އައްޑޫ ސިޓީގެ ހުޅުމީދޫ އިން ފައްސިވި ބިދޭސީންގެ ތެރެއިން އެކަކު ހާލު ބޮޑުވެ ހިތަދޫ އަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީ "ވަގުތަށް" ވިދާޅުވީ ހުޅުމީދޫގައި ހުންނަ އެމްޓީސީސީ ސައިޓުން ކޮވިޑް-19 އަސް ފައްސިވި މީހެއްގެ ހާލު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާ އަށް ހިތަދޫ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު އެ މަސައްކަތް ކުރަމުން ދަނީ. އޭނާ ގެންދަން ކުރަން ޖެހޭ މަސައްކަތްތައް އެބަ ކުރޭ. އޭނާ ޕޯޓަލް މެދުވެރިކޮށް ބެލުމަށް ފަހު ހާލަތު ހުރިގޮތުން އިތުރު ފަރުވާ އަށް އެ ގެންދަނީ. އެޗްޕީއޭގެ އިރުޝާދާ އެކު އޭނާ ގެންދަނީ. ދެން އޭނާގެ ހާލަތު ގޯސްވާ ސީދާ ސަބަބު އެހެން ބުނެދޭން ނޭނގޭ،" ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ކޮވިޑަށް ފައްސިވާ މީހުންގެ ތެރެއިން ސީރިއަސްވާ މީހުންނަށް ހިތަދޫ ކުރީގެ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ހަމަޖައްސާ، އެތަން ވަނީ ކޮވިޑު ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކޮށްފައެވެ.

ހުޅުމީދޫ އިހަލުން މިހާތަނަށް ކޮވިޑް-19 އަށް 25 މީހަކު ވަނީ ފައްސިވެފައެވެ. ހުޅުމީދޫގައި ހުންނަ އެމްޓީސީސީގެ ސައިޓަކުން ބިދޭސީންތަކެއް ކޮވިޑް-19 ފައްސިވުމާ ގުޅިގެން އެ ރަށުގައި ނެގި ވަކި ތަރުތީބެއް ނެގި 100 ސުންކުގެ ނަތީޖާ ވަނީ ނައްސިވެފައެވެ.

އެ ރަށުން ނެގި ސުންކުތައް ނައްސިވި ނަމަވެސް ހުޅުދޫ އާއި މީދޫ އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.

މީގެއިތުރުން އައްޑޫ ސީޓީ ހިތަދޫގައި އުފެދުނު އިހަލުން މިހާތަނަށް 22 މީހަކު ވަނީ ފައްސިވެފައެވެ. އަދި ދުބާއީ އިން ރާއްޖެ އައުމަށް ފަހު ކަރަންޓީންގައި ހުރި މީހަކު ޓެސްޓް ހެދުމުން އެމީހާ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންކަމުން އައްޑޫގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައިވާ 49 މީހުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރަދީފް

  ހުޅުމީދޫ ސިއްހީ މަރުކަޒު އެއީ ހެލްތު ޕޯސްޓެއްގެ ދަރަޖައިގެ ތަނެއް.އެއްވެސް ފެންވަރެއް ހުރި ތަނެއް ނޫން.

 2. ބަރޭ

  އަޅެފަހެ އެޗުޕީއޭ ހަމަހޭގަތަ ؟؟؟ މިވަރުވާއިރު! މީހުން މަރުވާން ފެށީމާ ދެން ކިހިނެތް ހަދާނީ!

  • ރާގޮޑިރާޖަ

   ޢެޗްޕީއޭތޯ މާލެއާހުޅުމާލޭގަ މާސްކްނާޅާ ގައިޑްލައިން ފޮލޯނުކޮއް ތެޅިބާލަނީ.

  • ޢަހޫ

   ޙަމަހޭގަތިބޭމީހުން ވަރަށްރީތިކޮށް ފެންނާނެ މަގުމަތިންވެސް. ޢެމީހުންގެ މާސްކް އަޅުވާފަހުންނާނީ މަތިމަހުގަ ފިހާރައަކަށްވަނަސް ޖަހާފަހުންނަ ފާހަގައަކަށް ބަލައެއްނުލާނެ ހުންނާނީ ޖެހިގެންހުންނަމީހާގައިގަޖެހިގެން އަދި ނޭފަތްފޮޅާފަ ޖީބުގަ ފޮހެލާފަ މުދާތަކުގަ އަތްހާކަމުން ދުވާނެ.

 3. ދާރި

  ޢެޗްޕީއޭއިން ޓެކްސީތަކަށް ހެދިގައިޑްލައިން އުވާލީތޯ ނުވަތަ ޑްރައިވަރުން ނަކީ ގައިޑްލައިނަށް އަމަލްކުރަންޖެހޭ ވަރަށްވުރެ މާމަތީބަޔަކީތޯ.