އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސަސް (އެފްއާރުއެސް)ގެ ކޮމާންޑަންޓްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ޝަރީފް އައްޔަންކޮށްފިއެވެ.

ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މުހައްމަދު ޝަރީފަށް ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ފަޔާ އެންޑް ރެސްކިއުގެ ކޮމަޑާންޓަކަށް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ޝަރީފް އައްޔަން ކުރީ ކުރިން އެ މަގާމުގައި ހުންނެވި ކާނަލް މުހައްމަދު މުހުތާރު، "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން"ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތްކުރެއްވުމަށް ސަޢުދީ އަރަބިއްޔާއަށް ވަޑައިގަތުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޝޯގީ

    މަރުހަބާ