ނައިބު ރައީސް ފައިސަލް ނަސީމް، މިއަދު ކޮވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.

އެމަނިކުފާނު މިއަދު ހަވީރު ވަނީ ސެނަހިޔާ ހޮސްޕިޓަލަށް ވަޑައިގެން "ކޮވިޝީލްޑް" ވެކްސިން ޖައްސަވައިފައެވެ.

ވެކްސިން ޖެއްސެވުމަށްފަހު އެ މަނިކުފާނު ވަނީ ގައުމީ ރޫހު އިސްކޮށް، ހުރިހާ ދިވެހި ރައްޔިތުން ވެސް މިކަމުގައި ބައިވެރިވެ، ވެކްސިން ޖެއްސެވުމަށް އެދިވަޑައިގަންނަވާފައެވެ.

ރާއްޖޭގައި ކޮވިޑާއި ދެކޮޅަށް ވެކްސިން ޖަހަން ފެށީ މި މަހުގެ ފުރަތަމަ ދުވަހެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައި މިވަނީ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ "އޮކްސްފަރޑް-އެސްޓްރާޒެނެކާ ވެކްސިން،" ގެ މައްޗަށް ބިނާކޮށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން "ކޮވިޝީލްޑް" ބްރޭންޑްގެ ދަށުން އުފައްދާފައިވާ ވެކްސިނެވެ.

އިންޑިއާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު އެ ޤައުމުން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

މިހާރު ވެކްސިން ޖެހުމުގެ އިންތިޒާމުތައް މާލެ އާއި އަތޮޅު ތެރޭގައި ހިސާބުތަކުގައި ކުރިއަށްދެއެވެ. އެގޮތުން ރޭގެ ނިޔަލަށް ރާއްޖޭގައި ޖުމްލަ 9,700 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ.

ރާއްޖޭގައި އިތުރު ކޮވިޑް ވެކްސިންއެއް ބޭނުން ކުރުމަށް އަދި ހުއްދަ ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސަނީ

  ހާދަ ލަހުން ؟ ތިޔައީ ހަމަ ސީދާ ގޯހެއް، ފާއިޒާ ގެނެސްގެން އެޖެހީ...

  3
  1
  • އައްޑޫ މީހާ

   ޔަގީން

 2. ސަލީމް

  ލަސްވީ ފައިޒަާ ގެންނަންދެން ހުރީމަދޯ ؟

  4
  1
 3. ސުންކު

  މީނަ އެބަ އުޅޭތަ؟ މަށަށް ހެޔޮ މީނަ ޖެހިޔަސް ނުޖެހިޔަސް، މިވެސް ޚަބަރެއްތަ؟

 4. ރަޝް

  ހާދަ ބޮޑު ޕްރޮޖެކްޓެކޭ ތިޔާ ނިންމާލެވުނީ!