މިއުޒިކަކީ އިންސާނާގެ ސިކުނޑި ހަމަ ޖެހޭ ކަމެއް ނޫން ކަމަށާއި ޒުވާނުންގެ ހާސްކަން ފިލުވާލަން ބޭނުން ނަމަ ދާން ޖެހެނީ މިސްކިތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެ ވަަޑައިގެންފައިވާ މޮސްޓާ މިފަދައިން ވިދާޅުވެފައިވަނީ މާލޭގައި މަޖާކޮށްލެވޭ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
މި ބަހުސްގައި ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ، ހަސަން ލަތީފު ހުށަހެޅި މި ގަރާރަކީ ގައުމު ހަލާކުކޮށް، ފަސާދު ކޮށްލުމަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށާއި މާލޭގައި ހަދާފައިވާ ސަލްމާން މިސްކިތްވެސް ހުޅުވުމަށް ހުއްދަ ދީފައި ނުވަނީ އެތަން މަޖާ ކުރާނެ ތަނަކަށް ބަދަލު ކުރުމަށް ކަމަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ސަލްމާން މިސްކިތަށް ހުއްދަނުދީވެސް މީނީ މިކަން ކުރަން ހުއްދަ ދޭންކަންނޭގެ. ތެޔޮބިޑި ބޮއެ ރާ ބޮއެ މަޖާ ކުރާނެ ތަނެއް އެތާ ހަދަން ކަންނޭގެ މިސްކިތެއް ގޮތަށް އެތަން ބޭނުން ނުކޮށް ބަހައްޓާފައި މިހިރީ" މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ ވިދާޅުވީ، މި ގަރާރަކީ ޒުވާނުން މަގުފުރައްދައި ޒުވާނުން ހަލާކުކޮށްލަންވެގެން ހުށަހަޅައިގެން އުޅޭ ގަރާރެއް ކަމަށް ބޮޑަށް ބެލެވޭ ކަމަށާއި ޒުވާނުން ބޯ ހާސްވެއްޖެނަމަ މާލޭގައި މިސްކިތްތައް މަދު ނޫން ކަމަށާއި އެފަދަ ހާލަތެއްގައި މިސްކިތައް ދެވޭނެ ކަމަށެވެ.
"ހަމަ ޔަގީނުންވެސް ޒުވާނުން ބޯ ހާސްވެއްޖެއްޔާ، ހާސްކަން ފިލުވާލަަން ދާނެ ތަންތަން މިއަދުވެސް މާލޭގައި މަދެއް ނުވާނެ. 28 ވަރަކަށް މިސްކިތް އެބަހުރި މާލޭގައި. ބަރާބަރަށް ދަރުސްތަކާއި އެއްޗެހި އެ މިސްކިތްތަކުގައި ދެމުން ދަނީ. އެހެން ވެއްޖެއްޔާ ޒުވާނުންގެ ހާސްކަން ފިލާނެ ކަންނޭގެ އެ ދަރުސްތަކާއި އެއްޗެހި އަޑު އަހާލީމާ. ކޮންމެހެން ލަވައާއި މިއުޒިކަކީ އިންސާނާގެ ސިކުނޑި ހަމަޖެހޭ ކަމެއް ނޫން" މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ އިތުރަށް ވިދާޅުވީ، ލަވަޔާއި މިއުޒިކަކީ އިންސާނާގެ ސިކުނޑި ހަމަޖައްސާލާ އެއްޗެއް ނޫން ކަމަށާއި އެއްވެސް އިލްމުވެރިއެއް އަދި އެއްވެސް ފޮތެއްގައި ވެސް އެކަން އެގޮތަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި މި ގަރާރަކީ ޒުވާނުން މަގުފުރައްދާ، ބޭކާރު ބައެއްގެ ގޮތުގައި ހަދައި ޒުވާނުން އަބަދުވެސް މަސްތީ ދުނިޔެއެއްގައި ބޭތިއްބުމަށް ހުށަހެޅި ގަރާރެއް ކަމަށްވެސް މޮސްޓާ ވިދާޅުވިއެވެ.
