ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރާވަޑައިގަތް ކަން އެނގިވަޑައިގަތީ މީޑިއާއިން ކަމަށާއި މައުލޫމާތު މިހާރު ލިބޭ ގޮތުގައި އަލީ ވަހީދު ފުރާވަޑައިގަތީ ބޭސްފަރުވާއަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ އަލީ ވަހީދު ފުރާވަޑައިގަތް ކަން އެނގިވަޑައިގަތީ މީޑިއާއިން ކަމަށެވެ. އެއަށް ފަހު އެ ކަން ހިނގައިދިޔަ ގޮތް ސާފު ކުރެއްވި ކަމަށް ވިދާޅުވިއެވެ.
މި ގޮތުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް ކޯޓު އަމުރު ބާތިލް ކުރަން ކޯޓުން ނިންމީ އަލީ ވަހީދުގެ ބަލި ހާލަތަށް ރިއާޔަތްކޮށް ބޭސްފަރުވާ ހޯދެން އޮތީ ރާއްޖެއިން ބޭރުން ކަމަށް ބުނެ ޑޮކްޓަރަކު ދީފައިވާ ލިޔުމަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވަނީ އޭނާގެ މައްޗަށް ޖިންސީ ކުށްތަކެއްގެ ބޮޑެތި ދައުވާތަކެއް ދައުލަތުން އުފުލާފައިވަނިކޮށެވެ. އޭނާގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައެވެ.
މިއީ ޖިންސީ ފުރައްސާރައެއްގެ ތުހުމަތު އަމާޒުވެގެން ވަޒީރަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ. އަދި އެފަދަ މައްސަލައެއްގައި ވަޒީރަކަށް ދައުވާ އުފުލި ވެސް ފުރަތަމަ ފަހަރެވެ. މި ދައުވާތަކުގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުން ފާށާފައިވެއެވެ.
ޤަސްތުގައި ރާވައިގެން ފުރުވާލީ، ފަޑިޔާރުގެ ވަރަށް ނަޒާހައްތެރި މިކުރަނީ !
ސަރުކާރުން ކޮވިޑްގަ ކުރިއްޔާ ކުރިހާ ވައްކަމެއްކުރުމުގެ މުގުލުގަ އިނީ މީނަޔާ މައިމޫމާޔާ ނަޒުލާޔާ މިވަރުގެ ބައެއް ތެ ދެއްހަ ދާނެތަ ހުންނަ ގޮތްކުޑަކަން ބަލާބަލަ ސައިތާނުގެ
އެތަން ކޮޅުގެ ފަރުވާކުރަން!
އެހެންވީމަ އަމިއްލަފުޅައްތި އެއްބަސްވެލައްވަނީތޯ ފެއިލްވެއްޖެކަމައް
ސަރުކާރުގެ އެހާ ގާތް އެކްސް-މިނިސްޓަރަކު އެހާ ބަލިހާލު ބޮޑުވެގެން އުޅުނުއިރު ސަރުކާރަށް ހަމަ އެއްގޮތަކަށްވެސް ނޭނގި މިއޮތީ. ފުރިފަހުން ބަލިކަން އެއެނގުނީވެސް. ހުކުމްކުރިތަނާ ވަގުތުން ޕާސްޕޯޓް ކްލިއަރވެގެެން ޓިކެޓްވެސް އެހާ އަވަހަށް ނެގި އެހާ އަވަހަށް ފުރައިފި. ދިއަ ގައުމެއްވެސް ނޭނގޭ އެއްވެސް މީހަކަށް.
އަތް ކަނޑާނަމަ މިހާރު މީތިތައް ތިބޭނީ ކޮއްމަސްބުރި އައް ވެފަ.
ތިޔަ މައްސަލައިގަ ކޯޓުން ހުއްދަ ދިން ފަނޑިޔާރާ އިމިގްރޭޝަން އާ ހަވާލުވެ ހުރި އިސް މީހާ އިސްތިއުފާ ދޭން ޖެހެ އެވެ.
ތިބޭފުޅާ މެންގެ ވާހަކަ ހުރިގޮރް ދިވެހިކޮންމެ ރއްޔިތަކަށް އެނގޭނެއެވެ.
ހުޅުމާލޭ މިސްކިތުގައި އަޅުކަން ކުރަންހުރި ދިވެހި މީހާއަށް ޙަމަލާދިން އިންޑިއާ މީހާގެ ބޮލުގައި އަތްފިރުމާލައި ގައުމަށް ފޮނުވާލުމަށްފަހު ޕީޖީ ޝަމީމު މީޑިޔާއަށް އަރައިބުނީ. އެންމެ ރަނގަޅީ އޭނާ ގައުމަށް ފޮނުވާލުން ކަމަށެވެ. ޤާނޫނޫނު އަސާސީގެ އެންމެން ހަމަހަމަ ކުރި މާއްދާވެސް ޝަމީމު އެހެއްދެވީ ބޭނުންގޮތަކަށް މޮޑެލާ ފުއްގަނޑެްް ކަނަށެވެ.
އިންޑިއާ މީހާ އިސްލާމީ މަރުކަޒަށްއަރައި އޮރިޔާންވީމާ ފުލުހުންބުނީ އެެއީ މޮޔަ ކުއްޖެއް ކަމަށެވެ!
