ރާއްޖެއިން އިތުރު 126 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ރާއްޖެއިން މިއަދު ފައްސިވި އިތުރު 126 މީހުންނާއެކު މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 16909 އަށް އަރާފައެވެ.

މިއަދު ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 98 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުން 19 މީހަކު ފައްސިވެފައިވާއިރު، ރިސޯޓްތަކުން ނުވަ މީހަކު ވަނީ ފައްސިވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު، މިހާރު އެ ބަލީގައި ފަރުވާދެމުން ދަނީ 2075 މީހަކަށެވެ. މީގެ ތެރެއިން 204 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން 55 މީހުން ވަނީ ބަލީގައި ނިޔަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރީފް

    އެހެންނު ވާނީ، އެޗްޕީއޭ އިން ހާދާ ގަވައިދަކީ ތާކުން ތާކު ޖެހޭ ގަވައިދު ތަކެއް ނޫން ވިއްޔާ...
    8:30 ފަހުން ދުއްވާފަ އުޅުން މަނާ، ދެން އެންމެން މަގުތަކުގަ ބޮނޑި އަކައް ހިނގަނީ، 8:30 ފަހުން ހީވާނީ އުނގުޅޭ ބާޒާރުހެން މާލޭ މަގުތައް..

    ދެން ކިހިނެއް ބަލި ކޮންޓްރޯލްވާނީ ؟؟

  2. ސަނާ

    އެޗްޕީއޭ އިން ޒިންމާ ނަގަން ޖެހޭނެ، އެމީހުން ހަދާ ގޮތުން މި ކޮންޓްރޯލް ނުވެގެން މިއުޅެނީ