އިސްލާމް ދީނުގެ ހުކުމްތައް ބަޔާން ކުރުމަކީ ދީނުގެ އިލްމު އުނގެނިގެން ތިބި އަދި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޫކޮށްފާއިވާ އިލްމުވެރިންގެ ޒިންމާއެއް ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ރަސްމީ ޓްވީޓާ އެކައުންޓުން މިފަދަ އިބާރާތްތަކެއް ލިޔެ ޓްވީޓެއް ކޮށްފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ބައެއް މެންބަރުންގެ މެދުގައި މިއުޒިކް ކުޅުމުގެ ހުއްދަ ދީނުގައި އޮތް ކަމާ މެދު ނުވަތަ ނެތް ކަމާ މެދު ވާހަކަ ދައްކަވާފައިވަނިކޮށެވެ.

މިފަދަ ވާހަކަތަކެއް މެންބަރުން ދައްކަވާފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރަކަށް ބަހުސް ކުރައްވަމުންނެވެ. އެ ގަރާރުގައިވަނީ ޒުވާނުންނަށް މަޖާ ކޮށްލެވޭ ގޮތަށް މިއުޒިކް ފަދަ ފަންނީ ހަރަކާތްތައް ހިންގޭނެ މަރުކަޒުތައް މާލޭގައި ގާއިމް ކުރުމަށް ގޮވާލާފައެވެ.

މިކަމާ ގުޅިގެން ދީނީ ބައެއް އިލްމުވެރިން ވެސް މަޖިލީހުގެ މެންބަރުންގެ ވާހަކަތަކަށް ފާޑުވިދާޅުވަމުން ދަނިކޮށް އަދި މަޖިލީހުގެ މެންބަރުން އެ އިލްމުވެރިންނަށް ރައްދު ދެއްވަވަމުން ދަނިކޮށް، އިސްލާމިކް މިނިސްޓްރީއިން ކުރި ޓްވީޓްގައި ވަނީ، ދީނުގެ ހުކުމްތައް ބަޔާން ކުރުމަކީ އެ މިނިސްޓްރީއިން ދީނީ ނަސޭހަތުގެ ހުއްދަ ދީފައިވާ އިލްމުވެރިންގެ ޒިންމާއެއް ކަމަށެވެ. އަދި އެއަށް އިހުތިރާމު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން މިއަދު ވިދާޅުވެފައިވަނީ މިއުޒިކްއަކީ ހަރާމް އެއްޗެއް ކަމުގައި މި ޒަމާނުގެ ދީނީ އިލްމުވެރިންނަށް ކަނޑަނޭޅޭނެ ކަމަށެވެ. މިއުޒިކް އަޑުއެހުމާއި މިއުޒިކް ކުޅުމާއި ނެށުމާއި ފިލްމާއި ޑްރާމާއާއި ތަމްސީލްތައް ކުޅުމާއި އޭގެ މަންޒަރުތައް ބެލުން އެއްވެސް ސަރުކާރެއްގައި މަނާ ކޮށްފައި ނެތީ ވެސް ދީނުގައި މަނާ ކުރެވިފައި ނެތުމުން ކަމަށް ވިދާޅުވިއެވެ.

މި ވަހާކަތަކާ ގުޅިގެން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވަނީ ދީނުގެ ސައްހަ މައުލޫމާތުތައް އާންމުންގެ ތެރޭގައި އޮޅުން އަރާ ގޮތަށް އެ ކަމުގެ އިލްމު ލިބިފައި ނުވާ މަޖިލީހުގެ ބައެއް މެންބަރުން ދައްކަވާފައިވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މޫސަ

    އިމުރާނު ބުނަނީ ކީކޭބާ؟

    11
  2. ބޭޗާރާ

    އިސްލާމްދީނުގެ ކަންކަމާމެދު ނުދަންނަ މީހުން ވާހަކަ ދައްކާކަށް ނުވާނެ. ދީނީ މީހުން ބުނާ އެއްޗެއްވެސް އަޑުއަހަންވާނެ. ދީނީ މީހުންވެސް މި ޒަމާނުގައި ދިމާވާ ކަންކަމާމެދު ވިސްނައި ފިކުރުކުރުމަށްފަހު އޮޅުން ނާރާގޮތަށް ބަޔާންކޮށްދޭންޖެހޭނެ. މިޔުޒިކް ހަރާމް ކަމަށް ވިދާޅުވަމުން ފޯނާއި ގޭގެ ދޮރުގައި ހަރުކުރާ ތަޅުފަދަ ތަކެތީގައި ހުންނަ މިޔުޒިކާމެދު އޮތް ގޮތެއްވެސް ބަޔާންކޮށްދޭންވާނެ. އަދި މިފަދަ ތަކެތި އުފެއްދުމަށްޓަކައި މިޔުޒިކް ބޭނުންކުރުމާއި އުފެއްދުމުގައި އޮތް ހުކުމްވެސް ބަޔާންކޮށްދޭންވާނެ. ޓީވީތަކުން އިވޭ މިޔުޒިކާމެދު އޮތްގޮތެއްވެސް ބަޔާންކޮށްދޭންވާނެ. މި ޒަމާނުގައި އަޑުއަހަން ނޫޅުނަސް ވަށައިގެން މިއިވެނީ މިޔުޒިކްގެ އަޑުތައް. މިޔުޒިކަކީ ރީތި އަޑުތަކަށްވާތީ މިކަމުގައިއޮތްގޮތެއްވެސް ކިޔައިދޭންވާނެ. އަބަދު ހަރާމޭ ހަރާމޭ ގޮވުމަށްވުރެ ތަފުސީލުކޮށް ބުނެދިނީމާ މީސްތަކުންނަށް މާބޮޑަށް ފައިދާ ކުރާނެ.

