‏އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނަކީ ވެކްސިންޖެހުމާ ދެކޮޅު ބައެއްނޫން ކަމަށް އެ ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވެފައި ވަނީ، އިދިކޮޅު ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވެކްސިން ޖަހަން ފައްޓަވާފައި ވަނިކޮށެވެ. އެގޮތުން މިހާތަނަށް އެ ކޯލިޝަންގެ ދެ އެޑްވައިޒަރުން ކަމަށްވާ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދާއި، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ކޮވިޑް ވެކްސިން ޖައްސަވާފައެވެ.

އަދުރޭ ވިދާޅުވީ، އޭނާ ކޮވިޑް ވެކްސިން ޖެހިކަމަށްބުނެ ފަތުރަމުންދާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ.

"އަދި އަޅުގަނޑު ވެކްސިނެއް ނުޖަހަން.އަޅުގަނޑުމެންނަކީ ވެކްސިންޖެހުމާ ދެކޮޅު ބައެއްނޫން.އަޅުގަނޑުމެން އެދެނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް.އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ރައްޔިތުންނާއެކެ". އަދުރޭ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ޖަހަމުން ގެންދަނީ އިންޑިއާއިންް ހަދިޔާ ކޮށްފައިވާ ވެކްސިންއެވެ. އެއީ އޮކްސްފޯޑް-އެސްޓްރަޒެނެކާ އާއި އިންޑިއާގެ ސިރަމް އިންސްޓިއުޓް އިން އުފެއްދި ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިން ރައްޔިތުންނަށް ޖެހުމުގެ މަސައްކަތް ރާއްޖޭގައި ދަނީ ކުރަމުންނެވެ.

މި ވެކްސިން ޖެހުމާއި ދެކޮޅަށް އިދިކޮޅުން މުޒާހަރާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވގ ޔނ

    ކިހާތާހިރު މިމީހުނެތްނޫންތަ މިވެކްސިން ރައްޔިތުން ނުޖަށޭކިޔާ މަގުމަތީގަ ޕޕގެ 4 ކެނައިންހަޅޭއްލެވީ ޗެނަލް ވަގު13 ގައި ޑަކްޓަރު ވގ ނަރީސް ހީވަނީ އެއްޗެއް ދިރުވާލައިގެން އުޅޭހެން ތިޔައް ކިޔަނީ އުބައްޖެހުން ޅޭ އަދުރޭ ކުޑަ ޓިނުކޮޅެއްގެކަންތައް

    13
    6
  2. ރޑކޅ

    ޮކވިޝީލްޑް ވެ ކްސިނަށް ޑަބްލިއު އެޗް އޯ އިން ހުއްދަ ދީފި..! އަޅުގަންޑުމެންނަ ކީ ވެ ކްސިންޖެހުމާ ދެ ކޮޅު ބައެއްނޫން...! ކައިގެން ފުރާނީ...!ނު ނު ކައި ނުފުރާނަން...! ވަޓް އިޒް ދިސް...؟

    9
    2
  3. ނަރެލް

    ހާދަ އަވަހަކަށް ސައިޒުވީ

  4. ހިންދުސް ތާނު

    މި ވެކުސިނު ގެ ސަބަބުން މިހާރު ޖަހާފައި ހުރި ޓިނު ކޮޅު ވެސް ނެއްޓޭނެ