ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި ދެމުން އަންނަ ވެކްސިން ހަމަ ހަމަ ކަމާއި އިންސާފުވެރިކަމާއި އެކު ދިނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވަނީ ކޮވިޑް-19 އާއި ދެކޮޅަށް ވެކްސިން ދޭން ފަށާފައިވާއިރު، އެފަދަ ކެމްޕޭންތައް ރާވާ ގޮތާއި، ވެކްސިންތައް ފޯރުކޮށްދިނުމުގައި ދެ ފުށް ފެންނަ ގޮތަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިފަދަ ހާލަތެއްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރުމަށް ކޮރަޕްޝަން ހުއްޓުވުމަކީ މުހިންމު ކަމެއް ކަމަށްވެސް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭއިރު، ސިއްހީ ހިދުމަތް ހޯދުމުގެ އިތުރުން ވަޒީފާގެ ހަމަހަމަ ކަމަށް ބުރޫއަރާފައިވާ ކަމަށާއި ވެކްސިން ދޭނެ ގޮތުގެ ޕްލޭންތައް އެކުލަވާލަން ވާނީ ވެކްސިން ދިނުމުގެ ކަންކަން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކުރިއަށްގެންދެވޭ ގޮތަކަށް ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

އެގޮތުން ދިވެހި ފްރަންޓްލައިން މަސައްކަތްތެރިންނާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދޭ ފަދައިން ބިދޭސީ މަސައްކަތު މީހުންގެ ގްރޫޕުތަކަށް ވެކްސިން ދެވޭކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ތިބޭ ސައްހަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި އުޅޭ ބިދޭސީންނަށްވެސް ތަފާތު ކުރުމެއް ނެތި ވެކްސިން ދެވޭނެކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ސަރުކާރުން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު ރާއްޖެއިން 16،000 ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހިބިން

    ވެކްސިން ހަދިޔާކުރީ ދިވެހި ރާއްޖެއަށް. ރާއްޖޭގެ ޖަހަން ބޭނުން މީހުން ޖަހާފަ އެހެން ޤައުމުތަކުގެ މީހުންނަށް އެ ވެކްސިން ދޭން ޖެހޭނީ. އެކަމު އަމިއްލައަށް ގަނެގެން، ކުންފުނީގެ ޚަރަދުގަ ނުވަތަ ޓްރާންސްޕޭރެންސީ ގެ ދީލަތި އެހީގަ ޖަހަން ފުރުޞަތު ދެވޭނެ މަގެއް އޮތިއްޔާ ދިނުން ރަނގަޅު

  2. ކޮވިޑް

    މައިލަކާކޯ ޓްރާންސްޕޭރެންސީ އެބަ އޮތްތޯ. މި ޤައުމުގާ ހަމަމަ ކަން ނެތީ ކޮވިޑް ވެކްސިން ދިނުމުގަ އެކަނިތޯ؟ކޮބާ ދީނަށް ކުރާ ފުރައްސާރަ؟ކޮބާ އަދުލު އިންސާފުގެ ހަމަ ހަމަ ކަން މިޤައުމުގަ؟ ކޮބާ އިންސާނީ ހައްޤުތައް މިޤައުމުގަ؟ ޓްރާންސްޕޭރެންސީ ނިދިން ނޫނީ ހަމަހޭވެރި ކަން ވިއްޔާ މިކަން ކަމާ ވެސް އެއްޗެއްކިޔަން ކެރިބަލަ، ބޯހަލާކު ހުވާ

  3. ލލ

    މިހާރު ވެކްސިން ދެނީވެސް ހުރިހާ ބޮޑުންނަށް މުއައްސަސާތަކުގެ ތެރެއިން ކޮރަޕްޓު ނިޒާމަކުން ސިއްރު ގޮތަކަށް ނޭގޭ ކޯޗެއްކަމެއް ދެނީވެސް !

    1
    1
  4. ޢަސްލު

    މިއޮތް ހުރިހާ ދުވަހު ޓަރާންސް ޕޭރެންސީ ކޮބައިބާ؟ މި ސަރުކ ކާރަށް ވެރި ކަން ލިބުނު ތަނުން ގެއްލިއްޖެ.