ޏ. ފުވައްމުލައް ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
އެ ސިޓީ ހޮސްޕިޓަލުން ބުނީ، މިދިޔަ އާދިއްތަ ދުވަހު އެ ސިޓީން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ވަކި ތަރުތީބެއް ނެތި ނެގި ސުންކުގެ ތެރެއިން ފައްސިވި ފަރާތަކީ ދުބާއިން އައިސް އެރަށުގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19އަށް ފައްސިވި ފަރާތާއި ގާތުން އެއްތާވި ފަރާތެއްކަން މިހާރު ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި އެ ދުވަހު ވަކި ތަރުތީބެއް ނެތި ނެގި ސުންކުން ފައްސިވި ދުބާއީ އިހަލާއި ގުޅުންހުރި ފަރާތްތަކުގެ ސުންކު ނަގައި މިއަދު މި ހޮސްޕިޓަލުގެ ލެބަރޭޓަރީގައި ޓެސްޓްކުރި އިރު އިތުރު ތިން މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެހެންކަމުން ދުބާއީ އިހަލުން އެ ސިޓީން ހަތަރު މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.
އެރަށުން ފައްސިވި މީހުންނާއި ގުޅިގެން މިހާރު އެރަށް ވަނީ މޮނީޓަރިންގ ހާލަތަށް ލާފައެވެ.
އެޗްޕީއޭ އާދޭސް ކޯށްފަ އަޅެ ލޮކްޑައުން ކޮށްބަލަ! އާދޭސް ކޮށްފަ މިބުނަނީ! އާދޭސް ކޮށްފަ.. ޕްލީީީީސް
އެޗް. ޕީ. އޭ އިން ގޭގަ ލޮކްޑައުން (ހޯމް ކަރަންޓީން) ކޮށްފަހުރި މީހަކާ ބަޔަކު ބައްދަލުކުރުމުގެ ސަބަބުން ބަލި ފެތުރެންފެށި ވާހަކަ އެއޮތީ. ދެން ކިހިނެއް ލޮކްޑައުން ކުރަންވީ؟
ބޭނުންވަނީ ކޮންކްރިޓް މާލެއިން ބޭރުވެލައި ހަށިފުރާ ނޭވާއެއް ލުމަށެވެ. ތިފޮޓޯ ފެނިފައި ފުވައްމުލަކަށް ވަރަށް ބޮޑަަށް ދާހިތް ވެއްޖެ އެވެ.
ފުވައްމުލަކުގައި ކޮވިޑް ފެތުރެނީ އޭ.އައި.ޖީގެވެރިން ދުބާއައިން ގެނާކޮވޑް
1 ގަޑިއިރު ކުރިން