އިދިކޮޅު ކޯލިޝަނުން ކެންޑިޑޭޓަކަށް އެންމެ ގާބިލް ބޭފުޅަކީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފު މިހެން ވިދާޅުވީ އޭނާގެ މައްޗަށް ކުރެވޭ ދައުވާއެއް މިހާރުވެސް ކުރިއަށްދާތީ އޭނާގެ މައްޗަށް ޖަލު ހުކުމެއް ދާދި އަވަހަށް އިއްވާނެ ކަމަށް ޤަބޫލުކުރެވޭތީ އޭނާގެ ސިޔާސީ ވިސްނުން ހުރި ގޮތް ބަޔާންކޮށް ނެރުނު ބަޔާނެއްގައެވެ.

މަހުލޫފު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަނުކުރެވޭ ޙާލަތެއްގައި ގުޅިފައިވާ ކެންޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހް ނެރެން ތާޢިދުކުރާކަމަށެވެ.

އެ ބަޔާނުގައި މަހުލޫފު ވިދާޅުވީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންނަށް ފުރުސަތު ލިބިވަޑައިގެންފިނަމަ ފުރަތަމަ ބުރުގައި ވަކިވަކިން ވާދަކުރައްވައި، ދެވަނަ ބުރުގައި ކޯލިޝަން ހެއްދެވުމަކީ މައްސަލައެއްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

" ވަކިވަކިން ކެންޑިޑޭޓުންނަށް ވާދަނުކުރެވޭ ޙާލަތެއްގައި ގުޅިފައިވާ ކެންޑިޑޭޓެއް ނެރޭއިރު، ރައީސްކަމުގެ މަޤާމަށް އެމްޑީޕީގެ ބޭފުޅަކު އަދި ނައިބު ރައީސްކަމަށް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު ގެނައުން ރަނގަޅުކަމަށް އަޅުގަނޑަށް ފެނޭ" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ އިބޫ ވަނީ ފާއިތުވި ދުވަސްތަކުގައި އެކި ފިކުރުތަކުގެ ސިޔާސީ ބޭފުޅުން ގޮވައިގެން ބުރަ މަސައްކަތްތަކެއް ކުރައްވާފައިއެވެ.

އެމްޑީޕީއާއި ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނުކަމަށް ވިދާޅުވެ މަހުލޫފު ވިދާޅުވީ ޕީޕީއެމްއިން އޭނާ ވަކިކުރި ހިސާބުން ފެށިގެން އެންމެ ގާތުން މަސައްކަތްކުރެވުނީ އެމްޑީޕީއާއިއެކު ކަމަށެވެ. އަދި އެމްޑީޕީގެ ވިސްނުމާއި ފިކުރަކީ އޭނާއަށް ޤަބޫލުކުރެވޭ ވިސްނުމާއި ފިކުރެއް ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

މި ބަޔާނުގައި މަހުލޫފް އިތުރަށް ވިދާޅުވީ އޭނާ ފާޅުކުރެއްވީ އަމިއްލަފުޅަށް ފެނިވަޑައިގަންނަވާ ގޮތްކަމަށާއި، ގުޅިފައިވާ ޕާޓީތަކުން ނިންމާ ނިންމުންތަކަށް އިހްތިރާމްކުރައްވާނެކަމަށެވެ.

މި ބަޔާނުގައި މަހުލޫފް ވަނީ އެތައް ބަޔަކު ޖަލަށް ލައިގެން އާއިލާތަކަށް ދެމުންގެންދާ އަނިޔާއާއި، ދައުލަތުގެ މާލިއްޔަތު ސަރުކާރުގެ ބައެއް ވެރިން ވަގަށް ނަގާ ހުސްކުރުން އަދި ޤާނޫނު އަސާސީއާއި ޤާނޫނުތައް ފުނޑުފުނޑުކުރުން ނިމުމަކަށް ގެންނަން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ޑިމޮކްރަޓިސްޓް

  އަދިވެސް ރައީސްކަމަށް ހަމަ އެމްޑީޕީ ދޯ؟ ކީއްވާނީ ރައީސްކަމަށް ޖުމުހޫރީޕާޓީގެ މީހަކު ނައިބު ރައީސްކަމަށް އެމްޑީޕީމީހަކު ކުރިމަތިލާން ނިންމިއްޔާ؟ އަމިއްލަ އެދުމުން ފޯވެފަ!!!!

