މިއުޒިކަކީ އިންސާނާގެ ސިކުނޑި ހަމަ ޖެހޭ ކަމެއް ނޫން ކަމަށާއި ޒުވާނުންގެ ހާސްކަން ފިލުވާލަން ބޭނުން ނަމަ ދާން ޖެހެނީ މިސްކިތަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ދެއްކެވި ވާހަަކަތަަށް ލަވަކިޔުންތެރިޔާ ޒާރާ މުޖުތަބާގެ ފާޑު ކިޔައިފިއެވެ.

މާލޭގައި މަޖާކޮށްލެވޭ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން، މޮސްޓާ ވަނީ އެ ގަރާރަކީ ގައުމު ހަލާކުކޮށް، ފަސާދު ކޮށްލުމަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށާއި މާލޭގައި ހަދާފައިވާ ސަލްމާން މިސްކިތް ވެސް ހުޅުވުމަށް ހުއްދަ ދީފައި ނުވަނީ އެތަން މަޖާ ކުރާނެ ތަނަކަށް ބަދަލު ކުރުމަށް ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.

މި ގަރާރަކީ ޒުވާނުން މަގުފުރައްދައި ޒުވާނުން ހަލާކު ކޮށްލަންވެގެން ހުށަހަޅައިގެން އުޅޭ ގަރާރެއް ކަމަށް ސިފަކުރައްވާ އޭނާ ވިދާޅުވީ ޒުވާނުން ބޯ ހާސްވެއްޖެ ނަމަ މާލޭގައި މިސްކިތްތައް މަދު ނޫން ކަމަށާއި އެފަދަ ހާލަތެއްގައި މިސްކިތައް ދެވޭނެ ކަމަށެވެ.

އޭނާ ވަނީ ލަވަޔާއި މިއުޒިކަކީ އިންސާނާގެ ސިކުނޑި ހަމަޖައްސާލާ އެއްޗެއް ނޫން ކަމަށާއި އެއްވެސް އިލްމުވެރިއެއް އަދި އެއްވެސް ފޮތެއްގައި ވެސް އެކަން އެގޮތަށް ބަޔާންކޮށްފައި ނުވާ ކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެ ގަރާރަކީ ޒުވާނުން މަގުފުރައްދާ، ބޭކާރު ބައެއްގެ ގޮތުގައި ހަދައި ޒުވާނުން އަބަދުވެސް މަސްތީ ދުނިޔެއެއްގައި ބޭތިއްބުމަށް ހުށަހެޅި، އެމްޑީއެންގެ ގަރާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޮސްޓާގެ މި ވާހަކަތަކަށް ފަހު އޭނާ އަށް ބައެއް މީހުންގެ ތައުރީފު ލިބުނު އިރު ބައެއް މީހުންގެ ފާޑުކިޔުންވެސް އޭނާ އަށް ވަނީ އަމާޒުވެފަައެވެ. އެގޮތުން ލަވަކިޔުންތެރިޔާ ޒާރާ ވަނީ މޮސްޓާގެ އެ ވާހަކަތަށް ފާޑު ކިޔައިފައެވެ. އެގޮތުން އެހެން ބަޔަކު މަޖާ ކުރާތަން ބަލަން މޮސްޓާ އަށް ކެތް ނުވަނީ ކަމަށާއި، އަމިއްލަ ދިރިއުޅުމެއް ހޯދުމަށް މޮސްޓާ އަށް ޒާރާ ވަނީ ގޮވާލާފައެވެ.

 

"އައްޗީޑި މީނަ ހޮވީ ކާކު؟" ޒާރާގެ ޓްވިޓަރ އެކައުންޓުން ކުރި އެ ޓްވީޓްގައި ލިޔެފައިވެއެވެ.

ޒާރާ ވަނީ އެއީ ޚިޔާލު ފާޅުކުރުން ނޫން ކަމަށާ އެ މީހުންގެ އެހެން ބޭނުމެއް އޮތް ކަމަށް ބުނެފައެވެ. އަދި އަމިއްލަ ދިރިއުޅުމުގައި ފައްސި އެއްވެސް ކަމެއް ނުހިނގާތީ އެހެންމީހުންގެ ދިރިއުޅުން ނުހުއްޓުވޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޒާރާ ދަނީ ޓްވިޓާ މެދުވެރިކޮށް މާލޭގައި މަޖާކޮށްލެވޭ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލާ ގަރާރަށް އޭނާ ތާއީދު ކުރާކަން ހާމަވާ ފަދަ ލިޔުންތަކާއި ޚިޔާލުތައް ހިއްސާކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

74 ކޮމެންޓް

  1. ކާފަބޭ2020

    ތިޔައީހަމަ އެއްތެއްޔަކުން ބޮނޑިބަތްކާމީހުން ދެންއެލެކްސް ތިޔަކަމަށްފާޑުކީމަ އެހަތަރެސްކަން ހަމަވީ🙂😄😄😄😄

    250
    5
  2. ޅޖގ

    ކޮން ޔަކް އެކޭ ކިޔާކަަށް...ތީި މާ ތާހިރު މީހެއް ވިއްޔާ.. ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ޔަކް ކިޔަންވީ ކަަލޭމެން ކަހަލަ މީހުންނަށް...

    431
    9
  3. ސެން

    .... ލަވަ ކިޔާ ޝައިތާނާގެ އަޅެއް ، ﷲ ގެ ދީނުގެ ދިފާއުގައި ވާހަކަ ދައްކާ މީހަކަށް އައްޗި އޭ ބުނީމަ އަންނަނީ ހަމަ ހިނި...ލޮލް

    456
    11
    • ޜަޟީ

      ޢަފްގާނިސްތާނަށް ހިޖުރަ ކޮއްލާ

      21
      104
      • Anonymous

        މިކަހަލަ މީހުން ޖަހާފަ ހުންނަ ކޮމެންޓުތައް އެމީހުން ޖަހާފަ ހުންނަ ނަންތަކެއްހާ ތާކުން ތާކުން ކުރެ ނުޖެހޭ!

        38
        5
        • ޜަޟީ

          ނޫން ދެން ހަގީގަތް ބަޔާންކުރީމަ ރުޅި އާދެވެނީ ދޯ. މިތަން އަފްގާނިސްތާނަށް ހަދަން ބޭނުން ވާބަޔަކު އެބަ ތިބި

          8
          27
  4. ނީނާނު

    ޢަސްލު ޒާރާ މެން އުޅެންވީ ޔޫރަޕްގަ. މިކަހަލަ އިސްލާމީ ގައުމެއްގަ އޮންނަ އުސޫލުތައް ޒާރާއަކަށް ކަމަކު ނުދާނެ. ޒާރާ އަށް ބޭނުމީ ގައްޑާކޮށް އުޅެވޭނެ ގޮތެއް.

    474
    10
    • ޒާރާ

      އަމިއްލަ ގައުމުތައް ސުންނާފތިކޮށް އެގައުމުތަކުގާ ނޫޅެވިގެން ޔޫރަޕުގަ އުޅޭ މީހުން މިހާރުމަދެއްނޫނޭ ހައިވޭ މަތީ ކަރުބުރިކުރަމުން އެގެންދަނީ ޔޫރަޕަށް ދިޔަޔަކަސް ނެތޭ ސަލާމަތެއް

      22
      4
      • ޖު

        ބިރުވެސް ގަނޭތަ...މަޖާކުރާމީހުން ބިރެއްނުގަނާނެޔޯލަ...

        33
        3
      • ޜަޟީ

        ޜަނގަޅަށް ތިޔަ ބުނީ

        10
        1
  5. ބުރޯ

    ހަރާން ކަމަކުން ހިތް ހަމައެއް ނުޖެހޭނެ ...އަހަރެމެން ހެއްދެވި ރައްބުﷲގެ މަތިން ހަނދުމަކުރުމުން ހިތްތަކަށް ހަމަޖެހުން ލިބެނީ.......ﷲގަންދީބުނަން ހަރާން އެއްޗަކުން ހިތްހަމަޖެހުމެއް ނުވޭ....ލަވަ ަކީ ހަރާން އެއްޗެއް...އިސްލާމުންނޯ އެކަމު ދީނުގެ އެއްވެސް އެއްޗެ އިންގެނީކީނޫން ﷲ އަށް ބިރުވެތި ވެބަލަ

    349
    6
  6. ޢައިޑޮލް

    ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްޒާރާ ކަލޭ އިންސްޓާގްރާމް ޕޭޖު ބެލިއަސް އެނގގޭ ކަލޭގެ ފެންވަރު. އޮރިޔާމުން ދަރިވެސް އޮރިޔާން ކޮއްގެން ފޮޓޯ ލައިފަ. ކަލެއަށް ހެޔޮވިސްނުން ދެއްވާަށި. ލަވަ ކިޔައިން މިއަދު ހިތްހަމަ ޖެހެޔޭ ކިޔަސް މާދަމާ ނަރަކައިން ހިތްހަމަ ޖެހުން ލިބޭނެބާ! ވިސްނާ އުހުތާ

    370
    8
    • މެއް

      އުހްތާ އޭ. އެއީ އަހަރުމެންގެ އުހްތެއްނޫން. އެއީ ޝައިތާނާގެ އުހްތެއް.

      203
      11
      • ޜަޟީ

        ޔަގީންތަ؟. ތައުބާވީމަ ނިމުނީ އެއްނު

        5
        6
  7. ޓަކަފިރޯށި

    މާލޭ ޒުވާނުންވެސް އަދި އަތޮޅުތަކުގެ ޒުވާނުންވެސް ހާސްކަންފިލާ އުފަލުގަ ދިރިއުޅެން ބޭނުމިއްޔާ އެކުދިންނަށް ތަނަވަސް ބޯހިޔާވަހިކަން ދޭންވީ! ޒާރާމެން އަތުގަ ތަނަވަސް ތިންހަތަރު ގޯތިއޮވެފަ އާއިލީ ބޮޑުވިޔަފާރިން ލާރިލިބިފަ، ފޫކޮޅަށް ހޫނުވާދެން ނިދަން އޮވެވުނެއްކަމަކު އެއީކީނޫން މިގައުގެ މެ ޖޯރިޓީ ޒުވަނުންގެ ހާލަކީ؟!!

    250
    4
  8. ކޮވިޑް

    ޒާރާ ބުނަން ތީ ކާކު ކަލެއަށް ހަލާކު ހުރި ޒާރާ

    223
    6
  9. ވަސީމު

    އަދިކިރިޔާ އެލެކްސްމެން ބޭނުންވާގޮތަށް ކަންތައްވާން ތިފެށީ. މިއީދުރާލާރާވައިގެން އެލެކްސްމެން ކުރަމުން ދާކަމެއް.މި ފަސްގަޑުގައި ބަނގުރާބޮއި ނަށާ ލަވަކިޔާހަދަން ނާސިގެތައް އެޅުމަށް ބިންސާފުކުރެވެން ތިފެށުނީ. ދެން ފެންނާނީ ތަނެއް ދޮރެއް ނުދަންނަ މީހުން ނިކުމެ ޢިލްމުވެރިންގެ އަގުވައްޓަމުންދާތަން. އެމީހުން ކިޔާއެއްޗެއް އެއްވެސްބަޔަކު ގަބޫލުނުކުރާނެ. އިޔާޒު މެން އިލްޔާސް އިމްރާން މެން ކިޔާއެއްޗެއް އަޑުއަހާނެބަޔަކު ނުވާނެ. ދެން ސަލަފުން އެއޗެއް ބުނާއިރަށް އެމީހުން ވާނީ ޓެރަރިސްޓުންނަށް. މިހާރު މިފެންނަމުންދަނީ ކޮޅުމަތިވިސްނާފިކުރު ކުރާބަޔަކުތިބިނަމަ ހޭއަރާށެވެ. އަލްޓެނޭޓިވް ނެރޭޓިވް، ދީނީމިނިވަންކަން، ﷲގެ ޙުކުމްތަކަށް ފާޅުގައެގޮންޖެހުން ، އެމްޑީއެން، އުތަމެ، އިސްލާމީމަރުކަޒަށް އޮރިޔާމުން އެރުން، ރާބޮއިގެން މިސްކިތަށް އަރާ މުސްލިމުންނާއި ޙަމަލާދިނުން. ބިރަކާނުލާމަޖާކުރުމަށް

    186
    3
  10. އަބް

    ދެން އެންމެ އަވަހަށް ލަވަކިޔުން ހުޢްޔާލާނީ މި މަންޖެ. إِنْ شَاءَ ٱللَّٰ

    271
    7
    • ކަރެކްޝަން

      އިން ޝާ ﷲ

      70
      1
  11. ސިނެކް

    ޒާރާޔަކަސް މަރުވާނެ ދެން ގޮސް ވަންނާނެތަނެއް މިހާރުނިއްމާނީ އަމިއްލަޔަށް އާހިރަތްދުވަސް އަންނާނެ

    226
    4
  12. މިނިސްޓަރ

    ޤިޔަާަމަތްދުވަހުން ތިބޭ ޔަކް ކިޔަން

    216
    2
  13. ގުންތަރި

    އެހެންމީހުނާ ދިމާޔަށް އައްޗިއޭ ބުނާއިރު ތިމާ މީހާ ހީވަނީ ކޮން އެއްޗެއްހެންތަ؟ މީހާ ފެނުމުންވެސް ލާދީނީ ގޮތްގަނޑު ހާމަވޭ މިކަހަލަ ޖާހިލުން ލާދީނީ ކަންކަމަށް ބާރުދޭނެ މީ އާކަމެއްނޫން މިމީހުން ސައިތާނާގެ ގޮވާލުންތަކަށް ގޮވާލެވޭ ކަންކަމަށް ތާއިދޫކުރާނެކަމީ ހައިރާންވާންޖެހޭކަމެއްނޫން

    188
    2
    • ހިޔެ

      މީހާގެ ސިފައަށް ބަލާ ކަންކަން ނުނިންމާ..... ކިހިނެއް އިނގެނީ .....؟

      4
      5
  14. އއއ

    ޔަކް އޭ ބުނީމާ ރައްދުވަނީ ޒާރާއަށް

    203
    4
  15. ސުވާލު

    ފަކުރު ފެންނުވަރާ ގުރޫޕުގެ އަންހެނެއް. ޔަކް

    210
    6
  16. ދަލޭކާ ދިޔެ

    ކަނބުލޭގެ އަށް މާތްﷲ ހެޔޮވިސްނުން ދެއްވާ .. މަރުގެންދެމުގެ ކުރިން ތިޔަ އުޅުން ބަދަލުކޮށް ތެދުމަގު ދައްކަވާށި ..އާމީން ...

    231
    3
  17. ްއަލްޖައްބާރު

    މިފަހަރު މިރާއްޖެއިން މިއުޒިކް ފޮހެލަންވާނެ. ޓީވީއާ ރޭޑިޔޯއިންވެސް މިއުޒިކު ޒައްރެއްގެ މިންވަރުގެ އަޑުވެސް އިވިގެން ނުވާނެ. ޙުރިހާ އެންމެންވެސް މިއުޒިކްގެ އަޑުކަމައް ޝައްކުކުރެވޭ އެއްޗެއްގެ އަޑުއިވުނަސް ދެކަންފަތައް އިނގިލި މަހާލާ އެއަޑު ނުއިވޭ ގޮތް ހަދަންޖެހޭނެ. މިގައުމުން ގައުމީސަލާމް ވެސް ފޮހެލަންޖެހޭނެ. .

    96
    43
  18. ހާލުފޮޅި

    ފާޑުކިޔަން މީ ދެން ކާކު؟؟؟ އަމިއްލަ ރާގޭ ކިޔައިގެން މިއުޒިކް އިންޑަސްޓްރީ ހަލާކުކޮށްފި.. މި ނޫން ބަޔަކު ލަވަ ކިޔައި މަޝްހޫރު ވެދާނެތީ ދެފަޔަށް ހިނިއަރައިގެން އުޅެނީ.. .. ދިވެހިން ނޫޅޭ ތިކަހަލަ ވާނުވާ ލަވަ ކިޔާ ބައެއްގެ އަޑު އަހާކަށް .. ލަވައެއް ކިޔަން އިނގޭނަމަ ތާހިރު.. ލަނޑަޔާ ވާނީ ލަނޑަޔާ . .

    145
    3
  19. ސަނީ

    ކޮން ޔަކް އެކޭ ކިޔާކަށް މާ އިނގިރޭސުވެގެން؟ މީހާ މިހާރުވެސް ޖަހަނީ ކަސްބީ ގަނޑެއް ވައްތަރު

    133
    7
  20. އަލީ

    އިނގޭ ޒާރާގެ ހިތައް ވަރަށް އަސަރު ކުރާނެކަން. އިނގޭ ޒާރާ އުޅެން ބޭނުންވަނީ ޔޫރަޕް ކުދިން އުޅޭހެން ހުސްގަޔާ އާސްމާނުގަކަން... އެކަމަކު މިތާގަ އެހެން އުޅެން ނުހަދާ.. އެތަން މިތަނުގަ ކުނަ މެހި ޖައްސާނީ.... ޔަކް ޔަކް ޔަކް!!!!!

    157
    2
  21. ސޫފީ

    މިއުޒިކް ނުފޮހެވޭނެ މީ ކަލޭމެންގެ އެކަނި ގައުމެއްވެސް ނޫން، މޑޕ ޕޕމ މީހުން ސިޔާސީވާން ކޮންމެވެސް އެހެން އެއްޗެއް ކިޔާ! ކެމްޕެއިންގަ ލަވަ ކިއުން ޖެހުން ހުއްދަ ޖާހިލުން ބިރުދައްކަން އަފްއާނިސްތާނަށް ދޭ!

    18
    139
    • ތިއްތި

      މާތްﷲ ކަލެއަށް ހެޔޮވިސްނުން ދެއްވާށި. ހެޔޮވިސްނުން ދެއްވުން ނެއްނަމަ ހަލާކުކުރައްވާށި

      63
      5
  22. މަގޭ ގައުމު

    ހަމަ ހަގީގަތަށް ބުނަން.އަސްލު ލަވަކިޔާ މީހުންނަކަށް ހަގީގީ ހިތް ހަމަ ޖެހުމެއް ނުލިބޭތީ އެހާވަރެ އެއަރުވަނީ.

    115
    4
  23. ޒާރާ

    އޮރިޔާމުން އިންސްޓަ އަށް ފޮޓޮ އެޅުންވެސް ޔަކް

    125
    3
  24. Anonymous

    މިގޮއްޔެމީ މަރުނެތްފުޅީ ފެންބޮއިގެން ހުރި ގޮއްޔެއްތަ؟
    ގޮއްޔޭ! ގޮއްޔެވެސް މަރުވާނެ. އަހަރެމެން އެންމެން ވެސް މަރުވާނެ. ހިސާބު ބެލެވޭނެ ޖަޒާވެސް ލިބޭނެ. އިސްލާޙްވޭ ތަވްބާވޭ ގޮއްޔޭ. ވަގުތު ފާއިތު ނުވަނީސް. އެދުވަހުން އެލެކޮހެއްނޫން އެއްކޮހެއްވެސް ގޮއްޔެގެ ދިފާއުގައި ނުހުންނާނެ.

    93
    4
  25. ޙހހހ

    މިހާތަނަށް ލަވަކިޔަން އުޅެފަ ހުއްޓާލި އެއްވެސް މީހަކު ނުބުނޭ ލަވަކިޔާގެން ހިތްހަމަޖެހުމެއް ލިބޭނެކަމަކަށް ނުބުނޭ ، އެހެންވީމަ ކަނބުލޮވެސް އަނބުރުވެރި ދިރިއުޅުމެއް އުޅެންވިސްނަބަލަ ، މީ އަދި ދުނިޔެއެއްނޫން

    84
    1
  26. އަނިލް

    ދެން ދޭބަލަ ކަލޭ އެގިތަށް މަޖާކޮއް ހިތް އުފާކުރަމުން ތިއީ ކާކު މަރުވީމަ ވޭން ދޭނެވި
    އަލިފާންގަޑުގެތެރޭގައި ތެޅިތެލި އޮންނަން ޖެހޭނި

    71
    1
  27. ވިލޭ

    ޒާރާ އައްރަގަލުވާނީ އިންޑިޔާ އެތަނުންއެނައައްއަަބުދޭނެ ރޭޕިސްޓުން

    52
    2
  28. ޔާމިން

    ސާބަހޭމޮންސްޓާ ޒާރާ އައްހައްގުއަދަބުދޭންވީ

    76
    7
  29. Anonymous

    ޒާރާ އެއީ ހަމަ ޝައިތާނެއް އިންސާނެއްގެ ސިފާގައި ހުރި

    54
    5
  30. ވިލޭ

    ތި ޒާރާ މަޝާހަވާލްކުރޭ ރަގަޅުއަދަބެއްދޭނަން ހިތުންފިލާގެން ނުދާކަހަލަ

    42
    4
  31. ޓުކުރި

    ތިޔަ ޒާރާ އޮރިޔާމާ އުޅޭތަންވެސް ދެކެން .ތީ ލަދުކުޑަ ސުއުތްޕެއް

    60
    4
  32. ކޮބައިތަ ޢަލީ ރަމީޒް؟

    އެހެންޏާ މިކަހަލަ ބަހުސެއް ފެށޭއިރަށް، އޭނަގެ ފަތުވާއެއް އިވޭނެ އެވެ. މިމީހުންނަށް ޖަވާބުދާރީ ވާން އެންމެ އައުލާކަން ބޮޑު އެކަކީ ޢަލީ ރަމީޒެވެ. ލަވަ ކިޔުމާ، ރިސޯރޓް ތަކުގަޔާއި، އެތަންމިތަނުގައި ޝޯދިނުމާ، މިއުޒިކީ އަދި ދުނިޔެވީ އުފަލާ މަޖަލުގައި މުޅި ޒުވާންކަން ހޭދަ ކޮށްފައި، އެކަމާ ދުރުވި މީހެއްގެ ބަހަކީ މިދުވަސްވަރަށް ވަރަށް މުހިންމު ބަހަކަށް ވާނެއެވެ.

    52
    6
  33. Anonymous

    މިދުނިޔޭގައި ލަވަކިޔާ މަޖާކޮށް އުޅޭ އާޚިރަތުގައި އެމީހަކު އުޅެންޖެހޭނީ ވޭންދެނިވި ޢަޛާބުގައި. ނުބައިކަމެއް ފެތުރިނަމަ އެ ނުބައިކަމެއް އެހެން މީހަކު ކުރިޔަސް އެކުރި މީހާއަސްވެސް އެކަމުގެ ޢަޛާބު ޒައްރެއްގެ މިންވަރުވެސް އުނިނުވެ ހަމަ އެކަން ފެތުރިމީހާއަށްވެސް އެކުށް ކުރިމީހާއަށް ލިބުނުވަރުގެ ޢަޛާބާއި ފެތުރުމުގެ ޢަޛާބާއި ދެބައި ލިބޭ.

