އައްޑޫސިޓީގައި ފެތުރެމުން އަންނަ ކޮވިޑް-19 ވޭދަނަ އާއި ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނެރެފައިވާ ބަޔާނަކީ ދޮގު، ވާހަކަ އޮޅުވާލަން ނެރެފައިވާ ބަޔާނެއް ކަމަށް ގދ.ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެން ފަށާފައިވަނީ މާލެއިން އެރަށަށް ޓްރެއިނިން އަށް ދިޔަ ދެ މީހެއްގެ ފަރާތުން ކަމަށް އެސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވަނީ ވިދާޅުވެފައެވެ. އަދި އެކަން ޔަގީން ކުރަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން އޭވިއޭޝަން ކޮމާންޑުން ވަނީ އެއީ އަގުވައްޓާލަން ކުރާ ކަމެއް ކަމަށާއި އެރަށަށް ދިޔަ މުވައްޒަފުން ދިޔައީ ނައްސި ޕީސީއާރު ޓެސްޓު ލިބިގެން ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ، ސޯބެ ދެއްކެވި ވާހަކަތަކާއި ދެކޮޅަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނެފެފައިވާ ބަޔާނަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށާއި އެގޮތަށް ވިދާޅުވާން ކެރެނީ އިތުބާރު ހިފޭ ފަރާތަކުން އެކަމުގެ ހަގީގަތް ހާމަ ކޮށްފައިވާތީ ކަމަށެވެ.

"އެތަނަށް ދިޔަ އެއް ކުއްޖަކު ދިޔައީ ޓެސްޓް ހަދައިގެން. އަނެއް ކުއްޖާ ދިޔައީ ޓެސްޓް ނަހަދާ. އެހެންވެ އެކުއްޖާ ވާހަކަ އަޅުގަނޑު މެންޝަން މި ކުރަނީ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ މިހާރު ވަނީ ޕޮޒިޓިވް ވެފައި މާލެ ކޮޅުން" އަމްޖަދު ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ، ތިނަދޫގައިވެސް މިވަގުތު ފެންނަމުން ދަނީ އެ އިހާއަށް ނިސްބަތްވާ ވޭދަނަ ކަމަށާއި އޭވިއޭޝަން ކޮމާންޑުން އެކަން ކޮށްގެން އުޅެނީ ސޯބެ ތެދު ބަޔާން ކުރުމުން އެކަން ދޮގު ކުރަން ވެގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސިނެކް

    އޭވިއޭޝަން500000ރ ޖޫރިމަނާކުރަންޖެހޭނެ ތީބޮޑު
    އިހުމާލެއް

    16
  2. މާމީ

    ސަރުކާރުން ސީދާ ރައްޔިތުންނައް ދިން އަނިޔާއެއް މައެމޫނާ އައް ދައުވާކުރެވެން ޖެހޭނެ.

    12
  3. ހޯހޯ

    މުޅިންވެސް މި ނާގާބިލް ސަރުކާތުގެ އިހުމާލު އޭވިއޭޝަން ތަކަކުންވެސް ނުބަލަ ބަލަންވާ ވަރާ ގާތަކަށްވެސް ހުރިހާ ގެއްލުމެއް ރައްޔިތު މީހާއަށް ދެނއ ބޮޑުން ޓީވީތަކަށް އަރާފަ ބުނާނެ އޮޅިގެން ވީކަމެކޭ ބަލާފަ ފިޔސވަޅު އަޅާނަމޭ އެނިމުނި އެހިސާބުން. މިކަންކަން މިހިސާބަށް ގެންދިޔައީ ސަރުކާރުގެ ދޯދިޔާކަމުން