ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ބައެއް އިލްމުވެރިން ދެއްވަމުން ގެންދަވަނީ ޖިންސީ ގުޅުމުގެ އިރުޝާދު ކަމަށާއި އެފަދަ ބޭފުޅުންގެ އިރުޝާދު ރައްޔިތުން ބަލައިގަންނާނީ ކިހިނެއްތޯ ސުވާލު އުފައްދަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ދީނީ ޢިލްމުވެރިން ވަރުގަދަ ރައްދުތަކެއް ދެއްވައި ނަޝީދު ލަދުގަންނަވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިއުޒިކަށް އޮތް އިސްލާމް ދީނުގެ ހުކުމާ ގުޅޭ ގޮތުން މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން ވަނީ ވާހަކަ ދައްކާފައެވެ. އެކަމާ ގުޅިގެން ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބަޔާނަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ވާހަކަފުޅުތަކުން ވެސް އަދި ރައްޔިތުންގެ މެދުގައި ވެސް ދެކެވޭ އެއް ވާހަކައަކީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ލިބިފައިވާ މިފަދަ ބައެއް އިލްމުވެރިން ދެއްވާ އިރުޝާދަކީ ޖިންސީ ގުޅުމުގެ އިރުޝާދު ކަމަށް އެނގޭ ކަމަށެވެ.

"އަޅުގަނޑު އިއްޔެ މި މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަވަނިކޮށް އަޅުގަނޑު އަޑު އެހިން، ހުއްދަ ލިބިވަޑައިގެންނެވި ތިއްބެވި ބައެއް ބޭފުޅުން ދެއްވާ އިރުޝާދަކީ ޖިންސީ ގުޅުމުގެ އިރުޝާދު ކަމަށް، އެހެންވީމަ އެ ބޭފުޅުންގެ އިރުޝާދުތައް ކޮން މިންވަރަކަށްތޯ ރައްޔިތުން ބަލައިގަންނާނީ، އެއީ އަޅުގަނޑުމެންނަށް އުނދަގޫ ވެފައިވާ ކަމެއް ކަމަށް އިއްޔެ މި މަޖިލީހުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވީ މިނިވަން ފިކުރުގެ ކާފިރުން މިއަދު އަންނަނީ އިމެއްނެތި ޖިންސީ ގުޅުން ހިންގައި، ދެ ފިރިހެނުން ވެސް ކައިވެނި ކުރަމުން ކަމަށެވެ. ދެ އަންހެނުން ވެސް އިންނަނީ ކަމަށާއި، އޭތިމީތި ބޭނުން ކުރަމުން އަންނަކަމަށްވެސް ޒައިދު ފާހަގަ ކުރެއްވިއެވެ. އަދި އެކަންކަމުގައި އޮންނަ ރިވެތި އުސޫލުތައް ކިޔައިދިނުމަކީ ޝައިހުންގެ މައްޗަށް ވާޖިބެއް ކަމަށް ޒައިދު ވިދާޅުވިއެވެ.

"ވީއިރު މި ކަންކަމުގައި އޮތް ރިވެތި އުސޫލުތައް ކިޔައިދިނުމަކީ ޝައިޚުންގެ މައްޗަށް ވާޖިބެއް." ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ، މުޅި މަޖިލިސް ރުޅިއަޔަސް މިކަންކަން ޝައިޚުން ކުރައްވާނެ ކަމަށާއި ރައީސް ނަޝީދަކީ ހަމަނުޖެހޭ ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށެވެ.

ޒައިދު ވިދާޅުވީ، ރައީސް ނަޝީދު ވެރިކަމުން ވެއްޓުނީ ވެސް ދެއްކެވުނު މޮޔަ ވާހަކަތަކުގެ ސަބަބުން ކަމަށެވެ.

ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ޑރ.މުޙައްމަދު އިޔާޒް ވިދާޅުވީ، ކޮންމެކަމެއް ވެސް ކުރަންވީ އެންމެ ރަނގަޅު ގޮތް، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ކަމަށެވެ. އަދި ޢިލްމުވެރިން ކުރައްވާކަމަކީ އެ ގޮތަށް ރައްޔިތުންނަށް އަންގަވައި ދެއްވުން ކަމަށާއި، ޗެމްބަރގަ އިންނަވައިގެން ރައީސް ނަޝީދު ގޮވާފާނެ ގޮވެއްޔަކަށް އިލްމުވެރިން ނުބައްލަވާނެ ކަމަށެވެ.

މީގެ އިތުރުން އިޔާޒް ވިދާޅުވީ ގުރައިދޫ މަރުކަޒުން ޖާގަ ހޯދަން ޖެހިފައިވާ މީހަކަށް ދީނީ ޢިލްމުގެ ފޮނި މީރުކަމާއި، އެ ޢިލްމުގެ ފުޅާކަން ނޭނގުމަކީ ހައިރާންވާންޖެހޭކަމެއް ނޫން ކަމަށާއި ނަޝީދު ވެރިކަން ނިމުނުކަން އެއީ ދިވެހިންނަށް ލެއްވި ރަޙްމަތެއްކަމަށާއި، އެ ކަންކަމަށްޓަކައި ތާއަބަދު ޝުކުރު ކުރަން ޖެހޭކަމަށެވެ.

މި މައްސަލައާއި ގުޅިގެން ޝައިޚް ޒަމްޒަމް ފާރިޝް ވަނީ ލާދީނީ މީހުން ހީކުރަނީ އިސްލާމްދީނުގެ ޙުކުމްފުޅުތަކަށް އަރައިގަނެ ބޭނުންހައި އެއްޗެއް ކިޔާއިރު، ފައްޅީގައި ޖުއްބާ އިސްތިރިކޮށްގެން ނިއްކުރިއަށް ރުލެއްނާރުވާ ތިބޭ ފާދިރީންހެން ހައްޕުކިޔައިގެން ދީނީ ޢިލްމުވެރިން ތިބޭނެކަމަށްތޯ ސުވާލު އުފައްދާފައެވެ.

"ޕޯޕްމެން އެހެން އުޅުނަސް ޢީސާގެފާނާއި މޫސާގެފާނާއި ރަސޫލާ(ޞޢޥ) އުޅުއްވީ އެހެނެއްނޫން. އިސްލާމްދީނުގެ ދިފާޢުގައި ބުނަންޖެހުނު ކޮންމެ އެއްޗެއް، ބުނަންޖެހުނު ކޮންމެ ރާގެއްގައި ބުނަން ޖެހުނު ކޮންމެ ބަސްމަގެއްގައި އެ ބޭކަލުން ވިދާޅުވި" ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވިއެވެ.

މީގެ އިތުރުން ޝައިޚް ފާރިޝް ވަނީ ޖިންސީ އިރުޝާދޭ ވިދާޅުވެ މިއަދު އެހެން މީހުންނަށް އިނގިލި ދިއްކުރައްވަނީ، ކެމްޕެއިން ދުވަސްވަރުގައި ޒިނޭ ހުއްދަކުރަން ބާރުއަޅައި ވާހަކަދެއްކެވި ބޭފުޅާނޫންތޯ ވެސް ސުވާލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

53 ކޮމެންޓް

 1. އައިޝާ

  ސާބަހޭ👏އިލްމުވެ ރިންނަށް

  168
  9
  • ވިސްނާލުމަށް އެދެމޭ

   އޭ ބަލަ މިހިރަ ޒިޔާދާ ޒައިދާ ބަލަ ކަލޭމެންބުނި ރއިބުރާހިމަކީ ރަސޫލާ ދުޢާދެއްވިފަދަ ވެރިއެކޭ..އެފަދަ ވެރިއެއްގެ ވެރިކަމުގަ އެއްވެސް ގައުމެއްގެ ރައްޔިތުންނަ ފުރުސަތުލިބޭނެތަ ބޭނުންހާއެއްޗެ ކިޔާ ބޭނުންގޮތަކަށް އުޅެން..ކަލޭމެން ހެކިދިން ވެރިމީހާ ކީއްވެ ހައްޕުކިޔައިގެންހުންނަނީ އިސްލާމްދީނަށް ފުރައްސާރަކުރާއިރު މަޖުލިހުގަ...ކަލޭމެން ހެކިދިންކަން ހަދާންއެބަހުރިތަ ނަމާއެއްފަދަ ސޯލިހު މީހެކޭ އިބުރާހިމަކީ..ދެންބުނޭ ނަޝީދާ އިބުރާހިމާ ދެމީހުންނަކީ ވަކިދެމީހެކޭ...ރިޔާސީބަޔާނުގަވެސް ހަރުކަށި ފިކުރުގެ ވާހަކަ ދެއްކިއްޖެ ..އެކަމަކު ލާދީނީ ފަތުރާ ކާފަރުންގެ ވާހަކަ ނުދެއްކުނު..

   32
   4
 2. ސީސީ

  މި ކެނެރީ ކަލޭގެ އަކީ ދިވެހި ރާއްޖޭގެ މިޒަމާނުގެ ފިރުޢައުނު. މިކޮމެންޓު ޖަހަންކެރޭނެ ހިތްވަރެއް އެބަހުރިބާ؟

  200
  10
 3. ނަޖީބު އައްބާސް

  މިތާކޮބައިތޯ ނަސީދު ލަދުގަންނައްޖޭހޭ ވަރު އެއްޗެއްބުނެވިފަ! ތިންހާހަކައް މީހުންކުރީމަތީ ދީބނީ އިލުމވެރިން ދައްވާހަކަ އަގަނޑު ޔޫޓިއުބުން ދުށީމް އަޅުގަނޑު ހިތައް އެރީ މީހާގިނަބައެއް ތެދާ ދޮގު ވަކިނުކުރެވޭ ހާލުގަ މީތިބީ ކީއްވެބާއޭ

  29
  74
 4. Anonymous

  😀

  20
  1
 5. އަޑަފި

  ޒައިދުމެން ދެން ކޮންމެ ވާހަކައެއް ދެއްކިޔަސް، އެމީހުން ހިތައްއެރިހާ ކަމެއް މިގައުމުގަ ކުރުމުގެ ގާނޫނީބާރު އެމީހުންނަށް ހޯދައިދިނުމުގެ މުގުލުގަ ތިއްބެވީ ޒައިދު މެންނެވެ. އިބޫއާ އަންނިއަކީ އެއްތަށިންކައިގެން އެއްވިސްނުމެއްގެ ދެމީހުންކަން އެނގޭއިރުވެސް އަދިވެސް މިސަރުކާރަށްސަނާ ކިޔަމުންދަނީ އިމްރާންމެންގެ މަޤާމު ގެއްލިދާނެތީއެވެ. ޒައިދުމެން ކިތައްމެ ވަރެެއް ދެއްކިޔަސް މިގައުމުގަ އަންނިމެން ފަތުރަންއުޅޭ ލާދީނިއްޔަތު ހުއްޓުވޭނެ ގޮތެއް ފަސޭހަގޮތަކަށް ދެނެއް ނުހޯދޭނެއެވެ. 23 ޑިސެމްބަރުގަ ނުކުތްގޮތަށް މީހާރު މީހުނެއް ނުނިކުންނާނެއެވެ. ނުކުތަ ނުވެސްދޭނެއެވެ. އިސްލާމްދީނޭ ތަންކޮޅެއްބާރަށް މީހަކު ބުންޏަސް އެމީހަކީ ހަރުކަށިމީހެއްކަމަށްބަލާ ޕޮލިހުންދަނީ ފާރަލަމުންނެވެ. އަމިއްލައަށް ފޭއްސި އިލޮށި މިހާރު ތިހިރީ ޒައިދުމެންގެ ލޮލަށްހެރިފައެވެ. ހެޔޮ އަމަލު ގިނަކޮށް މި ލާދީނީ ބައިގަނޑާ އެމީހުންނަށް އެއްބާރުލުންދިން މީހުންކިބައިން މިންޖުވޭތޯ ދުއާކުރުން ނޫން ކަމެއް ކުރެވޭކަށް ނެތެވެ.

  86
  11
  • ބިލެތްގަނޑު

   އެއްތަށިން ކެއުމަކީ ވިސްނުމާއި ފިކުރު އެއްގޮތްވާ ކަމެއް ނޫންކަން، އެހާރާއި މިހާރުވެސް އެދަނީ ފެންނަމުންނެވެ. މިބުނީ ބަފަޔަކު ހަގުދަރިފުޅު ޕްރިންސެއް ފަދައިން ވެރިކަމުގެ އާރާއި ބާރާއެކު ގަނޑުވަރުގައި ލޯބިން ބަލާ ބޮޑުކުރީމައި ވެސް އެ ދަރި، ދުވަމުން އެދަނީ ބަފަޔަށް އަނިޔާވެރިވެ، ކެހިދިން މީހާގެ ދިފާއުގަ އެވެ. މިބުނީ ރައީސް މައުމޫނާއި، ޣައްސާންގެ ވާހަކައެވެ. ވީއިރު ރައީސް އިބޫ އާއި ރައީސް ނަޝީދަކީ، ލޭގެ ގުޅުމެއް ނެތް ދެ ރަޙުމަތްތެރިންނެވެ. އެމީހުންގެ ވިސްނުން އެއްގޮތްވާކަށް ނުޖެހެއެވެ.

   2
   4
 6. ކޮއިފުޅު

  ތިޔައީ މިޤައުމަންޖެހިފަހުރި ޟައިޙުންގެ ބަލާޔެށް ތިމީސްމީހުން ދައްކާވާހަކަށް ގަބޫލު ކުރާނެ ބަޔަކުމިގައުމު ނޫޅޭ

  24
  82
 7. އިސްތިއުފާ ދެއްވާ

  އެބަ ރަނގަޅުވޭ

  އިސްތިޢުފާ ދޭންޖެހޭ މަޖިލިސްގައި ހޮޅިވާހަކަ ދައްކާ މީހުން. ރައްޔިތުންނަށް މިއުޒިކަކީ ޙަރާމް އެއްޗެއްކަން އެނގޭ.
  އިސްތިޢުފާ ދެންވީ މީހުންގެ ލިސްޓް.
  1. ނަޝިދު
  2. އީވާ
  3. ހަސަން ލަތީފް
  4. އިމްތިޔާޒް

  149
  8
  • ނަސޭހަތް

   ރައީސް އިބުރާހިމް ސޯލިހު

   22
   6
 8. ކެޔޮޅު

  މިނަސީދެއް ވެއްޖެ ދިވެހކންނައް ހުރި ބިރުވެރި މުސީބާތަކައް މިއީ ފައްކާ އިސްލާމް ދީނުގެ އަދުއްވެއް!

  122
  4
 9. ާޣައްތު

  ކެ ރަފާ އިބިލީހު........

  86
  4
 10. ޝުއައިބު.

  އިސްލާމީ ޝަރީއަތް އިނގި ނުލައްވާ އިލްމުވެރިން ވީމަތޯ އަދުލުއިންސާފުން އެއްކިބާވެ ނިޔާ ކަނޑައަޅާއިރު ބަސްނުބުނެ ތިއްބަވަނީ؟ ކޮބާތޯ އަބުރު ގާނޫނު؟ ކޮބާތޯ މުޖްތަމައުގެ އެހެން މައްސަލަތަށް؟ ކޮބާތޯ މެދުކެނޑުމެއް ނެތި ފަނާވާން މިދާ މުޖްތަމައުއަށް އިލްމުވެރިން އަދާކޮށްދޭން ޖެހޭ ވާޖިބުތަށް؟ ވަކި ކަމާ ގުޅުވައިގެން އަޑުފުޅު ގަދަކުރީމާ ޝައްކު ކުރާނެ އެންމެންވެސް..

  49
  10
 11. މީރޭ

  ޔާﷲ. ކަމާލު އަތާތުރުކު ހަލާކުކުރެއްވި ފަދައިން މި ކާފިރު ކަލޭގެ ހަލާކުކުރައްވައި މިގައުމާއި މިގައުމުގެ ރައްޔިތުން ސަލާމައް ކުރައްވައިފާނދޭވެ.

  92
  4
 12. ސިނެކް

  ބުއްޅަހައްމަތަކުރަންވީ އަނެކާވެސް

  57
  3
 13. ފަނީ

  1- ރަސޫލާގެ ހަދީސްތަކުން ބަޔާންވެގެންވާ މީހުނަކީ އެމްޑީޕީ ކަމައް ބުނެ ސަރުކާރަށް ތާއީދު ކުރަނީ އުނި ކަންކަމަށްވުރެ ރަނގަޅު ކަންތައް ގިނަކަމުން ކަން ބުނެފަ ތިދައްކާވާހަކަ ތިހެން ދެއްކީމައޭ މަށައް ކަޑައީ. އެހެންވެގެނޭ ކައެމެންގެ އަގެއް ނެތީ. މަވެސް ކައެމެން ދައްކާ ވާހަކާ ގަބޫލެއް ނުކުރަން މިހާރަކު.

  37
  6
 14. މެންބަރ

  ސާބަސް

  58
  5
 15. އއއ

  ތި ހުރިހާ ކަމެއްގެ ބޮޑަކީ ހިންނަވަރު މްހޮދޭ

  38
 16. ގުރާދޫ

  ނަސީދު ގުރައިދޫއަށް ލާބަލަ. ޕްލީސް

  60
  3
 17. ްްއައްޑޫ ސީދި ބި ޑާ

  އޭމިހިރަފެއްނަ ބުރާންޗާ ލަދުހަޔާތްކުޑަ ކަމުން ރާބޮނީތާ
  ވާނުވާ ނޭގި އައުގުރާނަ ގޮވެނީތާ
  ކަޅު ތެލުން ދުން އެޅުން ހުއްޓަން ނުވޭތާ
  ތިޔަ ގޮނޑީގެ ފައި ބިންދައިގެން ދާތަން ނުފެންނަނީތާ

  37
  2
 18. އައްޑޫ ލެއި

  ދީނީ ޢިލްމްވެރިންނަށް އައްސަރިބަހާއި ސާބަސް ދަންނަވަން. އިސްލާމްދީނުގެ ދިފާއުގައި ތިޔަ ކުރަށްވާ މަސަށްކަތުގައި މާތްﷲ ބަރަކާތް ލައްވާށި އާމީން

  66
  3
 19. އަހުމަދު

  ނަޝީދަކީ ރާއްޖޭގެ ރައްޔިތުންނަށް ޖެހިފަވާ މުސީބާތެއް

  69
  3
  • ސަލީމް

   ރައްޔަތުން އަމިއްލަޔަށް ހޯދައިގަތް ކަމެއް!!

   20
   2
 20. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  ޢިލްމް ވެރިންނަށް ރާއްޖޭގެ ދީނީ މީހުން ވާނޭ ގޮތެއް އަޅުގަނޑަކަށް ނުވިސްނުނު. ޢިލްމް ވެރިއެއްވިއްޔާ ޙިލްމް ވެސް ކޮންމެވެސް ވަރަކަށް ނަމަވެސް ހުންނަންޖެހޭނެތާ. ޢިލްމް ލިބިފައި ޙިލްމް ނެތީމާ ކުރީ ޒަމާނުގައި ކިޔާ ގޮތަށް، "ކިރުނެތް މަންޖެ ވިހޭ ދަރި، ބޯ ނެތް ލޮލުން ދުށީމޭ، ފައިނެތް ސޫފި ގެންދާތީ" އަށް ވެގެން ތިޔަކިޔާ "ޢިލްމްވެރިން" ދިވެހިރާއްޖޭ ގައި ހިނގައްޖެ. އަޅުގަނޑުމެން ގެ ރާއްޖޭގައި މިފެންނަނީ މި ބުނި މުޙާވިރާ ގައިވާ ޖަނަވާރުތަކާއި އެއް ދަރަޖަ އެއްގައި ދީނީ މީހުންގެ ބަހާއި ޢަމަލު، އެބައިމީހުން ބޭނުން ކޮށްފަ ހުންނަތަން. ކިރު ނެތް މަންޖެ އަކީ ބޮނޑު. ބޯ ނެތް ލޮލަކީ ކަކުނި. ފައިނެތް ސުއިއްޕަކީ ނައްނުކަތި(ހަރުފަ). މި ޖަނަވާރު ތަކާއި ދިވެހިރާއްޖޭގެ "ދީނީ ޢިލްމްވެރިން"ނާއި ހުރި ތަފާތެއް ކޮބާ ؟ މީގެ އިތުރުން ގޮޅާބޯ އެކޭ ދިވެހިރާއްޖޭ ގެ "ދީނީ ޢިލްމްވެރިން"ނެކޭ ހުރި ތަފާތެއް ކޮބާ ؟ ގޮޅާބޯ ގެ ހަޤީޤީ މާނަވެސް މިވީގޮތުން މިޖެހުނީ ކިޔާ ދޭން. ގޮޅާބޯ ގެ ޙަޤީޤީ މާނައަކީ ފިރިހެނާ ގެ ............، ހ.....ށި. މޭލް ސެކްޝުއަލް އޯގަން އަށް ކިޔަނީ "ގޮޅާ". ތިޔަ ކިޔާ "ދީނީ ޢިލްމް" ވެރިން ގެ މީހަކަށް ރާއްޖޭގެ ގިނަ ބަޔަކު ކިޔަނީ "ގޮޅާ ބޯ". ދީނީ މީހުން ހެކި ދައްކާ "ލިންކް" ދޭންވާނީ ކީރިތި ޤުރުއާނުން. ރަސޫލާގެ މާތްވެގެންވާ ޙަދީސްފުޅު ތަކުން. ބާޒާރުބަ-ޗާ ބަހުރުވަ އަކުން ނޫން. އެކެއްގެ ދެއަނބިން ޒުވާބު ކުރާ ބީދާ އަކުން ނޫން.

  27
  24
  • ނަސްރުލް އަމީން - ނައުޓީމެޓޮކްސް - ސ.ހިތަދޫ

   ނަމުގެ ކުރިއަށް ޑރ ޖަހައިގެން ގަމާރުން އުޅޭކަން ހާމަވެއްޖެ.އަދި އެމެރިކާގަ ކަނޑުކޮހުން އުޅޭކަންވެސް ހާމަވެއްޖެ.

   14
   4
   • ސަމްސުއްނިސާ

    ނަސްރުލް އަމީން އަށް. މެޖޯރިޓީ ކިޔުންތެރިން ޑޮކްޓަރު ގެ ލިޔުމަށް "ލައިކު" ޖަހާފަ އެއޮތީ އެމެރިކާ ގައި އިންޓެލިޖަންޓް މީހުން ތިބީމަ ތާ ؟!! ތިންކް އައުޓް ސައިޑް ދަ ބޮކްސް. މާނަ އަކީ، "ބުނާ މީހާ އަށް ނުބަލާ"، "ބުނާ އިޝޫ އަށް" ފާޑު ކިޔާށޭ. އިޝޫ އަށް ނަސްރު ފާޑު ނުކިއީ ފާޑު ކިޔޭނެ ކުޑަވެސް ތަންކޮޅެއް ޑޮކްޓަރު ގެ ލިޔުމުގައި ނެތީ. ޑޮކްޓަރު ހާމަ ކުރެއްވީ ޙަޤީޤަތް.

    4
    5
    • އހ

     ބޯކަނޑަން އެކަނިއެނގޭ ޑޮކްޓްރު

     1
     1
 21. ހަނި

  އެގި ތިބެ އެކަލަ ބަ..ޔަަކަށް ބާރު ދިނިމާ ދެރައި ޔﷲ ޔަﷲ މިނުބައި ސަރުކަ ބަލިކުރަވަ އަޅަމެންސަލާމަތްކުރަވާދޭ

  57
  3
 22. ހެހެހޭ

  މިހާރު ހުންނާނީ ރާކަނިމަސް ކާހިތް ފިލާފަ. ދެން ފެންނާނީ އިލްމުވެރިންގެ ރައްދު ހަޖަމު ނުވެގެން ޓުވިޓާގައި އެލެކުސް އަހުމަދު އަވަގުރާނަ ގޮވާތަން.

  56
  1
 23. ﷲގެ އަޅާ

  😀👏👏👏👏

  3
  1
 24. ރިވެތި

  ބަލަ މީގެ ހެއްވާކަމަކީ އަދާލަތުމެ އައްނިއާއި ބައިވެރިވެ އިސްލާމީ ވަހުދަތާއި އަހުދު ހިފައްއްޓަމުން ދިޔަ ރަޢީސްޔާމީން ސަރުކާރުވައްޓާލާ އައްނިއައް ރައްކާތެރިކަން ދިނުމައް އިމުރާނު އެތަނައްލާ އައްނިއަކީ ކުށެއްނެތްމީހަކައްހަދާ މިއަދު ތިޔަހަޅޭ ތިގޮތައްނުލަވާ އެ ލެވިހަޅޭ ކައްވުރެ ވަރުގަދައައްނިކުމެ ޖިހާދުކޮއްބަލަ ކަލޭމެން މިގައުމުގެ ކަންކަންތިހިސާބައްގެއްދިއުމައް މަގު ފަހިކުރީވެސް އިމްރާނު ބުނަނީ އައްނި އަދި މިސަރުކާރުން ތިޔަކަހަލަގެ އެއްވެސް ކަމެއްނުކުރަމޭ

  5
  1
  • ބޯބުޅި

   ރިޔާސީ އިންތިޚާބުގެ ކެމްޕޭނުތެރޭ އަދާލަތުޕާޓީ އެމީހުންގެ ތެރޭއޮވެ ދީފައިހުރި ގިނަ ދީނީ ނަސޭހަތުގެ ސަބަބުން އެމީހުންގެތެރޭ މަގުފުރެދިފައިތިބި ގިނަބަޔަކަށް މިހާރުވަނީ ހިދާޔަތުލިބިފައި. އަދާލަތު ޕާޓީ އެމީހުންގެ ތެރޭ އޮތުމަކީ އެމީހުންނަށްވެސް ލިބުނު ފައިދާއެއްކަމަށް ބަލަމާ ހިނގާ. މިހާރު އެމްޑީޕީތެރޭގައި ލާދީނީ ގުރޫޕަށް ބައިއަތު ހިފައިގެން އުޅެނީ މަދުބަޔަކު. އެކްޓިވިސްޓުންގެ ތެރެއިން ގިނަބަޔަކަށް މިހާރުވަނީ ޙައްޤު އޮޅުންފިލާފައި. ލޯކަލް ކައުންސިލު އިންތިޚާބުގައި އޭގެ ހެޔޮ ބަދަލު ފެންނާނެ ކަމަށް އުއްމީދު ކުރަމާ ބަހީ.

 25. ރައްޔިތެއް

  ނަޝީދު މަޖިލީހުގެއިސްވެރިޔަކަށް އިސްކުރީ މދީނާޚިލާފުވާހަކަ ދައްކާނެކަމަށް ޤަބޫލު ކުރާމީހުން ވޯޓުދީ ހޮވިކޯލިޝަނަކުން މިޤައުމުގެ ދީނީމީހުންތިބީ ގަނެފައިތަ އެމީހުންނަށް އެކަލޭގެއަށް މިކަހަލަ ވާހަކަދައްކަން ފުރުސަތު ދީގެން ތިތިބެނީ ކީއްވެތަ

 26. އަލްޖިބްރާ

  ޔާމީނު ވެރިކަމުގައި އާ އަހަރު ފާހަގަކުރަން ރާއްޖޭންބޭރު ޣައެރު މުސްލިމުން ( ކާފަރުން ) ގެނެސްގެންވެސް މިއުޒިކް ޝޯ ބޭއްވި ! ތިދަންނަ ބޭކަލުންގެ ދުލުގަ އާއި އަތްފައިގާ ހުރީ ތަޅުލާ ބިޑިއަޅާފަތަ ! އެއްޗެކޭ ބުނަން ނުކެރުނީ ހިފާ ހައްޔަރު ކުރާނެ ކަން އެގޭތީ ! ތިވަރުގެ މީހުން ދަންނަ ބޭކަލުންގެ ނަންބޯޑް ޖަހައިގެން ނޫޅުނިއްޔާ މާތާހިރެއްނު ؟ މިހާރު ކޮންމެ އެއްޗެއްކިއަސް ހިފާ ހައްޔރު ނުކުރާނެކަން އެގޭތީ ތިވަރަށް ތި ފުއްޕަނީ ! ހަޤީޤަތަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ އެއްވެސް ކަމެއް އިސްލާމީ މުޖްތަމައު އެއްގައި ހިންގައިގެން ނުވާނެކަން ! ތިދަންނަ ބޭކަލުންނޭ ކިޔާބަޔަކު ނިކުމެ ހަޅޭއްލަވަނީ ވަކިމީހަކު ކުރަން އުޅޭ ކަމަކަށް ހުރަސްއަޅަން ! މިގޮތަށް ކަންތަށް ކުރަން ކަލޭމެން އޫޅޭހާ ދުވަހަކު ކަލޭމެނަށް ކާމިޔާބެއް ނުވާނެ !

  8
  3
 27. ދަރަނި ދަންތުރަ

  މިކަލޭގެއަށް ހިތިނިމުމެއް މިންވަރުކުރަށްވާށި

  5
  1
 28. ބޮޑުހުޅު ޖަމުޢިއްޔާ!

  ޝައިތޯނާ ލަދުގަންނުވައެއް ނުލެވޭނެ! ޝައިތޯނާއަކީ ލަދުޙަޔާތުގެ ކަންފުޅެއްވެސް ހައްދަވާފައި ނުވާ މީހެއް! ދޮގުހެދުމާއި ފާހިޝް ކަންކަމުގެ ޑިގް ރީ ނަގައިގެން ހު ރި މީހެއް!

 29. ާއެނޯ

  ޖިންސީ ގުޅުމާބެހޭ ގޮތުން ހެޔޮނުބައި ވަކިކުރަން ދަސްކޮށްދިނުން. މިއިރުޝާދު ކީރިތި ޤުރުއާނުގައި އެބަހުއްޓޭ ބުނާ މީހާ މުރުތައްދު ވެދާނެ ހެއްޔެވެ؟ ނޫނެކެވެ. ނުވާނެއެވެ.
  ދީނީ ޢިލްމުވެރިން މަސއްކަތް ކުރައްވަނީ ޖިންސީ ގުޅުމާ ބެހޭ "ހެޔޮނުބައި" ފަރުދުންނަށް ސާފުކޮށް ދެއްވުމަށެވެ. ހެޔޮނުބައި ސާފުކޮށް ދިނުމަކީ ޞާލިޙް ޢަމަލެކެވެ.

 30. ޢީސަދަރި

  ކޮންމެ ވާހަކ އެއް ދެއްކިޔަސް މާލޭ މީހުނާއ ިއައްޑޫ މީހުން ތިބޭނީ ކެނެރީގޭ ނަޝީދު ދައްކާ ކޮންމެ މަގަކުން ހިގަން ތައްޔާރަށް. ތިނަދޫ މީހުންވެސް ބޭނުންވާނީ އެގޮތް. ކުޅުދުއްފުށީ މީހުން ނާއި ފުވައްމުލަކު މީހުން ތަންކޮޅެއް ބޮޑަށް " ކްރިޓިކަލް ތިންކިންގ" ހުންނާނެ. ވިސްނާނެ ދީނާ ކުޅޭކަށް ޤަބޫލެއް ނުވާނެ. ނަމަވެސް ދެން އެތިބި މިހުންނަށް އެތިބީ މާއްދިއްޔަތުގެ އަޅުންގެ ކަސްތަޅުން ހައްޔަރުވެފައި. ހޭލެއްވުމަށް " ތަންބީހުލް ޣާފިލޫން" ގެ މުގުރު ބޭނުންވާނެ. ރޢްޖޭގެ ދެންހުރި އަތޮޅު ތަކަކީ މައިނޯރިޓީ. ކުރެވޭނެ ކަމެއް ނެތް. ލެއިލް ސިހުރު ހަދާފައިވާ ބޮނޑިބަތް އެތިބީ ކައިގެން.

  5
  4
  • ޢާލިމް

   މަށަކީ އައްޑޫ މީހެއް. މަށެއް ތި ބައިގަނޑަކައް ތާއީދެއް ނުކުރަން. ނުވެސް ކުރާނަން.

   2
   2
 31. މާމީ

  މިތިބަ އިލްމު ވެރިންނަކީ މިސަރުކާރުގެ ރަގަޅު ކަން ދިވެހި ރައްޔިތުން ނައް ވިސްނަދޭން އެންމެ ގިނައިން ޓުވީޓު ކުރިމީހުން މިހާރު އަހަރެމެން ނުބަލަން ތީ އިލްމު ވެރިން ކަމަކައް ވަރައް ސަލާމް ސިއާސީ ޝޭޚުންނައް.

 32. ތަޅު

  މިގައުމުގައި ގިނަ މީހުން މުސްލިމުންގެ ގޮތުގައި ތިބެނީ ގާނޫނަކުން ލާޒިމް ކުރާތީ.

 33. ޒަމްޒަމް

  ތިޔަ ޝޭޚުން ވާހަކަ ދައްކާ ތިޔަ އުޅެނީ ކީރިތި ރަސޫލާއާ އީސާގެފާނާ ވާހަކަ ދައްކަވައި އުޅުއްވި ރާގުންހެން ވަރަށް ހީނުވޭ. މީހުންނާ ޒާތީނުވެ ރީތި ގޮތުގައި ދީނީ ނަސޭހަތް ދިނުމަށްވުރެ އެހެން ރާގުތައް އިސްކޮށް ޖަދަލުކުރުމުގެ ބަސްމަގު އިސްކުރާތަން އަސްލު ފެންނަނީ. ރަސޫލާއަކީ ކޯފާއިސްކުރައްވައިގެން ހުރެ މީހުންނަށް ރައްދުދެއްވާ ހެއްދެވި ބޭފުޅެއްތޯ.

  9
  1
 34. ލަކީ

  ހެހެ އިލްމު ވެރިން މީކޮމް ބައެއް

  3
  2
 35. މާލެ

  ކޮނެމް ހެނެއް ވިޔަސް ގިނަބަޔަކު މިވެރިކަން ހިނގަނެ ގޮތް އެގިތިބެ ވޯޓު ދީފަ ވަނީ ވީމަ މިއީ އާވެރިކަމެެއް ނުން. ހާަސްކޮށް ދީނި ކަންކަން ނިންމުމުގަ ތަފާތު ތަކެއް ހުރެދަނެ ކަންވެަ ވަރަށްސާފު ކޮސް އެނގެނެ. ދީނުގެ ހުކުމް ތަކަށް އައިސްފާނެ ބަދަލަކަށްވުރެ ވައްކަމެއް ގެ ތުހުމަތު ކުރެވުނީމަ އެކަން މާމުހިމު ވެފަ މިިއޮތީ. އިލްމު ވެރިން އަހަރުމެން ކިޔަނީ ކަންކަން ވާނެ ގޮތް ވެސް ކޮންމެ ވެސް ވަރަކަށް ލަފާކުރަން އެނގޭ މިހުންނަށް. ކަމެއް ވީމަ އެވަހަ ދައްކަން ހުރިހަމިހުން ވެސް ކަމުދަނެ.

 36. ރަދީފް

  ޒައިދު ކަލެއަށް ނެތޭ އަނގަ ހުޅުވެން.ކަލޭތި މިސަރުކާރުގެ މޭސްތިރިއެއް.ހުކުރު ދުވަހު އިސްލާމީ މަރުކަޒުގެ މިމްބަރު ލިބެނިކޮށް ކަލެއަށް އޯކޭ.ލަދު ކޮބާ؟؟ #

  4
  1
 37. ވިސްނާ

  ނަޝީދުލަދުގަންނާނެބާ މިހެންމިބުނީ ދީނީއިލްމުވެރިންގެނަމުގައިތިބި ބައެއްބޭފުޅުްންގެ ބަސްމަގާ
  އެފަރާތްތަކުގެ އެހީތެރިކަމާއެކުކަމަށްވެދާނެ އިސްލާމްދީނަށް ތެދުވެރިލޯތްބެއްހުރިނަމަ އިސްލާދީނާ
  މާތްރަސޫލާއަށް ހަޖޫޖަހާ، ގުރައިދޫންޖާގަހޯދަންޖެހޭ ދީނީ ޢިލްމުގެ ފޮނިމީރުކަންނޭގޭފަރާތްތަކެއްގެ
  ފަހަތުގައި ސަނާކިޔާކަށް ދީނީ ޢިލްމުވެރިންގެނަމުގައި ނުތިބޭނެ

 38. ބަކުރު ބިން އަބޫ ބަކުރު ސިއްދީގް

  ތިތިބީ ހައްތަހާވެސް ސިޔާސީ ޝޭހުންނެންނު ކޮބާ އަދިއުޅޭނެ އިމްރާނާ އިޔާސްއާ

 39. އާދަމް

  ކައުންސިލް އިނތިހާބް އެމްޑީޕީ އަށް ކާމިޔާބު ނުވުމުގެ ޒިންމާ ނަސީދު އާއި އީވާ އާއި އިންތި ނަގަން ޖެހޭ. ޢިންތިހާބު ކާމިޔާބބު ކުރަން ބޭނުން ނަމަ މިމީހުން ޕާޓީން ބޭރު ކުރަން ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ގޮވާލަން

  1
  1
 40. މމނ

  ރައީސް ނަޝީދު ،، ރައްޔިތުންގެ ވިންދާ ނުކުޅުއްވާ،، ރައްޔިތުން އަނޑަރ އެސްޓިމޭޓް ތިކުރައްވަނީ.. ދިވަހިންނަކީ ދީނަށް ނޫޅުނަސް، ދީނާ ދެކޮޅަސް ތެދުވާ މީހުންނާ ވަރަށް ގަދަޔަށް ދިމާކޮށްލާ ބައެއް .. މިޔުޒިކު އާއިލާއަށް ވުރެ ދީނީ އާއިލާ މާ ބޮޑުވާނެ.. މާ ވަރުގަދަވާނެ.. ހަނދާން ކުރާތި..

 41. އެލެކްސް

  މަމިއޮތީ ލަދުން ގޭން ނުކުންނަން ނުކެރިފަ މާ މޮޅު އިލްމްވެރިންތަކެއް ދެއްކި މޮޅުވާހަކަތަކަކުން

 42. ހަދުމަ

  ވިސްނަވާލައްވާ! ކީއްވެތޯ ބިރުފަހަނައަޅައޖގެންގޮސް މިއުޅެނީ! ބިރުވެތި ކަމެއްނެތި ހުރިހާ ނުބައިކަމެއް ފާސްކުރަމައް މަސައްކަތް ކުރަނީ!
  އަހަރުމެން ކުޑައިރު ބުނާއަޑުއަހަން ދޫރައްކާތެރިކުރުން، ބުނާއެއްޗެއް ބުނުމުގެ ކުރިން މަސްލަހަތައްވިސްނުން މަޑުމައިތިރިކަން އަދި ލަދުވެތިކަންގެންގުޅޭށެވެ.
  އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑުމެންގެ ވެރިންނަން ހެޔޮވިސްނުންދެއްވާ، މިބިން ފަސާދައިގެ ތެރެއަށް ނުގެންދިއުމެވެ.

 43. ޞބބ

  ނަޝީދު ދައްކަވާ ބައެއް ވާހަކަތަށް އަޅުގަނޑަށް ކަމަކު ނުދޭ. އެކަމަކު އިލްމުވެރިންގެ ތާކިހާ އަޅައިގެން އުޅޭމީހުންގެ އަމަލުތަކާ ބަސްތަޢްވެސް އެހާރަގަޅެއްނޫން. ފުރަތަމަ ކަމަކީ ހަގީގީ އިލްމުވެރިޔަކު ދުވާލު ދެދަޅައަށް މީހުންނާ ޖަދަލު ކުރަމުން ނުދުވާނެ. އަދި ބައިބައިވުން އުފައްދަން މަސައްކަތެއް ނުކުރާނެ

 44. ބެއްޔާ

  މިޒަމާނުގެ އިލްމްވެރިން ބުނަނީ އެމީހުންގެ 10 މީހުންނާ ރަސޫލު ބޭކަލަކާ އެއްވަރުވާނެޔޯ! މިމީހުން ދައްކާވާހަކަ ގަބޫލް ނުކުރާ މީހުންނަކީ މަރު ހުއްދަވާބަޔެކޯ؟ އަޅެ މީހަކު އަންތަރީސް ނުވާނެތަ؟