މި ބްލޮގުގައި ޝާޢިއުކުރެވެމުން ދާނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެ އާއި ދުނިޔެއިން ލިބެމުންދާ އެންމެ ފަހުގެ މަޢުލޫމާތުތަކާއި ޚަބަރުތަކެވެ.

23:43

ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ސައުދީ އަރަބިއްޔާގެ 32 މިސްކިތެއް ބަންދު ކޮށްފި

23:33

ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ބައެއް ގައުމުތަކުން މަރުވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ.

23:05

ފުވައްމުލަކުން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެސިޓީގެ އޮފީސްތަކާއި ރެސްޓޯރެންޓްތައް ބަންދު ކޮށްފި.

 

22:20

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް ހާލެއްގައި އައްޑޫގައި މާސްކު ނާޅާ އުޅުނު މީހަކު ޖޫރިމަނާ ކޮށްފި.

21:16

ކޮވިޑް-19 މިވަގުތު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ އައްޑޫގެ ހާލަތު ސީރއަސް ކަމަށާއި މިވަގުތު ދަތި ހާލުގައި ނަމަވެސް ގޭގައި މަޑުކޮށްދެއްވުމަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަށް (އޭއީއެޗް) ގެ ސީސީއޯ ޑރ. މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި

21:12

ޏ. ފުވައްމުލައް ސިޓީގެ ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތް މެދުކަނޑާލައިފި

18:51

އައްޑޫ ސިޓީ ހިތަދޫ އިހަލާއި (ކްލަސްޓާ) ގުޅުން ހުރި އިތުރު މީހަކު އަނެއްކާވެސް ގދ. ތިނަދޫން ކޮވިޑް-19 އަށް ފައްސިވެއްޖެ.

18:44

ސިޓީގެ އިހަލުން (ކްލަސްޓާ) އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:55

އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ، އެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިިފި.

17:22

އައްޑޫސިޓީގައި ފެތުރެމުން އަންނަ ކޮވިޑް-19 ވޭދަނަ އާއި ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނެރެފައިވާ ބަޔާނަކީ ދޮގު، ވާހަކަ އޮޅުވާލަން ނެރެފައިވާ ބަޔާނެއް ކަމަށް ގދ.ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވެއްޖެ.

16:54

ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ސައުދީ އަރައްބިއްޔާގެ 10 މިސްކިތެއް ބަންދު ކޮށްފި.

16:15

ކޮވިޑް-19 ލީކް ވެފައި ވަނީ ޗައިނާގެ ލެބަކުން ކަމަށް ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތި ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ ތަޖުރިބާކާރުން ބުނެފި.

15:08

އައްޑޫ ސިޓީ އިހަލާއި (ކްލަސްޓާ)އާ ގުޅުން ހުރި އިތުރު މީހަކު ގދ. ތިނަދޫން ކޮވިޑް-19 އަށް ފައްސިވެއްޖެ.

 

14:39

އައްޑޫ ސިޓީގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ އެ ސިޓީގެ އޮފީސްތައް ބަންދުކޮށް އިތުރު ފިޔަވަޅުތަކެއް އަޅައިފި.

14:30

އައްޑޫ ސިޓީ، ހުޅުމީދޫގައި ހުންނަ އެމްޓީސީސީގެ ސައިޓަކުން ބިދޭސީންތަކެއް ކޮވިޑް-19 ފައްސިވުމާ ގުޅިގެން އެ ރަށުގައި ނެގި ވަކި ތަރުތީބެއް ނެގި 100 ސުންކުގެ ނަތީޖާ ނައްސިވެފައިވާ ކަމަށް ސ. ހުޅުމީދޫ ސިއްހީ މަރުކަޒުން ހާމަކޮށްފި.

13:18

ދުބާއީ އިން އައްޑޫ އަށް އައި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

12:51

އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރޭތީ ވަކި ގަޑިތަކެއްގައި ކާފިއު ހިންގުމަށް ސިޓީ ކައުންސިލުން ނިންމައިފި.

12:48

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު ގަޑިތަކުގައި ބޭރުގައި އުޅުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ޖޫރިމަނާކޮށްފި.

12:38

އައްޑޫ ސިޓީގެ އިހަލުން (ކްލަސްޓާ) އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

11:38

އައްޑޫގައި ކޮވިޑް-19 ފުދޭ ވަރަކަށް ބޮޑަށް ފެތުރިފައިވާ ކަމަށާއި އެ ބައްޔަށް ފައްސިވާ މީހުން ބަލިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒެއިނާ އާދަމް ރޭ ވިދާޅުވެއްޖެ.

