މިނިސްޓަރުގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ އެއްވެސް ކަމެއް ނުކުރައްވައި ނޯންނާނެ ކަމަށް ވިދާޅުވެ، ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެމްޑީޕީ އަށް ފާޑު ވިދާޅުވެއްޖެއެވެ.
މަލީހު އެގޮތަށް ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ވަޑައިގެންނެވި މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައި ވަނިކޮށެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްކޮށް ހުންނަވައި މަޖިލިހަށް ހުށަހެޅުއްވި މައްސަލައިގައި 14 މެމްބަރަކު ސޮއިކުރެއްވިއެވެ.
މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލިހަށް ހުށަހެޅި ލިޔުމުގައި ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީން ހަދަން ޖެހޭ އެއްވެސް ގަވައިދެއް މަލީހު މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރު ވެސް ހަދާފައިނުވާ ކަން ސާފުކޮށް އެނގޭ ކަމަށެވެ.
މި ގާނޫން ހެދުމަށް ލާޒިމް ކުރާ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމަ އަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކަކަށްވެފައި އެ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަން ކަށަވަރުވާ ކަމަށް ވެސް މަލީހާ ދެކޮޅަށް ހުށަހެޅި މައްސަލައިގައިވެއެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނެފައި ވަނީ ގަވައިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް ވަޒީރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ އިރު، އެކަމަށް މަލީހު ހުރަސް އަޅުއްވާފައިވާ ކަމަށެވެ.
ނަމަވެސް މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަސާސެއް ނެތް ކަމެއްގެ އިލްޒާމް އަޅުވައި އަދަބު ދޭން އުޅުމަކީ ދުސްތޫރާ ހިލާފު ކަމެއް ކަމަށެވެ. އަދި މިނިވަން ކޭމްގެ ބޯޑަށް އަދި މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެ، މަލީހު ވަނީ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވި ގަވައިދުތަކުގެ ލިސްޓެއް ހާމަ ކުރައްވައިފައެވެ. އަދި ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގާނޫނަށް ވުރެ މަތީގައި މި ގައުމުގައި ބަޔަކު އުޅެނީތޯ؟" މަލީހު ވިދާޅުވިއެވެ.
Asaaseh neiy kamehge ilzaamu alhuvaa adhabu dheyn ulhumakee dhusthooraa khilaafu kameh. Minivan CAM ge Board ah adhi muvazzafunnah shukuriyyaa. Kuranjehey ehves kameh nukoh noannaane. Qaanoonah vure matheega miqaumuga bayaku ulheneethoa? pic.twitter.com/zL2WwA4HQC
— Mohamed Maleeh Jamal (@maleehjamal) February 10, 2021
މަލީހު އާންމު ކުރެއްވި ލިޔުމުގައިވާ ގޮތުން މިނިސްޓްރީން އެކުލަވާލަން ޖެހޭ ގަވައިދުތައް ހެދުމުގެ މަސައްކަތް މި ސަރުކާރު ވުޖޫދަށް އައި ފަހުން ވަނީ ފަށައިފައެވެ. އެގޮތުން ކުރި މަސައްކަތުގެ ތެރެއިން ނުވަ ގަވައިދެއް އެކުލަވާލައި މިދިޔަ ޑިސެމްބަރު މަހު އެޓާނީ ޖެނެރަލްގެ ލަފާފުޅަށް ވަނީ ގަވައިދުތައް ފޮނުވައިފައެވެ.
މިނިސްޓްރީން އެކުލަވާލި ގަވައިދުތަކަކީ:
- ކޮމިއުނިކޭޝަން މިނިސްޓްރީ އަށް ހުށަހެޅޭ ޝަކުވާގެ މައްސަލަތައް ތަހުގީގު ކުރުމާ ބެހޭ ގަވައިދު.
- ކޮމިއުނިކޭޝަން މިނިސްޓްރީގެ ހިންގާ ގަވައިދު.
- ކޮމިއުނިކޭޝަން މިނިސްޓްރީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތައް ބޭއްވުމުގެ ގަވައިދު.
- ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމުގެ ގަވައިދު.
- ރޭޑިއޯ ކޮމިއުނިކޭޝަން އިކުއިޕްމަންޓްގެ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމުގެ ގަވައިދު.
