އެމްޑީޕީގެ ވިސްނުމާއި, ފިކުރާއި އުސޫކުތަކަށް މިހާރު ތާއީދު ކުރައްވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފު މިހެން ވިދާޅުވީ އޭނާގެ މައްޗަށް ކުރެވޭ ދައުވާއެއް މިހާރުވެސް ކުރިއަށްދާތީ އޭނާގެ މައްޗަށް ޖަލު ހުކުމެއް ދާދި އަވަހަށް އިއްވާނެ ކަމަށް ޤަބޫލުކުރެވޭތީ އޭނާގެ ސިޔާސީ ވިސްނުން ހުރި ގޮތް ބަޔާންކޮށްނެރުނު ބަޔާނެއްގައި އެވެ.

މަހުލޫފް ވިދާޅުވީ، ޕީޕީއެމުން ވަކި ކުރި ހިސާބުން އެންމެ ގާތުން މަސައްކަތް ކުރެވުނު ޕާޓީ އަކީ އެމްޑީޕީ ކަމަށާއި ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބިގެން ގޮސްފައިވާ ކަމަށެވެ.

"އެމްޑީޕީގެ ވިސްނުމާއި ފިކުރާއި އުސޫލުތަކަކީ މިއަދު އެންމެވެސް ގަބޫލުކޮށް ތާއީދު ކުރާ ކަންކަން, ވޭތުވެދިޔަ ހަތަރު އަހަރު ކުރެވުނު ތަޖުރިބާއިން ލިބުނު ފިލާވަޅުތަކަށް ބަލާއިރު ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހައްގުތައް ކަށަވަރު ކޮށްދީ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ގާއިމްކުރުމަށް މީގެ އަހަރުތަކެއް ކުރިން ފެށިގެން އެމްޑީޕީން ކުރަމުން އަންނަ ދަތުރުގައި ބައިވެރިވެ ކޮންމެސް ވަރެއްގެ ހިއްސާއެއް ދެވުނު ކަމަށްޓަކައި އުފާ ކުރަން،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ އެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރައްވާ އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި އެއް ބޭފުޅަކީ ރައީސް ނަޝީދު ކަމަށެވެ.

މި ބަޔާނުގައި ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަ ކުރެއްވޭނެ ތާއީދު ކުރާނީ އިބޫއަށް ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި ޕާޓީތަކުން އިހުތިޔާރު ކުރާ ކެނޑިޑޭޓަކަށް ފުރުސަތު ގެއްލި ކޯލިޝަނުން އެއްބަސްވާ ކެނޑިޑޭޓެއް ނެރޭނަމަ އެމްޑީޕީގެ ކެނޑިޑޭޓަކަށް ފުރުސަތުދީ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ފަރާތެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ކުރިއަށްދާން ނިންމާ ގޮތަކަށް އިހުތިރާމްކޮށް އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކޮރަކަލި

    މާކުރިން ވެސް އެގޭ ކަމެއް

  2. ނަޖ

    ތީނަގެ ވާާާހަކަަަ ޣަޑުޣަހާކަޣް ބޭނުމެނޫން

  3. ކެނެރީ ސޮނި މުގާބޭ

    އެމްޑީޕީ ކުނބޯ ހައްދާލީ، ޖަލަށް ލީމަ ހޭރޭނެ ޤައްދާރުން އެހެން ޕާޓީ ތަކުގަ މަދުވިމަ... އަނބީން ރީއްޗަކަސް އުޅުމެއް ފިރީންގެ ނެތުމުން އެހެން މީހުން ކާން ފުރުސަތު ފަހިވޭ... ދެން ބައްލަވާލައްވަވާ

  4. 3ނިރު

    ބޭނުންކޮޅަކަށް އެނބުރޭނެ

  5. ނުރަބޯ

    އެހެންވިއްޔާ މަހަލޫފް ތިޔަ ހަލާކުވީ. އެހެނީ އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ލާދީނީ ފިކުރު، ވިސްނުމަކީ ގައުމަށް ކޮންމެ ގޮތެއްވިޔަސް އަމިއްލަ އެދުން އިސް ކޮށް ތިމަތިމާމެންގެ އަންބޮނޑި ބޮޑު ކުރުން، ތަރައްގީއަކީ ކަންނުކޮށް ކަންކުރާ ގޮތްދެއްކުން. އަމާޒަކީ ޢަލްމާނީ އުޞޫލު ގާއިމުކުރުން.

  6. Anonymous

    ދެން ލަލަލާ. މިނިކާވަގަށް ތާއީދު ކުރާ މީހަކު ނެތް. އަންނި އަށް ސަޕޯޓު އޮތީ

    • ޢޮރެންޖް

      މިއޮއް ހުރިހަާ ދުވަހު އަންނި އަށް ބެވީި. މިހާަރު ކުއްލިއަކަށް އެނޯއީމަސް އަށް ތިވީ ކިހިނެއް. ޙެހެހެ

    • ޖޮއްބެ

      މަހުލޫފަކީވެސް އަންނިކަހަލަ ލާދީނީ އަދި ގުންޑާ ސްޓައިލްގެ މީހެއް. ކޮންމެ ކަމެއްވެސް ގަދަބަދަވިކަމާ އޭނާގެ ގަދަ އަޑު ބޭނުންކޮށްގެން ކުރެވެންވާނެ ކަމަށްދެކޭ ވިސްނުންކޮށި އަމިއްލައެދުންބޮޑުމީހެކެވެ. ދެއްކޭނުދެއްކޭ ވާހަކައެއްނޭނގި އަނގަތަޅަން ހަދައިގެން ޖަލުގެގޮޅި ބައޭބައޭ ކިޔަކިޔާ ހުރި މީހެކެވެ. ބަޔަކު ކިތަންމެ ނުރުހުނަސް އަދި ފޮރުވަންއުޅުނަސް ރައީސް ޔާމީން ވަރުގެ މިގައުމަށް ކުރުމުއްދަތެއްގެ ތެރޭގައި ބޮޑުފައިދާއެއް ކޮށްދިން ވެރިއެއް ފެންނާކަށްނެތެވެ. އަދި ކުރުމުއްދަތެއްގެ ތެރޭގައި ގައުމަށް ގެނެސްދިން ތަރައްގީއާއި އިގްތިޞާދީހެޔޮބަދަލުތަކަކީ ބައިނަލް އަގުވާމީ މާލީ އިދާރާވެސް ޙައިރާންވެ އަދި އެކަމަށް ތަޢުރީފް ކުރަމުންދާ ކަންކަމެވެ. އަދި މާތްﷲގެ ރަޙްމަތްފުޅާއެކު އެމަނިކުފާނު މިކަންކަން ޙާޞިލްކުރީ ވެރިކަންކުރަން ލިބުމުން ގައުމަށް އެއްވެސް ފައިދާއެއް ނުކޮށްދެވި ފެއިލްވެގެންދިޔަ ކެރަފާ ނަޝީދު އާއި އޭނާގެ ޙައްދުފަހަނައަޅާފައިވާ ބައިގަނޑު އެކަންކަމަށް ކެނޑިނޭޅި އެކިއެކި ހުރަސް ތައްކުރިމަތިކުރަމުން ދަނިކޮށެވެ. އެހެންކަމުން ހުރިހާގޮތަކުން ބަލާއިރުވެސް ކެރަފާނަޝީދަކަށް ރައީސްޔާމީން ހިންގެވި މަގަކުންވެސް ނުހިނގޭނެއެވެ. އެހެންކަމުން ތިޔަ މަހުލޫފު ކަހަލަ ގުންޑާއެއް ހަމަ އެވައްތަރުގެ އަނެއްގުންޑާގެ އުސޫލުތައް ރަނގަޅުވެގެން އެވާހަކަދެއްކުމަކީ އޭނާގެ އަމިއްލަ ކަމެކެވެ. އެއީ ދިވެހިރާއްޖެ އަކާ ބެހޭކަމެއްނޫނެވެ.

  7. ާނިޒާރު

    ރީލޯޑު ކުރިވަރަކަށް ފަނާކުރަނިވި ޕާޓީ އަށް ކަލޭ ސަޕޯޓު ކުރާނެ. މިހާރު ތިޔައީ ސިޔާސީ ރަންޑި އެއްކަން ރާއްޖޭ ގެ ކުދި ބޮޑު އެންމެނަށް ވެސް އެގޭދޯ! މާ ބޮޑަށް ފުއްޕާފަ އުޅެންޏާ ވާނީ ތިޔަހެން.

  8. ޏ

    ސޭކު މޮޔަ އަނގަ ތަޅާ މީހެއް..

  9. ޙަނާ

    އެހެންނުވާނީ، މޑޕ ގެ އެހެން އެންމެން ފަދައިން ނިގުލަކާ ދެދަޅާ އެބަހުރިއްޔަ.

  10. ހަލީމާ

    މަޙްލޫފް ވަރެއް ހަމަނެތް، ތީ ޤައުމުދެކެ ލޯބިވާ ދަރިއެއް، ސިޔާސީ ވިސްނުމާ ފިކުރަކީ ޤައުމުގެ ހާލަތާއެކު ބަދަލުވާންޖެހޭ އެއްޗެއް، ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް ތީ ހަޤީގަތް ހާމަކުރަންކެރޭ، ހިތްސާފު ބޭފުޅެއް، ތިގޮތުގައި ހުރުމަށް ްޮވާލަން

    • ހަލީމާ

      އޮޅިގެން ލިޔެވުނީ. މީނަ ވވވ ކަޑަ

  11. ރ

    ތީދެމްކާކު