 2. ޜަސީދު

  ކަލޭ ވޯޓުދޭނެ މީހެއް ތާއިދު ކުރާނެ މީހެއް އިގޭނީ ކަލެއައް އަހަރުމެންތޢިދު ކުރާނެމިހަކާ ވޯޓު ދޭނެ މީހެއް ކަލެޔަކައް ނޭގޭނެ

  • އައި

   މަހުލޫފުވެސް ބުނާނީ އެހެން އެކަމް ވޯޓުދޭނީ ޔާމީނަސް ދޯ؟

 3. ދޮންބެ

  ކަލެޔައް މީގެ ކުރިން. ބުނާ އެންޑީޕ ކަމުނުދިޔަ ކީއްވެބާ ގޮވި ހުރިހާ ބަދިވަރު އެބަހުރި އެކި މީދިޔާތަކުގަ

 4. ާއިއްބެ

  ޖުމްހޫރީ ޕާރޓީން ރައީސް އެމް ޑީ ޕީ ނައިބް ރައީސް ރަގަޅު ގޮތަކީ . ޢެމް ޑީ ޕީ ައަކު ނެތް ވެރިކަން ކުރެވޭ ވަރުގެ މީހަކު.

 5. 3ނިރު

  ޓެރެރިސްޓް ނަސީދު ކޮބާ

 6. މީރާ

  މީދޯ ގެއްލުނު އެއްޕަސަނޓަކީ...

 7. Anonymous

  ޖުމްހޫރީ ޕާޓީން ރައީސަކު އަދި ނައިބު ރައީސަކު ބޭނުމީ ކޮން އެމްޑީޕީއެއް

 8. ނުނނު

  ޔާމީންވެސް އަމިއްލަ އެދުންފޯވެފަ

 9. ރީޒަން

  ކޯލިޝަން ކެނޑިޑޭޓަކަށް ތާއީދު ކުރަނީ އިބޫ އަށް ކަމަށް މަޚްލޫފު ބުނާނަމަ ދެން ހިންނަވަރޭ އަކު ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް ހޮވަން އައްޑޫ ފުވައްމުލައް އަދި ތިނަދޫ މީހުންގެ ވޯޓް ޖެހޭނީ އިބޫ ހަނދާން ނައްތާލަން އޭ ދެން ބޮޑު ތިލަދުންމަތި މީހުންގެ ވޯޓް ޖެހޭނީ ހަނދާން ނައްތާލަންއޭ ރާއްޖޭގައި އެންމެ ކުޑަ ވާނީ ފާދިއްޕޮޅު އަތޮޅޭ ކަން މިހެން ހުރުމުން އެ އަތޮޅު މީހަކަށް ނުޖެހޭނެއޭ ރާއްޖޭގެ ވެރިކަން ދޭން ދެން އެމްޑީޕީން ޖެހޭނީ ސައްހަ ޕްރަައިމަރީ އެއް ހުޅުވާލާ އެޕްރައިމަރީ ގައި ޕްރޯ އުގައިލް އަށް ވެސް ވާދަ ކުރެވޭނެ ގޮތް ހަދަން އޭ އެއީއޭ އެމެން އެންމެ ބުރަ ކޮށް އެމްޑީޕީގައި މަސައްކަތް ކުރާ ރަންރީނދޫ ޓްވިޓަރޭ ބިއުޓީ ކްއީނޭ މެން ވެސް ބޭނުންވާ ގޮތަކީ އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ ދިސް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެެއަރ އެން ދަ ރީޒަން އިޒް ދެއަރ ކަމޯން ސްޓޭންޑް އަޕް ފްރޮމް ދަ ޗެއަރ އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

 10. ސޯދިގު

  ގާސިމަށް ރައީސްކަން ލިބެންޖެހޭނީ...އެއީ އެމްޑީޕީއަކީ ވެރިކަންކުރަން ނޭގުނު ބައެއް. ދެން އަބރާ ރައީސްކަން ކުރށނީ ކިހިނެއް. ޢަދާކަރަށް ނރ ކަން.

