ކޮވިޑް-19 މިވަގުތު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ އައްޑޫގެ ހާލަތު ސީރއަސް ކަމަށާއި މިވަގުތު ދަތި ހާލުގައި ނަމަވެސް ގޭގައި މަޑުކޮށްދެއްވުމަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަށް (އޭއީއެޗް) ގެ ސީސީއޯ ޑރ. މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.
ޑރ. ސޯލިހް މިފަދައިން އިލްތިމާސް ކުރައްވާފައިވަނީ މިވަގުތު އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލިހް ވިދާޅުވީ، އައްޑޫސިޓީން މިވަގުތު ފެނިގެން ދަނީ ކޮވިޑް-19 ވަރަށް ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ މަންޒަރު ކަމަށާއި މި ހާލަތުގައި ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
އެގޮތުން ބަލި ޖެހިފައިވާ މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުން ދެނެގަނެ އެމީހުން ކަރަންޓީނު ކުރުމުގެ މަސައްކަތް އެއްބަޔަކު ކުރާއިރު ދެން ތިބި ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައި ތިބެން ޖެހޭ ކަމަށް ސޯލިހް ވިދާޅުވިއެވެ. އަދި އެގޮތަށް ގޭގައި ތިބެވިއްޖެނަމަ، ބަލި އަވަހަށް ކޮންޓްރޯލް ކުރެވޭނެ ކަން ސޯލިހް ވަނީ ފާހަގަ ކޮށްފައެވެ.
"އަޅުގަނޑުމެންނަށް މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ހުރިހާ ރައްޔިތުންވެސް ގޭގައި މިވަގުތު މަޑުކޮށްލައިގެން ތިބެގެން. އެއީ މިވަގުތު އެންމެ ރަނގަޅު ގޮތަކީ." ސޯލިހް ވިދާޅުވިއެވެ.
ޑރ. ސޯލިހް އިތުރަށް ވިދާޅުވީ، އެބޭފުޅުންގެ އިލްތިމާސް އަކީ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންވެސް އެޗްއީއޯސީން ނެރެފައި އުސޫލުތަކާއި ކައުންސިލްގެ އިލްތިމާސްތަކަށް ބޯލަނބައި އަމަލު ކޮށްދިނުން ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ...
އައްޑޫސީރިއަސް ހާލަތަކައްއައީ
ސަރުކާރުގެއިހުމާލުން
ކީކުރަންތޯ މިހާލަތައް ފޮނުވީ މައިނޫނާ ކޮނއތާކުން ހޯދިހާސްސަހުއްދައެއްތޯ މުޚި3 އަތޮޅު ފަނާތިކޮއްކީސަސްދުގަ
ދަތިހާލައިގެވާހަކަނިދައްކަ،މިލާދީނީ
ސަރުކާރަހުށިހެއިގޮތަކުން ފޭލެގެ
ބުއްދިވެރިގޮތަކީއަވަހައްއިސް
ތިއު ފާދިނުން
ދެސާލިހު އިސްތިިިިިިއުފާ އިިސްތިއުފާ
އިސްތިއުފާ