ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާ ހިލާފަށް ބޭރުގައި އުޅުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 31 އިން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 1،551 މީހަކު ވަނީ މާސްކް ނާޅައި ބޭރުގައި އުޅުމުގެ ސަބަބުން ޖޫރިމަނާކޮށްފައެވެ. އަދި މަނާ ގަޑިތަކުގައި ވެހިކަލް ދުއްވައިގެން 988 މީހަކާ 271 ވެހިކަލެއް ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ނެރުނު ތަފާސް ހިސާބުތަކުން އެނގެއެވެ.

މިއާ އެކު، މި އަށް ދުވަސް ތެރޭގައި ޖޫރިމަނާކޮށްގެން ދައުލަތަށް ލިބޭ އަދަދު ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ވަނީ އަރައިފައެވެ. އަދި ތަކުރާރުކޮށް ބަޔަކު ޖޫރިމަނާކޮށްފައި އޮވެއްޖެ ނަމަ، މި އަދަދު މިއަށް ވުރެ އިތުރުވުން އެކަށީގެންވެއެވެ.

އާ އުސޫލު ބުނާ ގޮތުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކަށް އާންމު ފަރުދަކު އަމަލު ނުކޮށްފިނަމަ ފުރަތަމަ 1،000 ރުފިޔާ، ދެވަނަ ފަހަރު 3،500 ރުފިޔާ، އަދި ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ދެން ތަކުރާރު ކުރާ ކޮންމެ ފަހަރަކު ޖޫރިމަނާ ކުރާނީ 10،000 ރުފިޔާއިންނެވެ.

އެ އެންގުންތަކަށް ގާނޫނީ ޝަހުސަކުން އަމަލު ނުކޮށްފިނަމަ ފުރަތަމަ ފަހަރު 5،000 ރުފިޔާ، ދެވަނަ ފަހަރު 25،000 ރުފިޔާ، ތިންވަނަ ފަހަރު 50،000 ރުފިޔާ، ހަތަރުވަނަ ފަހަރު 75،000 ރުފިޔާ ޖޫރިމަނާ ކުރާނެއެވެ. ފަސްވަނަ ފަހަރުން ފެށިގެން ތަކުރާރު ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ އެޗްޕީއޭ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރު ކުރުން ހިމެނެއެވެ.

މީގެއިތުރުން މާލެ ސަރަހައްދުގައި ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް އެއްގަމު އުޅަނދުތައް ދުއްވުން މަނާ ކުރުމާއި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މަގުމަތީގައި އުޅުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  ދެން ތި ހުރިހާ ފައިސާއަށް ކުރާކަމެއްވެސް ތައްޔިތުންނަށް އެނގެން ވާނެ....

  10
 2. އައިމަން

  ޜައްޔިތުން ފެލިދާނެ ކިތައްމެ ވަރަކަށްވެސް އިތުރުކުރާ ބޭކާރު މަޤާމުތަކަށް ފައިސާ ހަމަޖެއްސުމަށާއި ބަޖެޓް ސަޕޯރޓަށްވެސް ފައިސާ ނެގިދާނެ އެކި ނަންނަމުގަ އެކަމަކު ހަރުދަނާކޮށް ޕްލޭންކުރެވިގެން އެއްވެސް ކަމެއް ކުނުރެވޭ ކުރެވޭހާވެސް ކަމަކީ ފުލުހުން ލައްވަެި ފައިސާ ހޯދުން...

 3. ސިނެކް

  ދެންތިވެސްސިޔާސީކަމަކަށްހަދާލާ ޖޫރިމަނާކުރިމީހުން ގެދިފާއު ގަ އަވަހަށްބަޔަކު ޖަމިއްޔާއެއް ހަދާ މިއޮތީޑިމޮކޮކޮރެސީ ގައުމެއް

  2
  4
 4. ސިރާނީ

  ފައްޔާޒް ބަނޑައް އަޅާހާ ފައިސާ އެއީ ރައްޔިތުން އަތުން ފެލައިގެން.. ޔާމީނޭ އަދި ކިއައެއްނު މި ނުލަފާ ނުބައި މީހުންތައް، ލަދެއްވެސް ނުގަނޭ ވިއްޔާ

 5. Anonymous

  ބަންގާޅިން ޖޫރިމަނާނުކުރަނީ އެއީ ކޮވިޑް ފްރީބައެއްތަ

 6. ނނނ

  އޯކޭ ތިހާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުން އަންފެއަރ. އެކަމަކު ދެން ދިވެހިންވެސް ވެއްޖެ ދޯ އަމަލުތައް އިސްލާހު ކޮށްގެން ވެސް ދައުލަތަށް މި ރުފިޔާ ނުލިބޭނެ ގޮތެއް ހަދަން. އާން އެމީހުނަށް ޖެއްސުމަށް މާސްކާ އެއްޗެހި އަޅާ ކަރފިއުގަ އޮންނަ ގަޑިއަށް ގެއަށް ވަނީމަ އެމީހުނަށް އެލާރި ކޮޅު އަތެއް ނުލެވޭނެ ދޯ