އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ވެހިކަލްތައް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާނޫނާއި ގަވާއިދާއި ހިލާފަށް ބޭނުންކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައި ވަނީ ސިޓީ ކައުންސިލުން 2018 ވަނަ އަހަރު ކުރި ހަރަދުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓެކެވެ.
މި ރިޕޯޓުން ހާމަވާ ގޮތުގައި ކައުންސިލް މެމްބަރުން އޮފީހަށް ގެނެއުމަށާއި އޮފީހުން ގެއަށް ގެންދިއުމަށް އެ އިދާރާގެ ވެހިކަލްތައް ބޭނުންކޮށްފައިވެއެވެ. އަދި ކައުންސިލް އިދާރާގެ ވެހިކަލްތައް މެމްބަރުން ބޭނުންކޮށްފައިވަނީ ގާނޫނާއި ގަވާއިދާއި ޚިލާފަށް ކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން އޮޑިޓް ރިޕޯޓްގައި ވަނީ ކައުންސިލް މެމްބަރުން އޮފީހަށް އައުމަށާއި އޮފީހުން ގެއަށް ދިއުމަށް އެއިދާރާގެ ތިން ވެހިކަލެއް ތަކުރާރުކޮށް ބޭނުންކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޮޑިޓް ރިޕޯޓުގައި ވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރައިގެ އޮނިގަނޑުން ކައުންސިލަރުންނަށާއި މޭޔަރުންނަށް ލިބޭ އިނާޔަތްތައް ފާހަގަކުރައްވާފައެވެ.
އެގޮތުން ސިޓީ ކައުންސިލްތަކުގެ މޭޔަރަށް މުސާރައާއި، ލިވިންގ އެލަވެންސާއި، މެޑިކަލް އިންޝުއަރެންސްގެ އިތުރުން ކާރުކޮޅު ލިބޭގޮތަށް ރަައްޔިތުން މަޖިލީހުން ވަނީ ނިންމަވާފައެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް ލިބޭނީ ހަމައެކަނި މުސާރައާއި، ލިވިންގ އެލަވެންސްގެ އިތުރުން އިންޝުއަރެންސް ކަމަށް އޮޑިޓުގައި ފާޙަގަކޮށްފައިވެއެވެ.
އެހެންކަމުން ކައުންސިލް މެމްބަރުން ކޮށްފައިވާ ދަތުރުތަކަކީ އެ މެމްބަރުނަށް ލިބެންޖެހޭ އިނާޔަތްތަކުގެ ބޭރުން ލިބިފައިވާ އިތުރު އިނާޔަތްތަކެއްގެ ގޮތުގައި އޮޑިޓުގައިވެއެވެ. އަދި އެކަން އިސްލާހު ކުރުމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ތިޔަތަނަށް މުވައްޒަފުން ވަޒީފާތަކަށް ނަ ގަނީވެސް މަ ގާމު ގެ ނުފޫޒާއި ބާރު ބޭނުން ކޮއް ގެން ވަކި ބަޔަކަށް ފައިދާވާ ގޮތައް. ޢިންސާފުން އެއްކަމެއްވެސް ތިމީހުން ނުކުރެ. ޥަޒީފާ ދެނީ އައިލީ މީހުންނަށާއި މުއްސަންދީންގެ ދަރިންނަށް
ޖަންބުމާގެ އެށް ނިސްބަތްވާ ހިތުން ނުފޫޒު އޮންނަ އާއިލާ އަލަށް އެޅި ދެ ގޭ ތެރެއަށް ޕަބްލިކް ވޯކް ގެ އުޅަނދުތައް ހިތައް އެރިހާ ގޮތަކަށް ވައްދައިގެން މަސައްކަތް ކުރީ ކޮން އުސޫލަކުން؟ ބައެއް ރައްޔިތުން ފަސް ލޯޑަކަށް އޯޑަރު ދީގެން ނުލިބި އެތައް މަސް. ނުފޫޒާ ލާރި އޮތީމަ 1 މަސް ދުވަހުން ގެ އަޅާ ނިއްމާލީ.
ދ. އަތޮޅު ކައުންސިލްއިން ވެހިކަލް ބޭނުންކުރާގޮތް ބަލާލުންކަމަށް ކަމާގުޅޭ އިދާރާތަކަށް ގޮވާލަން.