    5
    1
    • އަލީއު

      ތަފްސީލުކޮއް އަބަދުވެސް އެތައްފަހަރެއްގަ ބުނެދީ ނަސޭހައިދީ ހަދާ. ބަލާ ހޯދާބަޔަކަށް ފަސޭހައިން ފެންނަންހުރީ. އިލްމުވެރިންގެ މަސައްކައި އެބޭފުޅުން އަބަދުވެސްކުރޭ. ދެންއޮތީ އާމުން އެމީހުންގެ ވާޖިބު އަދާކުރުން.

      1
      1
  3. ތެދު

    10000000%

  4. ހުސޭނުބޭ

    ޝައިޚް އީވާ ޢަބްދުﷲ ދެޕީސް އަށާއި ޝައިޚް އިމްތިޔާޒް ފަހުމީ ޝަރުބަތު ބުރާންޗަށް ހުއްދަދެއްވީ ކޮން މިނިސްޓްރީއަކުންތޯ؟

    19
  5. ތީން

    އިތުބާރު ނެތްކަމު ގެ ވޯޓަކަށް ތައްޔާރުވެ ލައްވާ .މާދަން ތޯއްޗެ ބިރު ދައްކަން ފަށާނީ.

    12
  6. ރައްޔިތުމީހާ

    ސިޔާސީވެރިން މިއުޒިކާ ނެށުމާ ފިލްމު ގެ ވާހަކަދައްކަނީ މުޖުތަމައު ގަ އަސްލު ހުރި ބޮޑެތި މައްސަލަތަކުން ސަމާލުކަން އަނބޫރާލައި އެމީހުން ގެ ފުން ލާދީނީ ފިކުރު ފޮރުވާ އިލްމުވެރިންދެކެ ނަފްރަތު އުފެއްދޭތޯ.

    ޑރ. ޝަހީމް ރާއްޖެ ޓީވާއަށް ދިން ބަސްދީ ގަތުމު ގައިވެސް ޖެހީ މިސަކަރާތް. ޤައުމެއްހެ ނާއިބު ރައީސްއަށްވާން ވާއްދަކުރެއްވި ބޭފުޅެއް ގާތު ގައިވެސް ދެއްކީ މިވާހަކަތައް.

    މި މީހުން ހަ ގީގ ގަތު ގަ ދީން ސިޔާސީ ހަތިޔާރަކަށް ހަދައި ގެން ލާދީނީ ސިޔާސީ އެޖެންޑާ ކުރިއަރުވަން އުޅެނީ.

    ގޭން ގު މަރާ މަސްތުވާތަކެއްޗާ ވައްކަން އާންމުވެފައި ވަނިކޮށް ހައްދުފަހަނައެޅި ދީނީ ފިކުރޯ.

    އެއްޖިންސުން ގުޅުން ހިން ގާ ދީން ދޫކޮށްލަން ގޮވާލާ ޖަމިއްޔާތައް ނުހުއްޓުވި ވަނިކޮށް މިއުޒިކު ގެ ހުކުމޯ.

    އޮޅުވައެއް ނުލެވޭނެ. ތި ސިޔާސީ އުކުޅުތަކެއް މި ރާއްޖެއަކު މަސައްކަތެއް ނުކުރާނެ.

    10
  7. ކަންނެތް

    ބަލަ މި މިނިސްޓަރަކަށް ނުކެރުނު ދޯ ދީނުގައި ކަން އޮތީ މިހެންނޭ ބުނެ އޮތްގޮތް ބަޔާންކުރަންވެސް. ހާދަ ފިނޑި އިލްމު އުގެނިގެން ހުނެވި މިނިސްތަރެކޭ.

    16
    2
  8. ދަރަނި ދަންތުރަ

    މިފުޓޯއިން ފެއްނަނީ ވެސް ޖާހިލެއް....

    6
    2
  9. އަހްމަދު

    އިލްމުވެރިންވެސް އަދި އިސްލާމިކް މިނިސްޓަރުވެސް ފުރަތަމަ ކުރަންވީކަމަކީ މިޔުޒިކަކީ ކޮބައިކަން ނިކަން ރަނގަޅަށް ސާފުކޮށް އަހަރެމެންނަށް ބުނެދެންވީ. ޕިޔާނޯއެއް ކުޅެލުން ނޫނީ ބެރެއްޖަހާލުން ނޫނީ ގިނަމީހުން ތަކެއް އެކިވައްތަރުގެ އަޑުނުކުންނަ އެއްޗެތިން އަޑުނެރުންތޯ މިޔުޒިކަކީ؟