11:38

ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ.

23:34

22:27

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން އިތުރު 3،190 މީހަކަށް މިއަދު ދީފި

ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުގައި ދުނިޔޭގެ ހާލަތެކޭ އެއްފަދައިން ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އަދަދުތައްވެސް ދަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. ރާއްޖޭގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނަނިކޮށް ކޮވިޑް-19 ގެ އާ ވޭރިއެންޓެއް ރާއްޖޭގައި ފެތުރޭކަންވެސް ވަނީ ހާމަވެފައެވެ. ރާއްޖޭގައި މި ބައްޔަށް އަލަށް ފައްސިވާ މީހުންގެ އަދަދުތައް ކުއްލިއަކަށް އުފުލެން ފެށީ މި ސަބަބާއި ގުޅިގެން ކަމަށް އިދާރާތަކުން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭތާ އަހަރެއްވާން ކައިރިވެފައި ވަނިކޮށް މީގެ ދެ ދުވަސްކުރިން އައްޑޫ ސިޓީގެ މުޖުތަމަޢުގެ ތެރެއިން މި ބަލީގެ ވޭދަނަތަކެއް ވަނީ ފެންމަތިވެފައެވެ. މިއާއެކު މި ބަލީގެ ނުރައްކާ ދަރަޖަ ރާއްޖެއަށް ވަނީ އިތުރުވެފައެވެ. އައްޑޫ މުޖުތަމަޢުގެ ތެރެއިން ބަލި ފެނިފައި ވާއިރު ގދ. ތިނަދޫ މުޖުތަމަޢުގެ ތެރެއިންވެސް ކޮވިޑް-19 މިހާރު ވަނީ ފެނިފައެވެ. މިއީ ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުންވެސް ދެކުނުގެ ރަށްތަކަށް މި ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވެގެންދިޔަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އަތޮޅުތެރެއަށް ކޮވިޑް-19 ފެތުރިފައި ވަނީ، މި ބަލި ހިފެހެއްޓުމެއްނެތި ފެތުރެމުންދާ މާލެއިން ދަތުރުކުރާ މީހުންގެ ފަރާތުންނެވެ. މީގެ ތެރޭގައި ޚާއްސަ ހުއްދައިގެ ދަށުން ރައްކާތެރިކަމެއް ނެތި ދަތުރުކުރާ ފަރާތްތައްވެސް ހިމެނެއެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ އިދާރާތަކުން "ހަރުކަށި" އުސޫލުތަކެއް އެކުލަވާލާފައި ވީނަމަވެސް އެ އުސޫލުތައް ހަރުދަނާ ގޮތެއްގައި ޤާއިމް ނުކުރެވޭތީ މީގެ ކުރިން ބަލި ނުފެންނަ ރަށްރަށްވެސް ހިމެނޭހެން ހުރިހާ ރަށަކަށް ވަނީ ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައެވެ.

މާލެ ފިޔަވައި އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫގައި ކޮވިޑް-19 ފެތުރެން ފަށާފައި ވަނީ ވެސް ޚާއްސަ ހުއްދައިގެ ދަށުން އެ ސިޓީއަށް ދަތުރުކުރި މީހެއްގެ ފަރާތުންކަން ވަނީ ހާމަވެފައެވެ. މިކަމުގެ ސަބަބުން އިދާރާތަކަށް ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުންވުން ވަނީ އަމާޒުވެފައެވެ.

ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، ދާދިފަހުން އިންޑިއާއިން ގެނެވުނު ވެކްސިނެއް މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. މި ވެކްސިން އަދި ދެމުން ދަނީ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ޢާންމުކޮށް ރާއްޖޭގައި މި ވެކްސިން ދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 16909 އަށް އަރާފައެވެ. މީގެ ތެރޭގައި އިއްޔެ އަލަށް ބަލި ޖެހުނު 126 މީހަކުވެސް ހިމެނެއެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 204 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައެވެ. އަދި މިހާތަނަށް ރާއްޖެއިން ފައްސިވީ މީހުންގެ ތެރެއިން 14772މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މި ބަލީގައި މިހާތަނަށް ރާއްޖެއިން 55 މީހަކު ނިޔާވެފައި ވެއެވެ.

