އައްޑޫގައި ކޮވިޑް-19 ފެެތުރެމުން ދަނީ ސަރުކާރުގެ އިހުމާލުން ކަމަށާއި، މިކަމަށްޓަކާ އައްޑޫ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށް ޕީއެންސީ/ޕީޕީީއެމް ހިމެނޭ އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން ނެރުނު ނޫޫސް ބަޔާނުގައި ބުނެފައި ވަނީ، ސަރުކާރުން ރައްޔިތުންގެ ކިބައިން އެކަމާއި ގުޅިގެން ،ައާފަށް އެދި ރައްކާތެރިކަމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެމުން ދިއުމަކީ އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާކަމެއް ކަމަށް އެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެން ފަށާފައިވަނީ ސަރުކާރުން އަޅަން ޖެހޭ ފިިޔަވަޅުތައް އެޅުމުގައި ލަސްވުމުން ކަމަށް އެ ބަޔާނުގައި ވަަނީ ބުނެފައެވެ. އަދި މިއީ ސަރުކާރުން ބަލަން ޖެހޭ މިންވަރަށް ނުބަލާ އެއްރަށުން އަނެއް ރަށަށް ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ދަތުރުކުރަން ހުއްދަ ދިނުމުގެ ނަތީޖާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. މިކަމުގައި ސަރުކާރުގެ އިހުމާލު ބޮޑު ކަމަށް އެ ކޯލިޝަނުން ބުނެފައި ވެއެވެ.

"އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކެއް ފެންނަން. ފަށާފައި ވަނީ ބަލަން ވާވަރަށް ނުބަލާ އއެ ސިޓީއަށް ސަރުކާރުގެ ބަޔަކު ދަތުކުރުކުރުމަށް ސަރުކާރުގެ ފަރާތުން ދިން ހާއްސަ ހުއްދައިގެ ދަށުން އެ ސިޓީއަށް ޒިޔާރަތްކުރު ބައެެއްގެ ސަބަބުންނެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި އައްޑޫ ސިޓީ ނޫނަސް ރާއްޖޭގެ ރަށްރަށަށް ސިޔާސީ ބޭފުޅުން މިފަދަ ދަތުރުތައް ކުރަމުން ގެންދަވާކަމީ ހިތާމަހުރި ކަމެކެވެ." އިދިކޮޅުން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.

އެކަމުގެ ސަބަބުން އައްޑޫގެ އިތުރުން ހުވަދު އަތޮޅަށްވެސް ކޮވިޑް-19ގެ އަސަރު ކޮށްފައިވާ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި އެކު ކޮވިޑް-19 ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާކަމަށް އެ ނޫސްބަޔާނުގައި ވެއެވެ.

އަދި މިހާރު ވައިރަސް ފެތުރެމުން އަންނަ ހިސާބުތަކުގައި އަވަސް ފަރުވާތަކެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އައްޑޫ ސިޓީގައި މިހާރު ކޮވިޑަށް ފައްސިވެފައި 49 މީހަކު އެބަތިއްބެވެ. އަދި ގދ. ތިނަދޫގައި ހަތަރު މީހަކާއި، ފުވައްމުލަކުން ދެ މީހަކު ފައްސިވެފައި ވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލްޖިބްރާ

    ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކޮވިޑް ފެތުރެނީ އެ ޤައުމު ތަކުގެ ސަރުކާރުގެ އިހުމާލުންތަ ؟ އިދިކޮޅޭ ތިގޮވާ ބައިގަޑު ތިބީ އެއްޗެއް ބައްލަވައިގެންތަ ؟

    4
    13
    • Anonymous

      އެހެން ޤައުމުތަކާއި ޚިލާފަށް ރާއްޖެއަކީ ﷲގެ ރަޙްމަތުން ވަކިވަކިން އޮންނަ ރަށްތަކެއް. ރަށްރަށަށް އައިސްގޮސްވަނީ ކޮންބައެއްކަން އެނގޭ. މޮނިޓަރިންގ ވ.ފަސޭހަ. ދޯހަޅިކަމުން އަމިއްލަ އެދުން ބޮޑުކަމުން މިހާބޮޑަށް ބަލި ފެތުރުނީ. ރަށްރަށަށް ގެސްޓުން ދާންވީން. މާލެ އަންނަ އޮޑި ދޯނި ފަހަރުގެ ފަޅުވެރިން މާލެ ފައިބާ އުޅޭ އެކަން މޮނިޓަރިން ނުކުރެވެ. ބޭރުން އަންނަ ނިކަމެތި މީހާ ކަރަންޓީނުވެފަ ބޮޑުން ދޫކޮށްލެވުނު. ވާހަކަ ދައްކަންވެއްޖނަމަ .....

  2. ސަޓޯ

    ތެދު ވާހަކައެއް

    10
    2
  3. ޕޮގުބާ

    ވަރަށް ރަގަޅު ވާހަކައެއް ރާއްޖޭގަ ބަލު ފެތުރެނީ ސަރުކާރުން ބަލިފަތުރާތީ

  4. ރާންބާ

    އިދިކޮޅު މުޒާހަރާތަކުގެ ސަބަބުން ކަމަށްވަނީ. މީ ކޮން މުޒާހަރާއެއް ކުރާނެ ވަގުތެއް. އިދިކޮޅުން ބޭނުން ވަނީ މި ޤައުމު ބަލި މަޑުކަމެއްގެ ތެރޭގައި ބާއްވާ ޤައުމު ހަލާކު ކޮށްލުން.