މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އިތުރުވަމުންދާތީ މިހާރުން މިހާރަށް މާލެ ފުރަބަންދު ކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ދުންޔާ މައުމޫން އިއްޔެ ގޮވާލައްވައިފިއެވެ.

ކޮވިޑް-19 ގެ އާ ވޭރިއެންޓެއް ރާއްޖޭގައި ފެތުރެމުންދާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޯޑަރުތައް ބަންދު ނުކުރި ނަމަވެސް މި ނުރައްކާތެރި ބަލިމަޑުކަން ހަލުވިކަމާ އެކު ފެތުރެމުންދާ ގައުމުތަކުގެ ފަތުރުވެރިން ރާއްޖެ އަށް ނުގެނައުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ފަތުރުވެރިން ރާއްޖެ އަށް ގެންނަ އިރު ސަލާމަތީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް އެދިވަޑައިގަތެވެ.

މީގެ އިތުރުން މާލޭގައި އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ފަހު ސްކޫލްތައް ވަގުތުން ވަގުތަށް ބަންދުކުރުމަށް ދުންޔާ ވަނީ ގޮވާލެއްވިއެވެ.

 

ދުވާލެއްގެ މައްޗަށް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު އުޅެނީ 100 އިން މަތީގައެވެ. ކޮންމެ ދުވަހަކުވެސް އެންމެ ގިނަ ކޭސްތައް ފެންނަނީ މާލެ ސަރަހައްދުން ކަމަށް ވާއިރު ބައެއް ސްކޫލްތަކުން ވެސް ވަނީ ކޮވިޑުގެ ވޭދަނަތައް ފެނިފައެވެ.

މި ބަލިމަޑުކަން އަނެއްކާވެސް ހަލުވިކަމާއި އެކު ފެތުރެން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރު ކުރުން ހިމެނެއެވެ.

މީގެއިތުރުން މާލެ ސަރަހައްދުގައި ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް އެއްގަމު އުޅަނދުތައް ދުއްވުން މަނާ ކުރުމާއި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މަގުމަތީގައި އުޅުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ނަސްރީނާ

    މައުމޫނު ބަންދު ކޮއްބަލަ ބަފައެކޭ ދަރިންނެކޭ ބޮޑު ބަލާއެއް

    20
    13
  2. ސައްލި

    ދައުލަތުން ވައްކަން ކުޅަމީހުން ލޮކްޑައުން ކުރަންވީ !

    14
    2
  3. ސަލީމްބެ

    ކަމަނާ މާލެ ފުރަބަންދު ކުރުމަށް ގޮވާލުމާ ގުޅިގެން އަޅުގަނޑުމެންވެސް ކަމަނާ ބުރުގާ ތުރުކުރެއްވުމަށް ގޮވާލަމެވެ. ސަބަބަކީ ހުރިހާ ޢިލްމުވެރިންކަހަލަގޮތަކަށް އެކަމަކީ މުސްލިމުން ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވާތީއެވެ.

    27
    1
  4. ހަސަންބޮޑޭ

    ރޭގަނޑު 8:30 އިން ފެށިގެން އުޅަނދު ނުދުއްވުމާއި، 11:00 ގެ ކާފިޔު އޮތުމާއި، މަގުމަތީގައި އެންމެން މާސްކު އަޅައިގެން އުޅުމާއި، މިހުރިހާ ކަމެއް މިހާރުވެސް ތަންފީޒުކުރެވޭ ގޮތަށް މުޅި މާލެ ފުރަބަންދު ކުރަން މާބޮޑު ކަމެއް ކުރާކަށް ނުޖެހޭނެ. އެއްވެސް ބަޔަކަށް ދައްޗެއްވެސް ނުވާނެ. އެކަމަށް ބޭނުންވާނީ އެޗް.ޕީ.އޭގެ އެއްގަނޑު ކަރުދާހާ، ޑިރެކްޓަރުގެ ސޮޔަކާއި، ތައްގަނޑުން އެއްފަހަރު ޖެހުމާއި، ފުރަބަންދު އިއުލާނު ގެޒެޓުކޮށްލުމެވެ. ދެން ޑޮކްޓަރު ނަޒުލާ ޓީވީއަށް އަރުއްވާވަޑައިގެން އެވާހަކަ ވިދާޅުވުމެވެ. އޭގެފަހުން މީހުން މިހާރުވެސް އުޅޭގޮތަށް އުޅޭނީއެވެ.

    11
    1
  5. އުންޔާ

    ފުރަބަންދަށްވުރެ މާ ފަސޭހަ ކަމެއް ސްކޫލްތަކަށް ކުދިން ނުދާ ގޮތަށް ކިޔަވަދިނުން ބަދަލުކުރުމަކީ. އެކަމު އެކަންވެސް ނުވެގެން އެއުޅެނީ. ފުރަބަންދަކާ ހަމައަށް އަދި ކިހިނެތް ދާނީ. ބަލީގަ ކޮންމެ ދުވަހަކު 150ން މަތި އެއީ ނިއުނޯމަލްގެ ނޯމަލްކަމަށް ކަނޑައެޅީމަ ދެން އަދަދުތައް އެ އުޅެނީ ދަށުގައި ކަމަށް ކިޔައި ހަމަޖައްސާލެވޭނެ.

    13
    • ހެހެހެ

      ބަލ ސްކޫލޯ އެންމެ ރައްކާތެރީ މިނިސްޓަރު ވިދާޅުވީ. ދެނޯ ދެނޯ ނަމަކަށް ކަމެއް ކުރަނީ

  6. އަހުމަދު

    ބައެއް ސްކޫލް ތަކުގެ ޓީޗަރުން ކޮވިޑަށް ފައްސިވެފައިވީނަމަވެސް އެކަން ސިއްކުރުކުމަށް އެމީހުނަށް ވަނީ މަޖުބޫރު ކޮށްފައި .. މިއީ ތެދު ހަޤީގަތް.. މިސަރުކާރުން މިސްކިތްތައް ބަންދު ކުރުމަށް ވަރަށް ބޭނުންވޭ....

    24
  7. އިބޫ ރައީ

    ކަނބުލޯ ތިކަން ކުރަން ވަރަށް އުނދަގޫވޭ

    6
    1
  8. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    (1) ދުންޔާ ހެޔޮނުވާނެ މި ލޮބުވެތި ދިވެހިރާއްޖޭ ގެ ކަންކަމަށް ފާޑު ނުކިޔާ މަޑުން ހުރޭ (2) ބޮޑުބޭބެ، މިނިސްޓަރު ކަންދިނީމާ މިނިސްޓަރުކަން ލިބުމަކީ ކުރިން މިނިސްޓަރު ކަން ކުރިމީހެކޭ ކިޔައިގެން ހުރިހާ ކަމަކަށް ފާޑު ކިޔުމުގެ ފުރުސަތު އޮންނަ ކަމެއް ނޫން. (3) ކޯވިޑް 19 ގެ ކަންކަން ބަލަހައްޓަން ވަރުވަރުން މޮޅެތި އެކްސްޕާޓުން މުސާރަދީފަ، ލާފަ ތިބޭނެ. (4) މަންމަ ދިނީމަ، ބައްޕަ ދިނީމަ، ބޮޑުބޭބެ ދިނީމަ ލިބިގަންނަ ކަންކަމަކީ ހެއްރަބޭ އަށް ވެސް ލިބޭނެ ކަންކަން. (5) މޮޔަ ނާސިރާ އަށް ވެސް އޭނާގެ ބޮޑުބޭބެ، އޭނާ ގެ ބައްޕަ ގެ ފަހަތުގަ ހުރެގެން، އޭނާގެ ބޮޑުބޭބެ ދިން ނަމަ އޭނަ އަށް ވެސް މިނިސްޓަރުކަން ލިބުނީސް (6) ވީމާ ދުންޔާ ތިޔަ ޓްވީޓް ކުރަނީ ކޮން ޙައިސިއްޔަތަކުން ؟ (7) ދުންޔާ-މެން ބޮޑުކަމުދިޔަ ތަށި ރަން ޕްލޭޓް ކުރީ އަހަރުމެން ގެ ޖީބުން ލާރި ނަގައިގެން. (8) ވީމާ މިހާރު ދުންޔާ އާއި ޔުމްނާ ދެން ކޮން ޓްވީޓް އެއް ތިޔަ ކުރަނީ ؟ (9) މިހާރު އޭ މިބުނީ ކުރީ ސަރުކާރުގައި ރާއްޖޭ ގެ އެތެރޭގައި ހުރިހާ ކަންކަން ގޯހުން ގޯސްވެ، ރިލްވާން، އާއި އަފްރާޝީމް ފަދަ މީހުން މަރާ، އިންތިހާ-ދަރަޖައަށް މި ލޮބުވެތި ދިވެހިރާއްޖޭގެ އެތެރޭގެ ކަންތައްތައް ދިޔައިރު، ދުންޔާ ހުރީ "ފުދިފަ". (10) ބޭރުގެ އެކިއެކި ޤައުމުތަކަށް ދުންޔާ ހުރިހާ އިންފޯމޭޝަން އެއް ޤަސްތުގައި ކުރީ ސިއްރު. (11) ދުންޔާ ޢަދާ ކުރަންޖެހޭ ޒިންމާ ދުންޔާ ޤަސްތުގައި އޭރު ނުކުރި. އޭރު ދުންޔާ ހުރީ "ފުދިފަ". (12) ވީމާ ޓްވީޓަރ ގައި "ކުރީ ގެ ފޮރިން މިނިސްޓަރު" ޖަހައިގެން ޓްވީޓް ނުކުރުން ވަރަށް ބޮޑަށް އެދެން. އެއީ ކުރީގެ ފޮރީން މިނިސްޓަރަކަށް ހުރެ ދުންޔާ ކޮށްފައިވަނީ މުޅިންވެސް ނުބައިވެގެންވާ އަބޫޖަހުލު ކުރިފަދަ ކަންތައް. ތިޔަ ކަހަލަ މީހުންނަށް ދިވެހިންގެ ތެރޭގައި ގިނަމީހުން ކިޔާ އުޅެނީ، ފުދުނު ބަރި.

    6
    2
    • ޑރ. ރާމީ ޙަސަން

      ފުދުނު ބަ.....ރި. ދެ މާނަ ނެގޭ ބަހެއް.

    • މުބީނު

      ޑޮކްޓަރު މިހާރު ތިޔަ ދުންޔާ އަށް ބަކައްޓަށް ގޮވީ ތޯ. ހީހީ ހަލާކު. ތެދުފުޅެއް. މުޅިންވެސް ތެދުފުޅު މަތީގަވާ ހުރިޙާ ނަންބަރު ތަކެއްގަވެސް ޑޮކްޓަރ ރާމީ ވިދާޅުވީ. އަނެއްކާ ކޮންގޮތަކުން ފުދުނު ވާހަކައެއްތޯ.

  9. ދަރި

    ޢަަންހެން ދަރިޔަށް ދަރިކަލުން ކިޔާތަ؟

  10. ލަންސިމޫ

    ފުރަބަންދު ނުކުރިޔަސް ސްކޫލްތައް ބަންދު ކުރާނަމަވެސް ކިހާ ރަނގަޅު މިވަރުވެގެން ދާއިރުވެސް ސްކޫލްތައް ބަންދު ނުކޮށް އެބަ ހިފާއްޓާލައެއްނު ކިހާވަރެއްވީމަބާ މިކަން ކުރާނީ....

  11. ޖަލީލު

    " ޑޮކްޓަރ ރާމީ ހަސަންމަނިކު" އެހރީ ގޮވާފަތޯ ބަލާބަލަ!

    • ރަޝްފާ

      ދުންޔާ ކަންތައްކުރީ އެވިދާޅުވިގޮތަށް.

    • Anonymous

      ރާމީ ގޮވާފައެއް ނޫން. އެއީ ބައެއް ދިވެހިންނަށް ވާ ގޮތެއް. އެއީ ކަޅު އަނދިރި 30 އަހަރު ގައުމު ހަލާކުކޮށްލާފައިވާ ގޮތް ދަންނަ މީހުން ރުޅި ގަދަވެގެން ވާގޮތެއް. ސުކޫލުތައް ހަލާކުކޮށްލީ ރަގަޅު ޝަހްސިއްޔަތެއް އުފެދި ވެރިކަމާ ތޮޅެދާނެތީ މުޅި މުޖްތަމަޢު އެފުއް މިފުށަށް ޖެހީ. ކޮންމެ އާއިލާއެއްގައި ވެސް ޑުރަގްނަގާ މީހަކު ހުންނަންޖެހޭނެޔޯ. ހަމައެކަނި މަގޭ ދަރި އޭގައި ތާށިވެގެން ކަމަކު ނުދާނެޔޯ. މަގޭ ކާފަދަރިން ބަންގާޅުވާނަމަ މުޅި ގައުމު އެނަސްލުން ފުރާލަންވާނެޔޯ. ދުންޔާ އުޅޭ ގޮތުން ވެސް އެބަ އެނގޭ އެއީ އެއްވެސް ކަހަލަ ލަދެއް ހަޔާތެއް ނެތް މީހެއްކަން. އެފްރިކާގެ ޖަންގަލީގެ ގޮތް އަދި ވެސް ދެމިދަނީ.

  12. ޝާހް

    ބަންގާޅު ބަންދު ކުރަން ގޮވާލާ! 30 އަހަރު ގައުމު ހަލާކުރި އާއިލާގެ މީހަކު ގައުމާ ދޭތެރޭ ބުނާ ބަސް އަހާނީ އެ 30 އަހަރު މަންފާ ލިބުނު މީހުން. މިހާރު ހެލްތު މިނިސްޓަރަކީ 30 އަހަރުގެ އަނިޔާގެ ރަހަ އެންމެ ހިތިކޮށް ތަޖުރިބާ ކުރި އެކަކު. ދިވެހިރާއްޖެ މިދެކޭ ހުރިހާ މުޑުދާރުކަމެއްގެ ބަފާގެ ދަރި މިގައުމުގެ ކަންކަމުގައި ބަސް ބުނަމުން އެދަނީ ލަދު ހަޔާތް ކުޑަކަމުން.

  13. ޔޫންނީ

    ދުންޔާގެ ލޮލުގައި އަޅާފައިވާ އަދުން ދިރާސާކޮށް ނަޒަރު ހިންގާލާއިރު އެެއް ލޮލުގައި ނޭޅިވާކަން ފާހަގަ ކުރެވޭތީ އެ މައްސަލަ ތިޔަ ބުނާ ފުރަބަންދައްވުރެ ބޮޑެވެ.