އިންނަ ފޮނޮޅާ ދިމާލު ފަރަށް އެރި އިރާނު ބޯޓު މީގެ ކުރިން ރާއްޖޭގެ ސަރަހައްދަށް ވަދެފައި ނުވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން މިހެން ވިދާޅުވެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސަސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ދާދި ދެންމެ ބޭއްވި ހާއްޞަ ޕްރެސް ކޮންފެރެންސްގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި އުޅަނދު މިއަހަރު އަދި މީގެ ކުރިންވެސް ހުއްދަ ހޯދައިގެން އަދި ހުއްދަ ނުހޯދާވެސް ރާއްޖޭގެ ސަރަހައްދަށް ވަތް ކަމުގެ މައުލޫމާތު ޤައުމީ ދިފާއީ ބާރަށް ލިބިފައި ނުވާ ކަމަށެވެ.

"މި އުޅަނދު ހުއްދަ ހޯދައިގެން ރާއްޖޭގެ ސަރަހައްދަށް ވަތް ކަމުގެ މަޢުލޫމާތު އަޅުގަނޑުމެންގެ އެއްވެސް ރެކޯޑަކު ނެތް" އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސަރަހައްދަށް ވަންނަ ކޮންމެ އުޅަނދަކީވެސް އޮންބޯޑް ކްލިއަރެންސް ދެވޭ އުޅަނދެއް ކަމަށާއި، އެކަމުގެ ޑޮކިއުމެންޓްސް ވެސް ހުންނާނެ ކަމަށް އަދި ރައްޖޭގެ ސަރަހައްދަށް ވަންނަ ކޮންމެ އުޅަނދަކީވެސް ސެކިއުރިޓީ ކްލިއަރެންސް ދެވި، ކްސްޓަމްސް އިމިގްރޭޝަނުންވެސް ޗެކް ކުރެވިގެން ވަންނަ އުޅަނދުފަހަރު ކަމަށެވެ.

މަސްތުވާތަކެތީގައި މައްސަލައެއްގައި މީގެ ކުރިން އަތުލައިގަތް އިރާނުގެ "އަލް މުއުމިން" ކިޔާ ބޯޓަކާއި އެ ބޯޓުގައި ތިބި މީހުން މިހާރުވެސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި އެބަ ތިބި ކަމަށްވެސް ޤައުމީ ދިފާއީ ބާރުން ވިދާޅުވިއެވެ.

2018 މެއި 31 ވަނަ ދުވަހު ހއ.އަތޮޅު އިންނަފިނޮޅު ފަރަށް އެރި އިރާނުގެ ބޯޓުން މިހާތަނަށް 115 ކިލޯ ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާއިރު، ބޯޓުގައި ތިބި އެންމެވެސް މަސްތުވާތަކެތީގެ ބާވަތްތަކަށް ޕޮޒިޓިވް ވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރަވިސް އިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު