އައްޑޫ ސިޓީގައި ރޭގަނޑު 8:00 އިން 4:00 އަށް ކާފިއު ހިންގަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

ކޮވިޑް-19 އަށް ގުޅިގެން އެޗްޕީއޭއިން އައްޑޫ ސިޓީގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނިންމީ މިއަދު އެވެ.

އެގޮތުން ޑައިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ލިބިދޭ ބާރުގެ ދަށުން، މާދަމާ އިން ފެށިގެން އައްޑޫގައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެެވެ.

އެ އެންގުމުގައި ވަނީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް
މީހުން ނުކުތުން މަނާކޮށްފައެވެ.

މީގެ އިތުރުން، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން ހިމެނެއެވެ. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި،. ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން. ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަަށްވެސް އެ ފިޔަވަޅުތަކުގައި ވެއެވެ.

އަދި ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމާއި، ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް އޭގައި ވެއެވެ.

އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލަންވެސް އަންގާފައި ވެއެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

މި ފިޔަވަޅުތަަކަށް އައްޑޫ ސިޓީގެ ރައްޔިތުން ބޯލަނބަން ޖެހޭއިރު، މި ފިޔަވަޅުތަކަށް އިސްތިސްނާވާ ފަރާތްތަކެއް ވެއެވެ. އެއީ ސިފައިންނާއި ފުލުހުނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުތަކާއި، އެމްބިއުލަންސާއި، އައްޑޫ ޓާސްކުފޯހު ގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބްދުﷲ

    ހާދަ ދެފުއްކެހެރި ސަރުކާރެކޭ. މާލެ ވީމަ 10:30 ފެށިގެން، އައްޑޫ ވީމަ 8 އިން ފެށިގެން. ކެނެރީގެ ނަޝީދުމެން ބޮޑުމުސާރަނަގައިގެން ރަައްޔިތުން ގަނަތަޅުވަނީ.

    33
    4
  2. ސސ

    އޮޕޮޒީޝަން ކެމްޕޭނަށް ހުރަސް އަޅަން ކުޅޭ ޑުރާ، ދެކުނު މީހުނަށް ޖެއްސުން ކުރުން ސްޓަންކު !

  3. ކޮރަލް

    30 ހަކަށް އަހަރު ކުރީގަ ރަށްރަށުގަ މީހުންނިދާ އުޅޭ ގަޑި އެވެ. މިހާ އެގަޑީގަ މީހުން ގިނަވާތީ ކާފިއު ހިންގަން ޖެހުނީ އެވެ.

  4. ހޮޅިމީހާ

    ހިންގަން ނޭނގިގެން ގޮސް އަތަށް ގޮވަނީ. އައްޑުއަށް އޭވިއޭޝަން ކޮރޯނާ، ތިނަދުއަށް ޖެންޑަރ ކޮރޯނާ އެ އޮތް މައިގަނޑު ތަނުގެ އެ ބަލި އޮތް ގޭގެއިން ފޮނުވާފައ، ދޮގު ބަޔާން ނެރެ، ކޮމިއުނިޓީ ސްޕްރެޑަކަށްގެންގޮސްފި، ދެން ބަނޑަށް މަރާލާ. މަސައްކަތް ނުދަންނަ މީހުން ހަތިޔާރު ކުށްވެރި ކުރާނީ. އަތަށް ގޮވީމާ ފަރުދީ ޒިންމާ ފަރުދީ ޒިންމ، ފަރުދީ ޒިން، ފަރު ފަރު ފަރު ދިއީއީއީއީ ޒިީންންންން ނަމަ މާ މާ މާ މާ.. ދެން މޫދަށް އެރެން ނުގޮސް އެ ތިބީ ކީއްވެ؟

  5. ހުސޭނުބޭ

    ތި ކާފިއުގެ ސަބަބުން ކޮވިޑް ނުހުއްޓޭނެ! ތިއީ މީހުން ނިދާގަޑި! އެކަމަކު ތި ކާފިއުގެ ސަބަބުން ވައްކަންކުރާ މީހުންނާއި ޕާޓެންނަށް ވަރަށް ދަތިވާނެ!