ހއ.އުލިގަމުގައި ޤާއިމުކޮށްފައިވާ ރާޑަރު ސިސްޓަމަށް ހޮނު އަޅައި މިވަގުތު ޑައުންވެފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން މިހެން ވިދާޅުވެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސަސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ދާދި ދެންމެ ބޭއްވި ހާއްޞަ ޕްރެސް ކޮންފެރެންސްގައެވެ.
"އުލިގަމު ރާޑަރަށް މައްސަލައެއް ދިމާވެފައި ހުރީ. ހޮނު އެޅުމުގެ ސަބަބުން ރާޑަރު މިވަގުތު ޑައުންވެފައި ހުރީ" އެމްއެންޑީއެފް އިން ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
އެހެންނަމަވެސް އުލިގަމުގައި ޤާއިމު ކޮށްފައިހުރި އެހެން އިކުއިޕްމަންޓްސްތައް އޮޕަރޭޓް ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އުލިގަމު ރާޑަރު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބޭނުންވާ ސާމާނު މިހާރު ލިބިފައިވާއިރު، މިކަން ކުރާ އިންޑިއާ ސިފައިންގެ ޓީމު މިހިނގާ ޖޫން މަހުގެ ތެރޭގައި ރާއްޖެ އައިސް މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ރާއްޖޭގެ 10 ސަރަހައްދެއްގައި ރާޑަރު ސިސްޓަމް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކަނޑުގެ ސަރަހައްދަކީ ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުންނަ ކަމަކަށްވާތީ އެ މަސައްކަތް ނިމުނު ނަމަވެސް ރާއްޖޭގެ އެއް މިލިއަން ސްކެއަރ ކިލޯ މީޓަރު ސަރަހައްދު މުޅިން ބެލެހެއްޓޭނެޔޭ ނުދެންނެވޭނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ރާއްޖޭގެ އެއް މިލިއަން ސްކެއަރ ކިލޯ މީޓަރު ސަރަހައްދު ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ރީޖަނަލް ޕާޓްނާރުންނާއި ބައިނަލް އަޤްވާމީ ފަރާތްތަކާ ގުޅިގެން ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން މިއަހަރުގެ ތެރޭގައިވެސް މި ސަރަހައްދު މޮނިޓަރ ކުރުމަށް ބައިނަލް އަޤްވާމީ ފަރާތްތަކާ ގުޅިގެން ތިން ސަރޗް އޮޕަރޭޝަން ހިންގާފައިވާކަމަށް ޤައުމީ ދިފާއީ ބާރުން ވިދާޅުވެއެވެ. އޭގެ ތެރޭގައި އިންޑިއާގެ އައިއެންއެސް ކަންކާސޯގައި ދިވެހި ސިފައިންނާއި އެކު ޖަނަވަރީ 22 އިން އެމަހުގެ ނިޔަލަށް ހިންގި އޮޕަރޭޝަނާއި، އައިއެންއެސް ސަމްރަތްގައި އެޕްރީލް 29 އިން ފެށިގެން ހަފްތާއަކަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ އިތުރުން މެއި 12 އިން 15 އަށް އައިއެންއެސް ސްމޭދާއާއި ގުޅިގެން ހިންގި ހާއްޞަ އޮޕަރޭޝަން ހިމެނެއެވެ.
މި ސަރަހައްދުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ އޮޕަރޭޝަންތަކުގައި ދިވެހިރާއްޖެވެސް ބައިވެރިވަމުންދާ ކަމަށްވެސް ޤައުމީ ދިފާއީ ބާރުން ވިދާޅުވިއެވެ.
އެހެންވާނީ އުލިގަމުގައި އެމްއެންޑީއެފް ތިބޭ އިރު އެމީހުންނަށް ނޭނގި އީރާނުގެ ބޯޓަކަށް މަސްތުވާތަކެތި ހިފައިގެން އައިސް އިހަވަންދިއްޕޮޅުގެ ފަރަކަށް ނާރާނެދޯ؟ އަދި ވަކިން ތި ބޯޓަކީ ތިމީހުން ބުނާ ގޮތުން ރާއްޖެ އަށް އައި އެއްޗެއް ނޫން ނަމަ އެހާ ކައިރި ވަންދެއް ހަމަ އެނގި ތިބެ ތިބޭނެތަ؟ ރަނގަޅު ވިއްޔާ ހަމަ މިމީހުން ގުޅިގެން ގެނައި ތަކެތި އެއީ. ދެން ހޮނު ނޭޅިއްޔާ ދެރައެއްނު؟ ބޭނުމެއް ނެތެއްނު ތި ތަނުގެ
? އަދިކިރިޔާދޯތިއެނގުނީހޮނުއެޅިކަންލޮލް
އަހަ މިހާރު ރާޑަރު ހަލާކުވިދޯ...ބޯޓު ފެނުމާއެކު