ގއ. މާމެންދޫގައި ރޭ ހިންގި ނުރައްކާތެރި މާރާމާރީއެއްގައި އެ ރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު ނިޔާވި ޚަބަރު ވެގެން ދިޔައީ މާމެންދޫގެ އިތުރުން މުޅި ގައުމު ސިއްސުވާލި ޚަބަރަކަށެވެ. މާރާމާރީއެއްގައި މީހަކު މަރުުވާތާ ގާތްގަނޑަކަށް ދެ އަހަރު ފަހުން ހިނގި ހިތާމަވެރި މަރާއެކު އެތައް ބައެއްގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. އުމުރުން އެންމެ 17 އަހަރުގައި އުދައްޔު މި ދުނިޔެއާ އަލްވަދާއުކީ އެންމެންނަށް ސިހުން ގެނުވައިފައވެެ.

އުދައްޔު ނިޔާވުމުގެ ހަތަރު ވަރަކަށް ދުވަސް ކުރިން އޭނާގެ ފޭސްބުކް އެކައުންޓުގެ ކަވަރު ފޮޓޯ އަށް ލާފައިވާ މެސެޖަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ރާޅުތަކުގެ ފޮޓޯއެއްގައި ލިޔެފައިވާ މެސެޖުގައި ދީފައި ވަނީ އަގުހުރި ނަސޭހަތެވެ.

އެއީ ފޭސްބުކްގައި އުދައްޔު ދިން އެންމެ ފަހު މެސެޖެވެ.

ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހިއްސާކުރި ލިޔުމުގައި ވަނީ "1000 ކުށް ކުރެވުނު ކަމުގައި ވީ ނަމަވެސް ﷲގެ ހަޒުރަތަށް ރުޖޫއަވެ، ތައުބާ ވުމަށް" ހަނދާންކޮށްދީފެވެ.

މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި ޒަހަމްވެފައި ވަނީ ދެ ބެއިންނެވެ. އެއްބަނޑު ދެބެންނަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައިވާއިރު، އެ މާރާމާރީގައި ލިބުނު އަނިޔާތަކަށް ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ އެތަނުން ހަގު ކުއްޖާއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މިހާތަނަށް މި މާރާމާރީއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މަރާލި ކުއްޖާގެ ކަރުގެ އިތުރުން ހަށިގަނޑުގެ އެހެން ބައެއް ތަންތަނަށް ވެސް ވަނީ ވަޅިން ހަމަލާ ދީފައެވެ. އަދި ނިޔާވި ކުއްޖާގެ ބޭބެ އަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާ އަށް އަންނަނީ ފަރުވާދެމުންނެވެ.

މި މައްސަލަ މިހާރު ބަލަމުން ދަނީ ފުލުހުންގެ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ރަދީފް

    ބޮލުގެ އިސްތަށިގަނޑު ދިގުކޮއްގެން އުޅޭ ހުރިހާ ޒުވާނުންގެ ބޯކޮަށަން ލާޒިމް ކުރާ ފަދަ ގާނޫނެއް ރައްޔަތުންގެ މަޖްލިހުން ފާސްކުރަން ޖެހޭ.ކެރޭނެ ތަ؟

    85
    73
    • ޞ

      ކަލެއަކާ ބެހޭކަމެއްނޫން.

      31
      55
      • އަބްދުއްލަޠީފު

        ފުރޭތަ ބުރޭންޑަކީ މިހާރު ޒުވާނުންގެ މެދުގައި ވަރަށް މަޤުބޫލު ބުރޭންޑަކަށް މިވަނީ ވެފައެވެ. ތިވެސް އެ ބުޜޭންޑުގެ ސޮރެއްހެން އެބަ ހީވެއެވެ. ދެރަކަމަކީ މިގޮތަށް ފުރޭތަ ހެދިގެން އުޅޭ ކުދިންގެ އަޚުލާގު ދަށްވުމާ އަދި އެމީހުން އެޖައްސައިގެން އުޅޭ ސިފަޔަށް ނޫޅޭމީހުންނަކީ ކަޓު މީހުންކަމަށް ދެކޭކަމެވެ. މުޖުތަމަޢުގެ ޅަދަރިންނަށް މިދެވެނީ ވަރައް ނުބައި މެސެޖެކެވެ.

        12
        8
        • ކިޔަާ ކުއްޖާ

          ބޯދިގު ކޮށްގެން އުޅޭ އެންމެން އެއީ ގޯސް މީހުންނެއްނޫން

      • ޝަރޭ

        ސަހާބީންވެސް ތިއްބެވީ ބޯ ދިގުކޮށް.. ބޯދިގުކުރުމެއްނޫން ގޯހީ.. އުޅުން ގޯހީ.

        26
        4
    • ޙަސަނުގެދަރި

      ފިރިހެނުންގެ އިސްތަށިގަނޑު ކޮޑާ ހަމައަށް ހުރުން އެއީ މައްސަލައެއް ނޫން ކަމަށްވަނީ . ބޮލުމެދަށް އައްސާ ހުޅި ނުޖަހާ ކަމަށްވާ ނަމަ

      15
    • ރައްޔިތުމީހުން

      ބޯދިގުވުމަކުން، މީހަކު ލާ އެއްޗަކުން، އެމީހަކު މިނާނުކިރޭނެ..

      މިހާރުވެސް ތިބުނާ މަޖްލިސްގަ ކޯޓު ފަޓުލޫނު ލައިގެން ތިބީ، ތިބުނާ ކަހަލަ ބޯދިގު ޒުވާނުން ނަށް ވުރެ މާ ނުރައްކާ މީހުން ގިނައިން..

