މި ބްލޮގުގައި ޝާޢިއުކުރެވެމުން ދާނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެ އާއި ދުނިޔެއިން ލިބެމުންދާ އެންމެ ފަހުގެ މަޢުލޫމާތުތަކާއި ޚަބަރުތަކެވެ.

23:47

22:21

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން މިއަދު 5166 މީހަކަށް ދީފި.

22:05

ރާއްޖެއިން އިތުރު 186 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

 

21:37

ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ އައްޑޫސިޓިގައި ވަކި ތަރުތީބެއް ނެތި ސުންކު ނަގާނެ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން ބުނެފި.

20:23

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ލެބޯޓްރީން ކޮވިޑް-19 އަށް 10،000 ޓެސްޓު ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި

19:24

ކޮވިޑް-19 އާއި ދެކޮޅަށް ސައިދީ އަރައްބިއްޔާއިން އުފެއްދި ވެކްސިން ޓެސްޓް ކުރުމުގެ މަސައްކަތް އެގައުމުން ފަށައިފި.

17:39

އިނގިރޭސިވިލާތުގައި މިވަގުތު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ގެ އާ ވައްތަރު ކަމަށްވާ "ކެންޓް" ވައިރަސް މުޅި ދުނިޔެއަށް ފެތުރި ނާޒުކު ހާލަތަކަށް ހިނގައިދާނެ ކަމުގެ އިންޒާރު އެގައުމުން ދީފި.

17:11

16:28

16:19

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ، އެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިިފި

12:57

ޏ. ފުވައްމުލަކުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ކުޑަކުދިން ގިނަ ކަން "ވަގުތަށް" އެނގިއްޖެ.

11:37

ޏ. ފުވައްމުލަކުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

11:08

އިސްލާމީ މަރުކަޒުގައި ކޮވިޑް-19 ވެކްސިން ދޭން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއ.

10:44

މޮޑާނާ އާއި ފާއިޒާ ވެކްސިން ޖަހާ ބައެއް މީހުންގެ ގައިން ލޭގެ އުނި ކަމެއް ފެންނަ ކަމަށް ރިޕޯޓްތަކުން ދައްކައިފި.

10:42

ހުރަވީ ސްކޫލްގެ ދެ ޓީޗަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

https://twitter.com/VaguthuOnline/status/1359739488843440129?s=20

09:25

އައްޑޫ ސިޓީ ހިތަދޫ އިހަލުން (ކްލަސްޓާ) އިތުރު ހަތަރު މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

00:15

22:36

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން މިހާތަނަށް 20،000 ވުރެ ގިނަ މީހުންނަށް ދީފި

22:35

ކޮވިޑް-19 ޖެހިގެން މިވަގުތު ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަނީ 214 މީހަކަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ.

22:16

ރާއްޖެއިން އިތުރު 100 މީހަކު ކޮވިޑަށް ފައްސިވެއްޖެ

ކޮވިޑް-19 ރާއްޖޭގައި ފެތުރޭތާ އަހަރެއްހައި ދުވަސް ވެގެން ދިޔައިރުވެސް ދެކުނުގެ ބޮޑެތި ބައެއް ރަށްތަކަށް މި ބަލިމަޑުކަން ފެތުރިފައެއް ނުވެއެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ފުވައްމުލަކާއި އައްޑޫ އަދި ހުވަދޫގައިވެސް މި ބަލި ފެތުރި ހާލަތު ވަނީ ބަދަލުވެފައެވެ.

މިވަގުތު މާލޭގެ އިތުރުން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ ރާއްޖޭގެ އެންމެ ބޮޑެތި އާބާދީތައް ޙިއްސާކުރާ އައްޑޫ ސިޓީއާއި ފުވައްމުލަކަށެވެ. މި ދެ ސިޓީއަށް ކޮވިޑް-19 ގެ ނުރައްކާ އިތުރުވެފައި ވަނީ، މުޖުތަމަޢުގެ ތެރެއިން ބަލި ފެނިފައި ވާތީއެވެ.

އައްޑޫ އިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ސިޓީން ކޮވިޑް-19 އަށް ފުރަތަމަ ފައްސިވި މީހާއަކީ ބަލީގެ އަލާމާތްތައް ފެނިގެން ސުންކު ނެގި މީހެކެވެ. އޭގެ ފަހުން މި ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރި އިތުރު ގިނަ އަދަދެއްގެ ބަޔަކުވެސް ފައްސިވެފައި ވެއެވެ.

