހުން އަންނަނީ މި ބައްޔަށް ފައްސިވަމުންނެވެ.
އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުގެ ތެރެއިން ދެ ރަށަކުން 18 މީހަކު ކޮވިޑް-19އަށް ފައްސިވެފައިވާއިރު، އެ އަތޮޅު ހުޅުމީދޫއިންވެސް މިވަގުތު 25 މީހަކު ވަނީ ފައްސިވެފައެވެ.
މި ބަލީގެ ވޭދަނަތައް އައްޑޫއިން ފެނިފައިވުމުން އެ ސިޓީ އެއްކޮށް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
މާލޭގައި ސޯޅަހާހެއްހާ މީހުނަށް ބަލިޖެހުނުއިރު ހޮސްޕިޓަލަށް ދަރުމަވެރިން ހޯދަން ނުޖެހޭ، އައްޑޫގަ ހައެއްކަމީހުނަށް ބަލިޖެހުނުއިރު ރައްޔިތުން ނިކުންނަން މިއަންގަނީ. މާލޭގަ މަޝްރޫއެއް ހިންގަންޏާވެސް ވަށައިގެން ޓިނުޖަހާ ބަންދުކޮށްގެން ފުލުހުން ބައިތިއްބައިގެން ހިންގަނީ، އެކަމަކު ރަށްރަށުގަ އެއާޕޯޓުތައް އަޅަންވެސް ރައްޔިތުން ނިކުންނަން އެބަޖެހޭ. މިތަފާތުކުރުމަށް ނިމުމެއްނެތް.
މުޢައްޒަފުންވެސް، ވަސީލަތްތައްވެސް އަދި ދެންހުރި ހުރިހާ އެއްޗެއްވެސް މާލެއަށް
ސަރުކާރުން ލަދު ވެސް ގަންނަން ޖެހޭ
ގަސްތުގަ