އައްޑޫ ސިޓީ އިހަލާއި (ކްލަސްޓާ) ގުޅުން ހުރި އިތުރު މީހަކު ގދ. ތިނަދޫން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، އައްޑޫ އެއާޕޯޓް އިހަލުގެ ގާތުން އެއްތާވި މީހެއްގެ ގޮތުގައި ތިނަދޫން ފާހަގަކުރެވުނު މީހާ އާ ގާތުން ބައްދަލުވި މީހަކު މިއަދު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

މިއާއެކު ތިނަދޫގައި މިހާރު ބަލި ޖެހިފައި ތިބި ތިން މީހަކު އެބަތިއްބެވެ.

އައްޑޫ އިހަލުން މިހާރު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 23 އަށް އަރައިފިއެވެ.

ތިނަދޫން އިއްޔެ ވަނީ ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ފައްސިވެފައެވެ. މިއާއެކު އެރަށުގައި ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

އޭގެ ކުރިން އައްޑޫއިން ތިނަދޫއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އެ ވޭދަނައާ ގުޅިގެން އެރަށް އަދިވެސް އޮތީ މޮނީޓަރިންގ ހާލަތަށް ލާފައެވެ.

ކިޔުންތެރިންގެ ހިޔާލު