ފުވައްމުލަކުން ކޮވިޑް-19 ގެ ވޭދަނައެއް ފުރަތަމަ ފެނިފައި ވަނީ އަންގާރަ ދުވަހުއެވެ. އެދުވަހު އެ ސިޓީން ބައްޔަށް ފައްސިވީ މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ސުންކެކެވެ. އޭގެ ފަހުން އިއްޔެވެސް އިތުރު ތިން މީހަކު އެ ސިޓީން ފައްސިވެ ބިރުވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

އައްޑޫ އާއި ފުވައްމުލަކު މުޖުތަމަޢުގެ ތެރެއިން ކޮވިޑް-19 ގެ ވޭދަތަކެއް ފެނުމާއި ގުޅިގެން އެ ސިޓީ މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއި އުސޫލުތައް އެ ދެ ސިޓީގައި ވަނީ އިއުލާނުކޮށްފައެވެ.

ކޮވިޑް-19 ގައި މުޅި ރާއްޖޭގެ ހާލަތަށް ބަލާއިރު އިއްޔެވެސް އެންމެ ގިނަ ފައްސި ވޭދަނަތައް ފެންމަތިވެފައި ވަނީ މާލެ ސަރަޙައްދުންނެވެ. މި ސަރަޙައްދަކީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ސަރަޙައްދުވެސް މެއެވެ. މުޅި ރާއްޖެއަށް އެންމެ ބޮޑަށް މި ބަލި ފެތުރިފައި ވަނީ މާލެ ސަރަޙައްދުން ރަށްރަށަށް ދަތުރުކުރާ މީހުންގެ ފަރާތުންކަން ފާހަގަކޮށްލެވެއެވެ.

މި ނުރައްކާތެރި ދަނޑިވަޅުގައި ރާއްޖޭގެ އިދާރާތަކުން އެކުލަވާލާފައިވާ އުސޫލުތައް ގިނަވެފައި ހަރުކަށިވި ނަމަވެސް، މި އުސޫލުތަކުގެ ދޯދިޔާކަމުން ރާއްޖެއަށް ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. މިގޮތުން މީގެ ކުރީން ކޮވިޑް-19 ނެތް ރަށްރަށަށްވެސް މި ބަލި ފެތުރިދާނެކަމުގެ ބިރު މިހާރު އެބައޮތެވެ. ޚާއްސަ ގޮތެއްގައި މާލެއިން ދަތުރުކުރާ ބައެއް ބޭފުޅުންނަށް އުސޫލުތަކަށްވުރެ މަތީން އެކި ނަންނަމުގައި ޚާއްސަ ހުއްދަތައް ލިބިދޭ މައްސަލައަކީ މިވަގުތު ގިނަބައެއްގެ ކަންބޮޑުވުމެކެވެ.

ކޮވިޑް-19 ގައި ރާއްޖޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 17201 އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 14978 މީހެކެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދޭ މީހުންގެ އަދަދުތަކާއި، ހޮސްޕިޓަލްތަކުގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދުތައްވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން މިވަގުތު 214 މީހަކަށް ރާއްޖޭގައި ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 56 މީހަކު ނިޔާވެފައި ވެއެވެ.

ރާއްޖެއެކޭ އެއްފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ އިންތިހާއަށް އިތުރުވެ ކުރިޔަށްވުރެ ހާލަތު ގޯސްވެފައެވެ. ދުނިޔޭގައި މި ބަލި ފެތުރޭ މިންވަރު ކުއްލި ގޮތަކަށް އިތުރުވެފައި ވަނީ މި ބަލީގެ ނުރައްކާ ބޮޑު އާ ގިނަ ވައްތަރުތަކެއް ފެތުރެމުން އަންނާތީކަން ފަހުގެ ހޯދުންތަކުން ވަނީ ހާމަވެފައެވެ. ރާއްޖޭގައިވެސް މިހާރު ބަލީގެ އާ ވޭރިއެންޓްތަކެއް އުޅޭކަން އެނގިފައި ވެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން ޖުމްލަ 107 މިލިއަނަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެ އޭގެތެރެއިން 2.3 މިލިއަން މީހަކު ވަނީ މަރުވެފައެވެ. ދުނިޔެއިން މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 79 މިލިއަން މީހުންނެވެ. ޗައިނާގެ ހުބޭއި ޕްރޮވިންސުގެ ހުއާން ސިޓީން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެތުރެން ފެށި ކޮވިޑް-19 މިހާތަނަށް ދުނިޔޭގެ 219 ޤައުމަކުން ވަނީ ފެނިފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް ތިރީގައިވާ ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު