އުނގޫފާރުގައި ފިހާރައެއް ފަޅާލައި އެތަނުގައި ހުރި ފޯނުތަކެއް ވަގަށްނަގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މިކަމާއި ގުޅިގެން އުނގޫފާރު އޮންލައިނުން ބުނީ، އެރަށު ރީޖަނަލް ހޮސްޕިޓަލް ކަރިީގައި ހުންނަ އެ ފިހާރަ ފަޅާލާފައި ވަނީ، ފިހާރައިގެ ފޯނު ރެކާއި ދިމާލުން ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށެވެ. އެ ރެކުގައި ހުރި ގިނަ ޢަދަދެއްގެ ފޯނު ރޭ ވަގަށް ނަގާފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް މައްސަލައިގެ ތަހުޤީޤު މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަށްދު

    ނުހުންނާނެ 4ނު ތަކެއް

  2. ރެދުފާތޭ

    ފޯނެެއް ލިބިއްޖިއްޔާ ނުހިފާނީ ކާކުތޯ

    • މާމިގިލީ މީހާ

      މަށެއް ނުހިފާނެން..

  3. މޫސަ

    ތިކަން ކުރިބަޔަކު ރޯދަޔައްހުރޭބަ