ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ނަޝީދަށް ކުރިމަތި ނުލެއްވޭ ނަމަ ދެން ތާއީދު ކުރައްވާނީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

އިބޫއަށް ތާއީދު އޮތްކަން މިއަދު ސުއޫދު ހާމަކުރައްވާފައިވަނީ އޭނާ ކުރެއްވި ކުރު ޓުވީޓެއްގައެވެ.

ކުރިއަަށް އޮތް ރިޔާސީ އިންތިހާބުގެ ތައްޔާރީތަކުގައި ނަޝިދު މިހާރުވެސް އުޅުއްވަމުން ގެންދަވާއިރު، އިންތިހާބުގައި ނަޝީދަށް ވާދަ ނުކުރެވޭނެ ހާލަތެއް އަތުވެއްޖެ ނަމަ އިބޫ އަށް ތާއީދުކުރައްވާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

މަހުލޫފު ވިދާޅުވީ އިބޫ ވަނީ ފާއިތުވި ދުވަސްތަކުގައި އެކި ފިކުރުތަކުގެ ސިޔާސީ ބޭފުޅުން ގޮވައިގެން ބުރަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ. އެ ބަޔާނުގައި މަހުލޫފު ވިދާޅުވީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންނަށް ފުރުސަތު ލިބިވަޑައިގެންފިނަމަ ފުރަތަމަ ބުރުގައި ވަކިވަކިން ވާދަކުރައްވައި، ދެވަނަ ބުރުގައި ކޯލިޝަން ހެއްދެވުމަކީ މައްސަލައެއްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވި ނަމަވެސް، އިންތިހާބުގައި ވާދަ ކުރަވަން ރާއްޖެ ވަޑައިގަންނަވަން ނަޝީދު ޖެހިލުންވެއެވެ. ސަބަބަކީ ރާއްޖެ ވަޑައިގެންފި ނަމަ އެ މަނިކުފާނު ދާން ޖެހޭނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާތީއެވެ.

ނަޝީދު އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވިނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑާޑާޑާޑާ

    ސީ ޕްލޭނާ އެކު، އާ ޑޮމެސްޓިކް އެއާލައިނެއްގެ ޚިދުމަތް އޮކްޓޯބަރު މަހު ފަށަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ކެނެރީގެ ނަޝީދުގެ ވެރިކަމުގައި މިފަދަ ކަންކަން ނުހިނގަނީ އެއީ އެމެންނަށް ކަން ކަން ކުރަން ނޭގިގެންނޭ އެމެންގެ ވެރިކަމުގައި ކުރި ކަމަކީ އެއީ ޑޮލަރުގެ އަގު ބޮޑު ކުރުން ނޫންތޭ މަމެން ޕިންކީންގެ ވެރިކަމުގައި މިހާރު މިވަނީ އެއީ ޑޮލަރު އަގު ބޮޑު ނުވާނެ އުސޫލުން ކަންކަން ރާވާ އަދި ޑޮލަރު ފަސޭހައިން ލިބޭނެ ގޮތް ހަދާފައޭ ކެނެރީގެ ނަޝީދު މިއަދު ވެރިކަމުގައި ހުރި ނަމަ ޑޮލަރެއް އުޅޭނީ 150 ރުފިޔާ އަށް ކަން މަމެންނަށް ޔަގީންވެ ކަށަވަރޭ ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާ ޑީޑަޑަޑާޑާ ޑާޑާ ޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  2. މާރިޔާ

    100percent ގެއްލިފައި އިންޝާﷲ

  3. ޑާޑާޑާޑާ

    ސުއޫދުގެ ތާއީދު ވެސް އިބޫ އަށް ކަމަށް ސޫދު ބުނި ނަމަވެެސް ސޫދު މެން އަދި ސޫދު މެންގެ ފެމިލީ އަކި އައްޑޫ މީދޫ ބަޔެކޭ އެމެން ރަށުން ވެސް އެމެންނަށް 10 ގަނޑު ވޯޓް ވެސް ނުލިބޭނެއޭ ސޫދު ޖެލަސް ވަނީ އެމްޑީޕީގެ ޕްރައިމަރީ ގައި އައްޑޫ ހިތަދޫ މީހެއް ކަމުގައިވާ ޕްރޯ އުގައިލު ބައިވެރިވެދާނެތީއޭ ސޫދޫ ސީލާން ޖެހޭނީ އެމްޑީޕީ ދެން ޖެހޭނީ އަނެއްކާ ވެސް ސައްހަ ޕްރައިމަރީ އެއް ބާއްވަން. އެ ގޮތުން ބާއްވާ ޕްރައިމަރީ ގައި ޖެހޭނީ ޕްރޯ އުގައިލު އަށް ފުރުސަތު ދޭން. ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ވާދަ ކުރާ ކެންޑިޑޭޓުން ވާން ޖެހޭނީ ބޯރން ޓު ބީ ބޮޑު އާބާދީ އަކުން އައިސްފައި ހުރި މީހަކަށޭ ކުޑަ ކުޑަ އާބާދީ އަކުން އަންނަ މީހަކަށް ރާއްޖޭގެ ރިޔާސީ އިންތިޚާބުަގައި ސީދާ ރައްޔިތުންގެ ވޯޓްގެ %50 އަށް ވުރެން މަތިން ވޯޓް ނުލިބޭނެއޭ. ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ޓައިޕް އޮފް ބަތާހަރާމީ ދަ ހަރާމްކޯރު އާލާތުންގެ ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާ ޑާޑާޑާޑާ ޑީޑަޑަޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާ ޑާ ޑާ ޑާ ޑާ ޑާ ޑާ ޑާ ޑާ ޑާ ޑާ ޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާންްސް ޑާންސް ޑާންސް ޑާންސް..

  4. ިިިިހުސްނޫނު

    އިބޫ ނަމަނަމަ ތި މީހުން ކައިރިނުކުރާތި އެހެން ކަމައް ވެއްޖެއްޔާ ކަލޭވެސް ތިހަލާކުވީ ތިމީހުން ތިއުޅެނީ ކޮންމެސް އަމިއްލަ އެދުންތަކަ ކައިގެން

  5. ބާބަ

    ކަލޭތީދެން ކާކުތަ ތާއީދު ކުރަން ތިމާވަރުގެ މީހަކު ނެތިގެން ތިޔަ އުޅެނީ

  6. ރާބެ

    އިބޫ ވަރައް ވިސްނާތި ތީހަމަ ދެކޮޅުންކާ ވެނެއް މީހަކު މައްސަލައެއް ހަވާލު ކުރިޔަސް

  7. ދުވާމީހާ

    ކޮބާ ޖާނޭ
    މަށަށް ރަންގަޅީ ޖާނޭ