ރާއްޖޭގެ ދުސްތޫރުގެ އެންމެ ފުރަތަމަ މަސްދަރަކީ އިސްލާމްދީން ކަމަށް ވާއިރު މާލޭގައި މަޖާކޮށްލެވޭ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ބައެއް މެމްބަރުން ވަނީ ދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަން ހަލާލްކޮށްގެން ވާހަކަދައްކަވާފައެވެ.

މިފަދަ ވާހަކަތަކެއް މަޖިލީހުގެ ތަޅަަމުގައި ދެކެވުމުން މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެ ވަަޑައިގެންފައިވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން މިއުޒިކް އަކީ އިސްލާމް ދީނުގައި ހަރާމް އެއްޗެއް ނޫން ކަމަށް ދައްކުވައިދޭން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ކުރެއްވި މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ. އެކަމަކު މިއުޒިކާއި ނެށުމަކީ ދީނީ ގިނަ އިލްމުވެރިންގެ ނަޒަރުގައި އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް މޮސްޓާ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ކަމަށް ހިތްވަރު ލިބޭ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަލައިނުގަންނަން މޮސްޓާ ވަނީ ގޮވާލާފައެވެ

މަޖިލީހުގެ ތަޅަމުގައި މިއުޒިކާއި ދެކޮޅަށް ވާހަކަދެއްކެވުމުން މިފަހަރު މޮސްޓާއަށް އަމާޒުވެގެން ދިޔައީ ގިނަ ބައެއްގެ ފާޑުުކިޔުމެވެ. އެގޮތުން މީސް މީޑިޔާގައި މިހާރު ދައުރުވަމުން ދަނީ މަޖިލީހުގެ ކެމްޕޭންގައި މޮސްޓާ ބޭނުންކޮށްފައިވާ މިއުޒިކީ ލަވައެކެވެ.

ގިނަ ބައެއްގެ ފާޑުކިޔުން މޮސްޓާއަށް އަމާޒުވުވި އިރު ބައެއް މީހުން ވަނީ އޭނާ ދިފާއުވެސް ކޮށްފައެވެ. އެގޮތުން މީހަކަށް ތެދުމަގު ދައްކަވާނެ އިރެއް ނޭނގޭ ކަމަށާއި ތައުބާވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

ޝަރުޢީގޮތުން ލަވައިގެ ޙުކުމަށް ބަލާލާއިރު މިޔުޒިކާއެކު ކިޔާފައިވާ ލަވައެއްނަމަ ފިރިހެނުން އަދި އަންހެނުންގެ މައްޗަށް ޙަރާމް ކަމަށް ޢިލްމުވެރިން އިޖުމާޢް ވެފައިވެއެވެ. ވުމާއި އެކު ދުނިޔެއާއި އާޙިރަތުގައިވެސް ކާމިޔާބާއި ދިންނެވުން ލިބެން އޮތީ ތައުބާވެގެންނެވެ. ގިނަ ގިނައިން ތައުބާވާ މީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވަތެވެ. ތައުބާވުމުން ﷲގެ ރުއްސެވުން ލިބި، ކުރެވިފައިވާ ކުށްފާފަތައް ހެޔޮ ކަންތަކަށް ބަދަކުވެގެންދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަރާމް

    ހަރާމް ލަވައަކުން ހޮވުނު މޮސްޓާއަށް ލިބޭ މުސާރަ ހަލާލުވާނެބާ؟

    3
    16
    • ބިސް އިއްބެ

      ހޮވުނީ ލަވަ ޖަހާގެން ނޫން
      ވޯޓް ދިނީމަ

      8
      1
      • ޢަލީ

        ވޯޓް ދިނީ ލަވަޖަހައިގެން ބައެއް ހިތްތައް އަތުލީމަ

        1
        1
  2. އަދުރޭގެ ދަރި

    މިޔުޒިކް ހަރާމް، އެކަމަކު މޮސްޓާ ވިއްކަމުން އަންނަ ތަކެތި ހުއްދަ :ޕ ލޮލް

    5
    15
  3. އަލިބެއްޔާ

    އޭނަ މިހާރު ތި ލަވަ ބޭނުން ކުރޭތަ؟؟؟ ރަނގަޅު ގޮތް އެނގި ޙައްޤަށް ރުޖޫޢަވުމުން އުފާ ކުރަން ނުޖެހޭތަ؟؟؟

    20
    • އަލީ

      ގައިމުވެސް އޭނަ އެލަވަ ބޭނުން ކޮށްގެން ހޮވިގެން މާފަކަށް ނޭދޭ. އަދި އެލަވަ ބޭނުން ނުކުރާކަށްވެސް ނޭދޭ.

      2
      2
  4. މޫސާ

    ﷲގެ ބާ ރު މާގަދަވާނެ މޮސްޓާއަށް ދޫވެއްވާ ލޯދެއްވާ ސިކުޑި ދެއްވާ ފު ރިހަމަ ބާ ރާއި އިހްތިޔާ ރު ވެސްދެވީﷲ
    މޮސްޓާ ފަހަތަނުޖެހި ތިޔަސައިތާނުންގެ ލަސްކަ ރާ ކު ރިމަތިލާ ﷲ އި ރާދަކު ކު ރައްވައިފީޔާ ޔޫތުގެފާނު ގައުމުގެ މީހުންނާ ކު ރިމަތިލާން މަލާއިކަތުންގެ ލަސްކަ ރު ފޮނުވި ފަދައިން ތިޔަﷲހަ ރާންކޯވި ސައިތާނުންނާ ދެކޮޅަވެސް ﷲ ގެލަސްކަރުފޮނުވުން ﷲ ކުޅަދާނަވެގެންވޭ
    މޮސްޓާ ތިޔަމީހުންގެ ފު ރައްސާ ރަޔާ ހެދީ ފަހަތަނުޖެހޭތި ﷲބި ރުވެތިވެ ނިޔުމަތަ ސުކު ރުކޮތް ﷲގެ ފޮތާ ބަސް ކު ދިޔަނެ ރޭ

    13
    3
    • އާދަނު

      މާތް ﷲ ދެނެވޮޑިގެންވޭ މޮސްޓާގެ މަޤްޞަދު ހެޔޮގޮތުގައި ނޫންކަން އަމިއްލަ އެދުމާއި އަމިއްލަ ފައިދާއަށް ދީން ހަތިޔާރަކަށް ހަދަނީ ކަން ޔާ ﷲ މި އަމިއްލަ އެދުމުން ފޯވެފައިވާ ބައިގަނޑުގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާން ދޭވ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  5. ޢީސަދަރި

    'ކައުންސިލް އިންތިޚާބަށް ޒުވާނުންގެ ސަޕޯރޓް ހޯދުމަށް އެމް.ޑީ.ޕީ އިންގަންނަ ސަކަރާތެއް ތީ. ޢެމީހުންނަކީ ވަޤުތީ ފައިދާއަށް ކޮންމެ ކަމެއްވެސް ކޮސްފާނެ ބައެއް.

    6
    1
  6. ހަހާ

    އިހުލާސްތެރިކަމެެއް ނެތި ސިޔާސީ ބޭނުމަކަށް ދީނީ ވާހަކަދެއްކީމަ ވާނީ ތިހެން. މޮސްޓާ ވެރިކަމުގަ ހުރިނަމަ މިއުޒިކު ހަލާލުވީސް.

    މި ގައުމުގަ އިހުލާސްތެރި ސިޔާސީމީހެއް ނެތް.

  7. ޝަރަފުލް އަމީން

    ތި ލަވަ ޕޯސްޓްކުރި އަދްލީ އެއީ ކާކުތަ؟ ޖަވާބު:މަރު ކޮހެއް.

    2
    1