      24
      1
    • ސޭކު

      ބޮލުގެ އިސްތަށިގަނޑު ދިގުވެގެންތަ މީހުން ގޯސް ވަނީ ؟

      މަށަކަށް ހިޔެއްނުވެ ރަދީފަށްވެސް ތިކިޔާ މަޖްލިސް ރަނގަޅުހެނެއް. އެކަމަކު އެތާކު ނެތް ބޯދިގުކޮށްފަ ހުރި ޒުވާނެއް.

      14
      1
  2. ޑައިވަރޭ

    ތައުބާވާން ހަނދުމަކޮށްދީފައި ތައުބާ ނުވެވެނީސް ދުނިޔެ ދޫކުރުން އިބުރަތުން ފުރިގެންވޭ...
    ވަގުތުފާއިތު ނުވަނީސް ތައުބާވޭ....
    މާތްﷲ އުދައްޔުގެ ފާފަފުއްސަވާދޭންވެ، އާމީން

    133
    8
  3. ޒޯ

    އެޓްލީސްޓް ހީ ބިލީވްސް އިން ﷲ

  4. ހަސަން

    ފޯޓޯ ލާފައި މީހާ ބޭނުން ގޮތަކަށް އުޅެންވީ ދޯ..

    48
    16
  5. ހައިރާން

    މިހުންނަނީ އަޖާއިބު ހައިރާންވާވަރުގެ ވާހަކަ. ކޮންމެ މީހަކާ މެދުވެސް ހެޔޮކޮށް ހީކުރަންވާނެ. އެކަމަކު މި އުޅޭ ބަލި ހައްދުފަހަނައަޅާފައިވާ ކުދިން ދައްކާނީ ހެއްދެވި ފަރާތުގެ މަތިވެރި ވާހަކަ. ދެން ދައްކާނީ މާތް ރަސޫލާ ދެއްކެވި ނަމޫނާގެ ވާހަކަ. ނިކަމެތިންނަށް އެހީވާންޖެހޭ ވާހަކަ. ދަހިވެތި ނުވެ އެހެން މީހުންނަށް ދޭންޖެހޭނެ ވާހަކަ. މާފުދޭ ވާހަކަ ތައުބާ ވީމާ ގަބޫލުކުރައްވާ ވާހަކަ ދައްކާނެ. މިވާހަކަތައް ދައްކަނީ މި މީހުން ކުރަން އެދޭ ކަންކަމަށް މަގުފަހިކުރުމަށް. ކުރާ އަމަލުން ހުންނާނީ އަބަދު ގަހުކުރީގައި. ހަމައިގައި ހުންނަ ފަހަރަށްވުރެ ގިނަވާނީ ނުހުންނަ ފަހަރު.

    61
    5
  6. ދަސްވެ

    ފޭސްބުކުން ދީނީ ޕޯސްޓްތައް ޝެއަރ ކުރެވިދާނެ. ނަމަވެސް އަސްލު އެކަން އަމަލުން ފެނުން އެއީ ބޭނުންތެރި ގޮތަކީ. މައްޔިތާގެ ފާފަފުއްސަވާށި.

    80
    7
  7. އަބްދު

    އެންމެންވެސް ފޭސްބުކްގަ އޮނާނީ ތިހެން

    39
    6
  8. ޙުއް

    Who are you to judge Mr or Ms or Mrs. New generation.
    Keep your judgmental opinion ur self

    25
    8
  9. ޖެސީ

    ވިސްނައިފި ބަޔަކަށް އިބްރަތެއް.

    33
    1
  10. ނނނ

    މީހުން ހައްޔަރު ކޮށް ކޮށްފަ އަނެއް ދިރުން ނެރޭ. އޭރުން އޮންނާނީ ގައުމުގަ ކުށް މަދުވެފަ

    20
    2
  11. ދޮން ބަބުރު ސޮރު

    " 1000 ކުށް ކުރެވުނު ކަމުގައި ވީ ނަމަވެސް ﷲގެ ހަޒުރަތަށް ރުޖޫއަވެ، ތައުބާ ވުމަށް" ހަނދާންކޮށްދީފެވެ."
    ވ ރަގަޅު، ތައޮބާ ބުމަށް އެހެން މީހުނަށް ހަނދާކޮށް ދޭން ޖެހެނީ އަމިއްލައިން ތައޮބާ ވާނަމަ، އެކަމަކު ކަންފަތުން އެކަނިވެސް ތައޮބާވެ އަޅުވެތި ވެފަ މިންވަރު ދޭހަވެއްޖެ.

    28
    9
  12. މަ

    ހެޔޮނުވާނެ ހެޔޮބަހެއް ހެޔޮދުއާ އެއް ނުކުރަންޏާ މަޑުން ތިބޭ.ﷲ މޮޅަށް ދެނެވޮޑިގެން ވާނެ.

    53
    3
  13. ޝަރުމީލާ

    ތިބުނާ މެސެޖް ވެސް ހިމަނާލިނަމަ

  14. Anonymous

    ސައްހަ މައުލޫމާތު ހިއްސާ ކުރަށްވާ... ހިތު ހުރިގޮތަށް ހަބަރު ނުލިއުމަށް ގޮވާލަން... ވ ސަލާމް

    3
    1
  15. ރަދީފް

    ސާބަހޭ.ކޮމެންޓްސް ކިޔާލީމަ ބައެއް ޒުވާނުންގެ ސިކުނޑީގަހުރި ''ގައްޑާ ވިސްނުން'' އެނގި ހާމަ ވެއްޖެ.ވ.ވެދުން

    2
    1