ކޮވިޑް-19 ގެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގި ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރުމަށް ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އެދިވަޑައިގެންނެވި ނަމަވެސް މައުލޫމާތު ނުދެއްވާ ކަމަށް ވިދާޅުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ދިރާސާ ކުރުމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.
ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލާގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއި މިނިސްޓްރީގެ ބިޑް ކޮމިޓީގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް 11 ބޭފުޅަކަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވިއެވެ. އެކަމަކު ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ ދައުވާ ނުކުރަން ޕީޖީއިން ނިންމެވިއެވެ. އޭސީސީއިން ވިދާޅުވަނީ ދައުވާ ކުރެވޭ ވަރަށް ހެކި ހުންނާނެ ކަމަށެވެ.
އުފެދިފައިވާ މި ޚިލާފްތަކާ ގުޅިގެން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ދިރާސާކުރިއެވެ. އެ ކޮމިޓީއަށް އޭސީސީގެ މެންބަރުންނާއި ޕީޖީ ހުސައިން ޝަމީމްއާއި، ފުލުހުންގެ އިސް ބޭފުޅުން ހާޒިރު ވެސް ކުރިއެވެ. މައްސަލަ ދިރާސާކުރުމަށް ފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ކޮމިޓީއިން ޕީޖީއަށް ލަފާ އަރުވާފައިވަނީ މައްސަލަ މުރާޖައާ ކުރުމަށާއި ދައުވާ ކުރަން ބޭނުންވާ އިތުރު މައުލޫމާތު އޭސީސީންނާއި ފުލުހުންގެ ފަރާތުން ހޯދުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ޖުޑިޝަރީ ކޮމިޓީއިން ޕީޖީއަށް އެ ގޮތަށް އެންގުވުމުން އެ މަހުގެ 20 ވަނަ ދުވަހު ފުލުހުންނަށާއި އޭސީސީއަށް ފޮނުވި ސިޓީއެއް ޕީޖީއިން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ފުލުހުންނާއި އޭސީސީއިން ޕީޖީއަށް ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ.
"އަޅުގަނޑު އަނެއްކާ ވެސް ޖުޑިޝަރީ ކޮމިޓީގައި އެދެނީ އޭސީސީގެ ރައީސްއާއި ފުލުހުންގެ ކޮމިޝަނަރާ، މި ދެ ބޭފުޅުން ގާތުގައި އަނެއްކާ ވެސް އައްސަވައިގެން ސާފު ކުރުމަށް އެ ބޭފުޅުން އެ މައުލޫމާތު ސިއްރު ކުރައްވައި ޕީޖީއަށް އެ މައުލޫމާތު ނުދެއްވާ އެ ތިއްބެވީ ކޮން ސަބަބަކަށްޓަކައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ވެންޓިލޭޓަރުތަކުގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އޭރުގެ މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގަން މަޖިލީހުގައި އުޅެނިކޮށް މިނިސްޓަރު އަމީން މަގާމުން އިސްތިއުފާ ދެއްވިއެވެ. ރައީސް ނަޝީދު ދެން ވިދާޅުވީ އެ މައްސަލާގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅި އޭގެ އަދަބު ލިބެން ދެން، މަޖިލީހުން އެ މައްސަލައަށް ފާރަވެރިވާނެ ކަމަށެވެ.
ނަޝީދު ތިމަސައްލަ ބަލާނަމޭ ފާރަވެރިވާނަމޭ ކިޔަސް ގަބޫލް ނުކުރެވޭ ތީ އެމް ޑީ ޕީ މީހުން ހިންގި ޖަރީމާއެ އް މިބައި މީހުން ޖަރީމާ ހިންގިޔަސް އޯކޭ.
އެ 2 ތ ާ މީހުން މައުލޫމާތު ނުދީފިއްޔާ ދިގު މުއް ދަތަކަށް ޖަލަ އް ލެވޭނެތަ؟
ބްރޯ ކަލޭ އަދި ވެސް ވެއްޓޭނެ.ހެހެހެހެ
ބަލަގަ! މި މައްސަލައަކީ އޭސީސީ ން ބަލާނިންމާ ހެތްކާއެކު ޕީޖީއަށް ދަޢުވާކުރަން ފޮނުވުމުން މީގައި މީހަކު ކުށްވެރިވާނޭ ކަމެއްނެތޭބުނެ ދަޢުވާ ނުކުރަން ނިންމާ ޕީޖީ ބޭރުކޮށްލި މައްސަލައެއްނޫންތަ؟ ވެންޓިލޭޓަރުވަގު ހަމަ އަރާމުގައި ހުރެގެން ހެކިފޮރުވަނީ!
ބަލަ މޮޔައާ! މިހާރުގެ ތަހުޤީޤުތައް ތިބުނާ ދެ މުއައްސަސާއިންވެސް ކުރިއަށް ގެންދަނީ ޕީޖީ ބުނާގޮތަށް އެހެންވީމާ ޕީޖީއަށް ނޭނގޭ އެއްވެސްކަމެއް ނޯންނާނެ. ތިވާނީ ޕީޖީ ކަމެއް ފޮރުވައިގެން އުޅެނީކަމަށް ރަނގަޅަށްބަލާ.
ޢެބޭފުޅުން އެމައުލޫމާތު ނުދެއްވާ ސިއްރު ކުރަށް ވާއިގެން ތިިއްބެވީ އެއީ ގައުމީ ސަލާމަތައް ހުރި ނުރަށްކަލަކަށް ވާތީ
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
މަޑުކޮއްލާ މިސަރުކާރު ބަދަލުވީމަ ތިކަން ކުރާނެ .
ތިޔަމައްސަލައިގެވާހަކަ ތިޔަފެއްޓެވީ ޢަލީވަހީދު ލައިލާގެކަންކަން ބެއްލެވުމަށް ޔޫކޭއައް ފޮނުވާލުމުގެ ހުރިހާކަމެއް ހަމަޖައްސާ ނިންމާފަ ދެއްތޯ