ރާއްޖޭގެ ބޮޑު ސަރަހައްދަށް ރާޅުގެ އުސްމިން ހަ ފޫޓަށް އުފުލިދާނެ ކަމަށް ލަފާކޮށް ސަމާލުވާން އެދިއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވިދާޅުވީ، އެންމެއުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އިން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާޅުގެ އުސްމިން އެންމެ އުތުރުގައި ހުންނާނީ 2–5 ފޫޓު އުސްމިނުގައި ކަމަށެވެ. އަދި އެހެން ހިސާބުތަކުގައި ހުންނާނީ 3–6 ފޫޓު އުސްމިނުގައި ކަމަށެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރު އަތޮޅުތަކުގައި ވިއްސާރަވިލާ މަދުވާނެ ކަމަށް ލަފާކުރެވޭ ކަަމަށް ވިދާޅުވިއެވެ.

އެ އިދާރާއިން ވަނީ ކަނޑުދަތުރުކުރި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ.