ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ކަށަވަރުވެފައިވާ ގިނަ ބައެއްގެ ނަން މި ސަރުކާރުން އެކުލަވާއިލި ލިސްޓުން އުނިކޮށްފައި ވީނަމަވެސް، ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި އެފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް އެކޯލިޝަންގެ ފަރާތުން މާލެ މޭޔަރުކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ފާއިތުވި ސަރުކާރުން ހިޔާ މަޝްރޫޢުގެ ފުލެޓުތަކުގެ ތެރެއިން 7،000 ފުލެޓު ދީފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ މި ސަރުކާރުން ފުލެޓު ލިސްޓު މުރާޖަޢާކުރަން އެކުލަވައިލި ކޮމިޓީން ފުލެޓު ލިސްޓު ދިރާސާކުރުމަށްފަހު ދާއިމީ ލިސްޓު އިއްޔެ ނެރުނުއިރު ކުރިން ފުލެޓު ލިބުނު އެތައް ބަޔަކަށް ފުލެޓު ގެއްލިފައިވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މުއިއްޒު ވަނީީ ފުލެޓުތަކުގެ ޙައްޤުވެރިންގެ ލިސްޓުގައި ކުރިން ހިމެނުނު ފަރާތްތަކުގެ ތެރެއިން ފްލެޓު އަތުލި ފަރާތްތަކަށް މި ސަރުކާރުން އަނިޔާވެރިވެފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ހިޔާ މަޝްރޫއުގެ ދަށުން އެޅުނު 7000 ހައުސިންގް ޔުނިޓުގެ ތެރެއިން ކުރިން ފްލެޓު ނުލިބޭ އެތައް ބަޔަކަށް މި ސަރުކާރުން އެކުލަވާލި ލިސްޓުގައި ފްލެޓް ދީފައިވާކަން މުއިއްޒު ފާޙަގަކުރެއްވިއެވެ. އަދި ފްލެޓް ލިސްޓުން ނަން އުނި ކުރި ފަރާތްތަކަށް ޕީޕީއެމްގެ އަންނަ ވެރިކަމެއްގައި ގެދޮރުވެރި ކުރުމުގެ މަޝްރޫއުގެ ދަށުން ބިނާ ކުރެވޭ ފްލެޓްތައް ދޭނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

"ދެން އަންނަ ވެރިކަމަކީ ޕީޕީއެމް ޕީއެންސީގެ ވެރިކަން. އިރާދަކުރެއްވީ ރައީސް ޔާމީންގެ ފަރާތްފުޅުން އަޅުގަނޑުމެން ދޭ ޔަގީން ކަމަކީ އެންމެ ފުރަތަމަ ބިނާ ކުރެވޭ ގެދޮރުވެރިކަމުގެ މަޝްރޫއު އިން، އެންމެ ފުރަތަމަ ފްލެޓް ލިބިގެންދާނީ މިއަދު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ އަނިޔާވެރިކަމާއި އެކީގަ ފްލެތްތައް ނިގުޅައިގަނެވިފައިވާ ފަރާތްތަކަށް ކަން." ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ފުލެޓު ލިސްޓު އާންމުކުރިއިރު އެ ރައްޔިތުންގެ އުންމީދު ގެއްލުވައިލާފައިވާ ކަމަށެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ރައްޔިތުންނަށް މި ސަރުކާރުން ދީފައިވަނީ ނުޙައްޤު އަނިޔާއެކެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓުގައި އެންމެ ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. އެގޮތުން އެ ލިސްޓުގައި ހިމެނޭ 7000 މީހުންގެ ތެރެއިން 3591 މީހުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި 1959 އަކީ ޕީޕީއެމްއަށް ނިސްބަތްވާ މީހުން ކަމަށް ވާއިރު 517 މީހަކީ އެހެނިހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުން ކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 930 މީހަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވާ މީހުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. މަނީމަނީ

  ޕީޕީއެމުން ދައުލަތް ލޫޓުވާ ހެދުމުގެ ސަބަބުން ވެރިކަމެއް ދެންނުލިބޭނެ

  26
  54
  • މަނީމަނީވަގު

   އެމްޑީޕީން މިވީ ކުޑަ މުއްދަތުގަ ރައްޔިތުންގެ ފައިސާ ވަގަށްނެގި ވަރަށް ދިވެހި ރާްއްޖޭގެ އެއްވެސް ވެރިއަކަށް ނުނެގޭނެ... ރައްޔިތުންގެ ފައިސާތަށް ވަގަށް ނާގާފަ އަދި ނިކަމެތި މީހާގެ ފްލެޓް ވަގަށް ނާގާފަ މުއްސަދި އާއިލާ މެމްބަރުންނަށް ބަހާލައިފި... ކޮބާ އިންސާފް!! ލަދެއް ނުގަނޭތަ... އެމްޑީޕީން ރައްޔިތުންނަށް ކޮއްދިން ކަމެއްނެތް..

 2. Anonymous

  ހެހެހެ އޯއި ރާއްޖޭގެ ވެރިކަން ދެން ދުވަހަކުވެސް ޕީޕީއެމް އަކުން ނުކުރާނެ ލާހިކައެއްނޫން ވެރިކަން ކުރާކަށް. ހަމަ ތިހެނަ ތެޅިތެޅި ތިބެން ޖެހޭނީ.😜😜😜

  19
  58
  • އ މެމްބަރު

   ސޯލުހުގެ އާއިލާ ބޭފުޅުންނަށް ކޮތަރު ކޮށި ބަހާފަ ލަދެއް ނުގަނެއް އެއްނު!!! އެމްޑީޕީގެ ބޭއިންސާފް ކަން ފެނި ހާމަ ވީމަ ވެސް ލަދެއް ނުގަނެޔޭ.. އެމްޑީޕީ އަށް ދެން ނޯ... އެމްޑީޕީ ވެރިންނަކީ އަކީ ކޮތަރު ކޮށި ވަގުން 😂😂😂.. ނިކަމެތި އެމްޑީޕީ މެމްބަރުންގެ ފްލެޓް އަތުލާފަ ވެރިންނަށް ދިނީ

 3. އަލްޖިބްރާ

  ތިޔަބުނާ ދުވަހެއް ދެންކަލެއަކަށް މިރާއްޖެއަކުން ނުފެންނާނެ!

  15
  43
  • ސަޓޯ

   އާނ ރަގަޅު... ގަދަބަސް ބުނޭ.. ކަލޭމެންގެ ފިރުއައުނުވެސް ތިގޮތައް ގަދަބަސް ކިޔަކިޔާ އޮއްވާ ވެއްޓުނީ.. ހައްހައްހާ

 4. ވގ ޔނ

  ތީވަގުން ނޭ ކާކުވެރިކަންދެނީ. ވެރިކަމުގަތިބިއިރު ކީއްވެ އެންމެނައްނުދިނީ އޭރު ތިބުނާ ޕޕ އެމް ވެރިކަމުގަ އެވެރިކަންއޮތީ. މުއީޒްވެފަ

  17
  37
 5. އަހުމަދު

  ތުންތުން މަތިން އަޑު އިވޭގޮތުގަ މިދިޔަ ސަރުކާރުން ފްލެޓް ލިބިފަ ހުރި އަންހެނެއްގެ ފިރިމީހާވެސް މިފަރު ފްލެޓް ލިބޭ ލިސްޓްގަ ނަން އެބަ އޮތޯ އެމީހަކު އުޅެނީ ހައުސިންގ މިނިސްޓްރީގަޔޯ އެއީ ތެދެއްތޯ؟ ނޫނީ މިހާރު ދެމަފިރިންނަވެސް ފްލެޓް ލިބެނީތޯ؟

  9
  6
 6. ވ

  ޕީޕީ.އެމް ވެރިކަމަށް އާދެވޭނީ ކަލޭމެން ފަހަތަށް ޖެހިގެން މިހާރު ތިޔަތިބީ ގްރެންޓީ ހަމަވެފައި ގަބޫލުކުރިޔަސް ނުކުރިޔަސް

  12
  26
 7. މުއިޒް

  ކޮބާ ކަ ލޭ ދީފަހުރި ޕިން ކު ފުލެޓް ތައް 80 އާއި 100
  ޕޮއިންޓް ލިބިފައި ތިބި މީހުންނައް ކީއްވެ ފުލެޓަށް ނުވަދެވުނީ. ކަލޭ ނި ކަމެތިންނަށް ދީފަ ހުރި ފުލެޓް ރަގަޅަށް ބަލާ ބަޔަ ކު މި ގޮލާ ޖަލައް ލާން ސަރު ކާރަށް ގޮވާލަން

  6
  10
 8. ރައްޔިތުމީހާ

  މުއިއްޒު ފްލެޓް ދޭ އުސޫލު މި އޮތީ ހާމަވެފަ. ޙަމަ ހިތަށް އެރީމަ ދެނީ

  4
  12
 9. Anonymous

  މމޕރސ ލާރިގަނޑުން ބައިނޭޅުނު މީހުންނަށް ހަމަ ކަމެއް ނެތްތޯ!

  3
  5
 10. ޖަންގަލި

  މި ސަރުކާރުން ގެއްލުވާލި ވަޒީފާތައްވެސް އަނބުރާ ދެއްވާނެ ކަމަށް ބާރަށް ވިދާޅުވެދެއްވުން ކިހިނެއްތޯ؟ ހިތާމަޔަކީ ވެކަމަށް އާދވުނީމައި ކަންކަން ވާގޮތުން.

  1
  2
 11. ޖުމައިނާ

  މުއިއްޒު ކަލޭވެސް ބޯހަމަ ޖެހޭވާހަކަ ދައްކަބަލަ.ކަލޭމެން ވެރިކަމުގަ ފުލެޓް ލިބޭނެކަމަށް ލިޔުން ހަވާލުކޮށްފަ ހުރި ރަށްރަށުގަ ދިރި އުޅޭމީހުންނަށްވެސް.ދެންވީ އެމީހުންނަށް ފުލެޓް ދޭންތަ؟ވެރިކަމަށް އަންނަން މޮޅެތި ސްޓަންޓް ޖައްސާނެކަމެއްނެތް.ހައްގުވެރިންނަށް ފުލެޓްދީ.މިސަރުކާރުންވެސް ނުހައްގުން ދީފަ ހުރިއްޔާ މައްސަލައެއް އެއީ.ހެޔޮ ސަރުކާރެއްވިއްޔާ އެހެންދޭ ފުލެޓެއް ކުއްޔަށް ދީގެންނުވާނެ.އެބަޔަކު އުޅެންވާނީ.ކުއްޔަށް ދީފިއްޔާ އޭގެ މާނެޔަކީ ފުލެޓް މުހިއްމެއްނޫނޭ.ރަނގަޅަށް ބެލެންޖެހޭނެ.މާލޭގަ އެބައުޅޭ ވަރަށް ނިކަމެތި ހާލުގަ ދިރިއުޅެމުންދާ މީހުން.އެމީހުންނަށް ފުލެޓް ދީ.

  5
  3
 12. ދަނޑި ކޮށީގޭ ދޮން ދީދީ ގެ ރެފިއުޖީ ގަބީލާ

  މުއިއްޒައް ވަރައް ސަލާމް އަޅު ގަނޑު މެންނަށް ފުލެޓް ހައްގު އަޅުގަނޑުމެން ނަށް ހުރިހާ ސަރުކާރަކުން ވެސް ދިނީ ދޯކާ މީ އަޅުގަނޑުމެންގެ ވެސް ރާއްޖެ މި ރާއްޖޭގައި އަޅުގަނޑުމެންވެސް ޓެކްސް ދައްކަން ވޯޓުވެސް ލަން ގައުމަށް ހިދުމަތް ވެސް ކުރަން މިވާ ގޮތެއް ނޭގުނު މުއިއްޒު އިންސާފު ވެރިނަމަ ހައްގު ހޯދައި ދެއްވާ

  2
  2
 13. Anonymous

  ޥެރިކަމަކީ މަތިން ދެއްވާ އެއްޗެއް އެހެން ވީމަ ނުބުނޭ ތިހެން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

 14. ކުއްބަގޭ ރިޒާ

  ކޮންދުވަހަކުތަ ވެރިކަން ލިބޭނީ؟

 15. މެޑަމް ފާތު

  ހެހެހެ... ޑެސްޕެރޭޓް މުއިއްޒު، ތިގޭގަ ގެންގުޅު ނިކަމެތި ބަނގުލަދޭސް އަންހެންކުއްޖާ ދަންޖެހި މަރުވި މައްސަކަ ޕީޕީއެމް ސަރުކާރެއްގަ ބަލާނަމޭ ބުނިއްޔާ މާތާޚިރު!