    54
    2
  34. ބަދަންއަލީ

    ގުރުއާނަކުންވެސް ރަސޫލާގެ ހަދީސްއަކުންވެސް ސާބިތެއް ނުވޭ މިއުޒިކް ހަރާން ކަމަކަށް، މިއުޒިކް ހަރާން ކޮށްގެން އުޅެނީ އަފްގާނުގެ މުއްލާއިންނާ އެމީހުންނަށް ތަބާވާ މީހުން

    10
    50
  35. ޙެހޭ

    މީހުން މަޖާކުރުން ހަޖަމްނުވާވާހަކަދައްކަނީ ! އެކަމަކު ހިޔާލުފާޅުކުރުން ހަޖަމެއްނުވޭ🤦

    25
    2
  36. މުހައްމަދު

    ޒާރާއަށް ﷲ ތައާލާ ތެދު މަގު ދައްކަވާށި ................ އާމީން

    41
    4
  37. މީހުންނޭ

    ބުނަން ! ކޮންމެ މީހަކީވެސް ބަދަލުވެދާނެ މީހެއް ! މުސްލިމުންނަށް އޮންނަ ގޮތެއްނޫން އެހެން މާހުންނާއި ދިމާއާށް ބަދުބަސް ބުނުން! ގޮތެއްފޮތެއްނެތި ފާސިގުކަންމަތީ ދުނިޔޭގެ ދިރިއުޅުން ހޭދަކުރި މީހުން އިސްލާހުވެ ! ދީނަށް ގިނަގުނަ ހިދްމަތްތައް ކުރި ޝަހްސިއްޔަތްތަކަށް ވެފަތިބިކަމީ ތާރީހް ހެކިދޭ ކަންތައް !! ޢެހެންކަމުން އަޅުގަނޑުގެ އާދޭހާއި އިލްތިމާސަކީ މީހުންނާއި ދިމާލަށް ތިބާއަށްއޮތީ ނަރަކައޭ ފަދަ ބަސްބަސް ނުބުނުން ! ޜިވެތިގޮތުގައި ބަޔާންކޮށްދިނުން .. އަދި އެމީހުން އިސްލާހުކުރެއްވުން އެދި ދުއާކުރުމަށްވުރެން ރަނގަޅުގޮތެއްނެތް ! ތިބާއަށް އަދި އަނެކާއަށްވެސް ކުރިއަށް އޮތް ސުކުންތުކޮޅުތެރޭ ދިމާވާނެކަންތައް ދެނެވޮޑިގެންވަނީ ޖައްބާރުވަންތަ ﷲ . ތިބާއަށް ވާންއޮތްކަމެއްގެ ޒައްރެއްގެ މިންވަރުގެ އިލްމެއް ނެތްކަން މިމިސާލުން ތަސައްވަރު ކޮށްލާ!!!

    17
    2
  38. ޖަސްތު

    ޔަކް. އަބަދު ތެޔޮ ބިޑި ބައްލަވައިގެން އުޅޭ ގުރޫޕްގަނޑެއް.

    24
    2
  39. Anonymous

    ޒާރާއަށް ވެސް އަދި ޒާރާގެ މައިންބަފައިންނަށް ވެސް އަދި ޒާރާލޯބިވާ އެންމެނަށް ވެސް ހެޔޮއެދެތީވެ ހެޔޮގޮތް ބުނެދެން އެބޭފުޅުން މަސައްކަތް އެކުރަނީ. އެބޭފުޅުންގެ ޒިންމާ އެބޭފުޅުން އެއުފުއްލަވަނީ. ތިބާއަކަށް ނެތްގޮންޖަހާ ގާފިލްކަމުގަ ހުރެވޭކަށް. މަޖާކޮށް އުޅޭހާ ވަގުތެއް އެއްގޮތަކަށް ވެސްނެތް. މަރުއޮތީ ވަރަށްވެސް ގާތުގަ. ސުވަރުގެއާއި ނަރަކަ ވާކަންދަނޭ. ތިބާއާއިއެކު ގެންދެވެން އޮންނާނެހާވެސް އެއްޗެކީ ތިބާކުޅަ އަމަލް. ހެޔޮއަމަލަކުން ނޫނީ އެއްވެސް ފައިދާއެއް ނޯންނާނެ. މަރުމަތިން އަބަދުވެސް ހަދާންކުރޭ. މަރުއޮތީ ވަރަށްވެސް ގާތު. ކަނާތުންފޮތް ލިބޭމީހަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރޭ. ނެދެވޭ އަމަލްތައް އަވަހަށް ދޫކޮށްލާ. ﷲ އަށް ބިރުވެތިވޭ. ލަސްނުވެ ﷲ ގެ މަގަށް ރުޖޫއަވޭ.

    23
    2
  40. ނަންރީތި ހުސޭނު

    މަގޭ ދެއަންހެން ދަރިންތިބެ، އަދި މަގޭދުވާއަކީ އެކުދިން ހުދޫދުތެރޭން ބޮޑުވެ އަދި އެހުދޫދުތެރޭގަ އެމީހުންގެ ދުނިޔެވީކަންކަން ބައްޓަންކުރުން. އޭރުން އާހިރަތް މާ އުޖާލާކޮއްދޭނެ. ޒާރާ، އީވާ މިބައިގަނޑައް މޮންސްޓަރ ދެއްކި ވާހަކަ ކަމުނުދާނެކަން އެނގެ. އެކަމު ދެންވެސް ފުރުސަތު ލިބިއްޖެޔާ މަގޭވޯޓް މޮންސްޓަރ އައް.

    20
    2
  41. ނަގޫރޯޅި

    ތި ބޭރުވާ އުދާސްތަކަކީ "ބިރަކާ ނުލާ މަޖާކުރުން" އޭގެ ރީމޭކްއެއް.