ސާބަހޭ ދަރިޔާ
24 ގަޑި އިރު މިސްކިތުގަ އޮތް މީހެއްވިއްޔާމި.. ގަލޮޅު ދަނޑުގަ ފުޅަ އަވަގުރާނަ ގޮވާ ހަކުރު ވިއްކަން ދުވި ޕާޓޭވެސް މިއަދު ސިޔާސީޗެފަ ދީނޭ ދީނޭ ޤައުމޭ މިކިޔަނީ ފެއިލް ސިޔާސީ ކާޑު.. މީނާ އެންމެ ފަހުން މިސްކިތަކަށް އެރި ދުވަހެއް ސާފުކޮށްލަބަލަ
ވަރަށް ބޮޑު ތެދެއް... ތެދެއް ވާނީ ތެދަކަށް ޕއމ ކުދިން ބުންޏަސް.. މިއުޒިކުން ހިތްހަމަ ޖެހުމެއް ނުލިބޭ... ވިޓްނީ ހިއުސްޓަން، އޭމީ ވައިންހައުސް، މައިކަލް ޖެކްސަން ކަހަލަ ލަވަކިޔާމީހުން ދުނިޔެ ދުކުރީ ޑިޕްރެޝަން އާ ހިތްހަމަޖެހުމެއް ނުލިބި ސުއިސައިޑް ވެގެން . މިއުޒިކުން ލިބުނު ހިތްހަމަ ޖެހުމެއް ނެތް
ސާބަހޭ 👏👏👏👏
މޮސްޓާ ބުންޏަސް ތެދެއް ވަނީ ތެދަކަށް
ވަރައް ރަނގަޅު ވާހަކަފުޅެއް ބޯހަމަޖެހި މީހާއައް އިތުރު ތާޒާކަން ބޭނުންވާނަމަ އެކަންކަން އެންމެ ފުރިހަމައައް ލިބޭނެތަނަކީ މިސްކިއް އެހެނވީމާ ގިނަގިނައިން ދާންވީ މިސްކިތައް ގޮސް މިސްކިއްތައް ފަޅުފިލުވަންވީ
ޖާހިލުބައެއްގެ އަތްމަށްޗަށް ގައުމުދޫކޮށްލި 130000 ވޯޓު އިބޫއަށް ، އަދި މަޖިލީހުގެ 65 ގޮނޑި އެމް ޑީ ޕީ އަށް ވޯޓުދިން މީހުން މިއަދު ކީކޭބާ ހިތަށްއަރަނީ ރާކަނިމަސް މީރުތަ ؟
މޮސްޓާ މީ މޭން އެކޭ، ކޮންމެ ނިޔަތަކު އެއްޗެހި ކިއަސް އެކިއަނީ ރަނގަޅު އެއްޗެހި، ކިއުން ހައްގު އެއްޗެހި..
މޮސްޓާ ހޮވަން ވޯޓް ދިން މީހުން ވަރައް އުފަލުން ތިބޭނީ..
މޮސްޓާ ހޮވަން ފެނޭ، އަންނަ އިންތިހަބްގަވެސް
ކީއްތޯ
ޥަރަށްރަ ގަނޅު ވާހަކައެއް. ގިނަފަހަރަށް ތިބުނާކަހަލަ ލަވަކިޔާ މަޖާކުރާތަންތަނުން މީހުން ވަނީ ހަލާކު. މީބޮއްޅަބޭ ހިއްހަމަޖައްސަން ހަސަންބޯއީ ކުރާކަމެއް.
