ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރީ ނޫން ކަމަށާއި، އޭނާ ފުރުވާލީކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އަލީ ވާހީދުގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާއިރު، އިއްޔެ ހަވީރު ވަގުތެއްގައި އޭނާ ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރު ބާތިލް ކުރުމާއި އެކު ލަންޑަނަށް ފުރާފައެވެ.

މިކަމާއި ގުޅިގެން މެމްބަރު އުޝާމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އަލީ ވަހީދު ފުރީ ނޫން ކަމަށާއި ރަނގަޅު ގޮތަކީ އޭނާ ފުރުވާލީއޭ ބުނުން ކަމަށެވެ.

"ކޮންމެ ސަރުކާރެއް އޮތަސް އަޑުގަދަ ނުފޫޒުގަދަ މީހާއަށް އަބަދުވެސް މޮޅުގޮތް. ގާނޫނު ތަންފީޒުކުރުމުގައި އެއްވެސް ކަހަލަ ހަމަަހަމަަކަމެއް ނެތް" އުޝާމް ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

މިއީ ޖިންސީ ފުރައްސާރައެއްގެ ތުހުމަތު އަމާޒުވެގެން ވަޒީރަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ. އަދި އެފަދަ މައްސަލައެއްގައި ވަޒީރަކަށް ދައުވާ އުފުލި ވެސް ފުރަތަމަ ފަހަރެވެ.

އަލީ ވަހީދު ފުރާވަޑައިގެން ގޮސްފައިމިވަނީ ބޮޑެތި ދައުވާތަކެއް ދައުލަތުން އުފުލާފައިވަނިކޮށެވެ. އޭނާގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަންފާ ދިޔެ

    ބަލަ އޭން ދިޔައީ ބޮލަށް ބޭސް ކުރަން! ކޮވިޑު މަސައްކަތާއިގެން އުޅެނިކޮށް އެސޮރު ގެ ބޫމް ބޫމް ވަނީ އައުޓު ފިޓުވެފައި!

    29
  2. ޖުމައިނާ

    ސާބަހޭ އުޝާމް.

    43
  3. ދަރަނި ދަންތުރަ

    ސުކުރިއްޔާ ހޯރައިއްބެ އަދި އިބޫސޯލި

    30
  4. ނުނނު

    ކަލޭ ތިވާހަކަ ދައްކަން އެންމެ އައުލާކަން ބޮޑު މީހާ ؟

    8
    22
  5. Anonymous

    މި ދަޢުވާތަކަކީ ޤާނޫނު ބުނާގޮތުން ޝަރީޢަތްނިމެންދެން ބަހައްޓަންޖެހޭ ދަޢުވާތަކެއް

    25
  6. Anonymous

    އެވާނީ ޒީރޯ ޓޮލަރެންސް ގެ ދަށުންކަމަށް.
    ބަހާއި ޢަމަލު ދިމާނުވާ ރައީސް.

  7. މމނ

    ﷲ ގެ ހަޒުރަތުގައި އެންމެ އިންސާފުވެރި ކޮށް ޢަމަލްތައް ބެލިގެންދާވަގުތު އެއްވެސް ކުށްވެރިޔަކަށް އެހީވެވޭނެ އެއްވެސް މީހެއް ނުހުންނާނެ.. އަލީ ވަހީދެއް ޔާމީނެއް އަންނިއެއް މައުމޫނެއް ނޯންނާނެ.