 11. ނުވިކޭނެއޭ

  ކޯލިޝަން ކެނޑިޑޭޓަކަށް ތާއީދު ކުރަނީ އިބޫ އަށް ކަމަށް މަޚްލޫފު އަށް އެކަނި ނުނިންމޭނެއޭ އެކަން ނިންމަން ޖެހޭނީ އެމްޑީޕީގެ ޕްރައިމަރީ އަކުންނޭ އިބޫ މެންނަކީ ދެން ވަރަށް ކުޑަ އާބާދީ އަކުން އައިސްފައި ހުރި ދަރާއްޖެތެރޭ މީހެކޭ އެހާ ކުދި އާބާދީ ތަކުން އަންނަ މީހުންގެ މައިންޑް ވަރަށް ނެރޯ ވާނެއޭ އެކަން ފެނެއޭ ރާއްޖޭގެ ކުދި އާބާދީ ތަކުން އަންނަ މީހުން ކިތަންމެ ކިޔެވި ނަމަވެސް ރިސްކް ނަގައިގެން ކަންކަން ކޮށް ގޭމް ޗޭންޖްކުރަން ނޭގެއޭ އެއީ ސަރުކާރުގެ ތެރޭގައި ތިބި ޕީއެޗްޑީންގެ ފަރާތުން ވެސް ފެންނަ މަންޒަރު ތަކަކީ ކަން މިހެން ހުރުމުން ދެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާން ޖެހޭނީ ހެވީ ޑިއުޓީ ޓައިޓޭނިއަމް ޕްލޭޓެޑް އަދި ދުނިޔެ އަށް ވެސް މޭފުއްޕާފައި އެމްޑީޕީ އަށް ދައްކާލެވޭނެ ކެންޑިޑޭޓެކޭ އެގޮތުން ޕްރޯ އުގައިލު އަށޭ އެޗާންސް ދޭން ޖެހޭނީ ސަބަބަކީ އެމްޑީޕީއަށް އެންމެ ބޮޑު ގުރުބާނީ އެއްވެފައި ތިބީ އެއީ އައްޑޫ މީހުން ކަމަށްވާތީއޭ. އިބޫ މެންގެ ނުވިއްކޭނެއޭ ރިޔާސީ ކެންޑިޑޭޓަކަށް އެއްގޮތަކަށް ވެސް.

 12. ރަށްދު

  ބަރާބަރު މީހެއްތީ

 13. ހަަމް

  ތީ ނައިބު ރަޢީސް އަށް ހަމަ ޖައްސާ މީހާ

 14. ހަބޭސް

  އިބޫއަށްވުރެ މާޤާބިލް ހެޔޮވިސްނޭމީހުންއެމްޑީޕީ އަދި ޖޭޕީގަވެސް އެބަތިބި އަޅުގަނޑަށްފެންނަނީ ޖޭޕީގެ ބޭފުޅަކު ނެރެން އެމްޑީޕީގެ ވިސްނުމައި ފިކުރުން ރިޔާސީ އިންޠިޚަބު ދޫކޮށް ލުމަކީ 2018 އަށް އެއްމެ ފައިދާ ބޮޑުގޮތް

 15. Anonymous

  ޔާމީނު ހުންނަނީ ވެރިކަމާހެދި މޮޔަވެފަ

 16. އަންޓިއިބޫ

  އިބޫ އަކައް ވެރިކަމެއް ނުކުރެވޭނެ. ފާޑެއް ނެތް. ޗަސްބެއްނެތް. ވާހަކައެެއް ނުދެއްކޭ. ހިނިއައިސަހުރެދާނެ ހުރިހާ އާއިލާކުދިން އަމިއްލެއައް އައިސް ކެބިނެޓް ގެމަޤާމް ތަކަށް ވެރިވެގަންނައިރުވެސް. ނުކެރޭނެ އެއްވެސްމީހަކަށް ނޫނެކޭވެސް އާއެކޭވެސް ބުނާކަށް.

 17. ނައުސާދު

  އޭ ހުއްޓާލާ .. އެންމެ ގިނަ ޚަރަދު މިހާރުވެސް ކުރަނީ ޖޭޕީން.. ރައީސް ކަން މިފަހަރު ޖޭޕީއަށް... ނައިބުކަން އެންޑީޕީއާށް..މި ނޫންގޮތަކަށް އަހަރެން އެއްބަހެއްނޫން...އެންޑީޕީ ރައީސް ކަމަށް ލަންނާ އަހަރެންގެ ވޯޓް ގުންޑާމެންނަށް

