ދިވެހިންނަށް ހަލުވި އިންޓަނޭޓް ލިބޭނެ ގޮތް ހެދުމަށް މި އަހަރު ތެރޭގައި މަސައްކަތްތަކެއް ފަށައި، އެކަން ހައްލުކޮށްދެއްވަން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މަބްރޫކު އަޒީޒު ވިދާޅުވީ، އިންޓަނޭޓް އަގު ކުޑަކުރުމަކީ ކުރަން ޖެހޭ މަސައްކަތެއް ކަމަށާއި، އެކަމާއި ގުޅޭ އަދާހަމަތައް ކުރިއަށް އޮތްތަނުގައި ގެނެސްދޭނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، މިވަގުތު ހުރި އަދާހަމަތަކަށް ބަލާއިރު، އިންޓަނޭޓްގެ ހިދުމަތް ރަނގަޅު ކުރުމާއި ގުޅޭގޮތުން މިއަހަރު ތެރޭގައި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.
"މިއަހަރު ތެރޭގައި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އިންޓަނޭޓް ޓްރޮޓެލް ވުމުގެ މަސައްލަ ހައްލު ކުރަން،މާނައަކީ ޕެކޭޖެއް ނަގާފައި ވަކި ސްޕީޑެއްގައި ލިބޭނެ ކަމަށް ބުނެފައި،މާ އަވަހަށް ޕެކޭޖް ހުސްވާ މައްސަލަ، އެއީ އޮތް ވަރަށް ބޮޑު ޝަކުވާއެއް، ދެން އެ ސްޕީޑް ދެމި ނުހުންނަކަަމަށް، ކުރެވޭ ޝަކުވާ". މަބްރޫކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ މައްސަލަތަކަށް އެޑްރެސް ކުރުމުގެ ވިސްނުން މިވަގުތު އަވަސް ހައްލެއްގެ ގޮތުގައި ގެންނަން ޖެހޭ ކަމެއްގެ ގޮތުގައި ވިސްނައިގެން، މިއަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ދުރު ރާސްތާ ވިސްނުން އެއީ އިންޓަނޭގެ އަގު ހެޔޮ ކުރުން ކަމަށާއި، އަދި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސް ތެރޭގައި އެކަން ކުރެވޭނެ ކަމަށް ދެކޭ ކަމަށެވެ.
އަގަތެޅިވަރަކަށް ހަލުއި ސްޕީޑް
މިހާރު ތިހެން ކިއާގެން އުޅޭތާ 3 ވަނައަހަރު ދޮގުހަދަން ކުޅަދާނަ މީހަކު ތިހިރީ ހޮވާފަ.
މިއަހަރު ތެރޭގަ އިސްތަށިބާލަބަލަ ކަލޭމެން
ސޯލިބޭ ތިކަމަށްވެސް އޮތީ ވަޢުދުވެފައި! ވަރަށް އަވަހަށް ތިކަމަށް ކަމިޝަނެއް ހަމަޖައްސަވާނެ! އަދި އަނގަތަޅައިގެން އެކަން ފުއްދާލާނެ!
އަލީވަހީދު ފުރައިގެން އެދިއައީވެސް އެހާ ހަލުވި ސްޕީޑްގައި. ކޯޓުން ޕާސްޕޯޓް އަމުރު ބާތިލްކުރުމާ އޭނާ ފުރުމާ ހުރިހާ ކަމެއް އެ ދިއައީ އެންމެ ހައި ސްޕީޑްކޮށް.
ތިފާޑުގެ ސަޅިބާސާ ކެނޑުން ހުއްޓާލުން މާރަނގަޅެވެ. މިސަރުކާރުން އިންޓަނެޓް ފާސްޓުކޮށް އަގުހެޔޮ ކުރި އަޑުގެ ޢަދަދެއްނެތެވެ.
ސްޕީޑް އަވަސް ކުރުމުގެ ކުރީން އޮރިޔާން ސައިޓް ތައް ބްލޮކް ކޮށްބަލާށެވެ.
ދެން ކައުންސިލް އިންތިހާބާ ދިމާ ކޮށް ވައުދު ނުވިއަސް އެންމެ ރަނގަޅެވެ.
އެމްޑީޕީ އަށް ދޭ ވޯޓަކީ މ ރައީސް އަށް ދެވޭ ވޯޓެކެވެ.
ނުކެރޭނެ މަލީހު ބޭރުކުރާކަށް.
ސްލޯ ސަރުކާރު ޓޯކިންގް އެބައުޓް ދި ސްލޯ އިންޓަނެޓް.ސްލޯ ސަރުކާރު އިސް ޓްރައިންގް ޓު ޕުޓް އަ ޗިޕް އިން ދި ހެޑްސް އޮފް ޕުއާރ ސިޓިޒަންސް. މަބްރޫކް ދިސް އިސް ނޮޓް ގުޑް.
އެއްކަލަމީހާ އަރުވައިގެން ރައްޔިތުން ބޯކާލަނީ.
ތަނެއްދޮރެއް ނޭންގޭ ބަޔަކު ކޮންކަމެއްވާނީ. ބޭފުޅާ އަށްވެސް އިގޭނީ ދޮގުހެދުމާ މަކަރުހެދުން
ހެޔޮ ކިތައްމެ ސަޅި ވާހަކައެއް ދެއްކިޔަސް ހަމަ ހުވާ ކަލޭމެނައް ދޭނެ ވޯޓެއް ނުއޮއްނާނެ އެހެން ބައެއްގެ ގޮތެއް ކިޔާކައް ނޭންގެ ދެން...
މިސަރުކާރު މަސައްކަތް ކުރާނެ ވާނެކަމެއް ހަތްހަރާމުން ހަރާމް.
ތި މަސައްކަތް ކުރާ ސްޕީޑު ވެސް ހަލުއި ކޮއްބަލަ
ހީއެއްނުވޭ ތީ ވާނެ ކަމެއްހެން