ޗައިނާގެ ހުބޭއި ޕްރޮވިންސުގެ ހުއާން ސިޓީން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެތުރެން ފެށި ކޮވިޑް-19 މިހާތަނަށް ދުނިޔޭގެ 219 ޤައުމަކުން ވަނީ ފެނިފައެވެ. ދުނިޔެއިން މިހާތަނަށް މި ބައްޔަށް ޖުމްލަ 106 މިލިއަން މީހުން ފައްސިވެފައި ވާއިރު އޭގެތެރެއިން 2.3 މިލިއަން މީހަކު ވަނީ މަރުވެފައެވެ. އަދި މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 78 މިލިއަން މީހުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް ތިރީގައިވާ ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިބިންކާލޯ

    ތިޔާކިޔާ އެއްޗެއް ދިމަލެއް ނުވޭ ނޫންތޯ މިއަދު މަޖަލިސް ބެއްލެވިންތޯ ބިރަކާނުލާވާހަކަ ދެއްކުން

  2. ލާދީނީ އަންނި

    ހާސްވާނެ ކަމެއްނެތް މިހާރު ޖަހަމުން މިދާ އިނޑިޔާވެކުސިނުގެ ރަހަ ފެންނާނެ ވަރަށް އަވަހައް.

  3. ފަރީދާ

    އިބްރާހީމް މުޙައްމަދު ޞާލިޙް ކޮވިޑް19 އާ ކުރިމަތިލީ ޑަބްލިޔުއެޗްއޯގެ ހިތްވަރުން ހިތްވަރު ލިބިގެނޭ އޭނަ ބުނި! މިއޮތް ކުޑަކުޑަ އާބަދީ ވަކިވަކިން މީހުން ދިރިއުޅޭއިރުވެސް ވެރިމީހާގައި ހާދަ އުރައްޕެއް ނެތީމައޭ މިވަރުވެގެން ދާނީ ދޯ؟ އަދިވެސް ތިމާގެ ނާޤިބިލުކަން ގަބޫލުނުކުރާތީ ދެރައީ! ވާނީވެސް އެހެންތާއެވެ. ވެރިމީހާހުރީ ރޯނުފިލާކަމަށްވާތީ ދަށުންތިބިމީހުން އެ ހަދަނީ އޭނަޔަށް ހަމަ ބޭނުން އެއްޗެއް! ލިޔެފައިދީފައި މި ކިޔާލާށޭ ބުނީމާ ވެރިމީހާ ކުރާކަމަކީ ކިޔާލަނީ! ސޮއިކުރަންދިނީމާ ސޮއިކޮށްލަނީ! އޭގަ އޮތީ ކީކޭކަމެއްވެސް ވެރިޔާއަކަށް ނޭގޭ!

  4. ސުލައިމާނު

    ސުރުޚީ ބަދަލުކުރޭ، މި ޤައުމު މާޔޫސެއްނުވޭ. އެކަން އެނގެނީ މަޖިލިސް ހެސްކިޔާފަ ސްކޫލްތައް ފަތުއަޑުކިޔާފަ ކުރިއަށް ބާޒާރު ހަލުއިކަމާއެކު ހޮޓާ ރެސްތޯރެންޓްތައް ހިތުހުރިގޮތަކަށް އެހެރަދަނީ، ސަރުކާރު ގެ އޮފީސްތަކަށް އެކަނި ކޮވިޑް ވަންނަނީ، އެއީ ސިވިލް ސަރވިސްގެ ނިކަމެތި މުވައްޒަފުންނަށް އިތުރު އެއްޗެއް ދޭންޖެހިދާނެތީ، ކޮށްގެން އުޅޭ ކަމެއް. އަހަރެމެންނަށް ނޭނގޭތީކީ ނޫނޭ ވާހަކަ ނުދައްކާ މިތިބެނީ ވަޒީފާގެބިރަށް

  5. ޜައްއިތުން

    ތާ ދެން ނަޒްލާ މަ ބޮޑާ ވާންވެގެން ކުރާކަމެއް އެކަމާނާ ވަރުގެ މީހަކުނެތިގެން އެ އުޅުއްވަނީ

  6. ލާލް ސިންގް

    މާކުރިން ވެސް އިނގޭ އެމް ޑީ ޕީ ވެރިކަން ދަމަހައްޓަން ވެގެން ކުރާކަމެއް ކަން މީ