  • ހ

   ޑެސްޕަރޭޓް ބޭފުޅުން ފެނޭތާ ކޮތަރު ކޮށި ވެސް ބަހާލީ އައިލާ މެމްބަރުންނަށް ވިއްޔަ.... ކޮތަރު ކޮށި ވަގުން... ނިކަމެތިން އަތުން ފްލެޓް އަތުލާފަ ވެރިންނަށް... މި ސަރުކާރު މާ އަނިޔާވެރި

 16. ސަޅި

  ފުލެޓު ނުލިބޭ މީހުނަށް ދިނުމެއް ނޫން މުހިއްމީ. ޙައްޤުވާ ބަޔަކަށް ދިނުން. ކޮންމެ ސަރުކާރަކުންވެސް ގޯސްކޮށް ކޮށްފިއްޔާ ގޯސް، ރަނގަޅަށް ކޮށްފިއްޔާ ރަނގަޅު.

 17. ދެރަ

  ކާމިނީގެ،،ކެނެރީގެ ވަގުން ދިވެހިނަށް އަދިވެސް ދަސްނުވޭ
  އެދެގެއިން ވެރިކަމުގެ ބާރުތައް ބޭރުވެގެން ދިވެހިންއަށް ކުރިއެރުމެއްއޮތީ

 18. މމނ

  ޝަރުތު ހަމަނުވަންޏާ ދީގެން ނުވާނެ.. ކޮންމެ ސަރުކާރަކުން ވެސް ކަންކަން ކުރަންވާނީ އިންސާފުން..

 19. ފަޓުލޫނުބެގީ

  ކަލޭމެންތީ މާ އިންސާފުން ފުލެޓް ބެހި ބައެއްނޫން. ޔާމީންލިސްޓް، މުއިއްޒު ލިސްޓް، މެޑަމްލިސްޓް ހަދައިގެން އެމީހަކު ބޭނުން ބަޔަކަށް ފްލެޓްތައް ދިނީ. ކެމްޕޭން އޮފީހުގަ ފޮތްފޮށި ކިޔެވިމީހާގެ ދެމަފިރިންނަށް ވެސް ވަނީ ފްލެޓްދީފަ. މަތިން ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ނުދޭއިރު މާ ދަށުން ޕޮއިންޓް ލިބުނު މީހުންނަށްވެސް ވަނީ ފުލެޓް ދީފަ. ފްލެޓް ލިބުނީ ކީއްވެކަމެއް ނުލިބުނީ ކީއްވެކަންވެސް އަންގާނުލި. މިހާރު މާ ހެޔޮއެދޭ މީހަކަށް ވެގެން އުޅޭނެކަމެއްނެތް.

 20. ހައްޤުބަސް

  މުއިއްޒު 2500 ފުލެޓް އެމް.ޑީ.ޕީ މީހުން ކާލީބާ؟ ރައީސް ޔާމީނު ސަރުކާރުގައި ނިންމި 2500 ފުލެޓް ވީތަނެއް ބަލާދީލަ؟

  2
  1
 21. މަންޖެ

  ސާބަހޭ މުއިއްޒް ނިކަމެތި މާލެޔައް ނިސްބަތް ވާ ރައިޔަތުން މިތިބީ ތިބޭފުޅުންނާއި އެކީގައެވެ

 22. ދެރަ

  ޔާނު އާ ޔާނުގެ ސަރުކާރުން ވެސް އެމްޑީޕީ އަށް ވުރެ އިންސާފުން ކަންތަށް ކުރާކަން މިއެންގުނީ.. ނިކަމެތި އެތަށް ރައްޔިތުން އަތުން ފްލެޓް އަތުލާފަ ވެރިންނަށް ދީފި.... No Humanity

 23. ޒާހިޔާ

  އާރައްޔިތުން މިތިބީ ކަލޭ ވެރިކމަށް ގެންނަން ފޫގަޅާލާފަ އެހެން ޏާ ޕިން ކު ފުލެޓް ވެސް ދީފަ އެތިބީ ހައްގުވެރިންނަށް ކިޔާ މުލިޔާގެ އޭރު ޗީފް މުސްތަފާ މިހެން ކީދަާނެ ވަރަށް ގިނަން. މި މުނާފިގު މީހާ އަށް ހެއްލޭނޭ ބަޔަ ކު މިޤައުމަ ކު ނެތް.