ޢަލީ ވަޙީދު ބުނެފައި އޮތީ، އޭނާއަށް މިސަރުކާރުން އެއްވެސް ކަމެއް ކުރާކަށް ނުކެރޭނެކަމަށް. އެއަށްވުރެ ބޮޑެތި ޖަރީމާ ސަރުކާރުން ހިންގާފައިވާކަމަށާއި، އެހުރިހާ ކަމެއްގެ ހެކި ޢަލީ ވަޙީދުގެ އަތުގައިހުރިކަމަށް. މިހެންވީމަ، ޕީޖީއިން މިކަމުގައި ސަރުކާރާއި ވާހަކަ ދައްކައިގެން ޢަލީ ވަޙީދު ރާއްޖެއިން ފުރުވައިލީ ހަމަ ދުރާލައި ރޭވިގެން ޤަޞްދުގައި.
އެޗްޕީއޭގަ ހުރެގެން ދޮގު ހަދަން މޮޅުކަމުން ގެންދިޔައީ ރައީސް އޮފީހައް، މީނަގެ ދޮގު ހެދުމުގެ ހުނަރު އެދައްކާލަނީ
ބަނބުރޫކް އަކީ ދޮގުހެދުމުން ޕީއެޗްޑީ ނަގައިގެން ހުންނެވި ބޭކަލެއް
ބުރޯ ޕުލީސް، ތީ ދިވެހި ވަރަށް ވިނަ މީހުންގެ ލޯބި ލިބިފައިވާ ފަރާތެ. ކޮވިޑް ގެ ހުރިހާ ހަބަރެއް ތެދުވެރިކަމާއި އެކީ ރައްޔިތުންނަށް ގެނެސް ދިން. ރައްޔިތުން ވާ ލޯބި ގެއްލޭ ފަދަ ކޮސް ވާހަކަ ނުގޮވާ. އާދޭސް ކޮއްފަ ބުނަން.
އިރާގުގެ ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަހާފުތަ...ހައްހައް...ބުހުތާން ދޮގު ހަދާމީހެއް
އަލީ ވަހީދު ފިލިކަން ކަލެޔަށް އިނގޭނީ މިރޭ ފެންނަ ހުވަފެނަކުނޫންތަ
ރާބޮއެގެން ދެއްތޯ ތިބީ ބަލަ ތިޔަ ކަހަލަ ތާކުން ތާކު ނުޖެހޭ ވާހަކަ ދެއްކީމަ ކުޑަކުއްޖަކުވެސް ގަބޫލެއް ނުކުރާނެ ވާނުވާ ނޭގޭ ސަރުކާރެއްކަން ތިޔަ އެއްބަސްވީ
ދެން ޢަލީ ދަލީލު އާއި މަގުރޫޕު ދެބޭން ބޫން ބޫން، އެނގިއްޖެ؟
ތިހެން ކަމަށްވާނަމަ ރައީސްއަށް ކީރިތި ކުރެއްވޭ ވަރުން ތިވާހަކަ ތިއޮތީ ތަރުޖަމާނު ގާތު ކުރިން ނުބުނެވިއެވެ.
އަލީވަހީދުގެ ސަރީއަތް މިސަރުކާރުން ކުރިއައް ގެންދަން ނުކެރޭނެކަން ކުރިންވެސް އެނގޭ ގެންގޮސްފިއްޔާ ސަރުކާރު ރީއްޗައް ބަރަހަނާ ކޮއްލާނެ ކުރި ހުރިހާ ވައްކަމެއް އޭނަޔައް އެނގޭނެ!!
ނަސީބެއްނޫންތަ ރައްޔިތުން ނުކުމެ މިވެރިންގެ އަނގަޔައް އަތްބާނާފަ ކުޑަދޫ ދަމައިނުގަންނަކަން ހަމއެކަނނި އަތެއްނޫން ކަނޑަންވީ ގަޔާ ވަކިންހުރި ހުރިހާގުނަވަނެއްވެސް ކަނޑަންޖެހޭ!!
ތަ ފާތުކުރުން އިންތިހާއަށް އެކިމީހުނަށް އެކިގޮތް އަންދާ ގާނޫނު. އެއްވެސް ހެއްކެއްނެތި މީހުން ހައްޔަރުކުރުމަށް އަމުރުނެރުމުން އެ އަމުރު ރިވިއުކޮށް ނުދޭ ތިއަކޯޓުން އަނިޔާވެރިކަން ވަރަށްބޮޑު އިންސާ ފު ވިއްކާ އެއްޗަކަށް ހަދަން ހެއުވާނެތޯ؟
ނަސީދު ވެސް މައިބަދައިގަ ރިއްސާތީ އިގިރޭސި ވިލާތުގަ ފިޒިއޮތެރޕީ ހެދީ ގޮނޑި ދުއްވައިގެން.އަލީވަހީދުވެސް އިގިރޭސިވިލާތުގަ ގޮނޑި ދުއްވައިގެން ފިޒިއޮތެރަޕި ހެއްދެވުމުން މައިބަދަ ރަނގަޅުވެދާނެ. ޕީޖީން އެބުނީ 3 މަހޭ އެހާތަނަށް ރަނގަޅުވާނެތް؟ ނަސިދުވެސް ރަނގަޅުވީ 2 އަހަރެއްހަ ދުވަހުން . އަލީވަހީދު އުމުރުގެ ބާކީބައިގަ މައިބަދައިގެ ރިއްސުމަށް ވޭސްކުރަންނުޖެހޭނެބާ؟
އެމްޑިޕީ ސަރުކާރުގަ އަލީވަހީދު އަށްދިމާވިގޮތުން ޕިޕީއެމްގެ ސަރުކާރުގަވެސް އަލީވަހީދުގެ މައްސަލަ ކޯޓްގާ ހިގާނެ .މިހާރު އަލީވަހީދަށް ވެފަ އެހުރީ ފުޅަންގަށް ވީހެން މައްޗަށް އަރައިފިނަމަ ހޯރަހިފާނެ އަޑިޔަށް ގޮއްސިނަމަ ކަންކެލި ހިފާނެ.