ހއ.އަތޮޅު އިންނަފިނޮޅު ފަރަށް އެރި ބޯޓުން މިހާތަނަށް 115 ކިލޯ ގްރާމްގެ މަސްތުވާތަކެތި ފެނިއްޖެއެވެ.
އޭގެތެރޭގައި އިންނަފިނޮޅު ފަރަށް އެރި ބޯޓުން މިހާތަނަށް ފެނުނު މަސްތުވާތަކެއްޗާއި އެ ސަރަހައްދުގެ ރަށްތަކަށް ލެއްގި މަސްތުވާތަކެތި ވެސް ހިމެނޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވިއެވެ.
ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، އެރޭ 11:45 ހާއިރު ހއ.އުލިގަމުން 15.8 ކިލޯގެ މަސްތުވާތަކެތި، ހއ.މޮޅަދޫން ޖޫން 1 ވަނަ ދުވަހު 300ގ ގެ މަސްތުވާތަކެތީގެ އިތުރުން ޖޫން 2 ވަނަ ދުވަހު ހއ.އިހަވަންދޫން 380ގ ގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި ދެ ފަޅުރަށް ކަމުގައިވާ ވަގާރު އާއި މަޑިލުން 4.2 މަސްތުވާތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ، މި ބޯޓުން 8 މީހަކު ރާއްޖެ އައިސްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އިރާނުގެ ހަތް މީހުނާއި ޕާކިސްތާނު މީހަކު ކަމަށެވެ. އެ އެންމެންވެސް މަސްތުވާތަކެތީގެ އެކި ބާވަތްތަކަށް ޕޮޒިޓިކްވެފައިވާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ، މަސްތުވާތަކެތި ނައްތާލުމަށްޓަކައި އެ ބޯޓުގައި ތިބި މީހުން ގިނަ މަސައްކަތްތަކެއް ކޮށް، ރޯކޮށްފައިވާތީ އެބޯޓުގައި ހުރީ ސީދާ ކިހާ ވަރެއްގެ މަސްތުވާތަކެތިކަން ބުނެދޭން ނޭނގޭ ކަމަށެވެ. ފުލުހުންނަށް ފާހަގަވެފައިވާ ކަންކަން ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އިތުރަށް ތަހްޤީގު ކުރަމުންދާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން އިންތިހާބަށް އެތެރެކުރި ސާމާނު ބޮކުންދިޔައީ ﷲ ގެ ކުޅަދުން ވަންތަކަށް
ކަލޭ އެތެރެ ކުރި އެއްޗެއްހެން ހީވޭ.
ދަރިފުޅަށް އެންމެ ރަނގަޅަށް ތިކަން އިނގޭނީ
115 ކގ 115 ޓ ތަ
މީހުންގެ ބޮލުގައި ކަންތައްއޅުވުމައް ތިޔަހެން އުޅޭނީ ކަންކަމުގެ ގުޅުން ހުންނަމީހުން