- ކްލާސް ލައިސަންސް ދޫކުރުމުގެ ގަވައިދު.
- އާންމު ބޭނުމަށް ފްރިކުއެންސީ ދޫކުރުމާއި ބޭނުން ކުރުމުގެ ގަވައިދު.
- ޝޯޓް ކޯޑް ދޫކުރުމާ ބެހޭ ގަވައިދު.
މަލީހް މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފާސް ކުރިއެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ކުރި ގޮތާ އެއްގޮތަށް އެ މައްސަލަ ވަނީ ރައީސްގެ ސަމާލު ކަމަށް ވެސް ގެނެސްފައެވެ. އެކަމާ ގުޅިގެން ރައީސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
މަލީހު ދާދި ފަހުން "ވަގުތަށް" ވިދާޅުވީ އޭނާ މަގާމުން ވަކި ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމުމަކީ އެމްޑީޕީން އަމިއްލަ ސަންދޯކަށް މޮހޮރު ޖެހުން ކަމަށެވެ. މަލީހު ވިދާޅުވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރުން އެއީ އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ އިތުބާރު ނެތް ކަމަށް ފާސް ކުރުން ކަމަށެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ވެއްދޭނީ 10 މެމްބަރުންގެ ސޮއި ލިބިގެންނެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.
ކަމެއްނުވިއޭ 2 އަހަރުވީއޭ.. އިންޓަރނެޓް ޕެކޭޖް އަކުން 1 ރުފިޔާ ކަޑާލާފަ ދެއްކިނަމަވެސް އޯކޭއޭ.. ދެން ރަގަޅުވާނީ ތެޔޮލާގެން ވަޅުދިޔަހިއްކަން ގޭގަ އޮތިއްޔާއޭ..
ނަމާދުވެސް ތޯ!
ޗެލެންޖް ކޮށްފަ މިބުނަނީ މިސަރުކާރަށް ނުކެރޭނެ މަލީހު ވަކިކުރާކަށް. އިންޑިއާގެ މިލިޔަނަރު އަންބާނީ ގެ ރިލަޔަންސް އިން ސަރުކާރުގެ ވެރިންނަށް ބައި އެޅޭގޮތަށް ވަނީ ޖަރީމާއެއް ހިންގާފަ.
އިންޓަރނެޓް އަގުހެޔޮ ކުރުން.. އެކަން އަދިވެ ސް ނުކުރޭ
ދެން ތިވާހަކައިގެ ފައިދާއެއްނުފެންނާނެ އެކަމަކުވެސް އިސްތިއުފާނުދީ ބޭރެކުރަންދެން ހުންނަވާތި
އެއުޅެނީ ކަމެއް ނުކޮށްގެނެއް ނޫން. އެއުޅެނީ ރަގަޅަށް ކަމެއްް ކުރިއަށްދާތީ، ޖޭވެގެން. އެކަން ހުއްޓުވަން. މިމެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ރައްޔިތުންނަށް ފުރުސަތު ނުލިބޭހާާ ހިނދަކު އެއްވެސް ކަމެއް ރަގަޅަށް ކުރިއަކަށް ނުދާނެ. މެމްބަރުން ވަކިކުރުމުގެ ބާރުު ރައްޔިތުންނަށް ލިބެންޖެހޭ. މަޖްލިސްތެރޭ މެމްބަރުން ކުރަނީ ކޮންކަމެއް. ރައްޔިތުންވަނީ ނިކަމެތިވެފަ. ރަގަޅު ސިއްޙީ ފަރުވާއެއްނުލިބޭ. ރައްޔިތުން ދަރަނިވެރިވާހާ ކަމެއް އެބަކުރޭ. ބަލިމީހުނަށް އަޅާލުމުގަ އިންތިހާއަށް ފަރުވާކުޑަ.
ޢިންޓނެޓް އަގުހެޔޮވިތަ ބްރޯ!!! ނުކުރެވުނެއްނު!!
ކުރަންޖެހޭ ކަމެއް ނު ކުރެވިގެން ނޫނޭ އިތުބާރު ނެތް ކަމަށް ވައްދަނީ ޕާޓީ ކުދިންނަށް މަގާމްތައް ދޭންވެގެން ބުއްޅަ ބުނެފަ ނޫން އޮތީ އެވާހަ ކަ
ނެތި ހަމަ ހުރިގޮތައް އޮތީ