    21
    1
  42. ރައޔިތުމީހާ

    ތިޔަ ޒާރާ ތިކިޔާމިހާ ފެނުނޫމަވެސް އެނގޭ އޭނާގެ ހާލް ކިހާ ވަރަކުންދާނެބާ މިހާރުވެސް 24 ގަޑިއިރު ތިޔަ ލަވަޔާ މިޔުޒިކީ ދުނިޔޭގައި އުޅޭ ޒުވާނުން މިގައުމުގަ މަދީތޯ މިއުޅޭ އަމިއްލަޔައް ތިމަންނަމީ ފަސްކަށިމަތި މާލޭ ބޮޑުނުލަވާޔައް އެގިނުލައްވަނީ ގަރާރަކުން ގާނޫނަކުން މިޔުޒިކް ހުއްދަނުކުރެވިގެން މިއުޅެނީ ތިޔައްވުރެމާތާހިރެއްނު ޒުވާނުން އުފަލާއަރާމުގަ ޒަވާޖީ ޙަޔާތެއް ފަށަން ބޯހިޔާވަހިކަމެއް ހޯދާދިނިއްޔާ ކިތައްޒުވާނުންތޯ ޒަވާޖީ ޙަޔާތެއް ނުފެށި އުފަލެއްއަރާމެއްނެތި ކިތައްޒުވާނުން މިމާލެޔައްއުފަން އުޅޭތޯ ބެއްލެވިންތޯ ބޯހިޔާވަހިކަމެއްނެތް ކިތައް ޒުވާނުން އެބަތިބިތޯ ލަވަޔާ މިޔުޒިކީ އެޑުއެހޭނީވެސް މީހާގެ ހަޔާތެއް ފެއްޓިގެން ނޫންތޯ

    15
    2
  43. ޢަހު

    ޒާރާއެވެ . މިދުނިޔެއަކީ އުފަލާ މަޖަލުގަ އެކަނި އުޅެން އޮތްތަނެއް ނޫނެއެވެ. ޢާޚިރަތަށް މަސައްކަތް ކޮސްގެން ދިރިއުޅުމަށް މަސައްކަތް ކުރަން އޮތް ގޮއްޗެއްކަން ހަނދާން ކޮއްދެމެވެ. ޒާރާ ތިކިޔާ ލަވަޔަކުން ތިކުޅޭ މިއުޒިކަކުން ޒާރާއަށް ކުރާނެ އެއްވެސް ފައިދާއެއްނެތެވެ. މިދުނިޔޭގަ ކުރި ހެޔޮ އަމަލަކުންނޫނީ އެދުނިޔޭގަ ސަވާބެއް ނުލިބޭނެއެވެ ޒާރާއެވެ. ﷲ އަށްޓަކައި ތިމިއުޒީކް ދޫކޮށްލާފަ އަވަހަށް ތައުބާވެ ހެޔޮޢަމަލު ކުރަން ފަށާށެވެ. ކާމިޔާބް ލިބޭނީ އޭރުންނެވެ.

    14
    2
  44. ބުނަންތަ

    މިއުޒިކަކީ އަވާމެންދުރެއް. އެއީ އިންސާނުން ދުނިޔެމަތީ އަސްލު ކުރަންވީ ކަންކަމުން ދުރުކޮށް ހުވަފެނީ އާލަމެއްގެ ތެރޭ މަސްތުވެ ޣަރަގުކޮށްފަ ބައިތިއްބަން ދުނިޔޭގެ އެންމެ ދުވަސްވީ ދުޝްމަނު އިންސާނުންނަށް ރަގަޅުކަމެއް ކަމަށް ދައްކުވައިދީފައި އޮތް ކަމެއް. މަގުގެއްލިގެން މިއުޒިކައިގެން އުޅެން ބޭނުންނަމަ މިއުޒިކަށް ދެވިހިފައި އެކަމާ އެއްކޮޅަށް ތިޔަ ގޮތަށް ވާހަކަ ދައްކާ އުޅޭނެ. އެމީހާ ބޭނުންވެއްޖެނަމަ މިއުޒިކްގެ މަސްތުކަން ކެނޑުވޭނެ. މިއުޒިކްގެ ހަގީގަތް ފެންނާނެ. އެކަމު ދީންވެރިވެގެން މާތްﷲ އެންގެވި ގޮތަށް އުޅެގެން އެކަނި އެކަންވާނީ.

    15
    2
  45. އަޙްމަދް

    އެއްވެސް ޢިލްމެއް ލިބިފައިނުވާ ސީޔާސީ ޖާހީލުންގެ އަތްމައްޗައް ޤައުމު ބީވެގެން ދިޔުމުގެހިތި ނަތީޖާއަކީ މީއީއެވެ.‎މިޒަމާނުގެ ސިޔާސީ މީހުންނަކީ އެބައިމީހުންގެ އަތުގައި އެއްވެސް ޢިލްމެއްނުވާ ޖާހިލުންތަކެވެ.
    ‎ހަމަކަށަވަރުންވަރުންވެސް މިބައިމީހުނަކީ އިސްލާޙްކުރުމުގެ ނަމުގައި ފަސާދަކުރާމީހިންނެވެ.
    މިބައި މީހުންގެ ފުށުން ނުކުންނާނީ ކޮންއިސްލާހެއްތޯއެވެ؟
    މިބައިމީހުން ހިތްތަކަށް ހަމަޖެހުން ގެސްދިނުން ވާކަން ކަށަވަރީ ބަދަލަށް ބަދަލު ހިފުމާއި އެކިގޮތްގޮތުން އަނިޔާވެރިވުމެވެ.
    ‎ތިންކަމަކުން މިބައިމީހުނަކީ މަޝްހޫރުބައެކެވެ.
    ‎އެއީ ބަސްބުނުމުގައި ދޮގުހެދުމާއި
    ‎އަމާނަތަށް ހިޔާނާތްތެރިވުމާއި
    ‎ވަޢުދާއި ޚިލާފުވުމުގައެވެ.

    13
    3
  46. ދެކުނު ތަރި

    މަގުފުރެދިފައިވާ މީހުން މަގުފުރެދެމުން ދާތަން ފެނޭ . ކޯޗެއް ހަޖަމު ނުވެއޭތަ ބުނަން ތިއުޅެނީ؟ އަންހެނާގެ އައުރައަކީ މޫނާއި ދެއަތްތިލަ ނޫންހާ ތަންތަންތަން. ދެންވެސް ބުނޭ ހިތަށް ތަދުވާތީ ބުނާ އެއްޗެކޭ.

    19
    1
  47. އަސްވާރު

    ބިކިނީ ލައިގެން ތުންގުޅުވައިގެން ފޮޓޯނެގުނީމަ އެވީ ދީނީ މީހަކަށްނޫން ޒާރާ... އެއީ ހަމަ ލާދީނީކަން. ލާދީނިއްޔަތު.

    20
    3
  48. ގުއިކާޅު

    އޮރިޔާން ކަމަނާ ޑިންބާ ތިޔައީ ގައުމު ހަލާކު ކުރާ ބައިގަނޑެއް

    18
    2
  49. ޝައިޚް

    1000 ފަހަރުވެސް ބުނަން އޮތީ މިޔުޒިކާއި ލަވަ ޙަރާމެއް ނޫނޭ! އޭގެތެރެއިން އެހެން ކަންތައް ފެށިމާ އެކަންތައްތައް ޙަރާމްވަނީ! ނައިޓް ކްލަބަކަށް ވަދެލުން ، ބަގުރާބޯތަނަކަށް ގޮސްލުން ، ބުދުފައްޅިއަކަށް ޒިޔާރަތްކޮށްލުން މިއީ ރަގަޅުކަމެއްނޫނަަސް ޙަރާމްކަމެއް ނޫން. ޙަރާމްވާނީ އެތަންތަނަށްގޮސް އެކަންކަމުގައި ބައިވެރިވީމާ!

    7
    9
  50. ޕީ.ޕީ ކުއްޖާ

    މިއުޒިކް ކަމަކުވެސް ނުދޭ! މިއުޒިކު ވާހަކަ ދެއްކި މީހާވެސް ކަމަކު ނުދޭ! އެކަމަކު ކޭބަލްޓީވީގެ ކޮޅު ގޭގެއަށް ގުޅައިދީގެން ލިބޭ ލާރި ކައި، އޭގެން އަބިދަރިންނަށް ޚަރަދުކޮށް ތަނަވަސްކަން ހޯދުމަދާތާ އުމުރުން ވީހައި ދުވަހެއްވީ! ހަމަ އޯކޭ! ކޭބަލްޓީވީގަ ހުންނަނީ ކޮންޗެނަލްތަކެއްކަން އެއިން ދައްކަނީ ކޯއްޗެއްކަން މަށެއް ނުކިޔާނަނަން!

    4
    3
  51. ނިޕޯން ޕެއިންޓް.

    މި ޒާރާގެ އިންސްޓަގުރާމް އެކައުންޓް ޗެކްކޮށްލީމަ އިނގޭ އޭނަގެ ދީންވެރިކަން ހުރި މިންވަރު.އެފޮޓޯތަކަށް ބަލާލާފަ ހިތަށްއެރި މީ ދިވެއްސެއް ބާވަޔޭ ވެސް. ދިނަށް ހަޖޫ ނުޖަހާ އެހެންމީހުން މަގުފުރަދަން ނޫޅެ އުޅުނީމަ ވީތާ..މަޖިލިސް ރައީސްވެސް އެއުޅެނީތާ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ކަމެއް ކުރެވޭތޯ.

    5
    1
  52. މަދެކޭގޮތް

    އަހަރެމެން ހޭއަރައިގެން އައީ 1990 ގެ އަހަރުތަކުގައި އޭރު ލަވަޔާނެށުމަކީ އެއާނުލާ ދިވެހިނަށް އެއްކަމެއްވެސް ނުވާ ދޭތި އެދުވަސްވަރު މީހުންގެ އުފާވެރިކަން މިހާރަށްވުރެ މާރަނގަޅު އެއްބައިވަންތަކަމާ ކާތްގުޅުންތަށް މިހާރަށްވުރެ މާބޮޑު އެކަކު އަނެކަކު ބޯކެންޑުންވެސް އޭރަކު ނޯވޭ އެއިރައްވުރެ މިހާރު މާމިސްކިއް ގިނަ

    4
    3
  53. އީމާން

    މުޙައްމަދު ނަޝީދަށް އައްސަރިބަހާ ސާބަހެވެ. އޭ ޒާރާއެވެ. ކަލޭ ހީކުރީ ދުނިޔޭގެ މަޖަލާ އުފާހޯދައިގެން ތިހެން ބުރުގާ ނާޅާ ލަވަކިޔަން ދުނިޔޭގައި ހުންނާނެކަމަށް ހެއްޔެވެ. ދީނީ ޢިލްމުވެރިން ދޭ އަގުހުރި ނަޞޭޙަތް ޤަބޫލުނުކޮށް ބަސްކިޔަން ކަލޭތީ ކާކުހެއްޔެެވެ. ކަލޭ ހީކުރީ ކަލޭ ނިކަން ރީތީކަމަށް ހެއްޔެވެ؟ ރީއްޗެއްނޫންނެވެ. ކަލޭހީކުރީ ކަލޭގެ އަޑުރީތީކަމަށް ހެއްޔެވެ؟ އެވެސް ރީއްޗެއްނޫނެވެ. ބުނަންހެއްޔެވެ. ބުއްދިވެރިއަކީ ދުނިޔޭން ލިބިފައިވާ ކުޑަ ހިނދުކޮޅުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުނު ނމީހެކެވެ. އެކަ ކުޑަމިނުން މީހުން ބުނާ ހެޔޮބަސް ޤަބޫލުކުރާ މީހުންނެވެ. ހަމަ ޔަޤީނުންވެސް މަރު ތިބާ ކޮންމެ ތާކުއޮތަސް ބައްދަލުކުރާނެއެވެ. އޭރަކުން ސިފަޔަކަށް އަޑަކަށް ނުބައްލަވާނެއެވެ. ކަލޭ ހީކުރީ ލަވަކިޔުން އެދެން އާސްމާނަށް އެރުނީކަމަށް ހެއްޔެެވެ؟ ތީ ހަމަ ހައްޕުނޑެވެ. އަގެއްނެތެވެ. ދެންވެސް ކަމެއް ކުރަނީވިއްޔާ ނިކަން ރީއްޗަށް ބުރުގާ އަޅައިގެން ދީނަށް ލޯބިކޮށް ރީތި އަބުރުވެރި ދިރިއުޅިމެއް އުޅެވޭތޯ ބަލަމާހިނގާށެވެ. މީ މަގޭ ނަޞޭޙަތެވެ.

