އިސްލާމިކް މިނިސްޓްރީން 20،000 މުސްހަފު އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

މިއީ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން ސްކޫލްތަކުގައި ކީރިތި ގްރުއާން ކިޔެވުމަށް އިސްލާމިކް މިނިސްޓްރީން ހަވާލު ކުރި މުސްހަފްތަކެކެވެ.

މި މުސްހަފްތައް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މުސްހަފްތަކާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

މި މުސްހަފުތަކަކީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ހަދިޔާ ކުރި މުސްހަފްތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ކީރިތި ގުރުއާނުގެ އިނގިރޭސި ތަރުޖަމާ އަދި މުސްހަފު އިސްލާމިކް މިނިސްޓްރީން ދޫކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދުބިންސައީދު

    ތިޔައީ މީގެ އެތައް އަހަރެއްކުރިން ސައޫދީން ހަދިޔާކުރި މުސްހަފްތަކެއް. އިސްލާމީމަރުކަޒުގެ ތިރިބައިގާ ސަތަރިއަޅާފާ އެތައްދުވަހެއްވަންދެން ބަހައްޓާފާ ހުރި އެއްޗެއް.