ރަނގަޅު ވާހަކޭ ތިބުނީ
ކަލެއަކީގަދަ ގޮލައެއްތިޔައީ ހަލާލު ފިރިހެންދަރިން މިއޮތީވާމަޖިލިހެއް އެތާތިބަ ބައެއްމެންބަރުން ހީކުރާކަހަލަ މިއޮތީބޯބޮޑުކަނޑައަކައްރަންކޮޅެއްމައްޗައްއެރިފައޭ މިމީހުންނައް އެމެރިކާގަވީގޮތައްވުންވަރައްގާއްވެއްޖެ މިހާރުމާމައްޗައްތިދަނީ މަގޭދީނާނުކުޅެއްޗޭ މަތީޖާގޯސްވުންކާރި އަދުލްއިންސާފުވިއްކަންފަށާފި ދަދޫމްއައްބަދަލުވެއްޖެ
ކަލެއަކީގަދަ ގޮލައެއްތިޔައީ ހަލާލު ފިރިހެންދަރިން މިއޮތީވާމަޖިލިހެއް އެތާތިބަ ބައެއްމެންބަރުން ހީކުރާކަހަލަ މިއޮތީބޯބޮޑުކަނޑައަކައްރަންކޮޅެއްމައްޗައްއެރިފައޭ މިމީހުންނައް އެމެރިކާގަވީގޮތައްވުންވަރައްގާއްވެއްޖެ މިހާރުމާމައްޗައްތިދަނީ މަގޭދީނާނުކުޅެއްޗޭ މަތީޖާގޯސްވުންކާރި އަދުލްއިންސާފުވިއްކަންފަށާފި ދަދޫމްއައްބަދަލުވެއްޖެ
ދެން އެހެންވީއިރު ހާސްކަން ފިލުވަން މޮންސްޓާ ކަރުދިގުފުޅިއާ ތޯލާފުޅި ހޯދަނީ ކީއްކުރަން.
ލާދީނީ މީހުން އެހެން މީހުންގެ ބޮލުގަ އެޓެގު އަޅުވަން އުޅުނަސް ތި ގަބޫލު ކުރާނީ ހަމަ ކަލޭމެންގެ މޮޔަ ގްރޫޕް އެކަނި. ވަރަށް ސަލާމް.
ބަރާބަރު ވާހަކައެއް މޮސްޓާ އެބުނީ......
ހި ގާބަލަ އަހަރެމެން ގެ ލޮބުވެތި ރަސޫލާ އަހަރެމެންނަ ގެނެސްދިން މއުރާޖު ގެ ހަދިޔާ އަދި ﷲ ގެ ކަލާންފުޅު ގެ އަޑު ތިޔަސަތާނުން ނައިވަން ހުރިހާ ގެ އެއް ގެ ބާރައް ޖަހަން އޭރުން ތިޔަ ސައިތާނުން އެއަޑު އަވުނީމަ ވވވބަލި ވެ ބިރުން ރައްކާވާނެ
ލާދީނީ ހަރަކާތްތައް ފާޅުގަ މި ޤައުމުގަ ހިންގަން މަގުފަހިކުރަނީ އެމްޑީޕީ ވެރިކަމަށްއަންނަ ކޮންމެ ފަހަރަކު ތަޢުލީމީ މަންހަޖުއާ ބެހި އެމަންހަޖޫ ލާދީނިއްޔަތަށް ބައްޓަންކުރޭ މިފަހަރުވެސް އެކަން އެބަކުރަމުންދޭ އޭގެ އިތުރަށް މަޖާކުރާށޭކިޔާފަ މިހާރު ފާޅުގަ އެމްޑީޕީ ލާދީނީ މަޖިލިސްބޭނުންކޮށްގެން އެހިންގަނީ ލާދީނިއްޔަތަށް ޤައުމު އަނބުރާލުމުގެ ނުބައިރޭވުމެއް ދިވެހިން ހާއްސަކޮށް ދީނީ ޢިލްމުވެރިންގެ ތާޛުއަޅައިގެން ތިއްބެވި ބޭފުޅުން މިކަމާ ދެކޮޅަށް ތެދުވަންއެބަޖެހޭ ރައްޔިތުންވެސް ނުކުމެ މިކަން ހުއްޓުވަންއެބަޖެހޭ