    4
    1
  54. އަހުރެންގެޚިޔާލް

    އަސްލު ޕީޕީއެމް ވެރިކަމުގަ އޮވެ މިގަރާރު ހުށައެޅިނަމަ އެމްޑީޕީ މީހުން މިއަދު އިދިކޮޅުން އެދައްކާ ހުރިހާ ވާހަކަ އެއް ދައްކާނެ.... ޙަމަ އެގޮތަށް މިއަދު ތިފެންނަނީ އެމްޑީޕީ އިން ގަރާރެއް ހުށައެޅިމަ އެއާ ދެކޮޅަށް މިއަދުގެ އިދިކޮޅުން ވާހަކަ ދައްކާ ތަން... މިހެން މިބުނީ އަހަރެން އެގަރާރަށް ތާއީދު ކުރާތީއެެއްނޫން... ޢެކަމަކު އެ ދެބައި މީހުންވެސް އިންތިހާބެއް ކައިރި ވެލީމަ މިޔުޒިކް ހަރާމް ކޮށްފައި އޮންނަ ތަން ފެންނަލެއް ބޮޑުކަމުން.... މިއަދު ތިހުރިހާ ވާހަކަ އެއް ދައްކާފަ މާދަމާ ކައުންސިލް އިންތިހާބުގަ މިޔުޒިކް ނުޖަހާ ކެމްޕޭން ކުރަނީ ކޮންބައެއްތޯ ބަލާލާން ހިނގާބަލަ ދޯ.... ނުނީ 2023 ގައި މިޔުޒިކް ނުޖަހާ ކެމްޕޭން ކުރޭތޯ ބަލާލަން ހިނގާ ދޯ....

    1
    2
  55. ނައިބު ތުއްތު

    ޒާރާ މިކޮޅުގައި މަޖާކޮށްފައި އެކޮޅަށް ގެންދާނެ އެއްޗެއް ނޯއްނާނެ ... ހެޔޮ ވިސްނުން ދެއްވާށި

    8
    1
  56. ރޯދަމުބާރަކް!

    ޒާރާގެ މަންމާފުޅު އަދި ބައްޕާފުޅު އަރިހުން އައްސަވާ އެދެބޭފުޅުން މަޖާކުރެއްވިއިރު މި ގައުމަގަ މީހުން ޒާތީވެގެން އުޅުނު ތޯ؟ ފަންނާނުންގެ އީދު، އޮލިމްޕިއަންސް ޝޯ؟....!! ޕޮއިންޓަކީ ބަޔަކުނޫޅޭ އުނދަގޫ ވެގެން...!! ކަންއޮތްގޮތް ބުނެދެނީ...! ﷲ ގެ ރަހްމަތުން ޒާރާ ހެޔޮހާލުގައި ހުރިއްޔާމުން، 20، 25 އަހަރު ފަހުން ޒާރާވެސް ބުރުގާ އަޅާނެކަމަށް ބެލެވޭ..!! ދީނީ އިލްމުވެރިން ވިދާޅުވެދެއްވަނީ ވިސްނުން ބަދަލުކުރަން ރަނގަޅުމަގަށް..! 20 އަހަރު ފަހުން ބުރުގާ އަޅާކަށްނޫން..!! ނޫނީ ޅައުމުރުގަ މަޖާކުރާކަށް ނޫން އެބުނާ...!!

    4
    1
  57. ޕޮފް

    ޒާރާ މަޖާކުރުން ތިމާނަ ކުރަނީ ކިހިނެއް.
    އަންހެހުން މަޖާ ކުރަން ތިބޭނެ ފިރިން .
    އެހޫން ތަންތާގަ ބޭނުން ހާ މީހަކާ އެކު މަޖާ ކުރަންޏާ އަޅގަޑައްވެސް ހަޖަމެއް ނުވާނެ

  58. ޒާރާ

    ތިދެން ކާކުތަ؟ މަންޖެ ތިދެން މީހެއްތަ؟

    6
    1
  59. ކިޔުންތެރިޔާ

    މަޖާ ކުރާ ތަން ހަދަން ތިޔަ ގޮވަނީ ރާއްޖޭއިން ބޭރަށް ޕާޓީ ކުރަން ދެވެން ނެތީމަތާ؟ ނާޗަރަންގީ މަރުކަޒެއް ހަދަން ގޮވާ ކަހަލަ

  60. ރާއްޖެ

    ދާއިރާގެ ރައްޔިތުންނެއްނު ވޯޓު ލި. ޒާރާ ބޭބީ އަށް ވޯޓު ނުލެވުނީމަ ދެރަނުވޭ.

  61. ސީނު

    ޒާރާ އަށް ހެޔޮވިސްނުން ދެއްވާށި. ވަގުތު ޖެހުމުގެން ކުރިން ސީދާވެގެންވާ މަގު އިޙްތިޔާރުކުރައްވާ.

    5
    1
  62. ހޭބަލި ގަބަދު

    ޒާރާ ކަލޭ ވާނެ މަޙްޝަރު ދުވަހުން ﷲ ގެ ދަރުބާރުގަ ވެސް ލަވައާއި މިޔުޒިކް ހަލާލް ކުރަން ދަޢުވާކުރަން

    4
    2
  63. މޮސްކިޓޯ

    ލޯންގް ލިވް މޮސްޓާ