 18. ކަލްޗަރ

  ނަޝީދަށް ވާދަނުކުރެވޭ ނަމަ، ރިޔާސީ ކެންޑިޑޭޓަކަށް އެންމެ ރަނގަޅީ އިބޫ ކަމަށް މަޚްލޫފު ބުނި ނަމަވެސް މަޚްލޫފު މެންނަކީ ރިއަލް ޕޮލިޓިޝަނުން ނޫނެވެ. އަދި އެމެންގެ ސިޔާސީ ހިސްޓްރީ ބަލާއިރު ސްޓިލް އެމެން ލާރން ކުރަނީ ގެއިން ކުރެވުނު ކަމެއް ނެތެވެ. ކަން މިހެން ހުރުމުން މަޚްލޫފު މެން ދައްކާ ވާހަކަ އަށް ބޭސް ކޮށް ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހޮވަން ކަމަކު ނުދާނެއެވެ. ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް އިދިކޮޅުން ނެރޭ ކެންޑިޑޭޓްގެ ކަލްޗްރަލް ޝަރުތު ތަކުގެ ތެރޭގައި ހިމެނެން ޖެހޭނެ އެންމެ މުހިއްމު ކަލްޗަރ އަކީ އެއީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ދެ ބިމުގެ ތެރޭން އެއް ބިމަށް އުފަން މީހަކަށް އެމީހަކު ވުން. އެގޮތުން ބަލާއިރު އިބޫ މި ކެޓެގެރީން ވަނީ ފެއިލް ވެފައެވެ. ހިންނަވަރު މީހުން ނަކީ އެއީ ގޭމް ޗޭންްޖް ކުރެވޭ ބަޔެއް ނޫން ރާއްޖޭގެ އިގްތިސާދީ ސާރކަލް ތެރޭގައި ވެސް އަދި ސިޔާސީ ސާރކަލް ތެރޭގައި ވެސް. މީ ހަގީގަތަކީ. އެމްޑީޕީގެ ރިިޔާސީ ކެންޑިޑޭޓަކަށް އެންމެ އެލިޖިބްލްއީ މިހާރު ޕްރޯ އުގައިލް އެވެ. ހިންނަވަރު މީހަކު އިދިކޮޅުން ކެންޑިޑޭޓަކަށް ކުރިމަތި ލައިގެން ސިޔާސީ ގޮތުން އެމްޑީޕީ އަށް ނުލިބޭނެ %5 ވޯޓް ވެސް. އެއީ ޔަގީން ކަމެއް. ޔަގީނުން އިނގޭ އެއްޗަކީ މަމެން ޕިންކީން ވެރިކަމުގައި އާރާއި ބާރުގައި ތިބޭއިރު މަމެން ޕިންކީންގެ މައްޗަށް އެމްޑީޕީން ކޮންމެ ކެންޑިޑޭޓަކު ނެރުނަސް ކުރި ނުހޯދޭނެ ކަން. ހޯދިޔަ ނުދޭނަން ވިއްޔާ. އެކަމަކު މަމެން ވެސް ބޭނުން ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ވެސް ރަނގަޅު ފައިޓެއް ދޭން އިންތިޚާބުގެ ކެމްޕެއިން މެޗު ކުޅޭއިރު. އެކަން ކުރެވޭނީ ކަލްޗްރަލީ އެ ނިކުންނަ ކެންޑިޑޭޓަކީ އެއީ ފިޓް ވާ ކެންޑިޑޭޓެކެވެ. ރާއްޖޭގެ ކަލްޗަރ އޮންނަ ގޮތުން ރާއްޖޭގެ ރައީސް އަކަށް އަންނަ މީހަކަށް ކަލްޗްރަލީ ލިބެން ޖެހޭ މަގާމް ވެސް ލިބެން ޖެހޭނެއެވެ. އެލިބޭނީ 1. މާލެއިން ނިކުންނަ މީހަށް 2. އައްޑޫން ހިތަދޫން ނިކުންނަ ކެންޑިޑޭޓަކަށް. ހަސަން ސައީދު ފެއިލްވީ އާބާދީ ކުޑަ ފޭދޫ އަށް އުފަން މީހަކަށް ވުން. އެއީ އެންމެ ބޮޑު މައްސަލަ އަކީ. ހިތަދޫ މީހުން ނުރުހޭނެ އައްޑޫގެ އެހެން ރަށެއްގެ މީހަކު އެމެން ތިއްބާ ރާއްޖޭގެ ރައީސް އަކަށް އަންނަން. އެއީ ކަލްޗްރަލީ އެކަން އެސްޓަބްލިޝް ވެަފައި އޮންނަ ގޮތެވެ.

 19. އިލޫޝަން

  ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ނެރޭ ކެންޑިޑޭޓަކަށް ނެރެން ޖެހޭނީ އެއީ ޓައިޓޭނިއަމް ޕްލޭޓެޑް ޖެންޓުލްމެން ސްޓައިލްގެ ވަރަށް ކޮންޒަރވޭޓިވް ތިއަރީ އެއް ގެންގުޅޭ ބެސްޓް އޮފް ދަ ބެސްޓް ކްރީމް އެކެވެ. ސަބަބަކީ އެއީ ވޯޓް ލާމީހާ އާއި ސީދާ ގުޅުން ހުންނަ މީހަކަށް ވެފައި އޭގައި ވޯޓް ލާ މީހާ ވޯޓް ދޭއިރު ވަރަށް ބޮަޑަށް އެފަދަ ކެންޑިޑޭޓަކީ އެއީ ކަލްޗްރަލީ ބާރު ގަދަ މީހެއް ތޯ ބަލާނެއެވެ. އެމްޑީޕީން މިހަގީގަތް ތަމެންގެ ބޮޑުން ގަބޫލު ނުކުރި ނަމަވެސް މިވޯޓް ގައި ވާނީ މިހެން ނެވެ. މައި އިންސްޕިރޭޝަން ހޭޒް ވަން ޑްރައިވް އިޓްސް ދަ ކަލްޗްރަލް ވޯޓް ފޯރ ޔުއަރ ކެންޑިޑޭޓް އެހެން ކަަމަށް ވާނަ މަޚްލޫފު އެެބުނާ ކެންޑިޑޭޓް އިބޫ ނޮޓް ޕާސްޑް ފްރޮމް އިޓް ކޮޒް އިބޫ އައީ ހިންނަވަރުން ކަމަށްވެފައި އެެހާ ކުޑަ އާބާދީ އަކުން އަންނަ މީހަކަށް އައްޑޫ މީހުން ނުދޭނެ ފުރުސަތެއް އެމެން ވެސް އެބަހުރި ޕްރޯ ދޮންކޮށްފައި ތިޔާ ކަމަށް. ރަންރީނދޫ ޓްވިޓަރޭ މެން ހިތް ހަލާލެއް ނުވާނެ މިކަމަށް. ދިސް އިޒް ހައު އައި ފީލް އިލޫޝަން ނެވަރ ޗޭންޖް..

 20. ޓޯރން

  ނަޝީދަށް ވާދަނުކުރެވޭ ނަމަ، ރިޔާސީ ކެންޑިޑޭޓަކަށް އެންމެ ރަނގަޅީ އިބޫ ކަމަށް މަޚްލޫފު ބުނި ނަމަވެސް އައި ގެސް ފޯރޗިއުން ނެވަރ ޓެލްސް އިޓް ދޯ ދެން ތަމެންނަަށް އިބޫ ރިޔާސީ ކެންޑިޑޭޓަކަށް ނެރެގެން އެމްޑީޕީ ދާނީ ޗޮކުންނޭ ވޯޓް ލާމީހުންގެ %5 ވެސް ނުލިބޭނެއޭ ކޮންމެ ގޮތެއްވިނަމަވެސް ތަމެންނަށް މަމެން ޕިންކީން ބަލި ކޮށްލެވޭނެ ކެންޑިޑޭޓެއް ތަމެން އިދިކޮޅު ކޯލިޝަން އަށް ނުނެރެވޭނެއޭ އެއީ ޔަގީން ކަމެކޭ ޔޫ އާރ އޯލް ރެޑީ ލިޓިލް ލޭޓް ފޯރ އިޓް. އައި ގެސް ޔޫއާރ އޯލްރެޑީ ޓޯރން ދޯ.

 21. މާރިޔާ

  ސްމެއްގެމީހެއް ކަމަކުނުދޭ

 22. މާރިޔާ

  ޔާމިން އައްފުރުސަތުދީފާ މަޑުން ތިބެބަލާ

 23. ދޮނާ

  މަށަށް ހަމަ ފެންނަނީ ފުއާދު ތައުފީގު.... ދެން އޭނަ ކައިރީ 4 ތަރުޖަމާނުން ބޭތިއްބީމަ އޭނަ ބުނާ އެއްޗެއް އޮޅުންފިލުވިދާނެތާ..