ހާސްކަން ފިލުވަން އެމީހަކު ކުރާނެކަމެއް އެނގޭނީ އެމީހަކަށް މި މާލެއަށް ބެލިއަސް ކޮންމެ ދެމީހަކަށް މިސްކިތެއް އެބަހުރި ދެން މިއުޒިކް ޖަހާތަން ތަން ހެދީމާ އެނގޭނީ ޒުވާނުން ހާސްކަން ފިލުވަން ދަނީ ކޮންތަނަކަށްކަން
މިސްކިއް ފެނުނީމަވެސް ހާސްވާ ބަޔަކު އެބައުޅޭ ދެން ހަދާނީ ކިހިނެއް
މޮސްޓާ ހާސްނުވޭ ތިޔަބިލް މަޖިލިހަށް ހުށހެޅިފަރާތް ހަސަންލަތީފަކީ ޒުވާނުންގެ މިނިސްޓްރީއާ ހަވާލުވެ ހުރިއިރު ޒުވާނުންގެ މުނިފޫހި ފިލުމަށް ބަޖެޓުގައި ހުރި ފައިސާއިން 200 މިލިޔަން ރުފިޔާ ކައިލި މީހެއް މިހަދާން ޒުވާނުން މިހާރުވެސްކުރޭ!
ހެހެހެ ހެހެހެ ގޯތިއަލީ
ޒުވާނުން ހާސްކަން ފިލުވަން ބޭނުމިއްޔާ މޮސްޓާ ނޫނީ އެސްކޮބާ ކަހަލަ ފާަޑެއް ގެ ނަމެއް ދީ ގގެން ދުވަން ވީ ހަކުރު ވިއްކަން. ދެން ލާރި ހޯދައި ގެން މަޖްލިސް އަށް ވަދެ ތިމާވަރު ގަޓު ހުރި ބުއްދިވެރިއެއް ނެތްކަމަށް ހެދި ގެން ހިމާރެއްހެން ފެލެން ވީ. މޮސްޓާ މޫނު ބަލާ ލޯ ގަޑެއް ކުރިމައްޗަށް އަރާ ސޫރަ ބަލާބަލަ ވައްތަރީ ތޯ
ތީ މިޤައުމުން އިސްލާމްދީން ފޮހެލަންއުޅޭ އެޖެންޓުން ހައްތާވެސް، މިހާރު މަޖިލީހަށްވަދެގެން މަޖިލީސްތެރެއިން އެކަންކުރަން އެއުޅެނީ ، މަޖިލީސް ތެރޭގައި ތިތިބަ އެމްޑީއެން ގެ ބާނީންތައް މާދަން މަޖިލީހަށް ހުށަހަޅައިގެން ފާސްކުރާނެ އެމްޑީއެން އަށް ހިމާޔަތްދީ އެމީހުން ބޭނުންގޮތަކަށް ކަންކުރުމުގެ ފުރުޞަތުދޭންވާނެކަމުގެ ބިލެއް. އެބިލް ހުށައެޅުމުން އެއްކަލަ ކަލޭގެ އުފާކޮށް އަވަހަށް ބިލްފާސްކުރަން ބާރުއަޅަންފަށާފާނެ
ކޮންފަދަ މުސީބާތެއްތަ ކޮންމެ ވީކެންޑެއްގަ މީނަ ކެފޭގަ އަޑުގަދަ ކުރާވަރުން ނިދަންވެސް ނުތިބެވޭ. ދެން ކީކޭ ތަ މިކޔަނީ
އުޅެނީ މަޖިލީހުގަ. ކަނީ ރައްޔިތުންގެ ފައިސާ. މިއުޒިކު ހަރާމް. ހަކުރު ވިއްކުން ހަލާލު.
ސިޔާސީ މަންފާއަށް ދީން ހަތިޔާރަކަށް ހަދާ މީހުންނަށް ހުރި ލާމަސީލް ނަމޫނާއެއް !