ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޭނުންވާ ވެކްސިން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓްރީން ނެރެމުން އަންނަ އައްޑަނައިގެ މި ހަފްތާގެ އަދަދުގައި މާރިޔާ ވިދާޅުވީ ސިފައިންނާޢި ސިފައިންގެ އާއިލާތަކަށް ބޭނުންވާ ވެކްސިން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖުނަތު ސިންގް ދެއްވާފައިވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ގައުމުތަކާއެކު ގުޅުން ބަދަހިވުމުން ދިވެހި އަސްކަރިއްޔާ ކުރިއެރުމަށް މުޅިން އައު ތަޖުރިބާތަކެއް ފަހިވެ ފައްކާވަމުންދާ ކަމަށެވެ.

އެގޮތުން ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އަސްކަރީ ބޮޑެތި ގައުމުތަކުން ސިފައިންނަށް ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމުން ހަމަ ޔަގީނުން ވެސް ދިވެހި ސިފައިންނަށް ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ގިނަ ގުނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

މީގެއިތުރުން ދިވެހި ކަނޑުތަކަށް ވަގަށް ވަދެ އުޅޭ ބޭރުގެ މަސް ބޯޓުތައް އަތުލައިގަނެ މަސް ކަނޑުތައް ހިމާޔަތްކޮށް ޓެރަރިސްޓު ހަމަލާތަކާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ފުޅާކޮށް ގިނަ ހޯދުންތައް ހޯދުމަށް ކުރިއެރުންތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަވާ ޙަފީޘު

    އިލާހީ އިސްމުފުޅުން ފަށާފައިވާ ޤާނޫނުއަސާސީއަށް ފައިންއަރާ ، ފުލުހުންނާ ސިފައިންނަކީ ފިދަނނަތަކެކޭގޮވައި ދިވެހި އަސްކަރިއްޔާއަށް މަލާމާތްކުރމީހާއަށް އަސްކަރިއްޔާއިން ސެލިއުޓްކުރަން ޖެހިފައި މިއޮތީ! ދުނިޔެ ދައްކަމުންމިދާ ކަންތައްތަކުން ޢިބްރަތް ލިބިގަންނަނީ ކިތައް މީހުންހެއްޔެވެ؟

  2. ޑޑ

    ފާމަސިސްޓުން ނަށްވުރެވެސް ރިސްކު ދޯ ސިފައިންގެ އާއިލާ

  3. ޙުއްތު

    ރިޓަރ ވެފަ ތިބި ސިފައިން ބަލިޖައްސަން ދޫކޮށްލަނީތޯ. ބޭނުން ކެނޑުނީމަ އެއްލާލާ އުސޫލު ދެއްތޯ